ހުރާގައި ގެސްޓްހައުސް ހުންނަ ސަރަހައްދެއް.. ފޮޓޯ: ވޮއިސް
ހަބަރު
20 Aug 2026 | 16:15
ފޭކް ސްލިޕް ހަދައިގެން ގެސްޓްހައުސްތައް ބުކްކުރާ މައްސަލަ ހުރާގައި ބޮޑުވެއްޖެ

ފޭކް ސްލިޕްތައް ހަދައިގެން ގެސްޓްހައުސްތަކުގެ ރޫމްތައް ބުކްކުރާ މައްސަލަތަކެއް ފެންމަތިވެ، އެކަމަށް ސަމާލުވުމަށް ހުރާ ކައުްނސިލުން އިލްތިމާސްކޮށްފިއެވެ.

މިކަމާ ގުޅިގެން ހުރާ ކައުންސިލުން ބުނީ، މި މަހުގެ ތެރޭގައި އެ ރަށުގައި ބޭއްވުމަށް ހަމަޖެހިފައިވާ ފުޓްބޯޅަ މުބާރާތާ ގުޅިގެން ކޮޓަރިތަކަށް އޮތް ޑިމާންޑް ވަރަށް ބޮޑަށް އިތުރުވެފައިވާ ކަމަށެވެ. އަދި މި ފުރުޞަތުގެ ނާޖާއިޒު ފައިދާ ނަގައިގެން ބައެއް ފަރާތްތަކުން ގެސްޓްހައުސްތަކަށް ގުޅައި، ކޮޓަރި ބުކްކުރުމަށްފަހު ފޭކް ސްލިޕް ފޮނުވަމުންދާކަމުގެ ޝަކުވާ ލިބެމުންދާ ކަމަށް ކައުންސިލުން ވަނީ ފާހަގަކޮށްފައެވެ.

ކައުންސިލުން ބުނި ގޮތުގައި، މިގޮތަށް މަކަރު ހަދާ ފަރާތްތަކުން ފޭކް ސްލިޕް ފޮނުވުމަށްފަހު ބުކިންގ ކެންސަލްކޮށް، ފައިސާ އަނބުރާ (ރިފަންޑް) ދިނުމަށް އެދެއެވެ. އަދި ފައިސާ އަނބުރާ ނުދެވޭނެކަމަށް ބުނުމުން، އޭގެ ތެރެއިން ބައެއް ނަމަވެސް ހޯދުމަށް އެދި އޮޅުވާލަން މަސައްކަތްކުރާ ކަމަށް ވެސް ކައުންސިލުން ބުނެފައިވެއެވެ.

މިފަދަ މަކަރާއި ހީލަތުގެ ސަބަބުން ލިބިދާނެ މާލީ ގެއްލުމަކުން ސަލާމަތްވުމަށްޓަކައި، ކައުންސިލުން ވަނީ ޚާއްޞަ ފިޔަވަޅުތަކެއް އެޅުމަށް ގެސްޓްހައުސް ވިޔަފާރިވެރިންނަށް އިލްތިމާސްކޮށްފައެވެ. އޭގެ ތެރޭގައި:

- ކަސްޓަމަރުން ފޮނުވާ ސްލިޕަށް އެކަނި ބަރޯސާނުވެ، ބޭންކް އެކައުންޓަށް ފައިސާ ޖަމާވިކަން ސީދާ ޔަޤީންކުރުން

- ފައިސާ ޖަމާވިކަން ޔަޤީންނުވަނީސް ބުކިންގ ކަށަވަރު ނުކުރުން

- އެކައުންޓަށް ފައިސާ ވަދެފައިވާކަން ޔަޤީންނުކޮށް އެއްވެސް ފައިސާއެއް ރިފަންޑްގެ ގޮތުގައި އަނބުރާ ނުދިނުން

