މަންފާ ގުރުއާން ކޭމްޕުގެ ތެރެއިން: ފޮޓޯ/ ވޮއިސް
ހަބަރު
26 Aug 2026 | 15:13
މަންފާ ޤުރުއާން ކޭމްޕް މަހިބަދޫގައި ފަށައިފި

މަންފާއިން އިންތިޒާމުކޮށްގެން ކޮންމެ އަހަރަކު ރާއްޖޭގެ ރަށެއްގައި ސިލްސިލާކޮށް ކުރިއަށް ގެންދިއުމަށް ނިންމާފައިވާ "މަންފާ ޤުރުއާން ކޭމްޕް" ގެ ފުރަތަމަ ކޭމްޕް އދ. މަހިބަދޫގައި ފަށައިފިއެވެ.

މި ކޭމްޕް ކުރިއަށްދާނީ މި އޮގަސްޓް މަހުގެ 26 އިން 28 ގެ ނިޔަލަށެވެ.

މި ކޭމްޕްގެ ހަރަކާތްތައް މިއަދު ފަށާފައިވާއިރު، ހެނދުނު ކުރިއަށްދިޔައީ އުމުރުން ހަ އަހަރުން ދަށުގެ ކުދިންނަށް ޚާއްސަ މުބާރާތެކެވެ. މި މުބާރާތުގައި މައިގަނޑު ގޮތެއްގައި ބަލާފައިވަނީ އެންމެ ރަނގަޅަށް އަކުރު ކިޔާ ކުދިންނާއި، ކަނޑައެޅިފައިވާ ވަގުތުގެ ތެރޭގައި އެންމެ ގިނަ ކަލިމަ ކިޔާ ދަރިވަރުންނަށެވެ.

މީގެއިތުރުން، މިއަދު މެންދުރު ވަނީ ރަށުގެ އެންމެހައި ރައްޔިތުންނަށް އަމާޒުކޮށްގެން ޤުރުއާން ކިޔެވުމާ ގުޅޭގޮތުން މަޢުލޫމާތު ދިނުމުގެ ޚާއްސަ ސެޝަނެއް ބާއްވާފައެވެ. މި ސެޝަން ނަންގަވައިދެއްވީ މަޝްހޫރު ޤާރީ އަލްޤާރީ އަހުމަދު ތައުފީޤު އެވެ.

މި ކޭމްޕާ ގުޅޭގޮތުން މަންފާ އެކަޑަމީގެ ނައިބު ރައީސް އަލްޤާރީ މުޙައްމަދު ތައުފީޤު ވިދާޅުވީ، މިއީ ވަރަށް ތަފާތު ކޭމްޕެއް ކަމަށާއި، މި ކޭމްޕްގެ ތެރެއިން ގިނަގުނަ ހަރަކާތްތަކެއް ކުރިއަށް ގެންދިއުމަށް ރޭވިފައިވާ ކަމަށެވެ. އެގޮތުން މި ކޭމްޕްގެ ތެރެއިން ޖުމްލަ ތިން މުބާރާތެއް ކުރިއަށްދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އޭގެ ތެރޭގައި މުޅި އދ. އަތޮޅަށް ހުޅުވާލައިގެން ފަސް އުމުރުފުރާއަކަށް ބަހާލައިގެން ބާއްވާ ޤުރުއާން މުބާރާތް ހިމެނެއެވެ. މި މުބާރާތަށް ފޮނުވި ކިޔެވުންތަކަށް ފަނޑިޔާރުން އިންސާފުކުރުމަށްފަހު ފައިނަލް ރައުންޑަށް 30 ބައިވެރިން ހޮވާފައިވާއިރު، ފައިނަލް ބުރުގެ ކިޔެވުންތައް އޮންނާނީ ހުކުރު ދުވަހު މަހިބަދޫގައެވެ.

ދެވަނަ މުބާރާތަކީ މަހިބަދޫ ރައްޔިތުންގެ ތެރެއިން އުމުރުން 30 އަހަރުން މަތީގެ މީހުންނަށް ޚާއްސަކޮށްގެން ބާއްވާ މުބާރާތެކެވެ.

