ރައީސް ނަޝީދު
ހަބަރު
12 Aug 2026 | 15:07
ތަކެތީގެ އަގުތައް މިދާވަރުން އުފުލިގެން ދާނަމަ ހައިޕާ އިންފްލޭޝަނަކަށް ގޮސްދާނެ: ރައީސް ނަޝީދު

ބާޒާރުގައި ތަކެތީގެ އަގުތައް މިދާވަރުން އުފުލިގެންދާދިއުން ތަކުރާރުވަމުން ދާނަމަ ހައިޕާ އިންފްލޭޝަނަކާ ދިމާލަށް ހިނގައިދާނޭކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އެމްޑީޕީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ، ބާޒާރުގައި ގިނަ ބާވަތްތަކުގެ މުދަލުގެ އަގު ހިފެހެއްޓިފަ ހުރިނަމަވެސް އަގުތައް މައްޗަށްދާ މުދަލުގެ ބާވަތްތައް ނިސްބަތުން ގިނަކަމަށެވެ. އެގޮތުން އާންމު ބޭނުންތަކުގައި ބޭނުންކުރާ މުދަލުގެ އަގުތައް މައްޗަށްދާކަން ރައީސް ނަޝީދު ފާހަގަކުރެއްވިއެވެ. 

ނަޝީދު ވިދާޅުވީ ބާޒާރުގައި ތަކެތީގެ އަގުތައް މައްޗަށްދާ ބައިވަރު ސަބަބުތައް އެބަހުރިކަމަށެވެ. އެގޮތުން ބަނދަރުތައް ނުހެދި އެތަންތަނުން ދަތިހާލުގައި މުދާ އަރުވާ ބާލަންޖެހުމަކީވެސް މުދަލުގެ އަގުތައް މައްޗަށްދާ އެއް ސަބަބުކަން ނަޝީދު ވިދާޅުވިއެވެ. 

ކަޅު ބާޒާރުގައި ޑޮލަރެއް ލިބޭ އަގު 22 ރުފިޔާ އާ ހިސާބަށް ހިނގައްޖެކަމަށާއި، މިގޮތަށް ޑޮލަރުގެ އަގު އުފުލުމާއެކު ތަކެތީގެ އަގުތައް މައްޗަށްގޮސް އެންމެފަހުން ބައްދަލުކުރާނީ ހައިޕާ އިންފްލޭޝަނަކާކަން ރައީސް ނަޝީދު ވިިދާޅުވިއެވެ.

ހައިޕާ އިންފްެލޭޝަން އުފެދޭ ޤައުމުތަކުގައި ވަރަށް އުނދަގޫވާނެ އިގްތިސޯދު ދެމެހެއްޓަންވެސް. އަދި ރައްޔިތުންގެ އާންމު ހާލަތާ ރައްޔިތުންގެ ތަނަވަސްކަން ހިފެހެއްޓަން. އަޅުގަނޑުމެންގެ ކަންބޮޑުވުމަކީ މި ދިވެހިރާއްޖޭގެ އިގްތިސޯދު މިދާ މިޝްރާބުން ދިވެހީންނަށް ދިމާވެދާނެ ގޮތެއް

ކުރީގެ ރައީސް މުހައްމަދު ނަޝީދު

ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ނަޝިދު ވަނީ ކުރިއަށް މިއޮތް ދުވަސްތަކުގައި ޑޮލަރުގެ އަގު ކޮންމެހެންވެސް ދަށްކުރަންޖެހޭކަ ފާހަގަކުރައްވާފައެވެ. އެގޮތުން ކުރިއަށް މިއޮތް އެއްމަސްދުވަހުގެ ތެރޭގައި ޑޮލަރުގެ އަގު 17 ރުފިޔާއަށް ތިރިކުރަންޖެހޭކަމަށް ވިދާޅުވިއެވެ. އެމްޑީޕީން މާދަމާ ރޭ ބާއްވާ މުޒާހަރާގެ އެންމެ ބޮޑު އެއް ޑިމާންޑަކީވެސް ޑޮލަރުގެ އަގު ދަށްކުރުންކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. 

ހައިޕާ އިންފްލޭޝަނަކީ އެ ޤައުމެއްގެ ފައިސާގެ އަގު ހައްދުން ނެއްޓިދާވަރަށް އަގު ދަށްވެ، މުދަލާއި ހިދުމަތުގެ އަގުތައް އިންތިހާއަށް އުފުލުމެވެ.

ޑޮލަރުގެ އަގު ތިރިކުރަން ޖެހޭކަމަށް ރައީސް ނަޝީދު ވިދާޅުވިއިރު ޑޮލަރު ގަނެވިއްކާ ރަސްމީ ރޭޓަށް އެންމެ ފުރަތަމަ ބަދަލުގެނެސްފައިވަނީ ރައީސް ނަޝީދުގެ ވެރިކަމުގައި 2011 ވަނަ އަހަރުގެ އޭޕްރިލްމަހުގެ ފުރަތަމަ ހަފްތާގައެވެ. އޭރު ޑޮލަރުގެ ރަސްމީ ރޭޓް ކަމަށްވާ 12.80 ގައި ހުރި އަގު ވަނީ 15.42 އާއި 10.28 އާ ދެމެދުގެ އަގަކަށް ދޫކޮށްލާފައެވެ.

