ފައިރޫޝް
ހަބަރު
13 Aug 2026 | 10:47
ފައިރޫޝް ހޯމްލޭންޑު ސެކިއުރިޓީގެ ސްޓޭޓް މިނިސްޓަރުކަމުން އިސްތިއުފާ ދެއްވައިފި

ހޯމްލޭންޑު ސެކިއުރިޓީ ވުޒާރާގެ ސްޓޭޓް މިނިސްޓަރު ޑރ. ޢަބްދުالله ފައިރޫޝް އެ މަޤާމުން އިސްތިއުފާ ދެއްވަން ނިންމަވައި މިއަދު އެ ކަން އިޢުލާނުކުރައްވައިފިއެވެ.

ކުރީގެ އެސިސްޓެންޓު ކޮމިޝަނަރު އޮފް ޕޮލިސް ފައިރޫޝް އެކްސްގައި ޝާއިޢުކުރެއްވި ޕޯސްޓުގައި ފާހަގަކުރެއްވީ ސަރުކާރުގެ ވަޒީފާ އަދާކުރެއްވުމުގެ ބާބު ނިންމައިލެއްވުމަށް މިއީ އެންމެ އެކަށީގެންވާ ވަގުތު ކަމަށެވެ.

"ހިދުމަތް ކުރުމުގެ ފުރުސަތު ލިބުމުން ޝުކުރުވެރިވަން. އަދި މި ދަތުރުގައި ލިބުނު އެކުވެރިން އަދި އިދާރާތަކަށް ޝުކުރުވެރިވަން" ފައިރޫޝް ވިދާޅުވިއެވެ.

މި ސަރުކާރު ވެރިކަމާ ހަވާލުވުމާ އެކު ފައިރޫޝް އެންމެ ފުރަތަމަ ޢައްޔަނުކުރެއްވީ ހަޔާ އެޑިއުކޭޝަން ވުޒާރާގެ ސްޓޭޓް މިނިސްޓަރު ކަމަށެވެ. އެއަށް ފަހު 2024 ވަނަ އަހަރުގެ އޮކްޓޫބަރުގައި އޭނާ ހޯމްލޭންޑު ސެކިއުރިޓީ ވުޒާރާއަށް ބަދަލުކުރެއްވިއެވެ.

ފައިރޫޝް ފުލުހުންގެ ޚިދުމަތުން ރިޓަޔާ ކުރެއްވީ 2021 ވަނަ އަހަރުއެވެ. އޭގެ ފަހުން ސިޔާސީ މައިދާނަށް ނުކުމެވަޑައިގެން އެންމެ ފަހުގެ ރިޔާސީ އިންތިޚާބުގައި އެމްއެންޕީގެ ރައީސް މުޙައްމަދު ނާޒިމާ އެކު ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވެވަޑައިގެންފައިވެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
15 Sep 2026
އިންޑިއާގައި ދަރިމައިވުމުގެ ނިސްބަތް، އާބާދީ ދެމެހެއްޓޭ މިންވަރަށްވުރެ ދަށަށް
އިންޑިއާގެ އެކި ސަރަހައްދުތަކުގައި މި ނިސްބަތް ވަރަށް ބޮޑަށް ތަފާތެވެ. ތަޢުލީމީ ފެންވަރު ދަށް އަދި ތުއްތު ކުދިން މަރުވާ ނިސްބަތް އެންމެ ބޮޑަށް އުޅޭ އެއް ސްޓޭޓަކީ ބިހާރެވެ.
15 Sep 2026
ކޮންގްރެސްގެ މަތީ މަޖިލީސް ހުޅުވުމުގެ ޖަލްސާގައި ރައީސް ނަޝީދު
ކޮންގްރެސްގެ މަތީ މަޖިލީސް ހުޅުވުމުގެ ޖަލްސާގައި ބައިވެރިވެވަޑައިގަތުމަށް ދެއްވި ދައުވަތު ގަބޫލުކުރައްވާ ކުރީގެ ރައީސް މުހައްމަދު ނަޝީދު އެ ޖަލްސާއަށް ވަޑައިގެންފި އެވެ.
15 Sep 2026
ޖަޕާނުގައި ކްރިކެޓް އާލާކުރަނީ
މުޅި ޖަޕާނުގައިވެސް ހުންނަނީ 16 ކްރިކެޓް ދަނޑެވެ. އެ ގައުމުގެ އަންހެން ޓީމު ދުނިޔޭގެ ރޭންކިންގގެ 39 ވަނައިގައި އޮތްއިރު، ފިރިހެން ޓީމު އޮތީ އެއަށްވުރެ ދެ ދަރަޖަ ފަހަތުގައެވެ.
15 Sep 2026
ބަންގްލަދޭޝްގައި ހިމަބިހި އަދިވެސް ކޮންޓްރޯލް ނުކުރެވޭ
މި އަހަރުގެ މާޗު މަހުން ފެށިގެން ހޮސްޕިޓަލްތައް ފުރި، ތަކެތި ދަތިވެ، ބަލި ކުދިން އިތުރުވަމުންދާއިރު، ހިމަބިހީގެ ސަބަބުން މަރުވި ޝައްކުކުރެވޭ އަދި ކަށަވަރުވެފައިވާ އެއް ހާސް މަރު ވަނީ ރިޕޯޓުކޮށްފައެވެ.
15 Sep 2026
ބީއެމްއެލްއިން 8 މަސް ތެރޭ 653 މިލިޔަން ޑޮލަރު ކަސްޓަމަރުންނަށް ވިއްކައިފި
އެ ބޭންކުން ބުނީ މި ޢަދަދަކީ ކޮންމެ މަހަކު އެވެރެޖްކޮށް 81 މިލިޔަނަށް ވުރެ ގިނަ ޑޮލަރު ކަމަށެވެ. ވަކިވަކި ދާއިރާތަކަށް ބެހިގެންދާ ގޮތަށް ބަލާއިރު އެންމެ ބޮޑު ޙިއްޞާއެއް ދޫކޮށްފައިވަނީ ކާޑު މުޢާމަލާތްތަކަށް
15 Sep 2026
ރާއްޖޭގެ ބީޗް ވޮލީ ޓީމު އޭޝިއަން ގޭމްސްގައި ވާދަކުރުމަށް ޖަޕާނަށް ފުރައިފި
އޭޝިއާގެ އެންމެ ބޮޑު ކުޅިވަރު މައިދާނުގައި ރާއްޖެ ތަމްސީލުކުރާ މި ޓީމު ވާދަކުރާނީ 20 ވަނަ އޭޝިއަން ގޭމްސް 2026 ގެ ބީޗް ވޮލީބޯޅަ އިވެންޓުގައެވެ.
15 Sep 2026
ހުރިހާ އުމްރާވެރީންގެ ހާލު ރަނގަޅު، ނުރައްކަލެއް ނެތް: ވަޒީރު ޝަހީމް
ޝަހީމް ވިދާޅުވީ މައްކާގައި ތިބި ހުރިހާ ދިވެހީންގެ ހާލު ވެސް ރަނގަޅު ކަމަށެވެ. އަދި އުމްރާވެރީންނަށް އެއްވެސް ނުރައްކަލެއް ނެތް ކަމަށެވެ.
15 Sep 2026
ސައުދީ ފަންޑުގެ އެހީ އިތުރުކުރުމާއި ގުޅޭގޮތުން މަޝްވަރާ ކުރައްވައިފި
މި ބައްދަލުކުރެއްވުން އޮތީ މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ ރަސްމީގެކޮޅު، މުލީއާގޭގަ އެވެ.