ޕީއެސްޖީން އެސްޓަން ވިލާ ޖެހިޖެހިގެން ދެވަނަ ފަހަރަށް ޔުއެފާ ސުޕަކަޕް ކާމިޔާބުކޮށްފިއެވެ.
ސާލްޒްބާގުގެ ރެޑް ބުލް އެރީނާގައި ކުޅުނު މިމެޗް އެސްޓަންވިލާގެ މައްޗަށް އެޓީމް ކުރި ހޯދީ 2-1 ގެ ނަތީޖާއިންނެވެ.
މެޗުގެ 20 ވަނަ މިނެޓުގައި ކުވީޗާ ކުވަރަޓެސްޚެލިއާ ވާތްފަރާތުން އެތެރެއަށް ވަދެ ގޯލްކީޕަރު މާކޯ ބިޒޮޓް ކައިރީން ނެއްޓި ފޮނުވައިލި ހަމަލާއިން ޕީއެސްޖީ ލީޑު ނެގިއެވެ. ނަމަވެސް އެސްޓަން ވިލާގެ 17 އަހަރުގެ ބްރެއެން ކުޅުނު ފުރަތަމަ މެޗުގައި ވަނީ ގޯލެއް ކާމިޔާބުކޮށް ނަތީޖާ ހަމަހަމަކޮށްދީފައެވެ. މިއީ ސުޕަކަޕް ތާރީހުގައިވެސް ރެކޯޑެކެވެ.
ޕީއެސްޖީން ނެގި ލީޑު ގެއްލުނު ނަމަވެސް ޑެޒައާ ދޫއެ ވަނީ ލަނޑެއް ޖަހައި ޕީއެސްޖީއަށް ލިޑް ނަގައިދީފައެވެ. މެޗްގައި ވިލާގެ ޓީމުގައި އެންމެ މުހިންމު ކުޅުންތެރިން ކަމަށްވާ އޮލީ ވޮޓެކިންސް އެޒުރީ ކޮންސާ އަދި އެމީލިއާނޯ މާޓީނެޒް ފެނިގެން ގޮސްފައެއް ނުވެއެވެ. ސީނިއާ ކުޅުންތެރިން ނެތް ތަންތަން ފޫބެއްދީ ޒުވާން މެޖޯ އާއި ހެމިންގްސް ފަދަ ކުޅުންތެރީންނެވެ.
ޕީއެސްޖީން ސުޕަކަޕް ހޯދިއިރު، މިއީ އެޓީމް ވަނީ ވިދިވިދިގެން ދެފަހަރަށް ތަށި ހޯދި ޓީމްތަކުގެ ތެރޭގައި ހިމެނިފައެވެ. މި ލިސްޓްގައި ދެން ހިމެނެނީ ސްޕެއިންގެ ރެއާލް މެޑްރިޑާއި، އިޓަލީގެ އޭސީމިލާނުެގ އިތުރުން ނެދަލޭންޑްސްގެ އަޔެކްސް އެމްސްޓަރޑަމް އެވެ
Advertisement
This content is created and paid for by advertisers and does not involve Voice Journalists