އިންޑިއާގައި ހުންނަ ބޭންކެއް... ފޮޓޯ: މިންޓް
ދުނިޔެ
20 Aug 2026 | 17:01
އިންޑިއާގެ މާލީ ދާއިރާގައި ބޭރުގެ ބޭންކުތަކުން ހިންގާ ބޮޑެތި މުއާމަލާތްތައް އިތުރުވަނީ

އިންޑިއާގެ މާލީ ދާއިރާގައި ބޭރުގެ ބޭންކުތަކުންނާއި އިންވެސްޓްމަންޓް ފަންޑުތަކުން ބޮޑެތި ހިއްސާތައް ގަތުމުގެ މުއާމަލާތްތައް މި އަހަރުގެ ތެރޭގައި ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. އިންޑިއާގެ އިގްތިސާދީ ކުރިއެރުމާއި، ލޯނު ނެގުމަށް އޮތް ބޮޑު ތަރުހީބުގެ ސަބަބުން ބޭރުގެ ބޮޑެތި މާލީ އިދާރާތަކުން ދަނީ އިންޑިއާގެ ބޭންކުތަކާއި ފައިނޭންޝިއަލް ކުންފުނިތަކަށް ބޮޑެތި އިންވެސްޓްމަންޓްތައް ކުރަމުންނެވެ.

މިގޮތުން ހިންގާފައިވާ މުހިންމު މުއާމަލާތްތަކުގެ ތެރޭގައި އެމެރިކާގެ ބޭންކް އޮފް އެމެރިކާއިން ރިލަޔަންސް އިންޑަސްޓްރީޒްގެ ޖިއޯ ފައިނޭންޝިއަލް ސާވިސަސްގެ ދަށުން ހިންގާ ލެންޑިން ކުންފުނިން 1.9 ބިލިއަން ޑޮލަރާ ހަމައަށް ހިއްސާ ގަތުމުގެ މުއާމަލާތް ހިމެނެއެވެ. މީގެ އިތުރުން، ޑުބާއީގެ ނޭޝަނަލް ބޭންކް އޮފް ޑުބާއީއިން އިންޑިއާގެ ފައިދާ ބޮޑު އަމިއްލަ ބޭންކެއް ކަމަށްވާ އާރްބީއެލް ބޭންކުގެ 60 އިންސައްތަ ހިއްސާ 3 ބިލިއަން ޑޮލަރަށް ގަތުމަށް ވަނީ އެއްބަސްވެފައެވެ.

ޖަޕާނުގެ މާލީ އިދާރާތަކުންވެސް ދަނީ އިންޑިއާގެ މާކެޓުގައި ބޮޑެތި ހިއްސާތައް ގަންނަމުންނެވެ. އެގޮތުން ޖަޕާނުގެ އެމް.ޔޫ.އެފް.ޖީ އިން ވަނީ އިންޑިއާގެ ސްރީރާމް ފައިނޭންސްގެ 20 އިންސައްތަ ހިއްސާ 4.4 ބިލިއަން ޑޮލަރަށް ގަނެފައެވެ. އަދި ޖަޕާނުގެ ސުމިޓޯމޯ މިޓްސުއި ބޭންކިން ކޯޕަރޭޝަން އިން ވަނީ ޔެސް ބޭންކުގެ 20 އިންސައްތަ ހިއްސާ 1.6 ބިލިއަން ޑޮލަރަށް ގަނެފައެވެ. މީގެ އިތުރުން، އަބޫދާބީގެ އިންޓަނޭޝަނަލް ހޯލްޑިން ކޮމްޕެނީއިން ވަނީ ހައުސިން ލޯނު ދޫކުރާ ސައްމާން ކެޕިޓަލްގެ 43.5 އިންސައްތަ ހިއްސާ ގަތުމަށް 1 ބިލިއަން ޑޮލަރު އިންވެސްޓްކުރުމަށް އެއްބަސްވެފައެވެ.

