މީހަކު ނިދާ ހޭލަނީ-
ލައިފްސްޓައިލް
26 Aug 2026 | 08:12
އެލާމާ ނުލައި ކޮންމެ ދުވަހަކުވެސް އެއް ގަޑިއަކު ހޭލާނީ ކިހިނެއް؟

ހެނދުނު ހޭލުމަށްޓަކައި އެލާމް ގަޑީގެ ބާރު އަޑަށް ބަރޯސާވާ މީހުން އަޅުގަނޑުމެންގެ ތެރޭގައި ވަރަށް ގިނައެވެ. ނަމަވެސް، ނިދުމާ ގުޅޭ ސިއްޙީ ރަނގަޅު އާދަތަކަށް ސަމާލުކަން ދީފިނަމަ، އެއްވެސް އެލާމަކާ ނުލައި ގުދުރަތީ ގޮތުން ހެނދުނު ތާޒާކަމާއެކު ހޭލެވިދާނެ ކަމަށް ސައިންސްވެރިންނާއި ނިދީގެ ތަޖުރިބާކާރުން ބުނެއެވެ.

ބީބީސީން ގެނެސްދީފައިވާ ޚާއްޞަ ރިޕޯޓެއްގައިވާ ގޮތުން، ލިޔުންތެރިޔަކު ވަނީ ތަޖުރިބާކާރުންގެ އިރުޝާދާއެކު އެއް ހަފުތާ ވަންދެން އެލާމާ ނުލައި ހޭލުމުގެ ތަޖުރިބާއެއް ކޮށްފައެވެ. އެ ތަޖުރިބާއިން ދެއްކި ގޮތުގައި، ރަނގަޅު ނިދީގެ ތާވަލެއް ގެންގުޅެ، ހަށިގަނޑުގެ އެތެރޭގެ ގަޑި (ސާކޭޑިއަން ރިދަމް) އެއް މިސްރާބަކަށް ފައްތައިފިނަމަ، ހަށިގަނޑު އަމިއްލައަށް ހޭލައްވައިދެއެވެ.

ނިދި ބޭނުންވާ މިންވަރާއި އޭގެ މުހިންމުކަން

ބޮޑެތި މީހުންނަށް ރޭގަނޑު އާންމުކޮށް 7 އާއި 9 ގަޑިއިރާ ދެމެދުގެ ނިންޖެއް ބޭނުންވެއެވެ. ޓެކްސަސް ޔުނިވަރސިޓީ އޮފް ޑެލަސްގެ ސްލީޕް އިނޮވޭޝަން ލެބްސްގެ އެސޯސިއޭޓް ޑިރެކްޓަރ އީތީ ބެން ސައިމަން ފާހަގަކުރި ގޮތުގައި، އެވްރެޖްކޮށް 8 ގަޑިއިރަކީ މެދުމިނެވެ. ނަމަވެސް ބައެއް މީހުންނަށް 7 ގަޑިއިރުން ފުދޭއިރު، އަނެއްބައި މީހުންނަށް 9 ގަޑިއިރު ބޭނުންވެއެވެ.

ހަށިގަނޑަށް ބޭނުންވާ ފުރިހަމަ ނިދި ހޯދުމަކީ ދުޅަހެޔޮ ސިއްޙަތަކަށް ކޮންމެހެން މުހިންމު ކަމެކެވެ.

ގަވާއިދުން އެއް ގަޑިއެއްގައި ނިދުމުގެ އާދަ

ނިދީގެ ފެންވަރު ރަނގަޅު ކުރުމަށްޓަކައި އެންމެ އިސްކަންދޭންޖެހޭ ކަމަކީ ކޮންމެ ރެއަކުވެސް އެއް ގަޑިއެއްގައި ނިދަން އޮށޯތުމެވެ. އެމެރިކާގެ ޔުނިވަރސިޓީ އޮފް މިޝިގަންގެ ނިދީގެ ދިރާސާ ލެބުގެ ކޯ-ޑިރެކްޓަރ ހެލެން ބާގެސް ބަޔާންކުރި ގޮތުގައި، ހަށިގަނޑަށް ބޭނުންވާ މިންވަރަށް ނިދި ލިބޭނެ ފަދަ ވަގުތެއްގައި ނިދަން އޮށޯތުމަކީ މުހިންމު ކަމެކެވެ.

