ޕްލާސްޓިކް ކޮތަޅު-
ހަބަރު
23 Aug 2026 | 15:32
50 ކޮތަޅަށްވުރެ ގިނަ ކޮތަޅު ހިމެނޭ ބޮނޑިން ފީ ނުނަގާގޮތް ހަދައިފި

50 ކޮތަޅަށްވުރެ ގިނަ ޕްލާސްޓިކް ކޮތަޅު ހިމެނޭ ކޮތަޅު ބޮނޑިން ދެ ރުފިޔާގެ ފީ ނެގުން އިސްތިސްނާކޮށް ކުނި މެނޭޖުކުރުމުގެ ޤާނޫނަށް ގެނައި އިޞްލާޙު ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު މިއަދު ތަޞްދީޤުކުރައްވައިފިއެވެ.

މި ބަދަލާ އެކު ވިޔަފާރި ހަރަކާތްތަކުގައި ޕޮއިންޓް އޮފް ސޭލްގައި ކަސްޓަމަރަށް ވިއްކާ ނުވަތަ ފޯރުކޮށްދޭ ޕްލާސްޓިކް ކޮތަޅަކުން ނަގާ ދެ ރުފިޔާ 50 ކޮތަޅަށްވުރެ ގިނަ ކޮތަޅު ހިމެނޭ ބޮނޑިތަކަށް ދެން ނުނެގޭނެއެވެ. އެ އިޞްލާޙާ ގުޅިގެން ކުރިން ނެގެމުން އައި ޑަބަލް ޓެކްސް ހުއްޓިގެންދާނެއެވެ.

މި ބިލު ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވަނީ 17 އޮގަސްޓު 2026 ވީ ހޯމަ ދުވަހު ބޭއްވި 20 ވަނަ މަޖިލީހުގެ ދެވަނަ ދައުރުގެ 25 ވަނަ ޖަލްސާގައެވެ.

ކޮތަޅު ބޮނޑީގެ އިސްތިސްނާގެ އިތުރުން ވެސް މި އިޞްލާޙުގައި ގިނަ ބަދަލުތަކެއް ހިމެނެއެވެ. އެ ގޮތުން ކުނި މެނޭޖުކުރާ ނިޒާމުތަކާއި މަރުކަޒުތައް ޤާއިމުކުރުމުގެ މިންގަނޑުތައް ކަނޑައެޅުމުގައި ކަމާ ބެހޭ ވުޒާރާއާއި ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީއާއި އެންވަޔަރަންމަންޓަލް ރެގިއުލޭޓަރީ އޮތޯރިޓީގެ މަސްއޫލިއްޔަތުތަކަށް ބަދަލު ގެނެސްފައިވެއެވެ. ކަނޑައެޅިފައިވާ މިންގަނޑުތަކާ ޚިލާފަށް ކުނި މެނޭޖުކޮށް ތިމާވެއްޓަށް ނުވަތަ ޢާންމު ޞިއްޙަތަށް ގެއްލުން ލިބިއްޖެ ނަމަ ޖޫރިމަނާކުރުމާ ގުޅޭ ގަވާއިދު ހެދުމުގެ ބާރު އެންވަޔަރަންމަންޓަލް ރެގިއުލޭޓަރީ އޮތޯރިޓީއަށް ލިބިދީފައިވެއެވެ.

ހަމައެހެންމެ އިޤްތިޞާދީ ނުވަތަ އިންޑަސްޓްރިއަލް ބޭނުމަށް ދޫކޮށްފައިވާ ރަށްރަށާއި ސަރަޙައްދުތަކުގައި އުފެދޭ ކުނި މީހުން ދިރިއުޅޭ ރަށެއްގެ ކުނި މެނޭޖުކުރާ މަރުކަޒަކަށް ގެންދެވޭ ގޮތަށް ހަމަޖައްސައި އެ ސަރަޙައްދުތަކުގައި ދެމެހެއްޓެނިވި ކުނި ނިޒާމެއް ހިނގާކަން ކަށަވަރުކުރުން ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީގެ ޒިންމާއެއް ގޮތުގައި ކަނޑައަޅާފައިވެއެވެ. މީގެ އިތުރުން ރާއްޖެއަށް އެއްވެސް ބާވަތެއްގެ ކުންޏެއް އެތެރެކުރުން ކުށެއް ކަމުގައި ކަނޑައެޅުމާ އެކު ހުއްދައެއް ނެތި ނުރައްކާތެރި ކުނި ރާއްޖޭގައި ވިއްކުމާއި ބޭނުންކުރުމާއި ޑިސްޓްރިބިއުޓް ކުރުން ވެސް މަނާކޮށްފައިވެއެވެ.

