ރަހާ ރިސޯޓް.. ފޮޓޯ: ބުކިން
ހަބަރު
23 Aug 2026 | 17:31
ޤާނޫނުގައި ލާޒިމްކޮށްފައިވާ ގޮތަށް، ޑޮލަރު މާރު ނުކުރާ ފަރާތްތަކުގެ ނަންތައް އާއްމުކުރަން ފަށައިފި

ބޭރު ފައިސާއާ ބެހޭ ޤާނޫނުގައި ލާޒިމުކުރާ ގޮތަށް އެއްވެސް މިންވަރަކަށް ޑޮލަރު މާރުކޮށްފައި ނުވާ ދެ ރިސޯޓެއްގެ ނަން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން އިޢުލާންކޮށްފިއެވެ.

އެމްއެމްއޭއިން ހާމަކޮށްފައިވާ ގޮތުގައި އެ ދެ ތަނަކީ ރަހާ ރިސޯޓާއި ސައުތު ޕާމް ރިސޯޓް މޯލްޑިވްސް އެވެ. މީގެ އިތުރުން ޤާނޫނާއި ގަވާއިދާ އެއްގޮތަށް ފައިސާ މާރުކުރުމުގެ ކަންކަން ހިންގުމަށް ހުރިހާ ފަރާތްތަކަށް އެމްއެމްއޭއިން ވަނީ އިލްތިމާސްކޮށްފައެވެ. އެ އިދާރާގައި އަދިވެސް ރަޖިސްޓްރީ ނުވެ ތިބި ފަރާތްތަކަށް ފަހު ފުރުޞަތެއް ދޭ ކަމަށް ވެސް ބަޔާންކޮށްފައިވެއެވެ.

މަރުކަޒީ ބޭންކުން ނެރުނު ކޮމްޕްލަޔަންސް ރިޕޯޓުން ދައްކާ ގޮތުގައި ރިސޯޓުތަކުގެ %78 އިން ޑޮލަރު މާރުކުރުމުގެ އިލްތިޒާމު ރަނގަޅަށް އަދާކޮށްފައިވެއެވެ. ނަމަވެސް %20 ރިސޯޓުން އެކަށީގެންވާ މިންވަރަކަށް އެ ކަންކަން ފުރިހަމަކޮށްފައެއް ނުވެއެވެ. އެ %20 ގެ ގިނަ ރިސޯޓުތަކުން ތަފާތު ސަބަބުތައް ދައްކައި ކޮންސެޝަނެއް ހޯދުމަށް އެދިފައިވީ ނަމަވެސް ކަނޑައެޅިފައިވާ އުސޫލުން ޒިންމާތައް އަދާކުރުމަށް އެމްއެމްއޭއިން ވަނީ އެ ފަރާތްތަކަށް ހަނދާންކޮށްދީފައެވެ.

ގެސްޓްހައުސްތަކާއި ސަފާރީތަކާއި ޓޫރިސްޓް ހޮޓާތައް ހިމެނޭ ކެޓަގަރީ ބީ އަށް ބަލާއިރު %48 ތަނަކުން ފައިސާ މާރުކުރުން ރަނގަޅަށް ކުރިއަށް ގެންގޮސްފައިވާއިރު %15 ފަރާތުން އެކަށީގެންވާ ވަރަށް އެ ކަން ކޮށްފައެއް ނުވެއެވެ. އަދި %37 ތަނަކުން އެއްގޮތަކަށް ވެސް ޑޮލަރު މާރުކޮށްފައި ނުވާ ކަން ރިޕޯޓުން ހާމަވެއެވެ. މެދު ފަންތީގެ ވިޔަފާރިތައް ގިނައިން ހިމެނޭ މި ކެޓަގަރީގެ ފަރާތްތައް ހޭލުންތެރިކޮށް ޤާނޫނީ އޮނިގަނޑުގެ ތެރެއިން އިތުރު ފުރުޞަތު ފަހިކޮށްދިނުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އެމްއެމްއޭއިން ހާމަކޮށްފައިވެއެވެ.

