މަރަދޫ ހެލްތު ސެންޓަރު
ހަބަރު
24 Aug 2026 | 16:49
އައްޑޫސިޓީ ފޭދޫ ސްކޫލް ކެޑޭޓް ކޭމްޕްގައި ބައިވެރިވި ކުދިންތަކެއް ކާނާ ވިހަވެ ހޮސްޕިޓަލުގައި ފަރުވާ ދެނީ

އައްޑޫ ސިޓީ ފޭދޫ ސްކޫލްގައި ކުރިއަށް ގެންދިޔަ ބޭސިކް ކެޑޭޓް ކޭމްޕެއްގައި ބައިވެރިވި ދަރިވަރުންތަކެއް ކާނާ ވިހަވެ ބައެއް ކުދިން ހާލު ދެރަވުމާ ގުޅިގެން އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލާއި އެ ސިޓީގެ ސިއްޙީ މަރުކަޒުތަކުގައި ފަރުވާ ދޭން ފަށައިފިއެވެ.

ހޮޑުލެވި ބޭރަށް ހިންގުމުގެ އަލާމާތްތައް ފެނިގެން ފަރުވާ ހޯދަމުންދާ ކުދިންގެ ތެރެއިން ބައެއް ކުދިން ވަނީ ހޮސްޕިޓަލުގައި އެނދުމަތިކޮށްފައެވެ.

އެގޮތުން ފޭދޫ ސިއްހީ މަރުކަޒުގައި 12 ކުދިންނަށް އަދި މަރަދޫ ސިއްހީ މަރުކަޒުގައި 12 ކުދިންނަށް އެޑްމިޓްކޮށްގެން ފަރުވާ ދެމުން އަންނަ އިރު، އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލަށް ހަތް ކުއްޖަކު ގެންގޮސް ފަރުވާ ދެމުން އަންނަ ކަމަށް މައުލޫމާތު ލިބެއެވެ.

މިކަމާ ގުޅިގެން ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް) އިން އެކްސްގައި ކުރި ޕޯސްޓެއްގައި ވަނީ މި ހާދިސާއާ މެދު އެ ކޮމިޝަނުން ނުހަނު ކަންބޮޑުވާ ކަމަށް ބުނެ މައްސަލަ މޮނިޓާ ކުރަމުންދާ ކަމަށް ހާމަކޮށްފައެވެ.

އެޗްއާރްސީއެމްގެ ޕޯސްޓުގައި ވަނީ މި ހާދިސާ ހިނގައިދިޔަ ގޮތް ޙައްސާސް މައްސަލައެއްގެ ގޮތުގައި ތަޙުޤީޤުކޮށް މިފަދަ ކަންކަން ތަކުރާރު ނުވާނެ ގޮތަށް ކަންކަން ބައްޓަންކުރުމަށް ކަމާ ބެހޭ އިދާރާތަކަށް ގޮވައިލައިފައެވެ.

