އޮމަރް މަރްމޫޝް އާއި ވިންގާ ސަވީނިއޯ... ފޮޓޯ: ސްކައި
ކުޅިވަރު
20 Aug 2026 | 19:25
ޓޮޓެންހަމުން މެންޗެސްޓާ ސިޓީގެ ސެވީނިއޯ އާއި މަރްމޫޝް ގެންދިޔުމާ މެދު މަޝްވަރާކުރަނީ

މެންޗެސްޓާ ސިޓީގެ ފޯވާޑް އޮމަރް މަރްމޫޝް އާއި ވިންގާ ސަވީނިއޯ، ޓޮޓެންހަމް ހޮޓްސްޕާއަށް ބަދަލުވުމާ ގުޅޭގޮތުން ދެ ކްލަބުގެ މެދުގައި ރަސްމީ މަޝްވަރާތައް ފަށާފައިވާ ކަމަށް އިނގިރޭސި މީޑިއާތަކުން ބުނެފިއެވެ.

އުމުރުން 22 އަހަރުގެ ބްރެޒިލް ވިންގާ ސަވީނިއޯ ހޯދުމަށް މިދިޔަ އަހަރު ސްޕާސްއިން މަސައްކަތް ކުރި ނަމަވެސް، އެ ފަހަރު އޭނާ ނިންމީ ސިޓީގައި މަޑުކުރުމަށެވެ. ފްރާންސްގެ ޓްރޮއީސްއިން 2024 ވަނަ އަހަރު 30 މިލިއަން ޕައުންޑަށް ސިޓީއާ ގުޅުނު ސަވީނިއޯއަށް، ނިމިދިޔަ ސީޒަނުގެ ޕްރިމިއާ ލީގުގައި ފުރަތަމަ އެގާރައިން ޖާގަ ލިބުނީ އެންމެ ހަތް މެޗުގައެވެ. އެހެންކަމުން ކުޅުމުގެ ފުރުޞަތު ހޯދުމަށްޓަކައި އޭނާ މިހާރު ބޭނުންވަނީ ކްލަބު ބަދަލުކުރާށެވެ.

އައިންޓްރެކްޓް ފްރޭންކްފާޓުން މިދިޔަ އަހަރު 59 މިލިއަން ޕައުންޑަށް ސިޓީއަށް ސޮއިކުރި އުމުރުން 27 އަހަރުގެ މިޞްރު ފޯވާޑް މަރްމޫޝްއަށް ވެސް، ކޯޗު ޕެޕް ގާޑިއޯލާގެ އިރުޝާދުގެ ދަށުން 2025-26 ސީޒަނުގައި ގަވާއިދުން ކުޅުމުގެ ފުރުޞަތެއް ނުލިބުނެވެ. އަދި ހުރިހާ މުބާރާތެއްގައި އޭނާ ކުޅުނު 36 މެޗުން ކާމިޔާބު ކުރެވުނީ އެންމެ އަށް ލަނޑެވެ. މި ދެ ކުޅުންތެރިން ވިއްކާލާނެ އަގެއް ސިޓީން ރަސްމީކޮށް ހާމަކޮށްފައި ނުވި ނަމަވެސް، މި ޓްރާންސްފާއިން ބޮޑު މާލީ މަންފާއެއް ހޯދުމަށް އެ ކްލަބުން އަމާޒު ހިފާފައިވާ ކަމަށް ބެލެވެކަމަށް މީޑިއާތަކުން ވަނީ ރިޕޯޓްކޮށްފައެވެ.

ސްޕާސްގެ ހެޑް ކޯޗު ރޮބާޓޯ ޑެ ޒެރްބީ ވަނީ މި ޓްރާންސްފާ މާކެޓުގައި އެ ޓީމުގެ މެދުތެރެ ވަރުގަދަކުރުމަށް ބޮޑު ހޭދައެއް ކޮށްފައެވެ. އެގޮތުން ވެސްޓް ހެމްގެ މެޓެއުސް ފެރްނާންޑެސް އަދި ނިއުކާސަލްގެ ސެންޑްރޯ ޓޮނާލީ ހޯދުމަށް ޖުމްލަ 185 މިލިއަން ޕައުންޑް ވަނީ ޚަރަދުކޮށްފައެވެ. 

