ރާއްޖޭގެ ވަފްދު ރަޝިއާގެ ކަމާބެހޭ ފަރާތްތަކާއެކު މަޝްވަރާގައި.. ފޮޓޯ: އެމްއޭސީއެލް
ހަބަރު
18 Aug 2026 | 19:12
ފަތުރުވެރިކަމާއި ވައިގެ ދަތުރުތައް ފުޅާކުރުމަށް އެމްއޭސީއެލްގެ ޓީމެއް ރަޝިއާގައި

ރަޝިއާ ނުވަތަ ރޫސީވިލާތުން ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ ޢަދަދު އިތުރުކޮށް ވައިގެ ދަތުރުފަތުރުގެ ގުޅުންތައް ހަރުދަނާކުރުމަށް ސަރުކާރާއި އަމިއްލަ ކުންފުނިތައް ހިމެނޭ ވަފުދެއް މޮސްކޯ އާއި ސެއިންޓް ޕީޓަރސްބާގަށް ޒިޔާަރަތްކޮށްފިއެވެ.

އޮގަސްޓް 17 އިން 21 އަށް ކުރިއަށްދާ މި ދަތުރުގައި މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގެ އިތުރުން ފަތުރުވެރިކަމާއި މަދަނީ ވައިގެ ދަތުރުފަތުރާ ބެހޭ ވުޒާރާ އާއި ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަނާއި މޯލްޑިވިއަނާއި ރިސޯޓް ލައިފް ޓްރެވަލް އާއި އިން ޓުއާ މޯލްޑިވްސް އަދި ފަތުރުވެރިކަމުގެ ދާއިރާގެ ބައެއް އަމިއްލަ ކުންފުނިތަކުގެ މަންދޫބުން ބައިވެރިވެއެވެ.

ރޫސީވިލާތަކީ ރާއްޖޭގެ ފަތުރުވެރިކަމަށް އެންމެ މުހިންމު އެއް މާކެޓެވެ. މި ދަތުރުގެ ތެރޭގައި އެޤައުމުގެ ސިޓީގެ ސަރުކާރުގެ އިދާރާތަކާއި އެއާލައިންތަކާއި ޓުއާ އޮޕަރޭޓަރުންނާއި ޓްރެވަލް ޓްރޭޑް ބައިވެރިންނާ ބައްދަލުކޮށް ރާއްޖެއަށް ފަތުރުވެރިން ގެނައުން އިތުރުކުރެވޭނެ ގޮތްތަކާ މެދު މަޝްވަރާކުރުމަށް ހަމަޖެހިފައިވާކަމަށް އެމްއޭސީއެލުން ބުންޏެވެ.

ރާއްޖޭގެ ވަފްދު ރަޝިއާގެ ކަމާބެހޭ ފަރާތްތަކާއެކު މަޝްވަރާގައި

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓަށް މިހާރު ދަތުރުކުރާ އެއާލައިންތަކާ އެކު ދަތުރުތައް އިތުރުކޮށް ކެޕޭސިޓީ ބޮޑުކުރުމާއި އަލަށް ސީދާ ދަތުރުތައް ފެށުމުގެ ފުރުޞަތުތަކާ ގުޅޭ ގޮތުންވެސް ވާހަކަ ދެކެވޭނެ ކަމަށް އެމްއޭސީއެލުން ބުނެފައިވެއެވެ. ހަމައެއާ އެކު ޓުއާ އޮޕަރޭޓަރުންނާއި ޓްރެވަލް ކުންފުނިތަކާ އެކު ބާއްވާ ބައްދަލުވުންތަކުގެ ތެރެއިން ތަރުހީބު ބޮޑުވަމުން އަންނަ ދާއިރާތައް ދެނެގަނެ ޓްރެވަލް ޕެކޭޖުތައް މެދުވެރިކޮށް ވައިގެ ދަތުރުތައް އިތުރަށް ފުޅާކުރެވޭނެ މަގުތައް ހޯދުމަކީވެސް ދަތުރުގެ ލަނޑުދަނޑިއެއް ކަމަށް އެ ކުންފުނިން ފާހަގަކޮށްފައިވެއެވެ.

