އިމްރާން ހާން.. ފޮޓޯ: ޑެއިލީ ޕާކިސްތާން
ދުނިޔެ
18 Aug 2026 | 23:12
ޕާކިސްތާނުގެ ސުޕްރީމް ކޯޓުން އިމްރާން ޚާން އަމިއްލަ ހޮސްޕިޓަލަކަށް ބަދަލުކުރަން އަމުރުކޮށްފި


ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު އިމްރާން ޚާންގެ ލޮލުގެ ފަރުވާއަށްޓަކައި އިސްލާމްއާބާދުގެ އަމިއްލަ ހޮސްޕިޓަލަކަށް ކުރިއަށް އޮތް ދެ ދުވަހުގެ ތެރޭގައި ބަދަލުކުރުމަށް އެ ޤައުމުގެ އެންމެ މަތީ ކޯޓުން އަންގައިފިއެވެ.

ސްޕްރީމް ކޯޓުގެ މި އަމުރާއެކު 2023 ވަނަ އަހަރުގެ އޮގަސްޓް ފަސް ވަނަ ދުވަހުން ފެށިގެން ބަންދުގައި ހުރި ޚާން ޖަލުގެ ބޭރުގައި ދިގު މުއްދަތެއް ހޭދަކުރާނެ ފުރަތަމަ ފުރުޞަތު މި އަމުރާ އެކު ލިބިގެންދާނެއެވެ. އަމިއްލަ ހޮސްޕިޓަލެއްގައި ފަރުވާ ހޯދުމަށް އިމްރާންޚާން އެދުމާ ގުޅިގެން ޖަލު އިދާރާތަކުން ކޯޓަށް މަޢުލޫމާތު ދީފައިވަނީ، އޭނާގެ ލޮލުގެ ފެނުން ރަނގަޅުވަމުން އަންނަ ކަމަށެވެ. އެހެން ނަމަވެސް ކޯޓުން ނިންމީ ހޮސްޕިޓަލަށް ބަދަލުކުރުމަށެވެ.

ސެޕްޓެމްބަރު 16 ގައި ތާވަލުކޮށްފައިވާ ދެން އޮންނަ އަޑުއެހުމާ ޖެހެންދެން ޕީޓީއައިގެ ލީޑަރު ހޮސްޕިޓަލުގައި ބެހެއްޓުމަށް ކޯޓުން ވަނީ އަންގާފައެވެ.. މި ނިންމުމާ އެކު ގާތްގަނޑަކަށް މަހެއްހާ ދުވަހު ޞިއްޙީ ބެލުމުގެ ދަށުގައި ޖަލުން ބޭރުގައި ޚާން ހުންނާނެއެވެ.

މި އަމުރާ ގުޅޭ ގޮތުން ސުޕްރީމް ކޯޓުން ސާފުކޮށް ބުނެފައިވަނީ މިއީ ޚާން މިނިވަންކުރުމުގެ އަމުރެއް ނޫން ކަމަށެވެ. އޭނާގެ މައްޗަށް ކޮށްފައިވާ ޙުކުމްތައް ބާޠިލް ނުކުރާ ކަމަށާއި ހަމައެކަނި ޞިއްޙީ ޙާލަތަށް ރިޢާޔަތްކޮށް ނެރުނު އަމުރެއް ކަމަށް ކޯޓުން ބަޔާންކޮށްފައިވެއެވެ. މީގެ އިތުރުން ޚާންގެ ޞިއްޙީ ޙާލަތު ސިޔާސީ ހަތިޔާރެއްގެ ގޮތުގައި ބޭނުންނުކުރުމަށް ޕީޓީއައިއާއި ޚާންގެ ސަޕޯޓަރުންނަށް ކޯޓުން ވަނީ އިންޒާރު ދީފައެވެ.