ހުރާ ކައުންސިލުން ބުނީ މީގެ މި މައްސަލައިގެ މަޢުލޫމާތު ރަށުގެ އެހެން ވިޔަފާރިވެރިންނާ ޙިއްޞާކޮށް، ހުރިހާ ފަރާތްތަކުންވެސް މާލީ މުޢާމަލާތްތަކުގައި މިހާރަށްވުރެ ބޮޑަށް ސަމާލުވުމަށް ހުރާ ކައުންސިލުން އެދިފައިވާކަމަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
08 Oct 2026
މަގުމަތި އަމާންތަނެއްގެ ގޮތުގައި ބޭއްވުމަށް އެންމެ މުހިންމީ ކޮންކަމެއް؟
މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމަކީ ހަމައެކަނި އުޅަނދު ދުއްވާ ފަރާތްތަކުގެ އެކަނި ޒިންމާއެއް ނޫނެވެ. އެއީ މަގު ބޭނުންކުރާ ހަމަ އެންމެންގެވެސް ޒިންމާއެކެވެ
08 Oct 2026
ފައިސަލް ޕްރައިމަރީގައި ވާދަކުރައްވާނެކަން އިއުލާންކުރައްވައިފި
ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް އެމްޑީޕީ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާނެކަން އިއުލާންކުރައްވައި، ރަނިންމޭޓަކަށް މޭޔަރު އާދަމް އާޒިމް ހަމަޖައްސަވައިފިއެވެ. ރައީސް ޞާލިޙްގެ ތާއީދު ލިބިވަޑައިގެންފައިވާ ކަމަށް ވިދާޅުވިއެވެ.
08 Oct 2026
އުނދަގޫ ވަގުތެއްގައި ގާޑިއޯލާ، މެޗެއް ބަލާލުމަށް މެންޗެސްޓަރ ސިޓީއަށް
މިމަހުގެ 14 ވަނަ ދުވަހުގެ ރޭ މެންޗެސްޓަރ ސިޓީ އާއި ޕީއެސްޖީ ބައްދަލުކުރާ މެޗް ބަލާލުމަށް ގާޑިއޯލާ އިއްތިހާދު ސްޓޭޑިއަމަށް ޒިޔާރަތްކުރުމަށް ނިންމާފައިވާއިރު، ސިޓީގެ މައްޗަށް ދައުވާތައް ސާބިތުވި ދުވަހުވެސް ގާޑިއޯލާ ވަނީ އެ ކްލަބާއެކު ހުރިކަމަށް ބުނެފައެވެ.
08 Oct 2026
މިހާރުގެ އެންމެ ޓްރެންޑިންގ ކިޔުކަންބާ ޝޮޓް ގެ އަޖުމަ ބަލާލައިފިންތަ
މިދުވަސްވަރު ޓިކްޓޮކާއި އިންސްޓަގްރާމްގައި އެންމެ ވައިރަލް އެކައްޗަކީ ކިޔުކަންބާ ޝޮޓް އެވެ. މިއީ ދިވެހިން އާއްމުކޮށް ކައިއުޅޭ މަޖާ ކަހަލަ ހުތް-ކުޅި އެއްޗެހި މީރު މީހުންނަށް ވަރަށް ކަމުދާނެ ރިފްރެޝިން އެއްޗަކަށްވާނެއެވެ. މި ތައްޔާރު ކޮށްލަންވެސް މާ ގިނަ ވަގުތެއް އަދި އެއްޗެއްވެސް ބޭނުމެއް ނުވާނެއެވެ.
07 Oct 2026
ކ.ހުރާއިން ގޯއްޗަށް އެދި ފޯމް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި
އިއުލާންގައި ވާގޮތުން މިމަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް ފޯމް ދޫކުރުމަށް ނިންމާފައިވާއިރު، ފޯމް ހުށަހެޅޭނީ 11 އިން ފެށިގެން 15 ވަނަ ދުވަހާ ހަމައަށެވެ.
07 Oct 2026
މަގުމަތީން ފޮށޭތާ ތިން މަސް; މައްސަލަ ފުލުހަށް, ތަހުގީގު ފަށައިފި
އަންހެން މީހާ ވަނީ އެ ވީޑިއޯ އާންމުކޮށްފަ އެވެ. އެ ވީޑިއޯގައި އެ އަންހެން މީހާ ފުލުހަށް މައްސަލަ ހުށައަޅަން ގޮސް އިންނަ މަންޒަރު ވެސް ފެނެ އެވެ.
07 Oct 2026
ފޭދޫފިނޮޅު ކައިރިން ލޯންޗަކާއި ދޯންޏެއް ޖެހި އެކްސިޑެންޓެއް
އެކްސިޑެންޓްގައި ދެމީހަކަށް އެކިވަރުގެ އަނިޔާ ލިބުނު ކަމަށެވެ. އަދި ހޮސްޕިޓަލަށް އެމީހުން ގެންދިޔަނަމަވެސް ސީރިއަސް އަނިޔާއެއް ނެތްކަމަށްވެސް ފުލުހުން ބުންޏެވެ.
07 Oct 2026
ސްރީލަންކާގެ ކުރީގެ ފަސްޓްލޭޑީ ޝިރާންތީގެ ބަންދަށް 6 ދުވަސް ޖަހައިފި
ބްރައިބަރީ ކޮމިޝަނުން ބުނެފައިވަނީ ޝިރާންތީ ހައްޔަރުކުރީ ދައުލަތުގެ ބޭންކަކުން 10 މިލިއަން ރުޕީސް ހޯދައި، އެ ފައިސާއަށް ޚިޔާނާތްތެރިވެ، ދައުލަތުގެ މުދަލާ ބެހޭ ގާނޫނާއި ކޮރަޕްޝަން ހުއްޓުވުމުގެ ގާނޫނާ ޚިލާފު އަމަލުތަކެއް ހިންގާފައިވާ ކަމަށް ކުރެވޭ ތުހުމަތުތަކާ ގުޅިގެން ފަށާފައިވާ ތަހްގީގަށް ކަމަށެވެ.