ރާއްޖޭގެ ހުރިހާ ސަރުކާރު ސްކޫލެއްގައި މިހާރު ކެޑޭޓް ކޭމްޕްތައް ކުރިއަށް ގެންދަމުންދެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
09 Oct 2026
އެފްއޭއެމް އެވޯޑްސް؛ މޮޅު ފުޓްބޯޅަ ކުޅުންތެރިންނަށް އައިހަމް އަދި ސާލިޔާ
އެންމެ މޮޅު އަންހެން ކުޅުންތެރިޔާގެ އެވޯޑް ޝާލިޔާ ހޯދިއިރު، އޭނާ އާ އެންމެ ވާދަކޮށްފައިވަނީ، މާޒިއާގެ އާއިމިނަތު ލީޒާ އާއި، ނިއުރެޑިއަންޓްގެ މައީޝާ، އަދި ހަމަ އެޓީމްގެ މަރިޔަމް ނޫރާ އާއި މާޒިޔާގެ ޝައްފައެވެ.
08 Oct 2026
ރެއާ ދުވާލު މި އުޅެނީ، އޮންލައިންކޮށް ވިޔަފާރިކުރުމުގައި ހުރި ދަތިތައް ހައްލުކޮށްދޭން: ރައީސް
"ރެއާ ދުވާލު މިއުޅޭނީ އެކަމާ. އެކަން ހައްލުކޮށްދޭނަން އިރާދަކުރެއްވިއްޔާ،" ރައީސް މިރޭ ވިދާޅުވި އެވެ.
08 Oct 2026
އެފްއޭއެމް ޕްރެސިޑެންޓްސް އެވޯޑް ބަކާ، ސާންތީ އަދި އިފްރާއަށް
މި ތިން ޝަހުއްސިއްޔަތުންނަކީވެސް 2008 ވަނަ އަހަރު ދިވެހި ޤައުމީ ފުޓްބޯޅަ ޓީމް ސާފް ޗެމްޕިއަން ތަށި އުފުލާލިއިރު ޓީމްގައި ހިއްސާވި ފަރާތްތަކެވެ.
08 Oct 2026
ގްރޭޓްއޯޝަންސްޑައިލޮގްގައި ފައްޔާޒް: ރާއްޖެއަށް އޮތް ގޮންޖެހުންތަކާއި ދިވެހީންގެ ކަންބޮޑުވުންތައް ހިއްސާކުރެއްވި
ވިދާޅުވީ ޑިމޮކްރެސީ ދެމެހެއްޓުމަށް މަސައްކަތް ކުރާ ފަދައިން ދިވެހީންނަކީ ދިރިހުރުމަށްޓަކައި ވެސް ހަނގުރާމަ ކުރަން ޖެހިފައިވާ ބައެއް ކަމަށެވެ.
08 Oct 2026
ރުގުޔާ ކުުރުމުގެ ނަމުގައި މަހާނަ ކޮންނަ ހިސާބަށް؛ ހުއްދައެއް ނޫން، ހަރާމްވާނެ
ރުޤްޔާ ކުރުމުގެ ނަމުގައި ޤަބުރުސްތާނަށް ވަދެ މަހާނަ ނަގައި ނުވަތަ ކޮނެ ސިހުރު ހޯދުމުގެ ނަމުގައި ހިންގާ ޢަމަލުތަކަކީ ޙަރާމް ވެގެންވާ ޢަމަލުތަކެއް ކަމަށްވެސް ވަޒީރު ވިދާޅުވި އެވެ.
08 Oct 2026
ޒިޕެލް ކުންފުނި ޗައިނާގެ ކޮސްކޯއަށް ވިއްކާލުން ޖަރުމަނުން ހުއްޓުވައިފި
ޖަރުމަނުވިލާތުގެ އިކޮނޮމިކް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މި ކުންފުނި ގަތުމުގެ ސަބަބުން އެހެން ފަރާތްތަކަށް ބަރޯސާވާ މިންވަރު އިތުރުވެ، ޖަރުމަނާއި އީޔޫގެ ސަޕްލައި ޗޭންތަކުގެ ރައްކާތެރިކަމަށް ނުރައްކާވާނެ ކަމަށެވެ.
08 Oct 2026
ސައިކަލެއް ކަހާލައިގެން ވެއްޓި ހައިވޭގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި
މި އެކްސިޑެންޓްގައި 3 މީހަކަށް އަނިޔާ ލިބުމާ ގުޅިގެން ޓްރީޓޮޕް ހޮސްޕިޓަލަށް ގެންގޮސް ދަނީ ފަރުވާ ދެމުން ކަމަށް ވެސް ބުންޏެވެ.
08 Oct 2026
ޗައިނާ އަތުން ރާއްޖޭގެ ކުރިކެޓް ޓީމަށް މޮޅެއް
މުބާރާތުގައި ރާއްޖެ ދެން ބައްދަލުކުރާނީ ސިންގަޕޫރާއެވެ. މި މެޗު އޮންނާނީ މާދަމާ، ރާއްޖެ ގަޑިން ހެނދުނު 11:00 ގައި ސެލަންގޯރ ޓާފް ކްލަބްގައެވެ.