ލަނޑުޖެހުމަށްފަހު އާސެނަލް ކުޅުންތެރިން.. ފޮޓޯ؛ އާސެނަލް
ކުޅިވަރު
22 Aug 2026 | 10:02
ޕްރިމިއާ ލީގްގެ ފުރަތަމަ މެޗްގައި ކޮންވެންޓްރީ ސިޓީ އަތުން އާސެނަލަށް މޮޅެއް

އިނގިރޭސި ޕްރިމިއާ ލީގްގައި ރޭ ކޮންވެންޓްރީ ސިޓީ އާއި އާސެނަލް ބައްދަލުކުރިމެޗް އާސެނަލް ކާމިޔާބުކޮށް ލީގްގެ ފެށުން އެޓީމް ރަނގަޅުކޮށްފިއެވެ.

އާސެނަލްގެ ދަނޑުގައި ކުޅުނު މިމެޗް ކޮންވެންޓްރީގެ މައްޗަށް އެޓީމް ކުރި ހޯދީ 3-0 ގެ ނަތީޖާއިންނެވެ. ގާތްގަނޑަކަށް 25 އަހަރަށްފަހު ޕްރިމިއާ ލީގަށް ޕްރޮމޯޓްވި ކޮންވެންޓްރީ އާ ދެކޮޅަށް ކުޅުނު މިމެޗްގައި އާސެނަލްގެ މުހިންމު ތަރިންގެ ފަރާތުން ވަނީ ގޯލްތައް ފެނިގެންގޮސްފައެވެ.

މެޗްގައި އާސެނަލަށް ގޯލް ހުޅުވާލަދިނީ، ހާވާޓެޒް އެވެ. މި މެޗުގައި ވެސް އެންމެ ފާހަގަކޮށްލެވުނީ އަލަށް ޓީމާ ގުޅުނު ކްރިސްޓޯސް ޓްޒޯލިސްގެ ހުނަރުވެރި ކުޅުމެވެ. ޕްރިމިއާ ލީގުގައި އޭނާ ކުޅުނު ފުރަތަމަ މެޗުގައި، އާސެނަލްއިން ޖެހި ފުރަތަމަ ދެ ގޯލުގައި ވެސް އޭނާގެ ދައުރު ބޮޑެވެ. އެގޮތުން ފުރަތަމަ ލަނޑުގައި ރިކާޑޯ ކަލަފިއޯރީއަށް ބޯޅަ ހޯދައިދިނީ އޭނާއެވެ. އެ ބޯޅައިން ކައި ހާވާޓްޒް ލަނޑު ޖެހިއިރު، ދެވަނަ ލަނޑަކީ ޓްޒޯލިސް ނަގައިދިން ހުރަހެއް ކޮވެންޓްރީގެ ކީޕަރު ކާލް ރަޝްވޯތު އަތުގައި ޖެހިފައި ނިކުތް ވަގުތު ބުކާޔޯ ސާކާ ޖެހި ލަނޑެކެވެ.

މެޗުގެ ފުރަތަމަ ހާފުގައި އާސެނަލްގެ ކުޅުންތެރިން ކައިރިއަށް ވެސް އެ ޓީމަށް ކައިރިނުވެވުނުއިރު، އެންމެ ޓެކްލެއް ވެސް ކުރެވިފައެއް ނުވެއެވެ. މެޗްގައި ފެނިގެންދިޔަ އާސެނަލްގެ ދެވަނަ ލަނޑު ސާކާ ކާމިޔާބުކޮށްދިން އިރު، ތިންވަނަ ލަނޑު ޖަހައިދިނީ މާޓިން އޮޑެގާޑެވެ.

މެޗްގައި އާސެނަލްގެ މެދުތެރެއިން ބެން ވައިޓް، ސާކާ އަދި އޮޑެގާޑްގެ ކުޅުން ވަރަށްބޮޑަށް ފާހަގަވެގެން ދިޔައެވެ. އަދި ހަމަ އެހެންމެ ވައަތް ފަރާތުން ޓްޒޯލިސް، މެދުތެރެއިން ޑެކްލަން ރައިސް އަދި މައިލްސް ލޫވިސް-ސްކެލީގެ އާއި ހާވާޓްޒް ގުޅިގެން ވަނީ ކޮންވެންޓްރީ ޑިފެންސްލައިނަށް ނުރައްކާކޮށްފައެވެ.

