ތެވެލި އިންޓަރނޭޝަނަލް ކޮންފަރެންސް --
ހަބަރު
18 Aug 2026 | 16:19
ޓެކްނޮލޮޖީ މިންކުރުމުގައި ބަލަންވީ އޭގެ މަންފާ ކުރާނީ ކޮން ބަޔަކަށްތޯ: މެޑަމް

އީޖާދެއްގެ މާނަ ފުރިހަމަވަނީ، އޭގައި މީހުންނަށް މަންފާއެއް ލިބޭ ކަމެއް އެކުލެވިގެން ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ވިދާޅުވެއްޖެ އެވެ.

އެކަމަނާ މިފަދައިން ވިދާޅުވީ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމްއެންޔޫ) ގައި މިއަދު ފެށި، ތެވެލި އިންޓަރނޭޝަނަލް ކޮންފަރެންސް 2026، ހުޅުވުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ، ވާހަކަފުޅުދައްކަވަމުންނެވެ.

އާޓިފިޝަލް އިންޓެލިޖެންސް ފަދަ ވަސީލަތްތަކުގެ ސަބަބުން، ކުރިން އުންމީދު ކުރެވިފައި ނުވާ ފަދަ އެތައް ފުރުޞަތުތަކެއް ހުޅުވިގެންދިޔަ ނަމަވެސް، އެއްޗެއް ނުވަތަ ކަމެއް އީޖާދުކުރުމަކީ ނިމުމެއްކަމަށް ދެކިގެން ނުވާނެކަން ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފާހަގަކުރެއްވި އެވެ. ޓެކްނޮލޮޖީ މިންކުރުމުގައި ބަލަންވީ އެއީ އުފެއްދިދާނެ އެއްޗެއްތޯ ނުވަތަ ކުރެވިދާނެ ކަމެއްތޯއެއް ނޫން ކަމަށާ، ބަލަންވީ، އޭގެ މަންފާ ކުރާނީ ކޮން ބަޔަކަށްތޯ ކަމުގައި އެކަމަނާ ފާހަގަކުރެއްވި އެވެ. 

އަދި ޓެކްނޮލޮޖީގެ ސަބަބުން ހަޤީޤީ ބަދަލެއް އަންނަނީ، ޝަޢުޤެއް އެކަމުގައި އޮވެމެ، ތަޢުލީމީ ނިޒާމަށާއި، ޞިއްޙީ ދާއިރާއަށާއި، ރައްޔިތުންގެ ދިރިއުޅުމުގެ ޙާލަތަށް އެކަން އަމާޒުކުރެވުމުންކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވިދާޅުވި އެވެ.

ތެވެލި އިންޓަރނޭޝަނަލް ކޮންފަރެންސް --

މިފަދަ އީޖާދުތައް ކުރިއަރައި ދިއުމަށްޓަކައި، އެއީ އެންމެން ޝާމިލުވާ ކަމަކަށް ވާންޖެހޭނެކަން އެކަމަނާ ފާހަގަކުރެއްވި އެވެ. ސައިންސާއި ޓެކްނޮލޮޖީގެ މައިދާނުގައި އަންހެނުންނާއި އަންހެން ކުދިން އެމީހުންގެ ޖާގަ ހޯދުމަށް އިލްތިމާސްކުރައްވަމުން، އީޖާދުކުރުމަކަށް ވަކި ޖިންސެއް ނުވާކަމަށާއި، މުސްތަޤުބަލު ބައްޓަންކުރުމުގައި އެބައެއްގެ ދައުރު އަދާކުރުމަށް އެއްވެސް ފަރާތެއްގެ ހުއްދައަކަށް ވެސް ބޭނުންނުވާނެކަން އެކަމަނާ ފާހަގަކުރެއްވި އެވެ.

