އެމްއެމްއޭގެ ގަވަރުނަރު އަހުމަދު މުނައްވަރު- ފޮޓޯ/ ރައީސް އޮފީސް
ހަބަރު
24 Aug 2026 | 11:36
ކަޅު ބާޒާރުގައި ޑޮލަރު ވިއްކާކަމަށް ފާހަގަކުރެވުނު ތަންތަން ބަލައި، އެއްތަން ބަންދުކޮށްފިން: މުނައްވަރު

ކަޅު ބާޒާރުގައި ޑޮލަރުގެ އަގު މަތިވަމުންދާ މައްސަލަ ހައްލު ކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން އެފަދަ ތަންތަން ބަލައި، އެތަނުން އެއްތަން މިހާތަނަށް ބަންދު ކުރެވިފައިވާ ކަމަށް އެމްއެމްއޭގެ ގަވަރުނަރު މުނައްވަރު ވިދާޅުވެއްޖެއެވެ. 

ވަޒީރުންގެ މަޖިލީހުގެ ފަރާތުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން މުނައްވަރު ވިދާޅުވީ، މެދު އިރުމަތީ ހަނގުރާމައިގެ ސަބަބުން ރާއްޖެއަށް ފަތުރުވެރިން އަންނަ ނިސްބަތް ދަށްވި ނަމަވެސް، ރާއްޖެއަށް ބޭރު ފައިސާ ވަންނަ ނިސްބަތް %1 އިތުރުވެފައިވާ ކަމަށެެވެ. އަދި ދަތި ތަކާއެކުވެސް ރާއްޖޭގެ ރިޒާވް މަތި ކުރެވޭތޯ ގިނަ މަސައްކަތް ތަކެއް ކުރެވެމުންދާކަންވެސް ފާހަގަކުރެއްވިއެވެ.

އެހެން ނަމަވެސް ފާއިތުވި މަހެއްހާ ދުވަހުގެ ތެރޭގައި ކަޅު ބާޒާރުގައި ޑޮލަރު ވިއްކާ އަގު ވަރަށް ބޮޑުތަނުން މައްޗަށް ޖެހިފައިވާ ކަމަށާ، އެކަން ފާހަގަ ވެގެން ދިޔައީ ފޮރެކްސް ގާނޫނުގެ ވާހަކަތައް ދާއިރާގެ ސްޓޭކްހޯޑަރުންނާއި އެހެނިހެން ފަރާތްތަކާއެކު ވާހަކަދައްކަވަމުން ދިޔުމުގެ ތެރޭގައި ކަމަށް އޭނާ ފާހަގަ ކުރެއްވިއެވެ.

މިޑްލްއީސްޓް ކްރައިސިސްއާއެއްކޮށް ވަގުތީ ހީނަރުކަމެއް އައި ނަމަވެސް، އޯވާއޯލްކޮށް މިހާ ހިސާބަށް ދިޔައިރުވެސް އަޅުގަނޑުމެންނަކަށް ނުފެނޭ މިހާ ބޮޑަށް ރޭޓް މައްޗަށް ދާންވީ ސަބަބެއް. އެހެންވީމާ މީގައި އެބައުޅޭ ވަރަށް ބޮޑު ސްޕެކިޔުލޭޝަންތަކެއް.

މުނައްވަރު

އެކަން ފާހަގަކުރެވޭތީ، މަނީޗޭންޖަރުންގެ އޮޕަރޭޝަންތައް މޮނީޓާކުރެއްވި ކަމަށް މުނައްވަރު ވިދާޅުވިއެވެ. އަދި، ތަންފީޒީ އިދާރާ ތަކާއެކު ކުރެވުނު މަސައްކަތް ތަކުން، ޑޮރަލުން އާމްދަނީ ލިބޭ ފަރާތްތަކުން ކަޅު ބާޒާރުގައި ބޮޑު އަގުގައި ޑޮލަރު ވިއްކަމުންދާކަން ފާހަގަކުރެވުނު ކަމަށް އޭނާ ވިދާޅުވިއެވެ.