މިއީ ބައިނަލްއަޤުވާމީ މުހިންމު މާކެޓުތަކާ ގުޅުން ބަދަހިކުރުމަށް ކުރަމުން އަންނަ ސިލްސިލާ ދަތުރުތަކުގެ ތެރެއިން ދަތުރެކެވެ. މީގެ ކުރިން 2026 ވަނަ އަހަރުގެ ޖުލައި މަހު ރާއްޖޭގެ ވަފުދެއް ޗައިނާއަށް ގޮސް ހަމަ މި ބާވަތުގެ މަޝްވަރާތައް ކުރިއަށް ގެންގޮސްފައިވެއެވެ. އެމްއޭސީއެލުން ބުނީ އެ ކުންފުނީގެ އަމާޒަކީ އެއާލައިންތަކާއި ފަތުރުވެރިކަމުގެ ބައިވެރިންނާ ގުޅިގެން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ ޚިދުމަތްތައް ފުޅާކޮށް ރޫސީވިލާތް ފަދަ ބޮޑެތި މާކެޓުތަކުން ރާއްޖެއަށް ދަތުރުކުރުން ފަސޭހަކޮށްދިނުމެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
15 Sep 2026
ޖަޕާނުގައި ކްރިކެޓް އާލާކުރަނީ
މުޅި ޖަޕާނުގައިވެސް ހުންނަނީ 16 ކްރިކެޓް ދަނޑެވެ. އެ ގައުމުގެ އަންހެން ޓީމު ދުނިޔޭގެ ރޭންކިންގގެ 39 ވަނައިގައި އޮތްއިރު، ފިރިހެން ޓީމު އޮތީ އެއަށްވުރެ ދެ ދަރަޖަ ފަހަތުގައެވެ.
15 Sep 2026
ބަންގްލަދޭޝްގައި ހިމަބިހި އަދިވެސް ކޮންޓްރޯލް ނުކުރެވޭ
މި އަހަރުގެ މާޗު މަހުން ފެށިގެން ހޮސްޕިޓަލްތައް ފުރި، ތަކެތި ދަތިވެ، ބަލި ކުދިން އިތުރުވަމުންދާއިރު، ހިމަބިހީގެ ސަބަބުން މަރުވި ޝައްކުކުރެވޭ އަދި ކަށަވަރުވެފައިވާ އެއް ހާސް މަރު ވަނީ ރިޕޯޓުކޮށްފައެވެ.
15 Sep 2026
ބީއެމްއެލްއިން 8 މަސް ތެރޭ 653 މިލިޔަން ޑޮލަރު ކަސްޓަމަރުންނަށް ވިއްކައިފި
އެ ބޭންކުން ބުނީ މި ޢަދަދަކީ ކޮންމެ މަހަކު އެވެރެޖްކޮށް 81 މިލިޔަނަށް ވުރެ ގިނަ ޑޮލަރު ކަމަށެވެ. ވަކިވަކި ދާއިރާތަކަށް ބެހިގެންދާ ގޮތަށް ބަލާއިރު އެންމެ ބޮޑު ޙިއްޞާއެއް ދޫކޮށްފައިވަނީ ކާޑު މުޢާމަލާތްތަކަށް
15 Sep 2026
ރާއްޖޭގެ ބީޗް ވޮލީ ޓީމު އޭޝިއަން ގޭމްސްގައި ވާދަކުރުމަށް ޖަޕާނަށް ފުރައިފި
އޭޝިއާގެ އެންމެ ބޮޑު ކުޅިވަރު މައިދާނުގައި ރާއްޖެ ތަމްސީލުކުރާ މި ޓީމު ވާދަކުރާނީ 20 ވަނަ އޭޝިއަން ގޭމްސް 2026 ގެ ބީޗް ވޮލީބޯޅަ އިވެންޓުގައެވެ.
15 Sep 2026
ހުރިހާ އުމްރާވެރީންގެ ހާލު ރަނގަޅު، ނުރައްކަލެއް ނެތް: ވަޒީރު ޝަހީމް
ޝަހީމް ވިދާޅުވީ މައްކާގައި ތިބި ހުރިހާ ދިވެހީންގެ ހާލު ވެސް ރަނގަޅު ކަމަށެވެ. އަދި އުމްރާވެރީންނަށް އެއްވެސް ނުރައްކަލެއް ނެތް ކަމަށެވެ.
15 Sep 2026
ސައުދީ ފަންޑުގެ އެހީ އިތުރުކުރުމާއި ގުޅޭގޮތުން މަޝްވަރާ ކުރައްވައިފި
މި ބައްދަލުކުރެއްވުން އޮތީ މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ ރަސްމީގެކޮޅު، މުލީއާގޭގަ އެވެ.
15 Sep 2026
ރާއްޖެ އިޝްތިހާރުކުރުމަށް އެމިރޭޓްސްއާ ޤަތަރު އެއާވޭސްއާ އެކު އެއްބަސްވުމެއް
އޭޓީއެމް ފެއާ 2026ގެ ހަވާސާގައި ވަކިވަކިން ކުރިއަށް ގެންދިޔަ ދެ ރަސްމިއްޔާތެއްގައި ވީއެމްސީގެ ފަރާތުން ސޮއިކުރެއްވީ އެ ކޯޕަރޭޝަންގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ޢަބްދުﷲ ޔާސިރެވެ. އެމިރޭޓްސްގެ ނަމުގައި ސޮއިކުރީ އެ ކުންފުނީގެ ސީނިއާ ވައިސް ޕްރެޒިޑެންޓް - ކޮމާޝަލް އޮޕަރޭޝަންސް އީސާ ސުލައިމާން އަޙްމަދެވެ. ޤަތަރު އެއާވޭސްގެ ފަރާތުން ސޮއިކުރީ ވައިސް ޕްރެޒިޑެންޓް އެފްރިކާ ގްލޯބަލް ލެޝަރ ސޭލްސް ހެންޑްރިކް އަބްރަހަމް ޑު ޕްރީޒެވެ.
15 Sep 2026
ހިމަބަހި ޖެހޭ މިންވަރު ދަށަށް: މިދިޔަ ހަފްތާގައި ބަލި ޖެހުނީ ފަސް މީހަކަށް
އެޗްޕީއޭ އިން އާންމުކޮށްފައިވާ އެންމެ ފަހުގެ ތަފާސްހިސާބުތައް ދައްކާ ގޮތުގައި، ރާއްޖެއިން މިހާތަނަށް ޖުމްލަ 269 މީހަކަށް ވަނީ ހިމަބިހި ޖެހިފަ އެވެ. މިހާރު ދަނީ މި ބަލި ޖެހޭ މީހުންގެ އަދަދު މަދުވަމުންނެވެ.