މި މުބާރާތްތަކުން ވަނަތަކަށް ހޮވޭ ފަރާތްތަކަށް އަގުހުރި ފައިސާގެ އިނާމުތަކެއް ވަނީ ކަނޑައަޅާފައެވެ. އެގޮތުން:

މުޅި މުބާރާތުން 1 ވަނަ: 25,000 ރުފިޔާ

މުޅި މުބާރާތުން 2 ވަނަ: 15,000 ރުފިޔާ

މުޅި މުބާރާތުން 3 ވަނަ: 10,000 ރުފިޔާ

މަހިބަދޫގައި މިހާރު ކުރިއަށްދާ މި ކޭމްޕްގައި ރާއްޖޭގެ ފުންނާބުއުސް މަޝްހޫރު އެތައް ޤާރީންނެއް ދަނީ ބައިވެރިވަމުންނެވެ.

އޭގެ ތެރޭގައި އަލްޤާރީ މުޙައްމަދު ތައުފީޤް ޢަލީ، އަލްޤާރީ އިބްރާހިމް ޝިފާއު، އަލްޤާރީ އަޙްމަދު ތައުފީޤް، އަލްޤާރީ ޢަބްދުލްވާޙިދު، އަލްޤާރީ އިބްރާހިމް ރަމްޒީ، އަލްޤާރީ އަޙްމަދު ލާޝީން، އަލްޤާރީ މުޙައްމަދު ޝިނާން މުނީރު، އަލްޤާރީ މުޙައްމަދު ވަޙީދު، އަލްޤާރީ އަޙްމަދު ރިޔާޒް، އަލްޤާރީ މުޙައްމަދު ނަޢީމް އަޙްމަދު ފިކުރީ އަދި އަލްޤާރީ އާދަމް ނަސީރު ޢަލީ ހިމެނިވަޑައިގަންނަވައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
12 Oct 2026
ފޯބްސްގެ އެންމެ ކާމިޔާބު ބޭންކުތަކުގެ ލިސްޓުން ބޭންކް އޮފް މޯލްޑިވްސް
ފޯބްސްއިން ހާމަކޮށްފައިވާ ގޮތުގައި، މި ރޭންކިންގއަކީ ބޭންކުތަކުގެ ހަމައެކަނި ބޮޑުމިނަށް ބަލައިގެން އެކުލަވައިލި ލިސްޓެއް ނޫނެވެ. އޭގެ ބަދަލުގައި، މިއީ އެ ބޭންކެއްގެ މާލީ ހާލަތު ހުރިގޮތާއި، ދިމާވާ މާލީ ގޮންޖެހުންތަކުން އަރައިގަތުމުގެ ގާބިލުކަން ހުރި މިންވަރު ވަޒަންކުރުމަށްފަހު އެކުލަވައިލި ލިސްޓެކެވެ. ބީއެމްއެލް މި ލިސްޓުގައި ހިމެނުމަކީ އެ ބޭންކުގެ މާލީ ދުޅަހެޔޮކަން ބައިނަލްއަގުވާމީ މިންގަނޑުތަކުން ބަލައިގަނެފައިވާ ކަމުގެ ހެއްކެކެވެ
12 Oct 2026
އިންޑިއާ މީހަކު ގަވާއިދާ ހިލާފަށް ރާއްޖޭން ބޭރުކުރަން އުޅުނު ނުވަ ލައްކަ ރުފިޔާ އަތުލައިގެންފި
މި ފައިސާ އަތުލައިގެންފައި ވަނީ މި މަހުގެ ހަތްވަނަ ދުވަހު ރާއްޖެއިން ބޭރަށް ފުރަންދިޔަ އިންޑިއާ މީހެއްގެ އަތުންނެވެ.
12 Oct 2026
އިމާރާތްކުރުމުގެ ލައިސަންސް ނެތި ޖަލުތައް އަޅަން ޕޮލްކޯއަށް 45.5 މިލިއަން ރުފިޔާ، ލިބުނީ ގެއްލުން