"ގަވާއިދުން ނިދުމުގެ ތާވަލެއް ގެންގުޅުމުން ހަށިގަނޑު ހަމަޖެހި، އެތެރޭގެ ގަޑި ތަރުތީބުވާން ފަށާނެއެވެ."

---

އިރުގެ އަލި: ހަށިގަނޑުގެ ގުދުރަތީ އެލާމް

ނިދުމާއި ހޭލުމުގެ ދައުރު ފުރިހަމަކޮށްދިނުމުގައި ގުދުރަތީ އަލި ވަރަށް މުހިންމު ދައުރެއް އަދާކުރެއެވެ. ރީޖެންޓްސް ޔުނިވަރސިޓީ ލަންޑަންގެ ނިދީގެ ސްޕެޝަލިސްޓް އެނާ ޖޮއިސް ވިދާޅުވާ ގޮތުގައި، ސާކޭޑިއަން ކްލޮކް ކޮންޓްރޯލް ކުރާ އެންމެ ބޮޑު ވަސީލަތަކީ އަލިއެވެ.

ހެނދުނު ހޭލުމަށްފަހު، ވީ އެންމެ އަވަހަކަށް ކޮޓަރީގެ ދޮރުފޮތިތައް ކަހައިލައި، އިރުގެ އަލި ލޮލަށް ފޯރުވައިދިނުމަށް ތަޖުރިބާކާރު ސައިމަން ލަފާދެއެވެ. މީގެ ސަބަބުން ހަށިގަނޑުގައި 'ކޯޓިސޯލް' ހޯމޯން ހަރަކާތްތެރިވެ، މީހާ ހޭލައްވައި، މުޅި ދުވަހަށް ތާޒާކަން ގެނެސްދެއެވެ.

ސްކްރީންތަކާ ދުރުވުމާއި ނިދުމުގެ ކުރީގެ ތައްޔާރީ

ރޭގަނޑު ނިދުމުގެ ކުރިން ފޯނު ބޭނުންކުރުމަކީ ނިދި ހަލާކުކޮށްލާ މައިގަނޑު އެއް ސަބަބެވެ. ފޯނުން ބޭރުވާ ނޫ އަލި (ބްލޫ ލައިޓް) އަކީ ދުވާލުގެ އައްޔާ އެއްގޮތް ރާޅުބާންޏެއް ކަމުން، ސިކުނޑިއަށް އަދިވެސް މިއީ ދުވާލު ކަމުގެ ކުށް ސިގްނަލް ފޮނުވައެވެ. އެއާއެކު ސޯޝަލް މީޑިއާ ސްކްރޯލް ކުރުމުން 'ޑޮޕަމީން' ދޫވެ، ސިކުނޑި ހޭލައްވައި، ނިދަން އުނދަގޫވެއެވެ.

މިކަމަށް ޙައްލެއް ހޯދުމަށްޓަކައި ޖޮއިސް ލަފާދެއްވަނީ:

ނިދުމުގެ 2 ގަޑިއިރު ކުރިން ކޮޓަރީގެ ބޮކިތަކުގެ އަލި މަޑުކޮށްލުން.

ނިދަން ތައްޔާރުވުމުގެ ގޮތުން ހަމަހިމޭން މާހައުލެއް ގާއިމުކުރުން 

ކޮފީ ބޯ މިންވަރު ދުވާލަކު 1 ތައްޓަށް މަދުކުރުން.

