ހާރިޖީ ވުޒާރާ ހިންގާ ޢިމާރާތް-
ހަބަރު
26 Aug 2026 | 11:09
ޓެރަރިޒަމަށް ވާގިވެރިވާ ގައުމުތަކުގެ ލިސްޓުން ސީރިއާ އުނިކުރުމުން ދިވެހި ސަރުކާރުން މަރުޙަބާ ކިޔައިފި

ޓެރަރިޒަމަށް ވާގިވެރިވާ ގައުމުތަކުގެ ލިސްޓުން ސީރިއަން އަރަބް ރިޕަބްލިކް އުނިކުރުމަށް އެމެރިކާއިން ނިންމި ނިންމުމަށް ދިވެހި ސަރުކާރުން މަރުޙަބާ ކިޔައިފިއެވެ.

ޓެރަރިޒަމަށް ހިތްވަރުދޭ ޤައުމުތަކުގެ ގޮތުގައި އެމެރިކާއިން ކަނޑައަޅާފައި އޮތް ލިސްޓުގައި 1979 ވަނަ އަހަރުން ފެށިގެން ސީރިއާ ހިމެނިފައި އޮތުމަށް ފަހު އެ ޤައުމު އެ ލިސްޓުން އުނިކުރިކަން އިއްޔެ ވަނީ އިއުލާން ކޮށްފައެވެ. 

މިކަމާ ގުޅިގެން ޚާރިޖީ ވުޒާރާއިން ނެރުނު ބަޔާނެއްގައި ބުނީ، މިއީ ސީރިއާއަށް ލިބުނު ވަރަށް މުހިންމު ކުރިއެރުމެއް ކަމަށާއި، މި ކާމިޔާބީއަށްޓަކައި އެ ގައުމުގެ ސަރުކާރަށާއި ރައްޔިތުންނަށް ދިވެހި ސަރުކާރުން ހޫނު މަރުޙަބާއެއް ކިޔާ ކަމަށެވެ. އަދި ސީރިއާގެ ރައްޔިތުންނަށް އަމަންއަމާންކަމާއި، ހަމަޖެހުމާއި، ފާގަތިކަމަށް އެދި ދިވެހިރާއްޖެއިން ވަނީ ހެޔޮއެދުންތައް ފޮނުވާފައެވެ.

ޚާރިޖީ ވުޒާރާގެ ބަޔާނުގައި އިތުރަށް ބުނި ގޮތުގައި، އެމެރިކާގެ މި ނިންމުމަކީ ހަނގުރާމައަށްފަހު ސީރިއާ އަލުން އާރާސްތުކުރުމަށާއި، އިގްތިސާދު ކޮޅަށް ޖެހުމަށް ކުރަމުންދާ މަސައްކަތްތަކަށް ލިބޭނެ ބޮޑު ބާރެކެވެ. އަދި މީގެ ސަބަބުން ސީރިއާގެ ރައްޔިތުންގެ ދިރިއުޅުމުގެ ހާލަތު ރަނގަޅުވެ، ދިރިއުޅުމުގެ ފުރުސަތުތައް ފަހިވެގެންދާނެ ކަމަށް ރާއްޖެއިން އުންމީދުކުރާ ކަމަށްވެސް ބަޔާނުގައިވެއެވެ.