މިފަހަރު ސީޒަނުގެ ޕްރިމިއާ ލީގުގެ ފުރަތަމަ މެޗުގައި ހޮނިހިރު ދުވަހު ސްޕާސް ނުކުންނާނީ ރަށުން ބޭރުގައި ބްރެންޓްފޯޑާ ދެކޮޅަށެވެ. އަދި ސިޓީގެ ފުރަތަމަ މެޗުގައި އާދީއްތަ ދުވަހު އަމިއްލަ ދަނޑުގައި ބައްދަލުކުރާނީ ބޯންމައުތާއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
20 Aug 2026
އެމްއެމްއޭގެ ދެ ޤަވާއިދަކަށް ރައްޔިތުންގެ ހިޔާލު ހޯދުމަށް ހުޅުވާލައިފި
ޚިޔާލު ހުށަހެޅުމަށް ހުޅުވާލާފައިވާ ފުރަތަމަ ގަވާއިދަކީ ފައިނޭންޝަލް ކޮންސިއުމަރ ޕްރޮޓެކްޝަން ރެގިއުލޭޝަނެވެ. މި ގަވާއިދު ތައްޔާރުކޮށްފައި ވަނީ މާލީ ޚިދުމަތްތައް ބޭނުންކުރާ ފަރާތްތަކުގެ ޙައްޤުތައް ރައްކާތެރިކޮށްދީ އެ ޙައްޤުތައް ކަށަވަރުކޮށްދިނުމުގެ ބޭނުމުގައެވެ. ދެވަނައަށް ޚިޔާލަށް ހުޅުވާލި ގަވާއިދަކީ ސިމްޕްލިފައިޑް އަދި އިލެކްޓްރޯނިކް ކަސްޓަމަރ ޑިއު ޑެލިޖަންސް ރެގިއުލޭޝަނެވެ.
20 Aug 2026
2028 ގައި މާލެ ސަރަހައްދުން ގިނަ ބަޔަކަށް ފްލެޓް ލިބޭނެ: ރައީސް
"2028ގެ ތެރޭގައި ވަރަށް ގިނަ ބަޔަކަށް ލިބޭނެ ފްލެޓް މި ސަރަހައްދުން [މާލެ ސަރަަހައްދުން] އިރާދަކުރެއްވިއްޔާ," ރައީސް ވިދާޅުވި އެވެ.
20 Aug 2026
މަޝްވަރާތަކަށް އިންޑިއާގެ އިސް ވަޒީރުން ސިންގަޕޫރަށް
އިންޑިއާގެ އިސް ވަފުދުގައި ހިމެނިވަޑައިގަންނަވަނީ ފައިނޭންސް އަދި ކޯޕަރޭޓް އެފެއާޒް މިނިސްޓަރު ނިރްމަލާ ސީތާރާމަން، އެކްސްޓަރނަލް އެފެއާޒް މިނިސްޓަރު ޑރ. އެސް. ޖައިޝަންކަރު، ކޮމާސް އަދި އިންޑަސްޓްރީ މިނިސްޓަރު ޕިޔޫޝް ގޯޔަލްގެ އިތުރުން މިނިސްޓަރ އޮފް ސްޓޭޓް ފޯ ކޮމާސް އެންޑް އިންޑަސްޓްރީ އަދި އިލެކްޓްރޯނިކްސް އެންޑް އައިޓީއެވެ
20 Aug 2026
އެފްޑީސީގެ ޑީއެމްޑީއަކަށް ގދ އަތޮޅުގެ ކުރީގެ ރައީސް ފައިހަތު
ފައިހަތަކީ ތިނަދޫއަށް ނިސްބަތްވާ ބޭފުޅެކެވެ. އޭނާ ވަނީ ގދ އަތޮޅު ކައުންސިލްގެ ރައީސް ކަމުގެ މަގާމު ފުރުއްވާފަ އެވެ.
20 Aug 2026
ނަޝީދު، ޕްރައިމަރީގައިވެސް ރިޔާސީ އިންތިހާބުގައިވެސް ވާދައެއް ނުކުރައްވާނެ: ހަސަން
އަދި ނަޝީދުގެ ތާއީދު އޮތް އެމްޑީޕީގެ ކުރީގެ ޗެއާޕާސަނަށް "ލަނޑެއް" ދެއްވާފާނެ ކަމަށް ގަބޫލުނުކުރައްވާ ކަމަށް ވެސް ވިދާޅުވި އެވެ.
20 Aug 2026
މާލޭގެ ގެސްޓްހައުސްއެއްގައި މޮޅަދޫ މީހަކު މަރުވެފައި އޮއްވާ ފެނިއްޖެ
މަރުވެފައި އޮއްވާ ފެނިފައިވަނީ ހއ.މޮޅަދޫ، އޯސަނިކްވިލާ, އިބްރާހީމް ނަޢީމް (45އ) އެވެ.
20 Aug 2026
ޓޮޓެންހަމުން މެންޗެސްޓާ ސިޓީގެ ސެވީނިއޯ އާއި މަރްމޫޝް ގެންދިޔުމާ މެދު މަޝްވަރާކުރަނީ
މިފަހަރު ސީޒަނުގެ ޕްރިމިއާ ލީގުގެ ފުރަތަމަ މެޗުގައި ހޮނިހިރު ދުވަހު ސްޕާސް ނުކުންނާނީ ރަށުން ބޭރުގައި ބްރެންޓްފޯޑާ ދެކޮޅަށެވެ. އަދި ސިޓީގެ ފުރަތަމަ މެޗުގައި އާދީއްތަ ދުވަހު އަމިއްލަ ދަނޑުގައި ބައްދަލުކުރާނީ ބޯންމައުތާއެވެ
20 Aug 2026
އެންމެ ފަހުގެ ހަނގުރާމަމަތީ މަތިންދާބޯޓު ހޯދުމަށް އިންޑިއާއިން ފްރާންސާއެކު މަޝްވަރާކުރަނީ
އިންޑިއާގެ ދިފާއީ ވުޒާރާއިން މި މަހު ގާނޫނުހަދާ މަޖިލީހަށް ހުށަހެޅި ދިފާއީ ކަންކަމާ ބެހޭ ކޮމިޓީގެ 25 ވަނަ ރިޕޯޓުގައި ބުނެފައިވަނީ، ފްރާންސުން އިސްނަގައިގެން ކުރިއަށްގެންދާ އެފްކާސް ޕްރޮގްރާމުގައި ބައިވެރިވުމަށްޓަކައި ރޭވުންތެރިކަމާއެކު މަސައްކަތްތަކެއް ފަށާފައިވާ ކަމަށެވެ