ކުރީގެ ބަންޑާރަ ނާއިބު އާޒިމާ-
ހަބަރު
12 Aug 2026 | 13:29
ދައުލަތަށް ދަރިފުޅު ނެގި މައްސަލަ: އެޗްއާރުސީއެމް އާއި ޗައިލްޑް އޮމްބަޑްސްޕާސަން ހަނު ތިބޭތީ އާޒިމާ ސުވާލު އުފައްދަވައިފި

ތުއްތު ކުއްޖަކު، އާއިލާގެ އިޒުނައެއް ނެތި ދައުލަތުގެ ބެލުމުގެ ދަށަށް ގެންދިޔަ މައްސަލައިގައި ކަމާބެހޭ މުއައްސަސާތަކުން ބަހެއް ނުބުނާތީ، ކުރީގެ ބަންޑާރަނައިބު އަލްއުސްތާޛާ އާއިޝަތު އާޒިމާ ޝަކޫރު ސުވާލު އުފައްދަވައިފިއެވެ.

އާޒިމާގެ މީސްމީޑިއާ ޕޯސްޓެއްގައި ވިދާޅުވެފައިވަނީ، ހޮސްޕިޓަލުގައި މަންމައާއެކު އޮތް ތުއްތު ކުއްޖަކު މައިންބަފައިންގެ އެއްވެސް އިޒުނައެއް ނެތި ދައުލަތަށް ނެގި މައްސަލައެއްގެ ވާހަކަ މީސްމީޑިއާގައި ދެކެވެމުންދާ ކަމަށެވެ. އަދި ޚާއްޞަކޮށް މަންމަގެ ގާތުން ބުއިމަށް ބޭނުންވާ ތުއްތު ކުއްޖަކު މަންމަގެ ކިބައިން ވަކިކުރަންވާނީ ވަރަށް ސީރިއަސް ހާލަތްތަކެއްގައި ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

"މައިންބަފައިންގެ ހައްގުތައް ގާނޫނީ ގޮތުން ވަކި ހާލަތްތަކެއްގައި ހިފެހެއްޓިދާނެ. ނަމަވެސް މައިންބަފައިންގެ އިއުތިރާޒެއް ނެތި ހޮސްޕިޓަލަކުން ކުއްޖަކު އެހެން ފަރާތަކާ ނުވަތަ މުއައްސަސާއަކާ ހަވާލުކުރެވޭނެ ވަކި އުސޫލުތަކެއް އޮންނަންވާނެ،" އާޒިމާ ވިދާޅުވިއެވެ.

މީގެ އިތުރުން، މިފަދަ މައްސަލަތައް ބަލައި ތަހުގީގު ކުރުމުގެ ގާނޫނީ މެންޑޭޓް އޮތް މިނިވަން މުއައްސަސާތައް ހުރިއިރު، އެ ތަންތަނުން މިހާތަނަށް އެއްވެސް އެއްޗެއް ބުނެފައި ނުވާތީ އާޒިމާ ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ. ވަކިން ޚާއްޞަކޮށް ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) އާއި ޗައިލްޑް އޮމްބަޑްސްޕާސަންގެ އޮފީހުން މި މައްސަލައިގައި ތަހުގީގެއް ހިންގަމުންދާކަން ހާމަނުކުރާތީ އޭނާ ވަނީ ސުވާލު އުފައްދަވާފައެވެ.

އާޒިމާ ވިދާޅުވީ މިފަދަ މުއައްސަސާތަކަކީ ޝަކުވާއެއް ހުށަނޭޅި ނަމަވެސް އަމިއްލައަށް އިސްނަގައިގެން މައްސަލަ ބެލުމުގެ ބާރު ލިބިފައިވާ ތަންތަން ކަމަށެވެ.

މި މައްސަލައާ ގުޅިގެން އިޖުތިމާއީ އެހީއާ ބެހޭ ވުޒާރާއިން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ، ދައުލަތުގެ ބެލުމުގެ ދަށަށް ކުއްޖަކު ގެންނަނީ އެ ނޫން އެހެން އެއްވެސް ގޮތެއް ނެތުމުން ކަމަށެވެ. އަދި އެކަން ކުރަނީ ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނުގައިވާ އިޖުރާއާތުތަކާ އެއްގޮތަށް، ކުއްޖާގެ މަސްލަހަތަށް އެންމެ ބޮޑު އިސްކަމެއް ދީގެން ކަމަށްވެސް އެ ވުޒާރާއިން ބުނެއެވެ.

