މެޑަމް ސާޖިދާ މުހައްމަދު-
ހަބަރު
13 Aug 2026 | 08:50
ކޮންމެ ފަރުދެއްގެވެސް ނަފުސާނީ ދުޅަހެޔޮކަމަށް ސަމާލުވާންޖެހޭ: މެޑަމް ސާޖިދާ

އޮފީހަށް އަންނައިރު ކޮންމެ މުވައްޒަފެއްގެ ހިތުގައިވެސް އާއިލީ، ޞިއްޙީ، އަދި ދަރިންގެ ކިޔެވުން ފަދަ ކަންކަމާއި ގުޅޭ ތަފާތު ފިކުރުތަކާއި އުދާސްތައް ހުންނާނެކަމަށާ، ކޮންމެ ފަރުދެއްގެވެސް ނަފުސާނީ ޙާލަތަށް ފަރުވާތެރިވާން ޖެހޭނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން، ސާޖިދާ މުޙައްމަދު ވިދާޅުވެއްޖެއެވެ.

ނޭޝަނަލް މެންޓަލް ހެލްތު ޑިޕާޓްމަންޓް (އެންއެމްއެޗްޑީ) އާއި ސިވިލް ސަރވިސް ކޮމިޝަން (ސީއެސްސީ) އަދި ޑަބްލިއުއެޗްއޯ މޯލްޑިވްސް ގުޅިގެން ސިވިލް ސަރވިސްގެ ސުޕަވައިޒަރުންނާއި މެނޭޖަރުންނަށް އަމާޒުކޮށް ދެ ދުވަހަށް ކުރިއަށް ގެންދާ މި މަހާސިންތާގައި ވާހަކަފުޅުދައްކަވަމުން އެކަމަނާ ވިދާޅުވީ އޮފީހަށް އަންނައިރު ކޮންމެ މީހެއްގެ ހިތުގައި ވެސް ޢާއިލީ ކަންބޮޑުވުންތަކާއި ޞިއްޙީ އަދި ދަރިންގެ ކިޔެވުން ފަދަ ތަފާތު ފިކުރުތައް ހުންނާނެ ކަމަށެވެ.

އެހެންކަމުން އެ އެންމެންގެ ނަފުސާނީ ޙާލަތަށް ސަމާލުކަން ދޭން ޖެހޭ ކަމަށް ވިދާޅުވެ ސިވިލް ސަރވިސްގައި އެތައް ހާސް މުވައްޒަފުންނެއް ޚިދުމަތް ކުރަމުން އަންނައިރު އެ މީހުންގެ ދުޅަހެޔޮކަމަށް ފާރަވެރިވުމުގެ މުހިންމުކަން ފާހަގަކުރެއްވިއެވެ.

ދުނިޔޭގެ ޞިއްޙަތު ޖަމިއްޔާގެ ތަފާސްހިސާބުތަކާ ހަވާލާދެއްވައި އެކަމަނާ ވިދާޅުވީ ޑިޕްރެޝަނާއި ހާސްކަމުގެ ސަބަބުން ކޮންމެ އަހަރަކު ގާތްގަނޑަކަށް 12 ބިލިއަން މަސައްކަތު ދުވަސް ދުނިޔެއިން ގެއްލޭ ކަމަށެވެ. އެއީ އުފެއްދުންތެރިކަމުގެ ނިސްބަތުން ބަލާނަމަ އެއް ޓްރިލިއަން އެމެރިކާ ޑޮލަރުގެ ގެއްލުމެއް ކަމަށެވެ. ހަމައެއާއެކު 2021 ވަނަ އަހަރުގެ ސްޓެޕްސް ސާރވޭ ދައްކާ ގޮތުން ރާއްޖޭގައި ކޮންމެ ފަސް މީހަކުން އެކަކީ ޑިޕްރެޝަންގެ ޢަލާމާތްތައް ތަޖުރިބާކުރާ މީހެއް ކަމަށް ވިދާޅުވެ މަސައްކަތުގެ މާޙައުލުގައި ހުރި ތަފާތުކުރުންތަކާއި ނުތަނަވަސްކަން ނައްތައިލުމަށް ގޮވާލެއްވިއެވެ.

