އަގުމަގު ޕޯޓަލްގެ ޝޮޓެއް
ހަބަރު
22 Aug 2026 | 12:09
އަގުމަގު މެދުވެރިކޮށް މިހާރު ދެހާހަށްވުރެ ގިނަ ފިހާރައިން ވިއްކާ ތަކެތީގެ އަގުތައް ފެންނާނެ: މިނިސްޓަރު

ބާޒާރުގެ އަގުތައް އެއްތަނަކުން ފަސޭހައިން އެނގޭގޮތަށް އިކޮނޮމިކް މިނިސްޓްރީން ވުޖޫދަށް ގެނައި "އަގުމަގު" ޕޯޓަލްގައި ގިނަ އަދަދެއްގެ ވިޔަފާރިތައް ރަޖިސްޓްރީކޮށްފިއެވެ.

މިކަމާ ގުޅޭގޮތުން އިގްތިސާދީ ވަޒީރު މުހައްމަދު ސައީދު ވިދާޅުވީ އަގުމަގު ޕޯޓަލުގައި މިހާތަނަށް 2،222 ވިޔަފާރި ރަޖިސްޓްރީކޮށްފައިވާކަމަށެވެ. އެގޮތުން ދުވާލެއްގެ މައްޗަށް މިހާރު 2,724 މީހުން އެ ޕޯޓަލް ބޭނުންކުރަމުންދާކަމަށެވެ. މީގެ އިތުރުން އަގުމަގު އެޕްލިކޭޝަން ޑައުންލޯޑްކުރި އަދަދު 3،300 އަށް އަރާކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ. 

އަގުމަގު އެޕްލިކޭޝަނަކީ މާލޭ ބާޒާރުގެ އަގުތަކުގެ އިތުރުން އަތޮޅުތެރޭގައި ތަކެތީގެ އަގުތައް ފެންނަން ހުންނަގޮތަށް ހިމަނައިގެން ތައްޔާރުކޮށްފައިވާ އެޕްލިކޭޝަނެކެވެ. މި އެޕްލިކޭޝަން ތައާރަފްކޮށްފައިވަނީ މިދިޔަ ޖުލަިއމަހުގެ ތެރޭގައެވެ. އިކޮނޮމިކް މިނިސްޓްރީން އޭގެ ކުރިން އެންމެ ފުރަތަމަ ތައާަރފްކުރީ އަގުމަގު ޕޯޓަލެވެ. އެއީ 2025 ވަނަ އަހަރުގެ ރޯދަމަހަށް ހާއްސަކޮށެވެ. އޭރު ޕޯޓަލުން ފެންނަނީ ހަމައެކަނި މާލޭ ބާޒާރުގެ އަގުތަކެވެ.