ޒުވާނުންނަކީ މާދަމާގެ ބިނާވެށި ކުރަހާ މީހުންގެ ގޮތުގައި ސިފަކުރައްވަމުން އެކަމަނާ ވިދާޅުވީ، ތަޢުލީމީ ނިޒާމުގެ ތެރެއިން އުފެއްދުންތެރިކަން ކުރިއަރުވައި، ނާގިދު ފިކުރާއި، ކަންކަމާ މެދު ފުންކޮށް ވިސްނުމުގެ ހުނަރު އާލާކުރަން ޖެހޭ ކަމަށެވެ. އަދި ހަމައެކަނި ޓެކްނޮލޮޖީ ބޭނުންކުރާ ބަޔަކަށް ވުމުގެ ބަދަލުގައި، އެ އުފައްދާ ބަޔަކަށް ވުމަށް ދަރިވަރުންނަށް ހިތްވަރު ދެއްވި އެވެ. ހަމަމިއާއެކު، ކަންކަމާ މެދު ހިތުގައި ޝައުޤުވެރިކަން އުފެއްދުމަށް ހިތްވަރުދިނުމަށާއި، އައު ކަންކަން ތަޖުރިބާކުރުމަށް އޮންނަ ޔަޤީންކަން ކަށަވަރުކޮށްދިނުމާއި، ނާކާމިޔާބީން ފިލާވަޅު ލިބިގަތުމަށް މުއައްސަސާތަކަށް ގޮވާލެއްވި އެވެ.

ތެވެލި އިންޓަރނޭޝަނަލް ކޮންފަރެންސް --

ދިރާސާކުރާ ފަރާތްތަކުން އެމީހުންގެ މަސައްކަތްތަކާއި ހޯދުންތައް ހަމައެކަނި ޔުނިވަރސިޓީ ތެރެއަށް ދޫކޮށްލުމުގެ ބަދަލުގައި، ޙަޤީޤީ ދުނިޔޭގެ ގޮންޖެހުންތަކާ ކުރިމަތިލުމަށް، އެކަންކަން ނެރުމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ބާރުއެޅުއްވި އެވެ. އަދި ދިރާސާއެއް އެންމެ ރަނގަޅަށް ވަޒަންކުރެވޭނީ އެކަމެއްގެ ސަބަބުން ދިރިއުޅުމަށް އަންނަ ހެޔޮ ބަދަލުތަކުންކަން އެކަމަނާ ފާހަގަކުރެއްވި އެވެ. އައު ޚިޔާލުތައް މުޖުތަމަޢުތަކާ ހަމައަށް ފޯރުކޮށްދިނުމަށްޓަކައި، އިލްމީ މުއައްސަސާތަކާއި، ސިޔާސަތު އެކަށައަޅާ ފަރާތްތަކާއި، ސިނާޢަތްތަކުގެ މެދުގައި ގުޅުން ބަދަހިކުރުމަށްވެސް އެކަމަނާގެ ވާހަކަފުޅުގައި ގޮވާލެއްވި އެވެ.

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުންގެ ވާހަކަފުޅު ނިންމަވާލައްވަމުން، ތެވެލި ކޮންފަރެންސްގެ ސަބަބުން ދެމެހެއްޓެނިވި ގޮތެއްގައި ގުޅުންތަކެއް އުފެދި، މުޅި ޤައުމުގައި އަމިއްލަ އުފެއްދުންތެރިކަމާއި އީޖާދުތަކަށް ހިތްވަރު ލިބިގެންދާނެކަމަށް އެކަމަނާއަށް އޮތް ޔަޤީންކަން ހާމަކުރެއްވި އެވެ.