ނިދުމުގެ 3 ގަޑިއިރު ކުރިން ރޭގަނޑުގެ ކެއުން ކެއުން.

ކޮޓަރީގެ ފިނިހޫނުމިން މާ ހޫނުނުކޮށް، ފިނިކޮށް ބެހެއްޓުން.

ޒުވާނުންނާއި ނިދީގެ މައްސަލަތައް

ޒުވާން އުމުރުގެ ކުދިންގެ ނިދީގެ ފެންވަރު ދަށްވަމުންދާ މައްސަލައަކީ ތަޖުރިބާކާރުންގެ ބޮޑު ކަންބޮޑުވުމެކެވެ. ނޯވޭގެ 45,000 ދަރިވަރުން ބައިވެރިވި 2025 ވަނަ އަހަރުގެ ދިރާސާއަކުން ދައްކާ ގޮތުގައި، ފޯނު މާގިނައިން ބޭނުންކުރުމާއި ނިދި މަދުވުމާ ދެމެދު ސީދާ ގުޅުމެއް ވެއެވެ. ޒުވާނުންނަށް 9 ގަޑިއިރު ނުވަތަ އެއަށްވުރެ ގިނައިން ނިދި ބޭނުންވާއިރު، ގާތްގަނޑަކަށް 70 އިންސައްތަ ކުދިންނަށް 7 ގަޑިއިރުގެ ނިދިވެސް ނުލިބެއެވެ.

ބަދަލު ގެންނާނީ ކިހިނެއް؟

ނިދީގެ އާދަތަކަށް ކުއްލިއަކަށް ބޮޑެތި ބަދަލުތަކެއް ގެނައުމަކީ ފަސޭހަ ކަމެއް ނޫނެވެ. އެހެންކަމުން ބާގެސް ލަފާދެނީ މި ބަދަލު މަޑުމަޑުން ގެނައުމަށެވެ. އެގޮތުން، ކޮންމެ ދުވަހަކުވެސް ނިދާ ގަޑިއާއި ހޭލާ ގަޑި ބައި ގަޑިއިރު އަވަސްކުރަމުން ގޮސް، ބޭނުންވާ އަމާޒަށް ވާސިލުވުމުން އެ ގަޑިއެއްގައި ހިފެހެއްޓިދާނެއެވެ.

