އިންޑޮނޭޝިއާއަށް އައި ބިންހެލުމުގައި މިސްކިތެއްގެ އެއްބައި ވެއްޓިފައި-
ދުނިޔެ
17 Aug 2026 | 09:00
އިންޑޮނޭޝިއާއަށް އަނެއްކާވެސް 5.7 މެގްނިޓިޔުޑްގެ ބިންހެލުމެއް އަތުވެއްޖެ

އިންޑޮނޭޝިއާގެ އެންޑޭ ސަރަޙައްދަށް ބޮޑު ބިންހެލުމެއް އައިތާ މާގިނަ ދުވަސްތަކެއް ނުވަނީސް، މިއަދު އަނެއްކާވެސް ރެކްޓާ މިންގަނޑުން 5.7 ގެ ބާރުމިނުގައި ބިންހެލުމެއް އަތުވެއްޖެއެވެ.

ޔޫއެސް ޖިއޮލޮޖިކަލް ސާވޭ (ޔޫއެސްޖީއެސް) އިން މަޢުލޫމާތު ދޭ ގޮތުގައި މި ބިންހެލުން އައިސްފައިވަނީ އެންޑޭގެ އުތުރު-ހުޅަނގުއުތުރުން ގާތްގަނޑަކަށް 65 ކިލޯމީޓަރު ދުރަށް، ބިމުގެ 48.9 ކިލޯމީޓަރު އަޑިންނެވެ. މި ބިންހެލުމާ ގުޅިގެން އެއްވެސް މީހަކަށް އަނިޔާއެއް ލިބުނު ކަމުގެ ނުވަތަ މުދަލަކަށް ގެއްލުންވި ކަމުގެ ރިޕޯޓެއް އަދި މިހާތަނަށް ލިބިފައެއް ނުވެއެވެ.

މި ބިންހެލުން މި އައީ އޮގަސްޓް 15 ވީ ދުވަހު ފްލޮރެސް ސަރަޙައްދަށް އައި 7.7 ގެ ބާރުގަދަ ބިންހެލުމަށް ފަހުގައެވެ. ބިމުގެ 10 ކިލޯމީޓަރު އަޑިން އައި އެ ބިންހެލުމުގެ މަރުކަޒަކީ އީސްޓް ނޫސާ ތެންގާރާ ޕްރޮވިންސްގެ އެންޑޭގެ އުތުރު-ހުޅަނގުއުތުރުން ގާތްގަނޑަކަށް 68 ކިލޯމީޓަރު ދުރެވެ. އެ ބިންހެލުމާ ގުޅިގެން އައި 1،000 އެއްހާ ކުދި ލޮޅުންތަކާއެކު (އާފްޓަރޝޮކްސް)، މަދުވެގެން 53 މީހުން މަރުވެ، 130 އަށް ވުރެ ގިނަ މީހުން ޒަޚަމްވެފައިވާ ކަމަށް ކަމާބެހޭ ފަރާތްތަކުން ވަނީ ބުނެފައެވެ.

އިންޑޮނޭޝިއާގެ ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އެޖެންސީ (ބީއެންޕީބީ) އާ ހަވާލާދީ އޭއެފްޕީން ރިޕޯޓްކޮށްފައިވާ ގޮތުގައި، 7.7 ގެ ބިންހެލުމުގެ ސަބަބުން ގެދޮރު ގެއްލި މަގުމަތިވި މީހުންގެ އަދަދު މިހާރު ވަނީ 12،800 އަށް އަރާފައެވެ. އަދި ޖުމްލަ 13،000 އަށް ވުރެ ގިނަ މީހުން ގެދޮރު ދޫކޮށް ދާން މަޖުބޫރުވެފައިވާއިރު، އެމީހުން ވަގުތީ ގޮތުން ހިޔާވަހިކަން ހޯދަމުން ދަނީ ސްކޫލްތަކާއި، ފުލުހުންގެ މަރުކަޒުތަކާއި އަދި ސަރުކާރުގެ އެކި އިދާރާތަކުގައެވެ.

