ރޮބާޓޯ ކާލޯސްގެ ކައިވެނީގެ ރަސްމިއްޔާތެއްގެ ތެރެއިން-
ދުނިޔެ
20 Aug 2026 | 13:53
ރޮބާޓޯ ކާލޯސް އިސްލާމްވި ކަމަށް ދެކެވޭ ވާހަކަތަކަށް އޭނާ ޖަވާބު ދީފި

ބްރެޒިލްގެ ފުޓުބޯޅައިގެ ލެޖެންޑް ރޮބާޓޯ ކާލޮސް މޮރޮކޯގެ ފުޓުބޯޅަ އެޖެންޓް ސޫހައިލާ އެލް ޠާހިރީ އާ ކައިވެނިކުރުމަށް ފަހު އިސްލާމް ދީނަށް ވަން ކަމަށް ފެތުރެމުންދާ ވާހަކަތަކަށް އޭނާ ޖަވާބު ދީފިއެވެ.

އެގޮތުން ސައުދީ ނޫހެއް ކަމަށްވާ ޢުކާޒަށް ދިން ޚާއްޞަ ބަސްދީގަތުމެއްގައި އޭނާ ވަނީ އެކަން ދޮގުކޮށްފައެވެ.

ކުރީގެ ރެއާލް މެޑްރިޑާއި ބްރެޒިލް ޤައުމީ ޓީމުގެ ތަރި ބުނީ އިސްލާމް ދީނަށް އޭނާ ނިހާޔަތަށް އިޙްތިރާމް ކުރާ ކަމަށާއި ނަމަވެސް ދީން ބަދަލުކުރި ކަމުގެ އަޑުތަކުގައި ހަޤީޤަތެއް ނެތް ކަމަށެވެ.

"އިސްލާމް ދީނަށް އަޅުގަނޑު ނިހާޔަތަށް އިޙްތިރާމް ކުރަން އަދި އަޅުގަނޑުގެ އަނބިމީހާ ނަމާދުކުރާ ތަން ފެނުމަކީ ވަރަށް ރީތި މަންޒަރެއް ނަމަވެސް އަޅުގަނޑު އިސްލާމް ވީ ކަމަށް ދައުރުވަމުންދާ ވާހަކަތަކަކީ ތެދެއް ނޫން" ކާލޯސް ޢުކާޒަށް ބުންޏެވެ.

މީގެ ގާތްގަނޑަކަށް ހަތަރު ހަފުތާ ކުރިން ބްރެޒިލްގެ މުސްލިމް މުޖުތަމަޢުގެ އިސް ޝަޚްޞިއްޔަތެއް ކަމަށްވާ ޝެއިޚް ޖިހާދު ޙަމާދާއާ ބައްދަލުކޮށް ޝަހާދަތް ކީ ކަމަށް ބައެއް މީޑިއާތަކުން ރިޕޯޓުކޮށްފައިވެއެވެ. ތުރުކީގެ ވެރިކަން ކުރާ ޖަސްޓިސް އެންޑް ޑިވެލޮޕްމެންޓް ޕާޓީ (އޭކޭ ޕާޓީ) ގެ ޤާނޫނު ހަދާ މަޖިލީހުގެ މެންބަރު ޢަލީ ޝާހިން ބުނީ ބްރެޒިލްގެ މުސްލިމް މުޖުތަމަޢުގެ ބަޔަކާ ބައްދަލުކުރުމުގެ ތެރޭގައި ކާލޯސް ދީން ބަދަލުކުރި ވާހަކަ އޭނާއަށް އެނގުނު ކަމަށެވެ.

ޝާހިންއަށް ޙަމާދާ ބުނި ގޮތުގައި ކާލޯސް ދުވަސްކޮޅެއް ވަންދެން ޙަމާދާއާ މުޢާމަލާތް ކުރުމަށް ފަހު ގާތްގަނޑަކަށް ހަތަރު ހަފުތާ ކުރިން ޒިޔާރަތްކޮށް ޝަހާދަތް ކިޔައި އިސްލާމް ދީން ޚިޔާރުކުރީ ކަމަށެވެ. 

