ޖަމިއްޔަތުއްސަލަފްގެ މަދަނީ ޖަމިއްޔާތަކުގެ މަހާސިންތާ ފެށުން- ފޮޓޯ- ސަލަފް
ހަބަރު
14 Aug 2026 | 09:04
40 ޖަމިއްޔާއާއެކު ޖަމިއްޔަތުއްސަލަފްގެ މަދަނީ ޖަމިއްޔާތަކުގެ މަހާސިންތާ ފަށައިފި

ޖަމްޢިއްޔަތުއްސަލަފްގެ ފަރާތުން އިންތިޒާމްކޮށްގެން ބާއްވާ “ބީއެމްއެލް އިސްލާމިކް – މަދަނީ ޖަމްޢިއްޔާތަކުގެ މަހާސިންތާ 2026” ފަށައިފިއެވެ.

ދާރުލްއާސާރުގައި ރޭ 8:45 ގައި މަހާސިންތާ ފެށުމުގެ ޖަލްސާ ޝަރަފުވެރިކޮށްދެއްވީ، ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ވައިސް ޗާންސެލަރ ޑރ. ޢަލީ ޒާހިރު ބިން ސަޢީދު ޤާސިމްއެވެ. ޖަލްސާ ޝަރަފުވެރިކޮށްދެއްވުމަށްފަހު މި ޙަފްލާގައި މަހާސިންތާގެ ބައިވެރިންނާ މުޚާޠަބުކުރައްވައި ޝަރަފުވެރިމެހެމާން ވަނީ ވާހަކަފުޅު ދައްކަވާފައެވެ.

މި މަހާސިންތާ ކުރިއަށްދާނީ އަންނަ ހޮނިހިރު ދުވަހުގެ ނިޔަލަށެވެ.

“ގުޅިގެން އޯގާތެރި މުޖުތަމަޢަކަށް” މި ޝިޢާރުގެ ދަށުން ބާއްވާ މިއަހަރުގެ މަހާސިންތާގައި ބައިވެރިވުމުގެ ފުރުޞަތު ޢާންމުކޮށް ހުޅުވާލުމާއެކު، ރާއްޖޭގެ އެކި ހިސާބުތަކުން ތަފާތު ދާއިރާތަކުގައި މަސައްކަތްކުރާ ޖުމްލަ 40 ޖަމްޢިއްޔާއަކުން ވަނީ ބައިވެރިވެފައެވެ.

އޭގެތެރޭގައި ކުޅިވަރު ޖަމްޢިއްޔާތަކާއި، ނަފްސާނީ ދުޅަހެޔޮކަމާ ބެހޭ ޖަމްޢިއްޔާތަކުގެ އިތުރުން އަންހެނުންނާއި ކުޑަކުދިންނާ ގުޅުންހުރި ޙަރަކާތްތައް ހިންގާ ޖަމްޢިއްޔާތައްވެސް ހިމެނެއެވެ.

ކޮންމެ ދެއަހަރަކުން އެއްއަހަރު ބޭއްވުމަށް ހަމަޖެހިފައިވާ މަދަނީ ޖަމްޢިއްޔާތަކުގެ މަހާސިންތާ ބާއްވާ މިއީ ދެވަނަ ފަހަރެވެ. އެންމެ ފުރަތަމަ މަހާސިންތާ 20 ޖަމްޢިއްޔާއާއެކު ބާއްވާފައިވަނީ 3 ފެބްރުއަރީ 2024 ގައި އއ. މަތިވެރީގައެވެ.