ދިރާސާކުރާ ފަރާތްތަކުން ފާހަގަކުރާ ގޮތުގައި ބޭރުގެ ބޭންކުތަކުން އިންޑިއާގައި އަމިއްލައަށް އާ ބްރާންޗްތައް ހުޅުވައިގެން ވިޔަފާރި ފެށުމުގެ ބަދަލުގައި، އިންޑިއާގައި މިހާރު ފުޅާދާއިރާއެއްގައި ހިންގަމުންދާ ކުންފުނިތަކުގެ ހިއްސާ ގަތުމަކީ ގަވާއިދުތަކުގެ ސަބަބުން ކުރިމަތިވާ ހުރަސްތަކުން ދުރުވެ، އަވަހަށް މާކެޓަށް ވަނުމަށް އޮތް އެންމެ ފަސޭހަ މަގެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
20 Aug 2026
އެމްއެމްއޭގެ ދެ ޤަވާއިދަކަށް ރައްޔިތުންގެ ހިޔާލު ހޯދުމަށް ހުޅުވާލައިފި
ޚިޔާލު ހުށަހެޅުމަށް ހުޅުވާލާފައިވާ ފުރަތަމަ ގަވާއިދަކީ ފައިނޭންޝަލް ކޮންސިއުމަރ ޕްރޮޓެކްޝަން ރެގިއުލޭޝަނެވެ. މި ގަވާއިދު ތައްޔާރުކޮށްފައި ވަނީ މާލީ ޚިދުމަތްތައް ބޭނުންކުރާ ފަރާތްތަކުގެ ޙައްޤުތައް ރައްކާތެރިކޮށްދީ އެ ޙައްޤުތައް ކަށަވަރުކޮށްދިނުމުގެ ބޭނުމުގައެވެ. ދެވަނައަށް ޚިޔާލަށް ހުޅުވާލި ގަވާއިދަކީ ސިމްޕްލިފައިޑް އަދި އިލެކްޓްރޯނިކް ކަސްޓަމަރ ޑިއު ޑެލިޖަންސް ރެގިއުލޭޝަނެވެ.
20 Aug 2026
2028 ގައި މާލެ ސަރަހައްދުން ގިނަ ބަޔަކަށް ފްލެޓް ލިބޭނެ: ރައީސް
"2028ގެ ތެރޭގައި ވަރަށް ގިނަ ބަޔަކަށް ލިބޭނެ ފްލެޓް މި ސަރަހައްދުން [މާލެ ސަރަަހައްދުން] އިރާދަކުރެއްވިއްޔާ," ރައީސް ވިދާޅުވި އެވެ.
20 Aug 2026
މަޝްވަރާތަކަށް އިންޑިއާގެ އިސް ވަޒީރުން ސިންގަޕޫރަށް
އިންޑިއާގެ އިސް ވަފުދުގައި ހިމެނިވަޑައިގަންނަވަނީ ފައިނޭންސް އަދި ކޯޕަރޭޓް އެފެއާޒް މިނިސްޓަރު ނިރްމަލާ ސީތާރާމަން، އެކްސްޓަރނަލް އެފެއާޒް މިނިސްޓަރު ޑރ. އެސް. ޖައިޝަންކަރު، ކޮމާސް އަދި އިންޑަސްޓްރީ މިނިސްޓަރު ޕިޔޫޝް ގޯޔަލްގެ އިތުރުން މިނިސްޓަރ އޮފް ސްޓޭޓް ފޯ ކޮމާސް އެންޑް އިންޑަސްޓްރީ އަދި އިލެކްޓްރޯނިކްސް އެންޑް އައިޓީއެވެ
20 Aug 2026
އެފްޑީސީގެ ޑީއެމްޑީއަކަށް ގދ އަތޮޅުގެ ކުރީގެ ރައީސް ފައިހަތު
ފައިހަތަކީ ތިނަދޫއަށް ނިސްބަތްވާ ބޭފުޅެކެވެ. އޭނާ ވަނީ ގދ އަތޮޅު ކައުންސިލްގެ ރައީސް ކަމުގެ މަގާމު ފުރުއްވާފަ އެވެ.
20 Aug 2026
ނަޝީދު، ޕްރައިމަރީގައިވެސް ރިޔާސީ އިންތިހާބުގައިވެސް ވާދައެއް ނުކުރައްވާނެ: ހަސަން
އަދި ނަޝީދުގެ ތާއީދު އޮތް އެމްޑީޕީގެ ކުރީގެ ޗެއާޕާސަނަށް "ލަނޑެއް" ދެއްވާފާނެ ކަމަށް ގަބޫލުނުކުރައްވާ ކަމަށް ވެސް ވިދާޅުވި އެވެ.
20 Aug 2026
މާލޭގެ ގެސްޓްހައުސްއެއްގައި މޮޅަދޫ މީހަކު މަރުވެފައި އޮއްވާ ފެނިއްޖެ
މަރުވެފައި އޮއްވާ ފެނިފައިވަނީ ހއ.މޮޅަދޫ، އޯސަނިކްވިލާ, އިބްރާހީމް ނަޢީމް (45އ) އެވެ.
20 Aug 2026
ޓޮޓެންހަމުން މެންޗެސްޓާ ސިޓީގެ ސެވީނިއޯ އާއި މަރްމޫޝް ގެންދިޔުމާ މެދު މަޝްވަރާކުރަނީ
މިފަހަރު ސީޒަނުގެ ޕްރިމިއާ ލީގުގެ ފުރަތަމަ މެޗުގައި ހޮނިހިރު ދުވަހު ސްޕާސް ނުކުންނާނީ ރަށުން ބޭރުގައި ބްރެންޓްފޯޑާ ދެކޮޅަށެވެ. އަދި ސިޓީގެ ފުރަތަމަ މެޗުގައި އާދީއްތަ ދުވަހު އަމިއްލަ ދަނޑުގައި ބައްދަލުކުރާނީ ބޯންމައުތާއެވެ
20 Aug 2026
އެންމެ ފަހުގެ ހަނގުރާމަމަތީ މަތިންދާބޯޓު ހޯދުމަށް އިންޑިއާއިން ފްރާންސާއެކު މަޝްވަރާކުރަނީ
އިންޑިއާގެ ދިފާއީ ވުޒާރާއިން މި މަހު ގާނޫނުހަދާ މަޖިލީހަށް ހުށަހެޅި ދިފާއީ ކަންކަމާ ބެހޭ ކޮމިޓީގެ 25 ވަނަ ރިޕޯޓުގައި ބުނެފައިވަނީ، ފްރާންސުން އިސްނަގައިގެން ކުރިއަށްގެންދާ އެފްކާސް ޕްރޮގްރާމުގައި ބައިވެރިވުމަށްޓަކައި ރޭވުންތެރިކަމާއެކު މަސައްކަތްތަކެއް ފަށާފައިވާ ކަމަށެވެ