ވުޒާރާއިން އިތުރަށް ބުނެފައިވަނީ، ކުއްޖެއްގެ ރައްކާތެރިކަން ޔަގީން ނުވާ ހާލަތްތަކުގައިވެސް އެންމެ ފުރަތަމަ މަސައްކަތް ކުރަނީ މައިންބަފައިންގެ ގާތުގައި ބައިންދައިގެން ހައްގުތައް ކަށަވަރުކޮށްދިނުމަށް ކަމަށެވެ. އަދި ދައުލަތުގެ ބެލުމުގެ ދަށަށް ގެންދިއުމަކީ އެންމެ ފަހު ފިޔަވަޅު ކަމަށާއި، މައިންބަފައިންގެ ކިބައިގައި ނުކުޅެދުންތެރިކަމެއް ހުރުމަކީ ކުއްޖާ ވަކިކުރުމުގެ ސައްހަ ސަބަބެއް ނޫން ކަމަށްވެސް ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
އިނގުރައިދޫގެ އެންމެ ދުވަސްވީ ޚިދުމަތްތެރި އެއް މުދައްރިސް
މުހައިމިން ވިދާޅުވި ގޮތުގައި މީގެ 37 އަހަރު ކުރިން އަތޮޅު މަދަރުސާއިން ޚިދުމަތް ފެއްޓެވިއިރު، ތައުލީމީ ދާއިރާ އޮތީ ހާސްބައި ތަފާތުކޮށެވެ. ފުރަތަމަ ކަމަކަށް ސްކޫލަށް ކުދިން ގެނައުމަށްޓަކައި ގެތަކަށް ހިނގައި ބެލެނިވެރިންނާ ވާހަކަދައްކަން ޖެހުނެވެ. ރަށްރަށުގެ ސްކޫލްތަކުގައި ވަސީލަތްތައް އިންތިހާއަށް މަދެވެ
05 Oct 2026
އެގްރޯނެޓްގެ ޗެއާމަނަކަށް މިފްކޯގެ ސީއީއޯ، އެމްޑީއަކަށް ޝިނާން ހަމަޖައްސައިފި
އެ ކުންފުނީގެ އިސް މަގާމުތަކަށް ބޭފުޅުން އައްޔަނުމިކުރީ މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) ގެ ދަށަށް އެ ކުންފުނި މިދިޔަ މަހު ބަދަލުކޮށްފައި ވަނިކޮށެވެ.
05 Oct 2026
ކުއްޖަކަށް އޭނާގެ ބޭބެ ޖިންސީ ގޯނާކުރި މައްސަލައެއް؛ ތަހުގީގު ފަށައިފި
ފުލުހުން މިރޭ ބުނީ ނޯތު ޕޮލިސްގައި ހިމެނޭ ރަށެއްގައި 18 އަހަރުން ދަށުގެ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ދަނީ ތަހުގީގުކުރަމުން ކަމަށެވެ.
05 Oct 2026
އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ
އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ އެވެ.
05 Oct 2026
ރަޝިއާގެ ލެބޯޓްރީއެއްގައި ހިނގި ހާދިސާއަކާ ގުޅިގެން "ޕްލޭގް" ބަލި ފެތުރިދާނެކަމުގެ ބިރު ހީވެއްޖެ
މި ހާދިސާއާ ގުޅިގެން ބައިނަލްއަގުވާމީ ސަމާލުކަން ވެސް ވަނީ މިކަމަށް ހުއްޓިފައެވެ. އެމެރިކާގެ ވައިޓް ހައުސް އާއި ސިއްހީ އިދާރާތަކުން ދަނީ މި ހާލަތު ވަރަށް ގާތުން މޮނިޓަރ ކުރަމުންނެވެ. އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ވަނީ މިކަމުގެ ސައްހަ މައުލޫމާތު ވީހާވެސް އަވަހަކަށް އަދި ދެފުށް ފެންނަ ގޮތެއްގައި ހާމަކުރުމަށް ރަޝިއާ ސަރުކާރަށް ގޮވާލާފައެވެ.
05 Oct 2026
ދިވެހި ދަރިވަރު ނިޔާވި އެކްސިޑެންޓް: ޑްރައިވަރު އިނީ މަސްތުވެގެން، ޑްރަގަށް ޕޮޒިޓިވް
މެލޭޝިޔާގައި ރޭ ހިނގި ނުރައްކާތެރި ކާރު އެކްސިޑެންޓެއްގައި ނިޔާވި ދަރިވަރު އިން ކާރު ދުއްވަން އިން ޑްރައިވަރު އިނީ މަސްތުގެ ހާލަތުގައި ކަމަށް އެ ގައުމުގެ ފުލުހުން ބުނެފި އެވެ.
05 Oct 2026
ތިނަދޫ މޭޔަރުގެ ޝަރީއަތް ފަށައިފި، ވަކީލަކު ހަމަޖައްސަން 10 ދުވަސް
އެއީ ރަސްމީ އިދާރާތަކަށް ދޮގު މައުލޫމާތު ދިނުމުގެ ދައުވާ އާއި ތަހުގީގަށް ހުރަސްއެޅުމުގެ ދައުވާ އެވެ. އެ ދެ ދައުވާގެ ޝަރީއަތް މިއަދު ކްރިމިނަލް ކޯޓްގައި ވަނީ ފަށާފަ އެވެ.
05 Oct 2026
އެމްފައިސާ މެދުވެރިކޮށް ޕޭޕަލް ބޭނުންކުރާ ކަސްޓަމަރުންގެ ޢަދަދު 5000 ފަހަނައަޅައިފި
އުރީދޫއިން ބުނީ ޖޫން 2026 ގައި ފެށި މި ޚިދުމަތުގެ ދަށުން ކަސްޓަމަރުންނަށް އެ މީހުންގެ ޕޭޕަލް އެކައުންޓް އެމްފައިސާއާ ގުޅާލައި ޕޭޕަލް މެދުވެރިކޮށް ލިބޭ ޑޮލަރު ސީދާ އެމްފައިސާ ޔޫއެސްޑީ ޕޮކެޓަށް ޖަމާކުރެވޭ ކަމަށެވެ. ހަމައެހެންމެ ޖަމާކޮށްފައި ހުންނަ ފައިސާ އަނބުރާ ޕޭޕަލް އެކައުންޓަށް ފޮނުވުމުގެ ފުރުޞަތު ވެސް ލިބެއެވެ. މި ޓްރާންސެކްޝަންތަކަށް އުރީދޫން މިވަގުތު އެއްވެސް ފީއެއް ނުނަގައެވެ.