މި މަހާސިންތާގެ ޓައިޓްލް ސްޕޮންސަރަކީ ބީއެމްއެލް އިސްލާމިކެވެ. އަދި މެއިން ސްޕޮންސަރަކީ އެސްޓީއޯ ޕީޕަލް ޗޮއިސް އެވެ. އޮފިޝަލް މީޑިއާ ޕާޓްނަރަކީ ދާރިސް ޓީވީއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
09 Oct 2026
އެފްއޭއެމް އެވޯޑްސް؛ މޮޅު ފުޓްބޯޅަ ކުޅުންތެރިންނަށް އައިހަމް އަދި ސާލިޔާ
އެންމެ މޮޅު އަންހެން ކުޅުންތެރިޔާގެ އެވޯޑް ޝާލިޔާ ހޯދިއިރު، އޭނާ އާ އެންމެ ވާދަކޮށްފައިވަނީ، މާޒިއާގެ އާއިމިނަތު ލީޒާ އާއި، ނިއުރެޑިއަންޓްގެ މައީޝާ، އަދި ހަމަ އެޓީމްގެ މަރިޔަމް ނޫރާ އާއި މާޒިޔާގެ ޝައްފައެވެ.
08 Oct 2026
ރެއާ ދުވާލު މި އުޅެނީ، އޮންލައިންކޮށް ވިޔަފާރިކުރުމުގައި ހުރި ދަތިތައް ހައްލުކޮށްދޭން: ރައީސް
"ރެއާ ދުވާލު މިއުޅޭނީ އެކަމާ. އެކަން ހައްލުކޮށްދޭނަން އިރާދަކުރެއްވިއްޔާ،" ރައީސް މިރޭ ވިދާޅުވި އެވެ.
08 Oct 2026
އެފްއޭއެމް ޕްރެސިޑެންޓްސް އެވޯޑް ބަކާ، ސާންތީ އަދި އިފްރާއަށް
މި ތިން ޝަހުއްސިއްޔަތުންނަކީވެސް 2008 ވަނަ އަހަރު ދިވެހި ޤައުމީ ފުޓްބޯޅަ ޓީމް ސާފް ޗެމްޕިއަން ތަށި އުފުލާލިއިރު ޓީމްގައި ހިއްސާވި ފަރާތްތަކެވެ.
08 Oct 2026
ގްރޭޓްއޯޝަންސްޑައިލޮގްގައި ފައްޔާޒް: ރާއްޖެއަށް އޮތް ގޮންޖެހުންތަކާއި ދިވެހީންގެ ކަންބޮޑުވުންތައް ހިއްސާކުރެއްވި
ވިދާޅުވީ ޑިމޮކްރެސީ ދެމެހެއްޓުމަށް މަސައްކަތް ކުރާ ފަދައިން ދިވެހީންނަކީ ދިރިހުރުމަށްޓަކައި ވެސް ހަނގުރާމަ ކުރަން ޖެހިފައިވާ ބައެއް ކަމަށެވެ.
08 Oct 2026
ރުގުޔާ ކުުރުމުގެ ނަމުގައި މަހާނަ ކޮންނަ ހިސާބަށް؛ ހުއްދައެއް ނޫން، ހަރާމްވާނެ
ރުޤްޔާ ކުރުމުގެ ނަމުގައި ޤަބުރުސްތާނަށް ވަދެ މަހާނަ ނަގައި ނުވަތަ ކޮނެ ސިހުރު ހޯދުމުގެ ނަމުގައި ހިންގާ ޢަމަލުތަކަކީ ޙަރާމް ވެގެންވާ ޢަމަލުތަކެއް ކަމަށްވެސް ވަޒީރު ވިދާޅުވި އެވެ.
08 Oct 2026
ޒިޕެލް ކުންފުނި ޗައިނާގެ ކޮސްކޯއަށް ވިއްކާލުން ޖަރުމަނުން ހުއްޓުވައިފި
ޖަރުމަނުވިލާތުގެ އިކޮނޮމިކް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މި ކުންފުނި ގަތުމުގެ ސަބަބުން އެހެން ފަރާތްތަކަށް ބަރޯސާވާ މިންވަރު އިތުރުވެ، ޖަރުމަނާއި އީޔޫގެ ސަޕްލައި ޗޭންތަކުގެ ރައްކާތެރިކަމަށް ނުރައްކާވާނެ ކަމަށެވެ.
08 Oct 2026
ސައިކަލެއް ކަހާލައިގެން ވެއްޓި ހައިވޭގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި
މި އެކްސިޑެންޓްގައި 3 މީހަކަށް އަނިޔާ ލިބުމާ ގުޅިގެން ޓްރީޓޮޕް ހޮސްޕިޓަލަށް ގެންގޮސް ދަނީ ފަރުވާ ދެމުން ކަމަށް ވެސް ބުންޏެވެ.
08 Oct 2026
ޗައިނާ އަތުން ރާއްޖޭގެ ކުރިކެޓް ޓީމަށް މޮޅެއް
މުބާރާތުގައި ރާއްޖެ ދެން ބައްދަލުކުރާނީ ސިންގަޕޫރާއެވެ. މި މެޗު އޮންނާނީ މާދަމާ، ރާއްޖެ ގަޑިން ހެނދުނު 11:00 ގައި ސެލަންގޯރ ޓާފް ކްލަބްގައެވެ.