މީގެ އިތުރުން، މިއަދުގެ ރަސްމިއްޔާތުގައި އެކަމަނާ ވަނީ، ތެވެލި 2026 އެވޯޑުތައް ހާސިލުކުރި ފަރާތްތަކާ އެވޯޑު ހަވާލުކޮށްދެއްވާފަ އެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
13 Sep 2026
އަރިދަފުސް ރޯގާ އާއި ބޭރަށްހިންގުން އިތުރުވަނީ
ރާއްޖޭގައި މި ދުވަސްވަރު އަރިދަފުސް ރޯގާ، ހޮޑުލުން އަދި ބޭރަށްހިންގުމުގެ ކޭސްތައް އިތުރުވަމުންދާތީ، އެކަމަށް ސަމާލުވެ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
އައްޑޫ ލިންކު ރޯޑުގެ ހާލަތު ގޯސްވެ، ޒަރޫރީ ބޭނުންތަކަށް މެނުވީ މަގަށް ނުނިކުތުމަށް އެދިއްޖެ
އައްޑޫ ސިޓީއަށް މިހާރު ކުރަމުންދާ ވިއްސާރައިގެ ސަބަބުން އައްޑޫ ލިންކް ރޯޑުގެ ހާލަތު އިތުރަށް ގޯސްވެ، ނުރައްކާތެރި ހާލަތަކަށް ގޮސްފައިވާތީ، ޒަރޫރީ ބޭނުންތަކަށް މެނުވީ އެ މަގުގައި އުޅަނދުފަހަރު ނުދުއްވުމަށް އައްޑޫ ސިޓީ ކައުންސިލުން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
ހާޓް އެޓޭކް ޖެހޭ މީހުންގެ ލޭގައި މައިކްރޯޕްލާސްޓިކް ހުންނަ މިންވަރު އިތުރު
ނުރައްކާތެރި ބާވަތުގެ ހާޓް އެޓޭކެއް ކަމަށްވާ "އެސްޓީ-އެލިވޭޝަން މައޮކާޑިއަލް އިންފާކްޝަން" (ސްޓެމީ) ޖެހޭ މީހުންގެ ހިތުގެ ލޭހޮޅިތަކުގައި، އާދައިގެ ސިއްހަތެއްގައި ހުންނަ މީހުންނާއި ހިތުގެ އެހެނިހެން ދާއިމީ ބަލިތައް ހުންނަ މީހުންނަށް ވުރެ މައިކްރޯޕްލާސްޓިކާއި ނެނޯޕްލާސްޓިކް ހުންނަ މިންވަރު އިތުރުކަން އައު ދިރާސާއަކުން ދައްކައިފިއެވެ.
13 Sep 2026
40 މޭލަށް ކަނޑުތައް ގަދަވާނެކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފި
40 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފިއެވެ.
13 Sep 2026
243 މީހުންނާ އެކު ދަތުރުކުރި އިންޑޮނީޝިއާގެ ބޯއްޓެއް ގެއްލިއްޖެ
ސުރަބާޔާއިން ބަންޖަރްމާސިންއަށް 243 މީހުން ގޮވައިގެން ދަތުރުކުރި އިންޑޮނީޝިއާގެ ފަސިންޖަރު އުޅަނދަކާ ގުޅުން ކެނޑި އެ އުޅަނދު ގެއްލިފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.
12 Sep 2026
ރާއްޖޭގެ ފުރަތަމަ ޖޫނިއަރ ލައިފްގާޑް ތަމްރީނު ތުލުސްދޫގައި ފަށައިފި
ން ދުވަހަށް ދެމިގެންދާ މި ތަމްރީނުގައި 11 އަހަރާއި 17 އަހަރާ ދެމެދުގެ 24 ކުއްޖަކު ބައިވެރިވެއެވެ.
12 Sep 2026
ދިވެހި ގައުމުގެ ދެމިއޮތުމުގެ ބިނާވެގެންވަނީ އިސްލާމް ދީނުގެ ތަރުބިއްޔަތާއި ރައްކާތެރިކަމުގެ މައްޗަށް
އެކަކު އަނެކަކަށް ހިތްހެޔޮ، އެއް ހަށިގަނޑެއް ފަދަ އެކުވެރި ބަޔަކަށް ވެވިއްޖެނަމަ، އެތެރެއާއި ބޭރުން އަންނަ އެއްވެސް ނުރައްކަލަކަށް ގައުމުގެ ސިޔާދަތާއި މިނިވަންކަން ގުޑުވައިނުލެވޭނެ
12 Sep 2026
ފުރުޤާން މިސްކިތަށް ބޮޑުކަމުގޮސް މިސްކިތައް ގެއްލުންދިން މައްސަލައެއް
ފުލުހުން ވަނީ މި ފަހަކުން ފުރުޤާން މިސްކިތައް ގެއްލުންދިން މީހެއް ހައްޔަރުވެސްކޮށްފައެވެ. އެމީހަކީ އުމުރުން 30 އަހަރުގެ ގ. މާލެހިޔާއަށް ނިސްބަތްވާ، ނައުޝާދު މޫސާ އެވެ