ޕޯޓާ އެއާލައިންގެ ފްލައިޓެއް
ދުނިޔެ
12 Aug 2026 | 08:26
ކުޑަކުއްޖަކު ސީޓްބެލްޓް އަޅަން ދެކޮޅުހެދުމުން ކެނެޑާގެ ފްލައިޓެއް ކެންސަލްކޮށްފި

ކެނެޑާގެ ވިކްޓޯރިއާއިން ޓޮރޮންޓޯއަށް ދަތުރުކުރަން ތައްޔާރުވި ޕޯޓަރ އެއަރލައިންސްގެ ފްލައިޓެއް، ކުޑަކުއްޖަކު ސީޓްބެލްޓް އަޅަން ދެކޮޅުހެދުމުގެ ސަބަބުން ކެންސަލްކޮށްފިއެވެ.

މި މަހުގެ 6 ވަނަ ދުވަހު ހިނގި މި ހާދިސާގައި، ފްލައިޓް ނައްޓާލަން ތައްޔާރުވަމުން ދަނިކޮށް އެ ކުއްޖާ ވަނީ ގޮނޑިން ތެދުވެ ސީޓްބެލްޓް އެޅުމަށް އިންކާރުކޮށްފައެވެ. އެއަރލައިނުން ބުނި ގޮތުގައި، ކުއްޖާގެ ބެލެނިވެރިޔާއާއި ފްލައިޓްގެ ކުރޫއިން އެ ކުއްޖާ މައިތިރިކޮށް ސީޓްބެލްޓް އެޅުވުމަށް ކުރި މަސައްކަތް ވަނީ ނާކާމިޔާބުވެފައެވެ.

"މިފަދަ ނުރައްކާތެރި ހާލަތެއްގައި ބޯޓު ނައްޓައެއް ނުލެވޭނެ. އެހެންކަމުން ކުރޫއިން ނިންމީ އަނބުރާ ޓާމިނަލަށް ގޮސް އެ ދެ ފަސިންޖަރުން ބޯޓުން ބޭލުމަށް،" ޕޯޓަރ އެއަރލައިންސްގެ ބަޔާނުގައިވެއެވެ.

މި ހާދިސާއާ ގުޅިގެން ބޯޓު ލަސްވުމުގެ ސަބަބުން، ދެން އޮތް ވަގުތަކީ ރަންވޭ ބަންދުކުރާ ވަގުތަށް ވުމުން މުޅި ފްލައިޓް ކެންސަލްކުރަން ޖެހުނެވެ. މީގެ ސަބަބުން ހުރިހާ ފަސިންޖަރުންނަށް ޖެހުނީ އަނެއް ދުވަހުގެ ފްލައިޓަކުން ދަތުރުކުރުމަށް ބުކިން ބަދަލުކުރާށެވެ.

މި ހާދިސާއާ ގުޅިގެން އާންމުންގެ މެދުގައި ވަނީ ބޮޑު ބަހުސެއް އުފެދިފައެވެ. ބައެއް މީހުން ބުނާ ގޮތުގައި މިއީ ބެލެނިވެރިން ކުދިންނަށް މާ ބޮޑަށް ދޫދިނުމުން ދިމާވާ ކަންކަމެވެ. ނަމަވެސް ބޯޓުގައި ހުރި ފަސިންޖަރެއް ކަމަށްވާ އާރްޔާ ކޮޒޫކް ބުނީ، އެ ކުއްޖާ އުޅުނީ ބަސްނާހައިގެން ނޫން ކަމަށާއި، ކުއްޖާ ހުރީ ވަރަށް ބޮޑަށް ބިރުގެންފައި ކަމަށެވެ.

"އެ ކުއްޖާ ދިޔައީ ގޮނޑި ދަށަށް ވަދެ ފިލަން މަސައްކަތް ކުރަމުން،" އޭނާ ކިޔައިދިނެވެ.

އޭވިއޭޝަން ސޭފްޓީ އެކްސްޕާޓް ލިއާ ޓޫސޯ ވިދާޅުވި ގޮތުގައި، ސީޓްބެލްޓް ނާޅާ ތިބޭ ކުދިންނަކީ ބޯޓަށް ދިމާވާ ލޮޅުންތަކުގެ ވަގުތުގައި ނުވަތަ ނައްޓާލާ ވަގުތާއި ޖައްސާ ވަގުތު އެހެން ފަސިންޖަރުންގެ ގަޔަށް ވިއްސައިގެން ގޮސް ނުރައްކާވެދާނެ ބައެކެވެ. އެހެންކަމުން އެއަރލައިންގެ ނިންމުމަކީ ސަލާމަތީ ގޮތުން ރަނގަޅު ނިންމުމެއް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