އޭރު ރައީސް ނަޝީދު ވިދާޅުވީ ކޮންމެ ޑޮލަރެއްގެ ފަހަތުގައި ފުުހަކު ބަހައްޓައިގެން ނަމަވެސް ޑޮލަރުގެ އަގު ދަށްކުރާނޭކަމަށެވެ. ނަމަވެސް ކުރިންވެސް އަދި އޭގެ ފަހުން މިއަދާހަމަޔަށް އާއިރުވެސް ޑޮލަރުގެ އަގު ދަށަށްގޮސްފައިނުވާކަން ފާހަގަކޮށްލެވެއެވެ. 

ކޮމެންޓް
ސައްލޭ
ހައިޕަރ އިންފްލޭޝަން 2.0 ގެ ދަށުން ހަމަ ޖެހޭނެ.
12 Aug 2026
ގުޅޭ ލިޔުންތައް
13 Sep 2026
ހާޓް އެޓޭކް ޖެހޭ މީހުންގެ ލޭގައި މައިކްރޯޕްލާސްޓިކް ހުންނަ މިންވަރު އިތުރު
ނުރައްކާތެރި ބާވަތުގެ ހާޓް އެޓޭކެއް ކަމަށްވާ "އެސްޓީ-އެލިވޭޝަން މައޮކާޑިއަލް އިންފާކްޝަން" (ސްޓެމީ) ޖެހޭ މީހުންގެ ހިތުގެ ލޭހޮޅިތަކުގައި، އާދައިގެ ސިއްހަތެއްގައި ހުންނަ މީހުންނާއި ހިތުގެ އެހެނިހެން ދާއިމީ ބަލިތައް ހުންނަ މީހުންނަށް ވުރެ މައިކްރޯޕްލާސްޓިކާއި ނެނޯޕްލާސްޓިކް ހުންނަ މިންވަރު އިތުރުކަން އައު ދިރާސާއަކުން ދައްކައިފިއެވެ.
13 Sep 2026
40 މޭލަށް ކަނޑުތައް ގަދަވާނެކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފި
40 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފިއެވެ.
13 Sep 2026
243 މީހުންނާ އެކު ދަތުރުކުރި އިންޑޮނީޝިއާގެ ބޯއްޓެއް ގެއްލިއްޖެ
ސުރަބާޔާއިން ބަންޖަރްމާސިންއަށް 243 މީހުން ގޮވައިގެން ދަތުރުކުރި އިންޑޮނީޝިއާގެ ފަސިންޖަރު އުޅަނދަކާ ގުޅުން ކެނޑި އެ އުޅަނދު ގެއްލިފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.
12 Sep 2026
ރާއްޖޭގެ ފުރަތަމަ ޖޫނިއަރ ލައިފްގާޑް ތަމްރީނު ތުލުސްދޫގައި ފަށައިފި
ން ދުވަހަށް ދެމިގެންދާ މި ތަމްރީނުގައި 11 އަހަރާއި 17 އަހަރާ ދެމެދުގެ 24 ކުއްޖަކު ބައިވެރިވެއެވެ.
12 Sep 2026
ދިވެހި ގައުމުގެ ދެމިއޮތުމުގެ ބިނާވެގެންވަނީ އިސްލާމް ދީނުގެ ތަރުބިއްޔަތާއި ރައްކާތެރިކަމުގެ މައްޗަށް
އެކަކު އަނެކަކަށް ހިތްހެޔޮ، އެއް ހަށިގަނޑެއް ފަދަ އެކުވެރި ބަޔަކަށް ވެވިއްޖެނަމަ، އެތެރެއާއި ބޭރުން އަންނަ އެއްވެސް ނުރައްކަލަކަށް ގައުމުގެ ސިޔާދަތާއި މިނިވަންކަން ގުޑުވައިނުލެވޭނެ
12 Sep 2026
ފުރުޤާން މިސްކިތަށް ބޮޑުކަމުގޮސް މިސްކިތައް ގެއްލުންދިން މައްސަލައެއް
ފުލުހުން ވަނީ މި ފަހަކުން ފުރުޤާން މިސްކިތައް ގެއްލުންދިން މީހެއް ހައްޔަރުވެސްކޮށްފައެވެ. އެމީހަކީ އުމުރުން 30 އަހަރުގެ ގ. މާލެހިޔާއަށް ނިސްބަތްވާ، ނައުޝާދު މޫސާ އެވެ
12 Sep 2026
ބުރު ބަލިކޮށް އީގަލްސް، ސީޒަންގެ ފެށުން ރަނގަޅުކޮށްފި
ބްރާސްފަތި ދުވަހު ބިސްބުރު ނުކުންނާނީ ޓީސީ ސްޕޯޓްސް ކްލަބާ ދެކޮޅަށެވެ.
12 Sep 2026
ގައްދޫ ބަލިކޮށް ދިވެހި ޕްރިމިއާ ލީގުގެ ފެށުން ނިއުރޭޑިއަންޓުން ރަނގަޅުކޮށްފި
މިއަދުގެ މެޗުގައި ނިއުރޭޑިއަންޓްގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔައިރު، އެ ޓީމަށް ލީޑު ނަގައިދިނީ މެޗުގެ 9 ވަނަ މިނެޓުގައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ބްރެޒިލްގެ ކުޅަދާނަ ފޯވާޑް ޑޮރިއެލްޓަން ގޯމޭސްއެވެ