ސޯޝަލް މީޑިއާގައި ކާލޯސް އިސްލާމީ ކައިވެނީގެ ރަސްމިއްޔާތެއްގައި ބައިވެރިވާ ކަމަށް ފެންނަ ފޮޓޯތަކެއް ދައުރުވެ މި އަޑުތައް އިތުރަށް ގަދަވެގެން ދިޔައެވެ. ނަމަވެސް ކާލޯސް ޢުކާޒަށް ބުނީ ދެ ފަރާތުގެ ޢާއިލާގެ ދީނީ ޢަޤީދާއަށް އިޙްތިރާމް ކުރުމުގެ ގޮތުން ތަފާތު ސިފަސިފައިގައި ކައިވެނީގެ ރަސްމިއްޔާތުތައް ބޭއްވި ކަމަށެވެ.

އޭނާގެ ޢާއިލާއަކީ ކެތޮލިކް ޢާއިލާއެއް ކަމުން އެ ބައި މީހުންނަށް ޤަދަރުކުރާ ރަސްމިއްޔާތެއް ބޭއްވުމާ އެކު އަނބިމީހާ އާއި މުސްލިމް ރައްޓެހީންނަށް އެކަށީގެންވާ ރަސްމިއްޔާތެއް ވެސް ބޭއްވީ ކަމަށް ބުންޏެވެ.

ކާލޯސް ބުނީ ސޫހައިލާ އެލް ޠާހިރީ އާ ފުރަތަމަ ދިމާވީ ފުޓުބޯޅައިގެ ވިޔަފާރި ބައްދަލުވުމެއްގެ ތެރެއިން ކަމަށާއި އޭނާ ސިފަކުރީ ކާމިޔާބު ވިޔަފާރިވެރިއެއްގެ ގޮތުގައި ކަމަށެވެ. ދެ މީހުން ޒާތީ ގޮތުންނާއި މަސައްކަތުގެ ގޮތުން ގުޅުން ބާއްވާތާ ދެ އަހަރު ވެފައިވާ ކަމަށް ކާލޯސް ބުންޏެވެ. ފީފާ ލައިސެންސް އޮންނަ ފުޓުބޯޅަ އެޖެންޓެއް ކަމަށްވާ އެލް ޠާހިރީ ކުޅުންތެރީންގެ ކެރިއާ ބެލެހެއްޓުމާއި ފުޓުބޯޅައާ ގުޅޭ ޕްރޮޖެކްޓްތަކުގައި ޙަރަކާތްތެރިވެއެވެ.