މި ޤާނޫނު ގެޒެޓުގައި ޝާއިޢުކުރާ ދުވަހުން ފެށިގެން ޢަމަލުކުރަން ފެށޭ އިރު ޤާނޫނުގެ ދަށުން ގެންނަންޖެހޭ ގަވާއިދުގެ އިޞްލާޙުތަކާއި އަލަށް ހަދަންޖެހޭ ގަވާއިދުތައް 30 ދުވަހުގެ ތެރޭގައި އެކުލަވައިލައި ގެޒެޓުކުރަން ޖެހެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
09 Oct 2026
އެފްއޭއެމް އެވޯޑްސް؛ މޮޅު ފުޓްބޯޅަ ކުޅުންތެރިންނަށް އައިހަމް އަދި ސާލިޔާ
އެންމެ މޮޅު އަންހެން ކުޅުންތެރިޔާގެ އެވޯޑް ޝާލިޔާ ހޯދިއިރު، އޭނާ އާ އެންމެ ވާދަކޮށްފައިވަނީ، މާޒިއާގެ އާއިމިނަތު ލީޒާ އާއި، ނިއުރެޑިއަންޓްގެ މައީޝާ، އަދި ހަމަ އެޓީމްގެ މަރިޔަމް ނޫރާ އާއި މާޒިޔާގެ ޝައްފައެވެ.
08 Oct 2026
ރެއާ ދުވާލު މި އުޅެނީ، އޮންލައިންކޮށް ވިޔަފާރިކުރުމުގައި ހުރި ދަތިތައް ހައްލުކޮށްދޭން: ރައީސް
"ރެއާ ދުވާލު މިއުޅޭނީ އެކަމާ. އެކަން ހައްލުކޮށްދޭނަން އިރާދަކުރެއްވިއްޔާ،" ރައީސް މިރޭ ވިދާޅުވި އެވެ.
08 Oct 2026
އެފްއޭއެމް ޕްރެސިޑެންޓްސް އެވޯޑް ބަކާ، ސާންތީ އަދި އިފްރާއަށް
މި ތިން ޝަހުއްސިއްޔަތުންނަކީވެސް 2008 ވަނަ އަހަރު ދިވެހި ޤައުމީ ފުޓްބޯޅަ ޓީމް ސާފް ޗެމްޕިއަން ތަށި އުފުލާލިއިރު ޓީމްގައި ހިއްސާވި ފަރާތްތަކެވެ.
08 Oct 2026
ގްރޭޓްއޯޝަންސްޑައިލޮގްގައި ފައްޔާޒް: ރާއްޖެއަށް އޮތް ގޮންޖެހުންތަކާއި ދިވެހީންގެ ކަންބޮޑުވުންތައް ހިއްސާކުރެއްވި
ވިދާޅުވީ ޑިމޮކްރެސީ ދެމެހެއްޓުމަށް މަސައްކަތް ކުރާ ފަދައިން ދިވެހީންނަކީ ދިރިހުރުމަށްޓަކައި ވެސް ހަނގުރާމަ ކުރަން ޖެހިފައިވާ ބައެއް ކަމަށެވެ.
08 Oct 2026
ރުގުޔާ ކުުރުމުގެ ނަމުގައި މަހާނަ ކޮންނަ ހިސާބަށް؛ ހުއްދައެއް ނޫން، ހަރާމްވާނެ
ރުޤްޔާ ކުރުމުގެ ނަމުގައި ޤަބުރުސްތާނަށް ވަދެ މަހާނަ ނަގައި ނުވަތަ ކޮނެ ސިހުރު ހޯދުމުގެ ނަމުގައި ހިންގާ ޢަމަލުތަކަކީ ޙަރާމް ވެގެންވާ ޢަމަލުތަކެއް ކަމަށްވެސް ވަޒީރު ވިދާޅުވި އެވެ.
08 Oct 2026
ޒިޕެލް ކުންފުނި ޗައިނާގެ ކޮސްކޯއަށް ވިއްކާލުން ޖަރުމަނުން ހުއްޓުވައިފި
ޖަރުމަނުވިލާތުގެ އިކޮނޮމިކް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މި ކުންފުނި ގަތުމުގެ ސަބަބުން އެހެން ފަރާތްތަކަށް ބަރޯސާވާ މިންވަރު އިތުރުވެ، ޖަރުމަނާއި އީޔޫގެ ސަޕްލައި ޗޭންތަކުގެ ރައްކާތެރިކަމަށް ނުރައްކާވާނެ ކަމަށެވެ.
08 Oct 2026
ސައިކަލެއް ކަހާލައިގެން ވެއްޓި ހައިވޭގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި
މި އެކްސިޑެންޓްގައި 3 މީހަކަށް އަނިޔާ ލިބުމާ ގުޅިގެން ޓްރީޓޮޕް ހޮސްޕިޓަލަށް ގެންގޮސް ދަނީ ފަރުވާ ދެމުން ކަމަށް ވެސް ބުންޏެވެ.
08 Oct 2026
ޗައިނާ އަތުން ރާއްޖޭގެ ކުރިކެޓް ޓީމަށް މޮޅެއް
މުބާރާތުގައި ރާއްޖެ ދެން ބައްދަލުކުރާނީ ސިންގަޕޫރާއެވެ. މި މެޗު އޮންނާނީ މާދަމާ، ރާއްޖެ ގަޑިން ހެނދުނު 11:00 ގައި ސެލަންގޯރ ޓާފް ކްލަބްގައެވެ.