އަހަރަކު 15 މިލިއަން ޑޮލަރަށް ވުރެ ބޮޑު އާމްދަނީ ލިބޭ ވިޔަފާރިތައް ހިމެނޭ ކެޓަގަރީ ސީ އަށް ބެލުމުން %38 ތަނަކުން ޑޮލަރު މާރުކުރުން ފުރިހަމަކޮށްފައިވީ ނަމަވެސް %33 ވިޔަފާރިން އެކަށީގެންވާ ގޮތެއްގައި އެ ކަން ކޮށްފައެއް ނުވެއެވެ. މީގެ އިތުރުން %29 ތަނަކުން ޑޮލަރު މާރުކުރީ އެއްވެސް ވަރަކަށް ނޫނެވެ. މި ކެޓަގަރީގެ ވިޔަފާރިތަކުން ވެސް ކޮންސެޝަން ހޯދުމަށް އެދިފައިވީ ނަމަވެސް ގޮތެއް ކަނޑައެޅެން އޮތީ ޤާނޫނަށް އިޞްލާޙު ގެނެސްގެން ކަމަށް ވާތީ އެ އިޞްލާޙު ހުށަހެޅުމުގެ މަސައްކަތް މިހާރު ވަނީ ފަށައިފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
13 Sep 2026
243 މީހުންނާ އެކު ދަތުރުކުރި އިންޑޮނީޝިއާގެ ބޯއްޓެއް ގެއްލިއްޖެ
ސުރަބާޔާއިން ބަންޖަރްމާސިންއަށް 243 މީހުން ގޮވައިގެން ދަތުރުކުރި އިންޑޮނީޝިއާގެ ފަސިންޖަރު އުޅަނދަކާ ގުޅުން ކެނޑި އެ އުޅަނދު ގެއްލިފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.
12 Sep 2026
ރާއްޖޭގެ ފުރަތަމަ ޖޫނިއަރ ލައިފްގާޑް ތަމްރީނު ތުލުސްދޫގައި ފަށައިފި
ން ދުވަހަށް ދެމިގެންދާ މި ތަމްރީނުގައި 11 އަހަރާއި 17 އަހަރާ ދެމެދުގެ 24 ކުއްޖަކު ބައިވެރިވެއެވެ.
12 Sep 2026
ދިވެހި ގައުމުގެ ދެމިއޮތުމުގެ ބިނާވެގެންވަނީ އިސްލާމް ދީނުގެ ތަރުބިއްޔަތާއި ރައްކާތެރިކަމުގެ މައްޗަށް
އެކަކު އަނެކަކަށް ހިތްހެޔޮ، އެއް ހަށިގަނޑެއް ފަދަ އެކުވެރި ބަޔަކަށް ވެވިއްޖެނަމަ، އެތެރެއާއި ބޭރުން އަންނަ އެއްވެސް ނުރައްކަލަކަށް ގައުމުގެ ސިޔާދަތާއި މިނިވަންކަން ގުޑުވައިނުލެވޭނެ
12 Sep 2026
ފުރުޤާން މިސްކިތަށް ބޮޑުކަމުގޮސް މިސްކިތައް ގެއްލުންދިން މައްސަލައެއް
ފުލުހުން ވަނީ މި ފަހަކުން ފުރުޤާން މިސްކިތައް ގެއްލުންދިން މީހެއް ހައްޔަރުވެސްކޮށްފައެވެ. އެމީހަކީ އުމުރުން 30 އަހަރުގެ ގ. މާލެހިޔާއަށް ނިސްބަތްވާ، ނައުޝާދު މޫސާ އެވެ
12 Sep 2026
ބުރު ބަލިކޮށް އީގަލްސް، ސީޒަންގެ ފެށުން ރަނގަޅުކޮށްފި
ބްރާސްފަތި ދުވަހު ބިސްބުރު ނުކުންނާނީ ޓީސީ ސްޕޯޓްސް ކްލަބާ ދެކޮޅަށެވެ.
12 Sep 2026
ގައްދޫ ބަލިކޮށް ދިވެހި ޕްރިމިއާ ލީގުގެ ފެށުން ނިއުރޭޑިއަންޓުން ރަނގަޅުކޮށްފި
މިއަދުގެ މެޗުގައި ނިއުރޭޑިއަންޓްގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔައިރު، އެ ޓީމަށް ލީޑު ނަގައިދިނީ މެޗުގެ 9 ވަނަ މިނެޓުގައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ބްރެޒިލްގެ ކުޅަދާނަ ފޯވާޑް ޑޮރިއެލްޓަން ގޯމޭސްއެވެ
12 Sep 2026
ބ. އަތޮޅުން ފެށިގެން ގދ. އަތޮޅަށް ހަމައަށް މިރޭ ހުދު ސަމާލް
ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 40 މޭލަށް ވައިގަދަވާނެ ކަމަށްވެސް އެ އިދާރާއިން ލަފާކޮށްފައިވެއެވެ
12 Sep 2026
އައުޤާފަށް ހާއްސަކޮށް ކުންފުންޏެެއް އުފައްދައިފި
"މޯލްޑިވްސް އައުޤާފް އިންވެސްޓްމަންޓްސް ލިމިޓެޑް"ގެ ނަމުގައި ސަރުކާރުގެ ކުންފުންޏެއް ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު، މިއަދު އުފައްދަވައިފި އެވެ.