ޢުމުރުން 53 އަހަރުގެ ކާލޮސް އަކީ ފުޓުބޯޅައިގެ ތާރީޚުގައި އެންމެ މޮޅު ވާތް ފަޅީގެ ޑިފެންޑަރުންގެ ތެރޭގައި ގުނާ ކުޅުންތެރިއެކެވެ. ރެއާލް މެޑްރިޑާ އެކު ކެރިއާގެ އެންމެ ކާމިޔާބު ދުވަސްތައް ހޭދަކުރި ކާލޯސް ވަނީ 2002 ގެ ފީފާ ވޯލްޑް ކަޕް ކާމިޔާބުކުރި ބްރެޒިލް ޓީމުގެ މުހިންމު ކުޅުންތެރިއެއްގެ ގޮތުގައި ދައުރު އަދާކޮށްފައެވެ. މީގެ އިތުރުން 2007 އިން 2009 އަށް ތުރުކީގެ ފެނަބަހެޗޭގައި ކުޅެ ތުރުކީގެ ފުޓުބޯޅައާ ވެސް ގާތް ގުޅުމެއް އޮވެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
އިނގުރައިދޫގެ އެންމެ ދުވަސްވީ ޚިދުމަތްތެރި އެއް މުދައްރިސް
މުހައިމިން ވިދާޅުވި ގޮތުގައި މީގެ 37 އަހަރު ކުރިން އަތޮޅު މަދަރުސާއިން ޚިދުމަތް ފެއްޓެވިއިރު، ތައުލީމީ ދާއިރާ އޮތީ ހާސްބައި ތަފާތުކޮށެވެ. ފުރަތަމަ ކަމަކަށް ސްކޫލަށް ކުދިން ގެނައުމަށްޓަކައި ގެތަކަށް ހިނގައި ބެލެނިވެރިންނާ ވާހަކަދައްކަން ޖެހުނެވެ. ރަށްރަށުގެ ސްކޫލްތަކުގައި ވަސީލަތްތައް އިންތިހާއަށް މަދެވެ
05 Oct 2026
އެގްރޯނެޓްގެ ޗެއާމަނަކަށް މިފްކޯގެ ސީއީއޯ، އެމްޑީއަކަށް ޝިނާން ހަމަޖައްސައިފި
އެ ކުންފުނީގެ އިސް މަގާމުތަކަށް ބޭފުޅުން އައްޔަނުމިކުރީ މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) ގެ ދަށަށް އެ ކުންފުނި މިދިޔަ މަހު ބަދަލުކޮށްފައި ވަނިކޮށެވެ.
05 Oct 2026
ކުއްޖަކަށް އޭނާގެ ބޭބެ ޖިންސީ ގޯނާކުރި މައްސަލައެއް؛ ތަހުގީގު ފަށައިފި
ފުލުހުން މިރޭ ބުނީ ނޯތު ޕޮލިސްގައި ހިމެނޭ ރަށެއްގައި 18 އަހަރުން ދަށުގެ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ދަނީ ތަހުގީގުކުރަމުން ކަމަށެވެ.
05 Oct 2026
އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ
އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ އެވެ.
05 Oct 2026
ރަޝިއާގެ ލެބޯޓްރީއެއްގައި ހިނގި ހާދިސާއަކާ ގުޅިގެން "ޕްލޭގް" ބަލި ފެތުރިދާނެކަމުގެ ބިރު ހީވެއްޖެ
މި ހާދިސާއާ ގުޅިގެން ބައިނަލްއަގުވާމީ ސަމާލުކަން ވެސް ވަނީ މިކަމަށް ހުއްޓިފައެވެ. އެމެރިކާގެ ވައިޓް ހައުސް އާއި ސިއްހީ އިދާރާތަކުން ދަނީ މި ހާލަތު ވަރަށް ގާތުން މޮނިޓަރ ކުރަމުންނެވެ. އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ވަނީ މިކަމުގެ ސައްހަ މައުލޫމާތު ވީހާވެސް އަވަހަކަށް އަދި ދެފުށް ފެންނަ ގޮތެއްގައި ހާމަކުރުމަށް ރަޝިއާ ސަރުކާރަށް ގޮވާލާފައެވެ.
05 Oct 2026
ދިވެހި ދަރިވަރު ނިޔާވި އެކްސިޑެންޓް: ޑްރައިވަރު އިނީ މަސްތުވެގެން، ޑްރަގަށް ޕޮޒިޓިވް
މެލޭޝިޔާގައި ރޭ ހިނގި ނުރައްކާތެރި ކާރު އެކްސިޑެންޓެއްގައި ނިޔާވި ދަރިވަރު އިން ކާރު ދުއްވަން އިން ޑްރައިވަރު އިނީ މަސްތުގެ ހާލަތުގައި ކަމަށް އެ ގައުމުގެ ފުލުހުން ބުނެފި އެވެ.
05 Oct 2026
ތިނަދޫ މޭޔަރުގެ ޝަރީއަތް ފަށައިފި، ވަކީލަކު ހަމަޖައްސަން 10 ދުވަސް
އެއީ ރަސްމީ އިދާރާތަކަށް ދޮގު މައުލޫމާތު ދިނުމުގެ ދައުވާ އާއި ތަހުގީގަށް ހުރަސްއެޅުމުގެ ދައުވާ އެވެ. އެ ދެ ދައުވާގެ ޝަރީއަތް މިއަދު ކްރިމިނަލް ކޯޓްގައި ވަނީ ފަށާފަ އެވެ.
05 Oct 2026
އެމްފައިސާ މެދުވެރިކޮށް ޕޭޕަލް ބޭނުންކުރާ ކަސްޓަމަރުންގެ ޢަދަދު 5000 ފަހަނައަޅައިފި
އުރީދޫއިން ބުނީ ޖޫން 2026 ގައި ފެށި މި ޚިދުމަތުގެ ދަށުން ކަސްޓަމަރުންނަށް އެ މީހުންގެ ޕޭޕަލް އެކައުންޓް އެމްފައިސާއާ ގުޅާލައި ޕޭޕަލް މެދުވެރިކޮށް ލިބޭ ޑޮލަރު ސީދާ އެމްފައިސާ ޔޫއެސްޑީ ޕޮކެޓަށް ޖަމާކުރެވޭ ކަމަށެވެ. ހަމައެހެންމެ ޖަމާކޮށްފައި ހުންނަ ފައިސާ އަނބުރާ ޕޭޕަލް އެކައުންޓަށް ފޮނުވުމުގެ ފުރުޞަތު ވެސް ލިބެއެވެ. މި ޓްރާންސެކްޝަންތަކަށް އުރީދޫން މިވަގުތު އެއްވެސް ފީއެއް ނުނަގައެވެ.