އިކޮނޮމިކް މިނިސްޓްރީން އަގުމަގު އެޕްލިކެޝަން ތައްޔާރު ކޮށްފައިވަނީ ރައްޔިތުންނަށް ފަސޭހަކޮށްދިނުމުގެ ގޮތުންނެވެ. އެގޮތުން މި އެޕްލިކޭޝަން މެދުވެރިކޮށް ފިހާރަތަކަށް ހިނގަން ނުޖެހި ގޭގައި ހުރެގެން ތަކެތީގެ އަގުތައް ބަލާލުމަށްފަހު ދާން ބޭނުންވާ ފިހާރަ ކަނޑައެޅިގެންދާނެއެވެ. މިކަމުގެ ސަބަބުން ބާޒާރުކުރުމަށް ހޭދަކުރަންޖެހޭ ވަގުތުތައް ވަރަށްބޮޑުތަނުން ސަލާމަތްވެގެން ދާނޭކަމަށް މިނިސްޓްރީން ބުންޏެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
13 Sep 2026
243 މީހުންނާ އެކު ދަތުރުކުރި އިންޑޮނީޝިއާގެ ބޯއްޓެއް ގެއްލިއްޖެ
ސުރަބާޔާއިން ބަންޖަރްމާސިންއަށް 243 މީހުން ގޮވައިގެން ދަތުރުކުރި އިންޑޮނީޝިއާގެ ފަސިންޖަރު އުޅަނދަކާ ގުޅުން ކެނޑި އެ އުޅަނދު ގެއްލިފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.
12 Sep 2026
ރާއްޖޭގެ ފުރަތަމަ ޖޫނިއަރ ލައިފްގާޑް ތަމްރީނު ތުލުސްދޫގައި ފަށައިފި
ން ދުވަހަށް ދެމިގެންދާ މި ތަމްރީނުގައި 11 އަހަރާއި 17 އަހަރާ ދެމެދުގެ 24 ކުއްޖަކު ބައިވެރިވެއެވެ.
12 Sep 2026
ދިވެހި ގައުމުގެ ދެމިއޮތުމުގެ ބިނާވެގެންވަނީ އިސްލާމް ދީނުގެ ތަރުބިއްޔަތާއި ރައްކާތެރިކަމުގެ މައްޗަށް
އެކަކު އަނެކަކަށް ހިތްހެޔޮ، އެއް ހަށިގަނޑެއް ފަދަ އެކުވެރި ބަޔަކަށް ވެވިއްޖެނަމަ، އެތެރެއާއި ބޭރުން އަންނަ އެއްވެސް ނުރައްކަލަކަށް ގައުމުގެ ސިޔާދަތާއި މިނިވަންކަން ގުޑުވައިނުލެވޭނެ
12 Sep 2026
ފުރުޤާން މިސްކިތަށް ބޮޑުކަމުގޮސް މިސްކިތައް ގެއްލުންދިން މައްސަލައެއް
ފުލުހުން ވަނީ މި ފަހަކުން ފުރުޤާން މިސްކިތައް ގެއްލުންދިން މީހެއް ހައްޔަރުވެސްކޮށްފައެވެ. އެމީހަކީ އުމުރުން 30 އަހަރުގެ ގ. މާލެހިޔާއަށް ނިސްބަތްވާ، ނައުޝާދު މޫސާ އެވެ
12 Sep 2026
ބުރު ބަލިކޮށް އީގަލްސް، ސީޒަންގެ ފެށުން ރަނގަޅުކޮށްފި
ބްރާސްފަތި ދުވަހު ބިސްބުރު ނުކުންނާނީ ޓީސީ ސްޕޯޓްސް ކްލަބާ ދެކޮޅަށެވެ.
12 Sep 2026
ގައްދޫ ބަލިކޮށް ދިވެހި ޕްރިމިއާ ލީގުގެ ފެށުން ނިއުރޭޑިއަންޓުން ރަނގަޅުކޮށްފި
މިއަދުގެ މެޗުގައި ނިއުރޭޑިއަންޓްގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔައިރު، އެ ޓީމަށް ލީޑު ނަގައިދިނީ މެޗުގެ 9 ވަނަ މިނެޓުގައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ބްރެޒިލްގެ ކުޅަދާނަ ފޯވާޑް ޑޮރިއެލްޓަން ގޯމޭސްއެވެ
12 Sep 2026
ބ. އަތޮޅުން ފެށިގެން ގދ. އަތޮޅަށް ހަމައަށް މިރޭ ހުދު ސަމާލް
ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 40 މޭލަށް ވައިގަދަވާނެ ކަމަށްވެސް އެ އިދާރާއިން ލަފާކޮށްފައިވެއެވެ
12 Sep 2026
އައުޤާފަށް ހާއްސަކޮށް ކުންފުންޏެެއް އުފައްދައިފި
"މޯލްޑިވްސް އައުޤާފް އިންވެސްޓްމަންޓްސް ލިމިޓެޑް"ގެ ނަމުގައި ސަރުކާރުގެ ކުންފުންޏެއް ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު، މިއަދު އުފައްދަވައިފި އެވެ.