ސިމްކާޑާ ގުޅޭ ބައެއް އުސޫލްތައް މިހާރަށްވުރެ ހަރުދަނާކުރުމަށް ވަޒީރުންގެ މަޖިލީހުން ނިންމަވައިފިއެވެ.
އާދިއްތަދުވަހު ބޭއްވެވި ވަޒީރުންގެ މަޖިލީހުގެ ޖަލްސާގައި މިކަމާ ގުލޭގޮތުން މަޝްވަރާކުރެވުނުކަން ފާހަގަކުރަމުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ، ޖަލުތަކަށް ވައްދާ މޯބައިލް ސިމްކާޑުތައް ރަޖިސްޓަރީކޮށްފައިވާ ފަރާތްތަކަށް ޤާނޫނީ އަދި އިދާރީ ގޮތުން އަޅުއްވަންޖެހޭ ފިޔަވަޅުތައް އެޅޭކަން ކަށަވަރުކުރެއްވުމަށް ވަނީ ނިންމަވާފައިވާކަމަށެވެ.
އެގޮތުން ދިވެހިރާއްޖޭގައި މޯބައިލް ސިމްކާޑު ދޫކުރުމުގެ އުސޫލު ހަރުދަނާކުރެއްވުމުގެ ގޮތުން، އަންސްކިލްޑް ބިދޭސީންނަށް، ކޮންމެ ފަރާތަކަށް 1 ސިމްކާޑަށްވުރެ އިތުރަށް ދޫނުކުރާގޮތަށް ހަމަޖެއްސުން ހިމެނޭކަމަށް ރައީސް އޮފީހުން ބުންޏެވެ. ސިމްކާޑު ހަލާކުވެ ނުވަތަ ގެއްލިއްޖެ ޙާލަތެއްގައި، ފުލުހުންނަށް ހުށަހަޅައިގެން ކަނޑައެޅޭ ވަކި ޕްރޮސެސްއެއްގެ ތެރެއިން މެނުވީ އިތުރު ނަންބަރެއް ދޫނުކުރާ ގޮތަ ހަމަޖެއްސުންވެސް މީގެ ތެރޭގައި ހިމެނެއެވެ.
ޖަލުތަކުން އޮޅުވާލައިގެން މީހުންނަށް ކުރާ ކޯލްތައް އިތުރުވަމުން އަންނައިރު މިގޮތަށް ގުޅާ ގިނަ ނަމްބަރުތަކަކީ ކޮންމެވެސް ބިދޭސީ މީހެއްގެ ނަމުގައި ރަޖިސްޓްރީކޮށްފައި ހުންނަ ނަމްބަރުތައްކަން ފާހަގަކޮށްލެވެއެވެ.
Advertisement
This content is created and paid for by advertisers and does not involve Voice Journalists