ޕޮލްކޯއަކީ މީގެ ކުރިންވެސް ފުލުހުންގެ ފްލެޓްތައް އެޅުމުގެ މައްސަލާގައި އުސޫލުން ބޭރުން ބޮޑެތި މުއާމަލާތްތަކެއް ހިންގާފައިވާ މުއައްސަސާއެއްކަން އޮޑިޓް އޮފީހުން ނެރުނު ބްލޫސް ހައުސިން ޕްރޮޖެކްޓާ ގުޅޭ ހާއްސަ އޮޑިޓްގައި ވަނީ ބަޔާންކޮށްފައެވެ. އެގޮތުން އެންމެ ފާހަގަކޮށްލެވެނީ ފުލުހުންގެ ޓަވަރުތައް އެޅުމަށް އެޑްވާންސް ފައިސާގެ ގޮތުގައި ދޭންޖެހޭ 58.9 މިލިއަން ރުފިޔާގެ ބަދަލުގައި އެކި ނަންނަމުގައި 124 މިލިއަނަށްވުރެ ގިނަ ރުފިޔާ އައިލެންޑް އެކްސްޕާޓް ކިޔާ ކުންފުންޏަކަށް ދިން މުއާމަލާތާ ގުޅޭ މައްސަލައެވެ.
12 Oct 2026
ރަސްމާލެ މަޝްރޫޢުގެ ކަންބޮޑުވުންތަކާއެކު ޢިލްމުވެރިންގެ ގުޅުމާއި އަދާލަތު ޕާޓީން އެކުގައި މަސައްކަތް ކުރަން އެއްބަސްވެއްޖެ
މި ކަންކަމަށް ޙައްލެއް ހޯދުމުގެ ގޮތުން، އިތުރު ދީނީ ޢިލްމުވެރިންނާއި ޖަމްޢިއްޔާތައް ބައިވެރިކޮށްގެން ކުރެވެހެން ހުރި މަސައްކަތްތައް، ގުޅިގެން ކުރުމަށް ދެ ފަރާތުން ވަނީ އެއްބަސްވެފަ އެވެ.
12 Oct 2026
އިމާރާތްކުރުމުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކަށް އަމަލުކުރުމަށް އެޗްޑީސީގެ އިލްތިމާސެއް
މުއްދަތު ހަމަވުމަށްފަހު، ހުޅުމާލޭގެ އެއްވެސް ކޮންސްޓްރަކްޝަން ސައިޓެއްގައި މަސައްކަތް ކުރިއަށްގެންދެވޭނީ، ގަވާއިދާ އެއްގޮތަށް ރައްކާތެރިކަމުގެ ހުރިހާ ފިޔަވަޅުތައް އަޅައި، ސޭފްޓީ މިންގަނޑުތައް ފުރިހަމަކުރުމަށްފަހު
12 Oct 2026
ޚައިބަރު ޕްރޮވިންސްގައި ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާންކޮށް، ޢިމްރާން ޚާންގެ ޕާޓީގެ ވެރިކަން ނިމުމަކަށް
މި ނިންމުމާއެކު އެ ޕްރޮވިންސްގައި ޢިމްރާން ޚާންގެ ޕާޓީން ވެރިކަންކުރަމުންދިޔަ ސަރަޙައްދީ ސަރުކާރުގެ ބާރުތައް ކަނޑުވާލައި، އެ ސަރަޙައްދަށް ޕާކިސްތާނުގެ އަސްކަރީ ސިފައިން މިހާރު ވަނީ ފޮނުވާފައެވެ
12 Oct 2026
ދެއްވަދޫ ހޭންޑްބޯޅަ ކޯޓުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފި
ގއ. ދެއްވަދޫގައި ހޭންޑްބޯޅަ ކޯޓެއް ތަރައްޤީކުރުމުގެ 1.81 މިލިއަން ރުފިޔާގެ މަޝްރޫޢު އެމްޓީސީސީއާ ހަވާލުކޮށް، 120 ދުވަހުން ނިންމުމަށް ވަނީ ކަނޑައަޅައިފައެވެ.
12 Oct 2026
ވެލާނާ އެއާޕޯޓް ދެ ކެޓަގަރީއަކުން ވާދަކުރަނީ
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ވޯލްޑް ޓްރެވަލް އެވޯޑްސް 2026 ގެ ލީޑިންގ އެއާޕޯޓް އަދި ކަސްޓަމަރ އެކްސްޕީރިއަންސް ކެޓަގަރީއަށް ނޮމިނޭޓްވެ، ދުނިޔޭގެ ބޮޑެތި އެއާޕޯޓްތަކާ ވާދަކުރާނެއެވެ.