މިފަދަ ހާދިސާއެއް 2018 ވަނަ އަހަރު ސައުތުވެސްޓް އެއަރލައިންސްގައި ވެސް ވަނީ ހިނގާފައެވެ. އެ ފަހަރު ކުޑަކުއްޖަކު ބަސްނާހައިގެން އުޅުމުން، ބޯޓު ނައްޓާލުމުގެ ކުރިން ބައްޕައާއި ދަރިފުޅު ބޯޓުން ބާލާފައިވެއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
09 Oct 2026
އެފްއޭއެމް އެވޯޑްސް؛ މޮޅު ފުޓްބޯޅަ ކުޅުންތެރިންނަށް އައިހަމް އަދި ސާލިޔާ
އެންމެ މޮޅު އަންހެން ކުޅުންތެރިޔާގެ އެވޯޑް ޝާލިޔާ ހޯދިއިރު، އޭނާ އާ އެންމެ ވާދަކޮށްފައިވަނީ، މާޒިއާގެ އާއިމިނަތު ލީޒާ އާއި، ނިއުރެޑިއަންޓްގެ މައީޝާ، އަދި ހަމަ އެޓީމްގެ މަރިޔަމް ނޫރާ އާއި މާޒިޔާގެ ޝައްފައެވެ.
08 Oct 2026
ރެއާ ދުވާލު މި އުޅެނީ، އޮންލައިންކޮށް ވިޔަފާރިކުރުމުގައި ހުރި ދަތިތައް ހައްލުކޮށްދޭން: ރައީސް
"ރެއާ ދުވާލު މިއުޅޭނީ އެކަމާ. އެކަން ހައްލުކޮށްދޭނަން އިރާދަކުރެއްވިއްޔާ،" ރައީސް މިރޭ ވިދާޅުވި އެވެ.
08 Oct 2026
އެފްއޭއެމް ޕްރެސިޑެންޓްސް އެވޯޑް ބަކާ، ސާންތީ އަދި އިފްރާއަށް
މި ތިން ޝަހުއްސިއްޔަތުންނަކީވެސް 2008 ވަނަ އަހަރު ދިވެހި ޤައުމީ ފުޓްބޯޅަ ޓީމް ސާފް ޗެމްޕިއަން ތަށި އުފުލާލިއިރު ޓީމްގައި ހިއްސާވި ފަރާތްތަކެވެ.
08 Oct 2026
ގްރޭޓްއޯޝަންސްޑައިލޮގްގައި ފައްޔާޒް: ރާއްޖެއަށް އޮތް ގޮންޖެހުންތަކާއި ދިވެހީންގެ ކަންބޮޑުވުންތައް ހިއްސާކުރެއްވި
ވިދާޅުވީ ޑިމޮކްރެސީ ދެމެހެއްޓުމަށް މަސައްކަތް ކުރާ ފަދައިން ދިވެހީންނަކީ ދިރިހުރުމަށްޓަކައި ވެސް ހަނގުރާމަ ކުރަން ޖެހިފައިވާ ބައެއް ކަމަށެވެ.
08 Oct 2026
ރުގުޔާ ކުުރުމުގެ ނަމުގައި މަހާނަ ކޮންނަ ހިސާބަށް؛ ހުއްދައެއް ނޫން، ހަރާމްވާނެ
ރުޤްޔާ ކުރުމުގެ ނަމުގައި ޤަބުރުސްތާނަށް ވަދެ މަހާނަ ނަގައި ނުވަތަ ކޮނެ ސިހުރު ހޯދުމުގެ ނަމުގައި ހިންގާ ޢަމަލުތަކަކީ ޙަރާމް ވެގެންވާ ޢަމަލުތަކެއް ކަމަށްވެސް ވަޒީރު ވިދާޅުވި އެވެ.
08 Oct 2026
ޒިޕެލް ކުންފުނި ޗައިނާގެ ކޮސްކޯއަށް ވިއްކާލުން ޖަރުމަނުން ހުއްޓުވައިފި
ޖަރުމަނުވިލާތުގެ އިކޮނޮމިކް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މި ކުންފުނި ގަތުމުގެ ސަބަބުން އެހެން ފަރާތްތަކަށް ބަރޯސާވާ މިންވަރު އިތުރުވެ، ޖަރުމަނާއި އީޔޫގެ ސަޕްލައި ޗޭންތަކުގެ ރައްކާތެރިކަމަށް ނުރައްކާވާނެ ކަމަށެވެ.
08 Oct 2026
ސައިކަލެއް ކަހާލައިގެން ވެއްޓި ހައިވޭގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި
މި އެކްސިޑެންޓްގައި 3 މީހަކަށް އަނިޔާ ލިބުމާ ގުޅިގެން ޓްރީޓޮޕް ހޮސްޕިޓަލަށް ގެންގޮސް ދަނީ ފަރުވާ ދެމުން ކަމަށް ވެސް ބުންޏެވެ.
08 Oct 2026
ޗައިނާ އަތުން ރާއްޖޭގެ ކުރިކެޓް ޓީމަށް މޮޅެއް
މުބާރާތުގައި ރާއްޖެ ދެން ބައްދަލުކުރާނީ ސިންގަޕޫރާއެވެ. މި މެޗު އޮންނާނީ މާދަމާ، ރާއްޖެ ގަޑިން ހެނދުނު 11:00 ގައި ސެލަންގޯރ ޓާފް ކްލަބްގައެވެ.