އެމްއެމްއޭ
ހަބަރު
20 Aug 2026 | 23:58
އެމްއެމްއޭގެ ދެ ޤަވާއިދަކަށް ރައްޔިތުންގެ ހިޔާލު ހޯދުމަށް ހުޅުވާލައިފި

މާލީ ޚިދުމަތް ހޯދާ ފަރާތްތައް ހިމާޔަތްކުރުމާ ގުޅޭ ގަވާއިދަކާއި ކަސްޓަމަރުންގެ ވަނަވަރު ކަށަވަރުކުރުމުގެ ގަވާއިދަކަށް އާންމުންގެ ފަރާތުން ޚިޔާލު ހޯދުމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ހުޅުވާލައިފިއެވެ.

މިގޮތުން ޚިޔާލު ހުށަހެޅުމަށް ހުޅުވާލާފައިވާ ފުރަތަމަ ގަވާއިދަކީ ފައިނޭންޝަލް ކޮންސިއުމަރ ޕްރޮޓެކްޝަން ރެގިއުލޭޝަނެވެ. މި ގަވާއިދު ތައްޔާރުކޮށްފައި ވަނީ މާލީ ޚިދުމަތްތައް ބޭނުންކުރާ ފަރާތްތަކުގެ ޙައްޤުތައް ރައްކާތެރިކޮށްދީ އެ ޙައްޤުތައް ކަށަވަރުކޮށްދިނުމުގެ ބޭނުމުގައެވެ. ދެވަނައަށް ޚިޔާލަށް ހުޅުވާލި ގަވާއިދަކީ ސިމްޕްލިފައިޑް އަދި އިލެކްޓްރޯނިކް ކަސްޓަމަރ ޑިއު ޑެލިޖަންސް ރެގިއުލޭޝަނެވެ. މި ގަވާއިދުގައި ބަޔާންކޮށްފައި ވަނީ މަނީ ލޯންޑަރިންނާއި ޓެރަރިޒަމަށް ފައިނޭންސްކުރުން ހުއްޓުވުމުގެ ޤާނޫނުގެ ދަށުން ކަސްޓަމަރުންގެ މަޢުލޫމާތުގެ ޞައްޙަކަން ޔަގީންކުރުމުގައި ޢަމަލުކުރާނެ މިންގަނޑުތަކާއި ޝަރުޠުތަކެވެ.

މާލީ އިދާރާތަކާއި ކަމާ ގުޅޭ އެކި މުއައްސަސާތަކުގެ މަޝްވަރާއާ އެކު އެކުލަވާލާފައިވާ މި ދެ ގަވާއިދަށް ޚިޔާލު ހުށަހެޅޭނެ އެންމެ ފަހު ތާރީޚަކީ 26 އޮގަސްޓް 2026 ވާ ބުދަ ދުވަހުގެ މެންދުރުފަހު 15:00 އެވެ. ޚިޔާލު ފޮނުވާނީ އީމެއިލް މެދުވެރިކޮށް އެމްއެމްއޭގެ ފައިނޭންޝަލް ކޮންސިއުމަރ ޔުނިޓަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
13 Sep 2026
243 މީހުންނާ އެކު ދަތުރުކުރި އިންޑޮނީޝިއާގެ ބޯއްޓެއް ގެއްލިއްޖެ
ސުރަބާޔާއިން ބަންޖަރްމާސިންއަށް 243 މީހުން ގޮވައިގެން ދަތުރުކުރި އިންޑޮނީޝިއާގެ ފަސިންޖަރު އުޅަނދަކާ ގުޅުން ކެނޑި އެ އުޅަނދު ގެއްލިފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.
12 Sep 2026
ރާއްޖޭގެ ފުރަތަމަ ޖޫނިއަރ ލައިފްގާޑް ތަމްރީނު ތުލުސްދޫގައި ފަށައިފި
ން ދުވަހަށް ދެމިގެންދާ މި ތަމްރީނުގައި 11 އަހަރާއި 17 އަހަރާ ދެމެދުގެ 24 ކުއްޖަކު ބައިވެރިވެއެވެ.
12 Sep 2026
ދިވެހި ގައުމުގެ ދެމިއޮތުމުގެ ބިނާވެގެންވަނީ އިސްލާމް ދީނުގެ ތަރުބިއްޔަތާއި ރައްކާތެރިކަމުގެ މައްޗަށް
އެކަކު އަނެކަކަށް ހިތްހެޔޮ، އެއް ހަށިގަނޑެއް ފަދަ އެކުވެރި ބަޔަކަށް ވެވިއްޖެނަމަ، އެތެރެއާއި ބޭރުން އަންނަ އެއްވެސް ނުރައްކަލަކަށް ގައުމުގެ ސިޔާދަތާއި މިނިވަންކަން ގުޑުވައިނުލެވޭނެ
12 Sep 2026
ފުރުޤާން މިސްކިތަށް ބޮޑުކަމުގޮސް މިސްކިތައް ގެއްލުންދިން މައްސަލައެއް
ފުލުހުން ވަނީ މި ފަހަކުން ފުރުޤާން މިސްކިތައް ގެއްލުންދިން މީހެއް ހައްޔަރުވެސްކޮށްފައެވެ. އެމީހަކީ އުމުރުން 30 އަހަރުގެ ގ. މާލެހިޔާއަށް ނިސްބަތްވާ، ނައުޝާދު މޫސާ އެވެ
12 Sep 2026
ބުރު ބަލިކޮށް އީގަލްސް، ސީޒަންގެ ފެށުން ރަނގަޅުކޮށްފި
ބްރާސްފަތި ދުވަހު ބިސްބުރު ނުކުންނާނީ ޓީސީ ސްޕޯޓްސް ކްލަބާ ދެކޮޅަށެވެ.
12 Sep 2026
ގައްދޫ ބަލިކޮށް ދިވެހި ޕްރިމިއާ ލީގުގެ ފެށުން ނިއުރޭޑިއަންޓުން ރަނގަޅުކޮށްފި
މިއަދުގެ މެޗުގައި ނިއުރޭޑިއަންޓްގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔައިރު، އެ ޓީމަށް ލީޑު ނަގައިދިނީ މެޗުގެ 9 ވަނަ މިނެޓުގައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ބްރެޒިލްގެ ކުޅަދާނަ ފޯވާޑް ޑޮރިއެލްޓަން ގޯމޭސްއެވެ
12 Sep 2026
ބ. އަތޮޅުން ފެށިގެން ގދ. އަތޮޅަށް ހަމައަށް މިރޭ ހުދު ސަމާލް
ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 40 މޭލަށް ވައިގަދަވާނެ ކަމަށްވެސް އެ އިދާރާއިން ލަފާކޮށްފައިވެއެވެ
12 Sep 2026
އައުޤާފަށް ހާއްސަކޮށް ކުންފުންޏެެއް އުފައްދައިފި
"މޯލްޑިވްސް އައުޤާފް އިންވެސްޓްމަންޓްސް ލިމިޓެޑް"ގެ ނަމުގައި ސަރުކާރުގެ ކުންފުންޏެއް ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު، މިއަދު އުފައްދަވައިފި އެވެ.