ކެވިން ލަމޫރާ.. ފޮޓޯ: ގެޓީ
ކުޅިވަރު
18 Aug 2026 | 08:45
އިންފަންޓީނޯގެ ޕްލޭނަށް ފާޑުކިޔައިގެން ފީފާގެ އިސް އޮފިޝަލަކު މަގާމުން ވަކިކޮށްފި

ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯގެ ވިޔަފާރި ޕްލޭނަށް ފާޅުކަން ބޮޑު ގޮތެއްގައި ފާޑުކިޔައިގެން އެ އިދާރާގެ ޗީފް އޮޕަރޭޓިން އޮފިސަރު ކެވިން ލަމޫރާ މަގާމުން ވަކިކޮށްފިއެވެ.

މިކަމާ ގުޅޭގޮތުން ފީފާގެ ސެކްރެޓަރީ ޖެނެރަލް މެޓިއަސް ގްރެފްސްޓްރޯމް ހޯމަ ދުވަހުގެ ރޭ މުވައްޒަފުންނަށް ފޮނުވި އީމެއިލެއްގައި ބުނެފައިވަނީ އެ ޖަމިއްޔާ އާއި ކެވިން އާ ދެމެދު އޮތް އެއްބަސްވުން ނިމުމަކަށް ގެނައުމަށް ދެފަރާތުންވެސް އެއްބަސްވެފައިވާކަމަށެވެ.  

ފީފާގެ ހުރިހާ މުބާރާތެއްގެ ވިޔަފާރި އަދި ޓިކެޓިން ޙައްޤުތައް ބެލެހެއްޓުމަށް އިންފަންޓީނޯ ހުށަހެޅި ފީފާ ފޯވާޑް އެންޓަރޕްރައިޒް (އެފްއެފްއީ) ޕްލޭނަކީ "އެކެއްގެ ޕްރޮޖެކްޓެއް" ކަމަށް ބުނެ ލަމޫރާ ވަނީ ފާޑު ކިޔައިފައެވެ. ލަމޫރް ބުނީ އެ ޕްރޮޖެކްޓްގައި އުސޫލާ ހިލާފަށް ކަންކަން ކުރުމަށް އެކަށައަޅާފައިވާކަމަށެވެ. ލަމޫރާގެ ފާޑުކިޔުންތައް ތިލަވެފައިވަނީ މިދިޔަ މަހުގެ ތެރޭގައެވެ.

ލަމޫރާގެ ވާހަކަތައް އެގޮތަށް އައިސްފައިވަނީ އޭނާ ވަޒީފާއިން ވަކިކުރާނެކަން އެނގިހުރެ ކަމަށް ބައެއް މީޑިއާތަކުގައި އޭނާ ވަނީ ބުނެފައެވެ. "ރައީސެއްގެ ވާޖިބަކީ މީހުން އެކުގައި ގެނެސް އެއްބައިވަންތަކޮށް ހިތްވަރު ދިނުމެވެ. މިއަދު ފެންނަނީ އެއާ ދިމާ އިދިކޮޅު މަންޒަރެކެވެ" ލަމޫރް ބުންޏެވެ. 

2024 ވަނަ އަހަރުގެ ނޮވެމްބަރުގައި ޔުއެފާގެ ޑެޕިއުޓީ ޖެނެރަލް ސެކްރެޓަރީގެ މަޤާމުން ފީފާއާ ގުޅުނު ލަމޫރާ މަސައްކަތް ކުރަމުން އައިސްފައިވަނީ އިންފަންޓީނޯއާ ގާތުންނެވެ. ނަމަވެސް ފަހަކަށް އައިސް ލަމޫރާ އާއި އިންފަންޓީނޯ އާ ދެމެދު އޮތް ގުޅުން ވަނީ ވަރަށްބޮޑަށް ގޯސްވެފައެވެ. އެގޮތުން މި ސަބަބާހެދި ލަމޫރާ އެ ބައްދަލުވުމަށް ނުދާކަމަށް ބީބީސީން ވަނީ ބުނެފައެވެ. 