މީގެއިތުރުން، ސީރިއާގެ މިނިވަންކަމާއި، ސިޔާދަތާއި، ސަރަޙައްދީ ނަޒާހަތްތެރިކަން ދެމެހެއްޓުމަށް ދިވެހިރާއްޖެއިން އަބަދުވެސް ތާއީދުކުރާނެ ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ. އަދި ސީރިއާގެ ރައްޔިތުންގެ ހައްގު އުންމީދުތައް ހާސިލުކޮށްދިނުމަށްޓަކައި، އެ ގައުމުގެ ރައްޔިތުން އިސްވެ، އެމީހުންގެ ބައިވެރިވުމާއެކު ކުރިއަށްގެންދާ ސުލްހަވެރި އަދި އެންމެންގެ ބައިވެރިވުން ހިމެނޭ ސިޔާސީ ހައްލަކަށް ރާއްޖެއިން ފުރިހަމައަށް އެއްބާރުލުން ދޭނެ ކަމަށްވެސް ބުނެފައިވެއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
09 Oct 2026
އެފްއޭއެމް އެވޯޑްސް؛ މޮޅު ފުޓްބޯޅަ ކުޅުންތެރިންނަށް އައިހަމް އަދި ސާލިޔާ
އެންމެ މޮޅު އަންހެން ކުޅުންތެރިޔާގެ އެވޯޑް ޝާލިޔާ ހޯދިއިރު، އޭނާ އާ އެންމެ ވާދަކޮށްފައިވަނީ، މާޒިއާގެ އާއިމިނަތު ލީޒާ އާއި، ނިއުރެޑިއަންޓްގެ މައީޝާ، އަދި ހަމަ އެޓީމްގެ މަރިޔަމް ނޫރާ އާއި މާޒިޔާގެ ޝައްފައެވެ.
08 Oct 2026
ރެއާ ދުވާލު މި އުޅެނީ، އޮންލައިންކޮށް ވިޔަފާރިކުރުމުގައި ހުރި ދަތިތައް ހައްލުކޮށްދޭން: ރައީސް
"ރެއާ ދުވާލު މިއުޅޭނީ އެކަމާ. އެކަން ހައްލުކޮށްދޭނަން އިރާދަކުރެއްވިއްޔާ،" ރައީސް މިރޭ ވިދާޅުވި އެވެ.
08 Oct 2026
އެފްއޭއެމް ޕްރެސިޑެންޓްސް އެވޯޑް ބަކާ، ސާންތީ އަދި އިފްރާއަށް
މި ތިން ޝަހުއްސިއްޔަތުންނަކީވެސް 2008 ވަނަ އަހަރު ދިވެހި ޤައުމީ ފުޓްބޯޅަ ޓީމް ސާފް ޗެމްޕިއަން ތަށި އުފުލާލިއިރު ޓީމްގައި ހިއްސާވި ފަރާތްތަކެވެ.
08 Oct 2026
ގްރޭޓްއޯޝަންސްޑައިލޮގްގައި ފައްޔާޒް: ރާއްޖެއަށް އޮތް ގޮންޖެހުންތަކާއި ދިވެހީންގެ ކަންބޮޑުވުންތައް ހިއްސާކުރެއްވި
ވިދާޅުވީ ޑިމޮކްރެސީ ދެމެހެއްޓުމަށް މަސައްކަތް ކުރާ ފަދައިން ދިވެހީންނަކީ ދިރިހުރުމަށްޓަކައި ވެސް ހަނގުރާމަ ކުރަން ޖެހިފައިވާ ބައެއް ކަމަށެވެ.
08 Oct 2026
ރުގުޔާ ކުުރުމުގެ ނަމުގައި މަހާނަ ކޮންނަ ހިސާބަށް؛ ހުއްދައެއް ނޫން، ހަރާމްވާނެ
ރުޤްޔާ ކުރުމުގެ ނަމުގައި ޤަބުރުސްތާނަށް ވަދެ މަހާނަ ނަގައި ނުވަތަ ކޮނެ ސިހުރު ހޯދުމުގެ ނަމުގައި ހިންގާ ޢަމަލުތަކަކީ ޙަރާމް ވެގެންވާ ޢަމަލުތަކެއް ކަމަށްވެސް ވަޒީރު ވިދާޅުވި އެވެ.
08 Oct 2026
ޒިޕެލް ކުންފުނި ޗައިނާގެ ކޮސްކޯއަށް ވިއްކާލުން ޖަރުމަނުން ހުއްޓުވައިފި
ޖަރުމަނުވިލާތުގެ އިކޮނޮމިކް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މި ކުންފުނި ގަތުމުގެ ސަބަބުން އެހެން ފަރާތްތަކަށް ބަރޯސާވާ މިންވަރު އިތުރުވެ، ޖަރުމަނާއި އީޔޫގެ ސަޕްލައި ޗޭންތަކުގެ ރައްކާތެރިކަމަށް ނުރައްކާވާނެ ކަމަށެވެ.
08 Oct 2026
ސައިކަލެއް ކަހާލައިގެން ވެއްޓި ހައިވޭގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި
މި އެކްސިޑެންޓްގައި 3 މީހަކަށް އަނިޔާ ލިބުމާ ގުޅިގެން ޓްރީޓޮޕް ހޮސްޕިޓަލަށް ގެންގޮސް ދަނީ ފަރުވާ ދެމުން ކަމަށް ވެސް ބުންޏެވެ.
08 Oct 2026
ޗައިނާ އަތުން ރާއްޖޭގެ ކުރިކެޓް ޓީމަށް މޮޅެއް
މުބާރާތުގައި ރާއްޖެ ދެން ބައްދަލުކުރާނީ ސިންގަޕޫރާއެވެ. މި މެޗު އޮންނާނީ މާދަމާ، ރާއްޖެ ގަޑިން ހެނދުނު 11:00 ގައި ސެލަންގޯރ ޓާފް ކްލަބްގައެވެ.