ޕާކިސްތާނުގެ ތާރީޚަށް ބަލާއިރު ޖަލުގައި ތިބި ސިޔާސީ ޝަޚްޞިއްޔަތުންނަށް ޞިއްޙީ ސަބަބުތަކަށްޓަކައި ދެވުނު ލުއިތަކަށް ފަހު ޤާނޫނީ ނުވަތަ ސިޔާސީ ބޮޑެތި ލުއިތައް ލިބިފައިވާ ޙާލަތްތައް ފެނިފައިވެއެވެ. ތިން އަހަރަށް ވުރެ ދިގު މުއްދަތެއް ބަންދުގައި ހޭދަކުރުމަށް ފަހު ޚާން ޖަލުން ބޭރަށް ނުކުތުމަކީ އޭނާގެ ދިގުލައި ގޮސްފައިވާ ޤާނޫނީ ހަނގުރާމައިގައި ފާހަގަކޮށްލެވޭ ބޮޑު ކުރިއެރުމެއް ކަމުގައި ގިނަ ފަރާތްތަކުން ދެކެއެވެ. ސެޕްޓެމްބަރު 16 ވަނަ ދުވަހުގެ އަޑުއެހުމަށް ފަހު ކޯޓުން ދެން ނިންމާ ނިންމުމަކަށް ޕާކިސްތާނުގެ ގިނަ ރައްޔިތުންގެ ނަޒަރު ވަނީ ހުއްޓިފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
13 Sep 2026
އަރިދަފުސް ރޯގާ އާއި ބޭރަށްހިންގުން އިތުރުވަނީ
ރާއްޖޭގައި މި ދުވަސްވަރު އަރިދަފުސް ރޯގާ، ހޮޑުލުން އަދި ބޭރަށްހިންގުމުގެ ކޭސްތައް އިތުރުވަމުންދާތީ، އެކަމަށް ސަމާލުވެ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
އައްޑޫ ލިންކު ރޯޑުގެ ހާލަތު ގޯސްވެ، ޒަރޫރީ ބޭނުންތަކަށް މެނުވީ މަގަށް ނުނިކުތުމަށް އެދިއްޖެ
އައްޑޫ ސިޓީއަށް މިހާރު ކުރަމުންދާ ވިއްސާރައިގެ ސަބަބުން އައްޑޫ ލިންކް ރޯޑުގެ ހާލަތު އިތުރަށް ގޯސްވެ، ނުރައްކާތެރި ހާލަތަކަށް ގޮސްފައިވާތީ، ޒަރޫރީ ބޭނުންތަކަށް މެނުވީ އެ މަގުގައި އުޅަނދުފަހަރު ނުދުއްވުމަށް އައްޑޫ ސިޓީ ކައުންސިލުން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
ހާޓް އެޓޭކް ޖެހޭ މީހުންގެ ލޭގައި މައިކްރޯޕްލާސްޓިކް ހުންނަ މިންވަރު އިތުރު
ނުރައްކާތެރި ބާވަތުގެ ހާޓް އެޓޭކެއް ކަމަށްވާ "އެސްޓީ-އެލިވޭޝަން މައޮކާޑިއަލް އިންފާކްޝަން" (ސްޓެމީ) ޖެހޭ މީހުންގެ ހިތުގެ ލޭހޮޅިތަކުގައި، އާދައިގެ ސިއްހަތެއްގައި ހުންނަ މީހުންނާއި ހިތުގެ އެހެނިހެން ދާއިމީ ބަލިތައް ހުންނަ މީހުންނަށް ވުރެ މައިކްރޯޕްލާސްޓިކާއި ނެނޯޕްލާސްޓިކް ހުންނަ މިންވަރު އިތުރުކަން އައު ދިރާސާއަކުން ދައްކައިފިއެވެ.
13 Sep 2026
40 މޭލަށް ކަނޑުތައް ގަދަވާނެކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފި
40 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފިއެވެ.
13 Sep 2026
243 މީހުންނާ އެކު ދަތުރުކުރި އިންޑޮނީޝިއާގެ ބޯއްޓެއް ގެއްލިއްޖެ
ސުރަބާޔާއިން ބަންޖަރްމާސިންއަށް 243 މީހުން ގޮވައިގެން ދަތުރުކުރި އިންޑޮނީޝިއާގެ ފަސިންޖަރު އުޅަނދަކާ ގުޅުން ކެނޑި އެ އުޅަނދު ގެއްލިފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.
12 Sep 2026
ރާއްޖޭގެ ފުރަތަމަ ޖޫނިއަރ ލައިފްގާޑް ތަމްރީނު ތުލުސްދޫގައި ފަށައިފި
ން ދުވަހަށް ދެމިގެންދާ މި ތަމްރީނުގައި 11 އަހަރާއި 17 އަހަރާ ދެމެދުގެ 24 ކުއްޖަކު ބައިވެރިވެއެވެ.
12 Sep 2026
ދިވެހި ގައުމުގެ ދެމިއޮތުމުގެ ބިނާވެގެންވަނީ އިސްލާމް ދީނުގެ ތަރުބިއްޔަތާއި ރައްކާތެރިކަމުގެ މައްޗަށް
އެކަކު އަނެކަކަށް ހިތްހެޔޮ، އެއް ހަށިގަނޑެއް ފަދަ އެކުވެރި ބަޔަކަށް ވެވިއްޖެނަމަ، އެތެރެއާއި ބޭރުން އަންނަ އެއްވެސް ނުރައްކަލަކަށް ގައުމުގެ ސިޔާދަތާއި މިނިވަންކަން ގުޑުވައިނުލެވޭނެ
12 Sep 2026
ފުރުޤާން މިސްކިތަށް ބޮޑުކަމުގޮސް މިސްކިތައް ގެއްލުންދިން މައްސަލައެއް
ފުލުހުން ވަނީ މި ފަހަކުން ފުރުޤާން މިސްކިތައް ގެއްލުންދިން މީހެއް ހައްޔަރުވެސްކޮށްފައެވެ. އެމީހަކީ އުމުރުން 30 އަހަރުގެ ގ. މާލެހިޔާއަށް ނިސްބަތްވާ، ނައުޝާދު މޫސާ އެވެ