މިފަދަ ހެޔޮ އާދަތައް ދިރިއުޅުމުގެ ބައެއްގެ ގޮތުގައި ހަދައިފިނަމަ، އެލާމް ގަޑީގެ އުނދަގުލާ ނުލައި، ކޮންމެ ދުވަހަކުވެސް ހަށިގަނޑު އަމިއްލައަށް ހެނދުނު ހޭލައްވައިދީ، ދުވަސް ފަށައިގަންނާނީ އާރޯކަމާއި ތާޒާކަމާއެކުގައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
09 Oct 2026
އެފްއޭއެމް އެވޯޑްސް؛ މޮޅު ފުޓްބޯޅަ ކުޅުންތެރިންނަށް އައިހަމް އަދި ސާލިޔާ
އެންމެ މޮޅު އަންހެން ކުޅުންތެރިޔާގެ އެވޯޑް ޝާލިޔާ ހޯދިއިރު، އޭނާ އާ އެންމެ ވާދަކޮށްފައިވަނީ، މާޒިއާގެ އާއިމިނަތު ލީޒާ އާއި، ނިއުރެޑިއަންޓްގެ މައީޝާ، އަދި ހަމަ އެޓީމްގެ މަރިޔަމް ނޫރާ އާއި މާޒިޔާގެ ޝައްފައެވެ.
08 Oct 2026
ރެއާ ދުވާލު މި އުޅެނީ، އޮންލައިންކޮށް ވިޔަފާރިކުރުމުގައި ހުރި ދަތިތައް ހައްލުކޮށްދޭން: ރައީސް
"ރެއާ ދުވާލު މިއުޅޭނީ އެކަމާ. އެކަން ހައްލުކޮށްދޭނަން އިރާދަކުރެއްވިއްޔާ،" ރައީސް މިރޭ ވިދާޅުވި އެވެ.
08 Oct 2026
އެފްއޭއެމް ޕްރެސިޑެންޓްސް އެވޯޑް ބަކާ، ސާންތީ އަދި އިފްރާއަށް
މި ތިން ޝަހުއްސިއްޔަތުންނަކީވެސް 2008 ވަނަ އަހަރު ދިވެހި ޤައުމީ ފުޓްބޯޅަ ޓީމް ސާފް ޗެމްޕިއަން ތަށި އުފުލާލިއިރު ޓީމްގައި ހިއްސާވި ފަރާތްތަކެވެ.
08 Oct 2026
ގްރޭޓްއޯޝަންސްޑައިލޮގްގައި ފައްޔާޒް: ރާއްޖެއަށް އޮތް ގޮންޖެހުންތަކާއި ދިވެހީންގެ ކަންބޮޑުވުންތައް ހިއްސާކުރެއްވި
ވިދާޅުވީ ޑިމޮކްރެސީ ދެމެހެއްޓުމަށް މަސައްކަތް ކުރާ ފަދައިން ދިވެހީންނަކީ ދިރިހުރުމަށްޓަކައި ވެސް ހަނގުރާމަ ކުރަން ޖެހިފައިވާ ބައެއް ކަމަށެވެ.
08 Oct 2026
ރުގުޔާ ކުުރުމުގެ ނަމުގައި މަހާނަ ކޮންނަ ހިސާބަށް؛ ހުއްދައެއް ނޫން، ހަރާމްވާނެ
ރުޤްޔާ ކުރުމުގެ ނަމުގައި ޤަބުރުސްތާނަށް ވަދެ މަހާނަ ނަގައި ނުވަތަ ކޮނެ ސިހުރު ހޯދުމުގެ ނަމުގައި ހިންގާ ޢަމަލުތަކަކީ ޙަރާމް ވެގެންވާ ޢަމަލުތަކެއް ކަމަށްވެސް ވަޒީރު ވިދާޅުވި އެވެ.
08 Oct 2026
ޒިޕެލް ކުންފުނި ޗައިނާގެ ކޮސްކޯއަށް ވިއްކާލުން ޖަރުމަނުން ހުއްޓުވައިފި
ޖަރުމަނުވިލާތުގެ އިކޮނޮމިކް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މި ކުންފުނި ގަތުމުގެ ސަބަބުން އެހެން ފަރާތްތަކަށް ބަރޯސާވާ މިންވަރު އިތުރުވެ، ޖަރުމަނާއި އީޔޫގެ ސަޕްލައި ޗޭންތަކުގެ ރައްކާތެރިކަމަށް ނުރައްކާވާނެ ކަމަށެވެ.
08 Oct 2026
ސައިކަލެއް ކަހާލައިގެން ވެއްޓި ހައިވޭގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި
މި އެކްސިޑެންޓްގައި 3 މީހަކަށް އަނިޔާ ލިބުމާ ގުޅިގެން ޓްރީޓޮޕް ހޮސްޕިޓަލަށް ގެންގޮސް ދަނީ ފަރުވާ ދެމުން ކަމަށް ވެސް ބުންޏެވެ.
08 Oct 2026
ޗައިނާ އަތުން ރާއްޖޭގެ ކުރިކެޓް ޓީމަށް މޮޅެއް
މުބާރާތުގައި ރާއްޖެ ދެން ބައްދަލުކުރާނީ ސިންގަޕޫރާއެވެ. މި މެޗު އޮންނާނީ މާދަމާ، ރާއްޖެ ގަޑިން ހެނދުނު 11:00 ގައި ސެލަންގޯރ ޓާފް ކްލަބްގައެވެ.