”އެހެންކަމުން ސަރުކާރަށް އަޅުގަނޑު ދަންނަވާފައި ވާނީ ގާނޫނު ތަންފީޒުލުރުމަށްޓަކައި މިއަށް ބޭނުންވާ ތަހުގީގު ކުރިއަށް ގެންދިޔުމަށް. މިގޮތުން އަޅުގަނޑުމެންނަށް ފާހަގަކުރެވި، މިހާރުވަނީ އެއް މަނީ އެކްސްޗޭޖާ ބަންދުވެސް ކުރެވިފައި.“ މުނައްވަރު ވިދާޅުވިއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
09 Oct 2026
އެފްއޭއެމް އެވޯޑްސް؛ މޮޅު ފުޓްބޯޅަ ކުޅުންތެރިންނަށް އައިހަމް އަދި ސާލިޔާ
އެންމެ މޮޅު އަންހެން ކުޅުންތެރިޔާގެ އެވޯޑް ޝާލިޔާ ހޯދިއިރު، އޭނާ އާ އެންމެ ވާދަކޮށްފައިވަނީ، މާޒިއާގެ އާއިމިނަތު ލީޒާ އާއި، ނިއުރެޑިއަންޓްގެ މައީޝާ، އަދި ހަމަ އެޓީމްގެ މަރިޔަމް ނޫރާ އާއި މާޒިޔާގެ ޝައްފައެވެ.
08 Oct 2026
ރެއާ ދުވާލު މި އުޅެނީ، އޮންލައިންކޮށް ވިޔަފާރިކުރުމުގައި ހުރި ދަތިތައް ހައްލުކޮށްދޭން: ރައީސް
"ރެއާ ދުވާލު މިއުޅޭނީ އެކަމާ. އެކަން ހައްލުކޮށްދޭނަން އިރާދަކުރެއްވިއްޔާ،" ރައީސް މިރޭ ވިދާޅުވި އެވެ.
08 Oct 2026
އެފްއޭއެމް ޕްރެސިޑެންޓްސް އެވޯޑް ބަކާ، ސާންތީ އަދި އިފްރާއަށް
މި ތިން ޝަހުއްސިއްޔަތުންނަކީވެސް 2008 ވަނަ އަހަރު ދިވެހި ޤައުމީ ފުޓްބޯޅަ ޓީމް ސާފް ޗެމްޕިއަން ތަށި އުފުލާލިއިރު ޓީމްގައި ހިއްސާވި ފަރާތްތަކެވެ.
08 Oct 2026
ގްރޭޓްއޯޝަންސްޑައިލޮގްގައި ފައްޔާޒް: ރާއްޖެއަށް އޮތް ގޮންޖެހުންތަކާއި ދިވެހީންގެ ކަންބޮޑުވުންތައް ހިއްސާކުރެއްވި
ވިދާޅުވީ ޑިމޮކްރެސީ ދެމެހެއްޓުމަށް މަސައްކަތް ކުރާ ފަދައިން ދިވެހީންނަކީ ދިރިހުރުމަށްޓަކައި ވެސް ހަނގުރާމަ ކުރަން ޖެހިފައިވާ ބައެއް ކަމަށެވެ.
08 Oct 2026
ރުގުޔާ ކުުރުމުގެ ނަމުގައި މަހާނަ ކޮންނަ ހިސާބަށް؛ ހުއްދައެއް ނޫން، ހަރާމްވާނެ
ރުޤްޔާ ކުރުމުގެ ނަމުގައި ޤަބުރުސްތާނަށް ވަދެ މަހާނަ ނަގައި ނުވަތަ ކޮނެ ސިހުރު ހޯދުމުގެ ނަމުގައި ހިންގާ ޢަމަލުތަކަކީ ޙަރާމް ވެގެންވާ ޢަމަލުތަކެއް ކަމަށްވެސް ވަޒީރު ވިދާޅުވި އެވެ.
08 Oct 2026
ޒިޕެލް ކުންފުނި ޗައިނާގެ ކޮސްކޯއަށް ވިއްކާލުން ޖަރުމަނުން ހުއްޓުވައިފި
ޖަރުމަނުވިލާތުގެ އިކޮނޮމިކް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މި ކުންފުނި ގަތުމުގެ ސަބަބުން އެހެން ފަރާތްތަކަށް ބަރޯސާވާ މިންވަރު އިތުރުވެ، ޖަރުމަނާއި އީޔޫގެ ސަޕްލައި ޗޭންތަކުގެ ރައްކާތެރިކަމަށް ނުރައްކާވާނެ ކަމަށެވެ.
08 Oct 2026
ސައިކަލެއް ކަހާލައިގެން ވެއްޓި ހައިވޭގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި
މި އެކްސިޑެންޓްގައި 3 މީހަކަށް އަނިޔާ ލިބުމާ ގުޅިގެން ޓްރީޓޮޕް ހޮސްޕިޓަލަށް ގެންގޮސް ދަނީ ފަރުވާ ދެމުން ކަމަށް ވެސް ބުންޏެވެ.
08 Oct 2026
ޗައިނާ އަތުން ރާއްޖޭގެ ކުރިކެޓް ޓީމަށް މޮޅެއް
މުބާރާތުގައި ރާއްޖެ ދެން ބައްދަލުކުރާނީ ސިންގަޕޫރާއެވެ. މި މެޗު އޮންނާނީ މާދަމާ، ރާއްޖެ ގަޑިން ހެނދުނު 11:00 ގައި ސެލަންގޯރ ޓާފް ކްލަބްގައެވެ.