މީހުން ސަލާމަތްކުރުމުގެ މަސައްކަތް ކުރަމުންދަނިކޮށް، ސުމަޓްރާގެ ހުޅަނގު ފަރާތަށްވެސް 6.4 ގެ ބާރުމިނުގައި އިތުރު ލޮޅުމެއް އައިސްފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ. ގެއްލުން ލިބުނު ސަރަޙައްދުތަކުގައި ކުއްލި އެހީ ފޯރުކޮށްދިނުމުގެ މަސައްކަތް ކުރިއަށްދާއިރު، މަރުވި މީހުންގެ އަދަދު އިތުރުވެދާނެ ކަމުގެ އިންޒާރު އޮފިޝަލުން ވަނީ ދެއްވާފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
09 Oct 2026
އެފްއޭއެމް އެވޯޑްސް؛ މޮޅު ފުޓްބޯޅަ ކުޅުންތެރިންނަށް އައިހަމް އަދި ސާލިޔާ
އެންމެ މޮޅު އަންހެން ކުޅުންތެރިޔާގެ އެވޯޑް ޝާލިޔާ ހޯދިއިރު، އޭނާ އާ އެންމެ ވާދަކޮށްފައިވަނީ، މާޒިއާގެ އާއިމިނަތު ލީޒާ އާއި، ނިއުރެޑިއަންޓްގެ މައީޝާ، އަދި ހަމަ އެޓީމްގެ މަރިޔަމް ނޫރާ އާއި މާޒިޔާގެ ޝައްފައެވެ.
08 Oct 2026
ރެއާ ދުވާލު މި އުޅެނީ، އޮންލައިންކޮށް ވިޔަފާރިކުރުމުގައި ހުރި ދަތިތައް ހައްލުކޮށްދޭން: ރައީސް
"ރެއާ ދުވާލު މިއުޅޭނީ އެކަމާ. އެކަން ހައްލުކޮށްދޭނަން އިރާދަކުރެއްވިއްޔާ،" ރައީސް މިރޭ ވިދާޅުވި އެވެ.
08 Oct 2026
އެފްއޭއެމް ޕްރެސިޑެންޓްސް އެވޯޑް ބަކާ، ސާންތީ އަދި އިފްރާއަށް
މި ތިން ޝަހުއްސިއްޔަތުންނަކީވެސް 2008 ވަނަ އަހަރު ދިވެހި ޤައުމީ ފުޓްބޯޅަ ޓީމް ސާފް ޗެމްޕިއަން ތަށި އުފުލާލިއިރު ޓީމްގައި ހިއްސާވި ފަރާތްތަކެވެ.
08 Oct 2026
ގްރޭޓްއޯޝަންސްޑައިލޮގްގައި ފައްޔާޒް: ރާއްޖެއަށް އޮތް ގޮންޖެހުންތަކާއި ދިވެހީންގެ ކަންބޮޑުވުންތައް ހިއްސާކުރެއްވި
ވިދާޅުވީ ޑިމޮކްރެސީ ދެމެހެއްޓުމަށް މަސައްކަތް ކުރާ ފަދައިން ދިވެހީންނަކީ ދިރިހުރުމަށްޓަކައި ވެސް ހަނގުރާމަ ކުރަން ޖެހިފައިވާ ބައެއް ކަމަށެވެ.
08 Oct 2026
ރުގުޔާ ކުުރުމުގެ ނަމުގައި މަހާނަ ކޮންނަ ހިސާބަށް؛ ހުއްދައެއް ނޫން، ހަރާމްވާނެ
ރުޤްޔާ ކުރުމުގެ ނަމުގައި ޤަބުރުސްތާނަށް ވަދެ މަހާނަ ނަގައި ނުވަތަ ކޮނެ ސިހުރު ހޯދުމުގެ ނަމުގައި ހިންގާ ޢަމަލުތަކަކީ ޙަރާމް ވެގެންވާ ޢަމަލުތަކެއް ކަމަށްވެސް ވަޒީރު ވިދާޅުވި އެވެ.
08 Oct 2026
ޒިޕެލް ކުންފުނި ޗައިނާގެ ކޮސްކޯއަށް ވިއްކާލުން ޖަރުމަނުން ހުއްޓުވައިފި
ޖަރުމަނުވިލާތުގެ އިކޮނޮމިކް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މި ކުންފުނި ގަތުމުގެ ސަބަބުން އެހެން ފަރާތްތަކަށް ބަރޯސާވާ މިންވަރު އިތުރުވެ، ޖަރުމަނާއި އީޔޫގެ ސަޕްލައި ޗޭންތަކުގެ ރައްކާތެރިކަމަށް ނުރައްކާވާނެ ކަމަށެވެ.
08 Oct 2026
ސައިކަލެއް ކަހާލައިގެން ވެއްޓި ހައިވޭގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި
މި އެކްސިޑެންޓްގައި 3 މީހަކަށް އަނިޔާ ލިބުމާ ގުޅިގެން ޓްރީޓޮޕް ހޮސްޕިޓަލަށް ގެންގޮސް ދަނީ ފަރުވާ ދެމުން ކަމަށް ވެސް ބުންޏެވެ.
08 Oct 2026
ޗައިނާ އަތުން ރާއްޖޭގެ ކުރިކެޓް ޓީމަށް މޮޅެއް
މުބާރާތުގައި ރާއްޖެ ދެން ބައްދަލުކުރާނީ ސިންގަޕޫރާއެވެ. މި މެޗު އޮންނާނީ މާދަމާ، ރާއްޖެ ގަޑިން ހެނދުނު 11:00 ގައި ސެލަންގޯރ ޓާފް ކްލަބްގައެވެ.