ޕްރިމިއާ ލީގްގައި ދެން އެންމެ އަވަހަށް އަސެނަލް ނިކުންނާނީ އެސްޓަންވިލާ އާ ދެކޮޅަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
13 Sep 2026
އަރިދަފުސް ރޯގާ އާއި ބޭރަށްހިންގުން އިތުރުވަނީ
ރާއްޖޭގައި މި ދުވަސްވަރު އަރިދަފުސް ރޯގާ، ހޮޑުލުން އަދި ބޭރަށްހިންގުމުގެ ކޭސްތައް އިތުރުވަމުންދާތީ، އެކަމަށް ސަމާލުވެ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
އައްޑޫ ލިންކު ރޯޑުގެ ހާލަތު ގޯސްވެ، ޒަރޫރީ ބޭނުންތަކަށް މެނުވީ މަގަށް ނުނިކުތުމަށް އެދިއްޖެ
އައްޑޫ ސިޓީއަށް މިހާރު ކުރަމުންދާ ވިއްސާރައިގެ ސަބަބުން އައްޑޫ ލިންކް ރޯޑުގެ ހާލަތު އިތުރަށް ގޯސްވެ، ނުރައްކާތެރި ހާލަތަކަށް ގޮސްފައިވާތީ، ޒަރޫރީ ބޭނުންތަކަށް މެނުވީ އެ މަގުގައި އުޅަނދުފަހަރު ނުދުއްވުމަށް އައްޑޫ ސިޓީ ކައުންސިލުން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
ހާޓް އެޓޭކް ޖެހޭ މީހުންގެ ލޭގައި މައިކްރޯޕްލާސްޓިކް ހުންނަ މިންވަރު އިތުރު
ނުރައްކާތެރި ބާވަތުގެ ހާޓް އެޓޭކެއް ކަމަށްވާ "އެސްޓީ-އެލިވޭޝަން މައޮކާޑިއަލް އިންފާކްޝަން" (ސްޓެމީ) ޖެހޭ މީހުންގެ ހިތުގެ ލޭހޮޅިތަކުގައި، އާދައިގެ ސިއްހަތެއްގައި ހުންނަ މީހުންނާއި ހިތުގެ އެހެނިހެން ދާއިމީ ބަލިތައް ހުންނަ މީހުންނަށް ވުރެ މައިކްރޯޕްލާސްޓިކާއި ނެނޯޕްލާސްޓިކް ހުންނަ މިންވަރު އިތުރުކަން އައު ދިރާސާއަކުން ދައްކައިފިއެވެ.
13 Sep 2026
40 މޭލަށް ކަނޑުތައް ގަދަވާނެކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފި
40 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފިއެވެ.
13 Sep 2026
243 މީހުންނާ އެކު ދަތުރުކުރި އިންޑޮނީޝިއާގެ ބޯއްޓެއް ގެއްލިއްޖެ
ސުރަބާޔާއިން ބަންޖަރްމާސިންއަށް 243 މީހުން ގޮވައިގެން ދަތުރުކުރި އިންޑޮނީޝިއާގެ ފަސިންޖަރު އުޅަނދަކާ ގުޅުން ކެނޑި އެ އުޅަނދު ގެއްލިފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.
12 Sep 2026
ރާއްޖޭގެ ފުރަތަމަ ޖޫނިއަރ ލައިފްގާޑް ތަމްރީނު ތުލުސްދޫގައި ފަށައިފި
ން ދުވަހަށް ދެމިގެންދާ މި ތަމްރީނުގައި 11 އަހަރާއި 17 އަހަރާ ދެމެދުގެ 24 ކުއްޖަކު ބައިވެރިވެއެވެ.
12 Sep 2026
ދިވެހި ގައުމުގެ ދެމިއޮތުމުގެ ބިނާވެގެންވަނީ އިސްލާމް ދީނުގެ ތަރުބިއްޔަތާއި ރައްކާތެރިކަމުގެ މައްޗަށް
އެކަކު އަނެކަކަށް ހިތްހެޔޮ، އެއް ހަށިގަނޑެއް ފަދަ އެކުވެރި ބަޔަކަށް ވެވިއްޖެނަމަ، އެތެރެއާއި ބޭރުން އަންނަ އެއްވެސް ނުރައްކަލަކަށް ގައުމުގެ ސިޔާދަތާއި މިނިވަންކަން ގުޑުވައިނުލެވޭނެ
12 Sep 2026
ފުރުޤާން މިސްކިތަށް ބޮޑުކަމުގޮސް މިސްކިތައް ގެއްލުންދިން މައްސަލައެއް
ފުލުހުން ވަނީ މި ފަހަކުން ފުރުޤާން މިސްކިތައް ގެއްލުންދިން މީހެއް ހައްޔަރުވެސްކޮށްފައެވެ. އެމީހަކީ އުމުރުން 30 އަހަރުގެ ގ. މާލެހިޔާއަށް ނިސްބަތްވާ، ނައުޝާދު މޫސާ އެވެ