މީގެ އިތުރުން ދިރާސާތަކުގެ މައްޗަށް ބިނާކޮށް ޢިލްމީ އަދި ޢަމަލީ ކަރުދާސްތައް އެކުލަވައިލައި ދިވެހި އޮފީސްތައް މުވައްޒަފުންގެ ނަފުސާނީ ރައްކާތެރިކަން ޔަޤީންވާ ތަންތަނަށް ހެދުމަށް ވެސް އެކަމަނާ ބާރުއެޅުއްވިއެވެ. ހުރިހާ މުވައްޒަފުންނަށް ވެސް އިޙްތިރާމްކުރެވޭ އެކުވެރި މާޙައުލެއް ބިނާކޮށްގެން އުފެއްދުންތެރިކަން މައްޗަށް ގެންދެވޭނެ ކަމަށް ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ޞިއްޙަތާއި ޢާއިލާއާއި އިޖުތިމާއީ އެހީއާ ބެހޭ ވަޒީރު ޤީލާ ޢަލީ އާއި ސީއެސްސީގެ ރައީސް އަލްއުސްތާޛު މުޙައްމަދު މުޖްތާޒްގެ އިތުރުން މެންޓަލް ހެލްތު ޑިޕާޓްމަންޓުގެ އިސްވެރިންނާއި ދައުލަތުގެ އެކި އިދާރާތަކުގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ. މި މަހާސިންތާ ދެ ދުވަހުގެ މުއްދަތަށް ކުރިއަށް ދާނެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
09 Oct 2026
އެފްއޭއެމް އެވޯޑްސް؛ މޮޅު ފުޓްބޯޅަ ކުޅުންތެރިންނަށް އައިހަމް އަދި ސާލިޔާ
އެންމެ މޮޅު އަންހެން ކުޅުންތެރިޔާގެ އެވޯޑް ޝާލިޔާ ހޯދިއިރު، އޭނާ އާ އެންމެ ވާދަކޮށްފައިވަނީ، މާޒިއާގެ އާއިމިނަތު ލީޒާ އާއި، ނިއުރެޑިއަންޓްގެ މައީޝާ، އަދި ހަމަ އެޓީމްގެ މަރިޔަމް ނޫރާ އާއި މާޒިޔާގެ ޝައްފައެވެ.
08 Oct 2026
ރެއާ ދުވާލު މި އުޅެނީ، އޮންލައިންކޮށް ވިޔަފާރިކުރުމުގައި ހުރި ދަތިތައް ހައްލުކޮށްދޭން: ރައީސް
"ރެއާ ދުވާލު މިއުޅޭނީ އެކަމާ. އެކަން ހައްލުކޮށްދޭނަން އިރާދަކުރެއްވިއްޔާ،" ރައީސް މިރޭ ވިދާޅުވި އެވެ.
08 Oct 2026
އެފްއޭއެމް ޕްރެސިޑެންޓްސް އެވޯޑް ބަކާ، ސާންތީ އަދި އިފްރާއަށް
މި ތިން ޝަހުއްސިއްޔަތުންނަކީވެސް 2008 ވަނަ އަހަރު ދިވެހި ޤައުމީ ފުޓްބޯޅަ ޓީމް ސާފް ޗެމްޕިއަން ތަށި އުފުލާލިއިރު ޓީމްގައި ހިއްސާވި ފަރާތްތަކެވެ.
08 Oct 2026
ގްރޭޓްއޯޝަންސްޑައިލޮގްގައި ފައްޔާޒް: ރާއްޖެއަށް އޮތް ގޮންޖެހުންތަކާއި ދިވެހީންގެ ކަންބޮޑުވުންތައް ހިއްސާކުރެއްވި
ވިދާޅުވީ ޑިމޮކްރެސީ ދެމެހެއްޓުމަށް މަސައްކަތް ކުރާ ފަދައިން ދިވެހީންނަކީ ދިރިހުރުމަށްޓަކައި ވެސް ހަނގުރާމަ ކުރަން ޖެހިފައިވާ ބައެއް ކަމަށެވެ.
08 Oct 2026
ރުގުޔާ ކުުރުމުގެ ނަމުގައި މަހާނަ ކޮންނަ ހިސާބަށް؛ ހުއްދައެއް ނޫން، ހަރާމްވާނެ
ރުޤްޔާ ކުރުމުގެ ނަމުގައި ޤަބުރުސްތާނަށް ވަދެ މަހާނަ ނަގައި ނުވަތަ ކޮނެ ސިހުރު ހޯދުމުގެ ނަމުގައި ހިންގާ ޢަމަލުތަކަކީ ޙަރާމް ވެގެންވާ ޢަމަލުތަކެއް ކަމަށްވެސް ވަޒީރު ވިދާޅުވި އެވެ.
08 Oct 2026
ޒިޕެލް ކުންފުނި ޗައިނާގެ ކޮސްކޯއަށް ވިއްކާލުން ޖަރުމަނުން ހުއްޓުވައިފި
ޖަރުމަނުވިލާތުގެ އިކޮނޮމިކް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މި ކުންފުނި ގަތުމުގެ ސަބަބުން އެހެން ފަރާތްތަކަށް ބަރޯސާވާ މިންވަރު އިތުރުވެ، ޖަރުމަނާއި އީޔޫގެ ސަޕްލައި ޗޭންތަކުގެ ރައްކާތެރިކަމަށް ނުރައްކާވާނެ ކަމަށެވެ.
08 Oct 2026
ސައިކަލެއް ކަހާލައިގެން ވެއްޓި ހައިވޭގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި
މި އެކްސިޑެންޓްގައި 3 މީހަކަށް އަނިޔާ ލިބުމާ ގުޅިގެން ޓްރީޓޮޕް ހޮސްޕިޓަލަށް ގެންގޮސް ދަނީ ފަރުވާ ދެމުން ކަމަށް ވެސް ބުންޏެވެ.
08 Oct 2026
ޗައިނާ އަތުން ރާއްޖޭގެ ކުރިކެޓް ޓީމަށް މޮޅެއް
މުބާރާތުގައި ރާއްޖެ ދެން ބައްދަލުކުރާނީ ސިންގަޕޫރާއެވެ. މި މެޗު އޮންނާނީ މާދަމާ، ރާއްޖެ ގަޑިން ހެނދުނު 11:00 ގައި ސެލަންގޯރ ޓާފް ކްލަބްގައެވެ.