ވިލާތުގެ ގިނަ ޤައުމުތަކެއްގެ ފުޓްބޯޅަ އިދާރާތަކުން ދަނީ އިންފަންޓީނޯ ބޮއިކޮޓްކުރަމުންނެވެ. އެގޮތުން ހޯމަ ދުވަހު ސްކޮޓިޝް އެފްއޭ އިން ވެސް ވަނީ އިންފަންޓީނޯ އަށް ދީފައި އޮތް ތާއީދު ނެގި ކަން އިޢުލާނުކޮށްފައެވެ. ކުރިން އިންގްލެންޑް ވޭލްސް ނޮދަން އަޔަލެންޑް އަދި ރިޕަބްލިކް އޮފް އަޔަލެންޑުން ވެސް ވަނީ ހަމަ އެ ފިޔަވަޅު އަޅައިފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
12 Sep 2026
ރާއްޖޭގެ ފުރަތަމަ ޖޫނިއަރ ލައިފްގާޑް ތަމްރީނު ތުލުސްދޫގައި ފަށައިފި
ން ދުވަހަށް ދެމިގެންދާ މި ތަމްރީނުގައި 11 އަހަރާއި 17 އަހަރާ ދެމެދުގެ 24 ކުއްޖަކު ބައިވެރިވެއެވެ.
12 Sep 2026
ދިވެހި ގައުމުގެ ދެމިއޮތުމުގެ ބިނާވެގެންވަނީ އިސްލާމް ދީނުގެ ތަރުބިއްޔަތާއި ރައްކާތެރިކަމުގެ މައްޗަށް
އެކަކު އަނެކަކަށް ހިތްހެޔޮ، އެއް ހަށިގަނޑެއް ފަދަ އެކުވެރި ބަޔަކަށް ވެވިއްޖެނަމަ، އެތެރެއާއި ބޭރުން އަންނަ އެއްވެސް ނުރައްކަލަކަށް ގައުމުގެ ސިޔާދަތާއި މިނިވަންކަން ގުޑުވައިނުލެވޭނެ
12 Sep 2026
ފުރުޤާން މިސްކިތަށް ބޮޑުކަމުގޮސް މިސްކިތައް ގެއްލުންދިން މައްސަލައެއް
ފުލުހުން ވަނީ މި ފަހަކުން ފުރުޤާން މިސްކިތައް ގެއްލުންދިން މީހެއް ހައްޔަރުވެސްކޮށްފައެވެ. އެމީހަކީ އުމުރުން 30 އަހަރުގެ ގ. މާލެހިޔާއަށް ނިސްބަތްވާ، ނައުޝާދު މޫސާ އެވެ
12 Sep 2026
ބުރު ބަލިކޮށް އީގަލްސް، ސީޒަންގެ ފެށުން ރަނގަޅުކޮށްފި
ބްރާސްފަތި ދުވަހު ބިސްބުރު ނުކުންނާނީ ޓީސީ ސްޕޯޓްސް ކްލަބާ ދެކޮޅަށެވެ.
12 Sep 2026
ގައްދޫ ބަލިކޮށް ދިވެހި ޕްރިމިއާ ލީގުގެ ފެށުން ނިއުރޭޑިއަންޓުން ރަނގަޅުކޮށްފި
މިއަދުގެ މެޗުގައި ނިއުރޭޑިއަންޓްގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔައިރު، އެ ޓީމަށް ލީޑު ނަގައިދިނީ މެޗުގެ 9 ވަނަ މިނެޓުގައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ބްރެޒިލްގެ ކުޅަދާނަ ފޯވާޑް ޑޮރިއެލްޓަން ގޯމޭސްއެވެ
12 Sep 2026
ބ. އަތޮޅުން ފެށިގެން ގދ. އަތޮޅަށް ހަމައަށް މިރޭ ހުދު ސަމާލް
ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 40 މޭލަށް ވައިގަދަވާނެ ކަމަށްވެސް އެ އިދާރާއިން ލަފާކޮށްފައިވެއެވެ
12 Sep 2026
އައުޤާފަށް ހާއްސަކޮށް ކުންފުންޏެެއް އުފައްދައިފި
"މޯލްޑިވްސް އައުޤާފް އިންވެސްޓްމަންޓްސް ލިމިޓެޑް"ގެ ނަމުގައި ސަރުކާރުގެ ކުންފުންޏެއް ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު، މިއަދު އުފައްދަވައިފި އެވެ.
12 Sep 2026
ޢިރާޤުން ފޮނުވި ޑްރޯނު ހަމަލާއަކާ ގުޅިގެން ސަޢޫދީގެ މުހިންމު...
ޢިރާޤުން ފޮނުވި ޑްރޯނުތަކެއް ބޭނުންކޮށް ސަޢޫދީ ޢަރަބިއްޔާގެ އީސްޓް-ވެސްޓް ތެޔޮ ހޮޅިއަށް ދިން ހަމަލާއާ ގުޅިގެން، މެދުއިރުމަތީގެ ހަމަނުޖެހުން ފުޅާވަމުންދާ ދަނޑިވަޅެއްގައި، ސަޢޫދީން އެ ހޮޅި ބަންދުކޮށްފިއެވެ.