ބުއައްދީ.. ފޮޓޯ: ގެޓީ
ކުޅިވަރު
26 Aug 2026 | 17:23
މެންޗެސްޓަރ ސިޓީން 86 މިލިއަން ޕައުންޑްގެ އަގަކަށް ބޫއައްދީ ގެންގޮސްފި

ފްރާންސްގެ ލީލް އަށް ކުޅެމުން އައި 18 އަހަރުގެ މޮރޮކޯ މިޑްފީލްޑަރު އައްޔޫބް ބޫއައްދީ 86 މިލިއަން ޕައުންޑުގެ ރެކޯޑު އަގަކަށް މެންޗެސްޓާ ސިޓީއަށް ބަދަލުވެއްޖެއެވެ.

މި ޓްރާންސްފާގެ ދަށުން ސިޓީން ދައްކާ ފީގެ ތެރެއިން 81.3 މިލިއަން ޕައުންޑަކީ ކަނޑައެޅިފައިވާ ޢަދަދެއް ކަމަށާއި ބާކީ 4.3 މިލިއަން ޕައުންޑަކީ ބޯނަސް ކަމަށް މީޑިއާގެ ރިޕޯޓްތައް ބުނެއެވެ. ބޫއައްދީ ސޮއިކޮށްފައިވަނީ ފަސް އަހަރުގެ ކޮންޓްރެކްޓެއްގައި ކަމަށާއި، މި އެއްބަސްވުމުގެ ދަށުން 2031 ވަނަ އަހަރުގެ ހޫނު މޫސުމާ ހަމަޔަށް އޭނާ އެ ކްލަބްގައި ހުންނާނެއެވެ.

މެންޗެސްޓަރ ސިޓީއަށް ބަދަލުވުމަށްފަހު ބޫއައްދީ ބުނީ މެންޗެސްޓާ ސިޓީ އަކީ އަހަންނަށް ދުނިޔޭގެ އެންމެ މޮޅު ކްލަބު ކަމަށާއި އެ ކްލަބްގައި ހުރެ ސިޓީ ކުޅުންތެރިއެކޭ ބުނެވުމަކީ ހުވަފެނެއް" ކަމަށެވެ. އޭނާ އިތުރަށް ބުނީ އުމުރުގެ ބޮޑު ބައެއް ހޭދަކުރީ އެންމެ މޮޅު ކުޅުންތެރިޔާ އަށް ވުމަށާއި އަދި ކުޅިވަރުގެ އެންމެ ކުރިއަށް ދިއުމަށް ބުރަ މަސައްކަތް ކުރުމުގައި ކަމަށެވެ. އޭނާ ބުނީ ސިޓީގެ ކުޅުމުގެ ވައްޓަފާޅި ވަރަށްބޮޑަށް އެނގޭކަމަށެވެ. 

ސިޓީއަށް ބުއައްދީ ގެނެސްފައިވާއިރު، އެޓީމްގެ ރޮޑްރީ އާއި ބެނާޑޯ ސިލްވާ އާއި ޓީޔާނީ ރެއިންޑާސް ވަނީ ކްލަބް ދޫކޮށް ދިޔަ ކުޅުންތެރިންގެ ތެރޭގައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
26 Aug 2026
މިސްކިތް ތަރައްޤީކުރުމަށް ސްރީލަންކާ ސަރުކާރުން 10 މިލިއަން ރުޕީސް ދެނީ
މިސްކިތްތައް ތަރައްޤީކުރުމަށް ސަރުކާރުން ފައިސާ ދިނުމަށް ނިންމާފައިވަނީ، ހާއްސަ މުނާސަބާއަކާ ގުޅިވައިގެންނެވެ. މި މަސައްކަތް ކުރިއަށް ގެންދަނީ ލަންކާގެ ކަމާބެހޭ ވުޒާރާ އާއި މުސްލިމް ދީނީ އަދި ސަގާފީ ކަންތައްތަކާ ބެހޭ ޑިޕާޓްމަންޓް ގުޅިގެންނެވެ.
26 Aug 2026
ފޯމްތައް އިސްލާހްކުރަން ދޭ މުއްދަތު 21 ދުވަހަށް އިތުރުކޮށްފި
ފޯމުތަކުގެ ވެރިފިކޭޝަން މަރުހަލާ ކުރިއަށްދާއިރު އެއްވެސް މައުލޫމާތެއްގެ ފުށުއެރުމެއް ނުވަތަ ސައްހަނޫން ކަމެއް ފާހަގަކުރެވިއްޖެނަމަ، އެކަން އިސްލާހުކުރަން ޖެހޭނީ "ހިޔާވަހިކަން ޕޯޓަލް" މެދުވެރިކޮށެވެ.
26 Aug 2026
މެންޗެސްޓަރ ސިޓީން 86 މިލިއަން ޕައުންޑްގެ އަގަކަށް ބޫއައްދީ ގެންގޮސްފި
މި ޓްރާންސްފާގެ ދަށުން ސިޓީން ދައްކާ ފީގެ ތެރެއިން 81.3 މިލިއަން ޕައުންޑަކީ ކަނޑައެޅިފައިވާ ޢަދަދެއް ކަމަށާއި ބާކީ 4.3 މިލިއަން ޕައުންޑަކީ ބޯނަސް ކަމަށް މީޑިއާގެ ރިޕޯޓްތައް ބުނެއެވެ.
26 Aug 2026
އެމްޑީޕީގެ ޑެޕިއުޓީ ޗެއާޕާސަންކަމުން އަހުމަދު އަބްދުﷲ އިސްތިއުފާދެއްވައިފި
މީގެ އިތުރުން ޕާޓީގެ ރައީސް، ނައިބު ރައީސް، ޗެއާޕާސަން އަދި ޑެޕިއުޓީ ޗެއާޕާސަނުންގެ މަގާމުގައި ތިއްބަވާ ބޭފުޅުންނަކީ ޕްރައިމަރީގައި ވާދަކުރައްވާ ހުރިހާ ކެންޑިޑޭޓުންނަށް ވެސް ހަމަހަމަކަމާއެކު އިންސާފުވެރިކޮށް ކަންކަން ކޮށްދޭންޖެހޭ ބަޔަކަށް ވާންޖެހޭނެ ކަމަށް އެ ސިޓީގައި ވަނީ ފާހަގަކުރައްވާފައެވެ
26 Aug 2026
ދެވަނަ ދައުރު ނިންމާލުމަށްފަހު ރައްޔިތުންގެ މަޖިލިސް ޗުއްޓީއަށް
މިއަހަރުގެ ތިންވަނަ ދައުރު ނުވަތަ ފަހު ދައުރުގެ ޖަލްސާތައް ތާވަލުކުރެވިފައި ވަނީ އަންނަ އޮކްޓޫބަރު މަހުގެ 1 ވަނަ ދުވަހުން ފެށިގެން ނޮވެމްބަރު މަހުގެ ނިޔަލަށެވެ
26 Aug 2026
ޕީއެންސީގެ މެމްބަރުންގެ އަދަދު 71،000 އަށް އަރައިފި
މި އަދަދަށް މެމްބަރުން އިތުރުވި މައިގަނޑު ސަބަބަކީ ސަރުކާރާމެދު ރައްޔިތުންގެ އޮތް އިތުބާރުކަމަށް މުންދު ވިދާޅުވިއެވެ.
26 Aug 2026
ބޭރު ފައިސާ ކަޅު ބާޒާރުގައި ވިއްކުން ކުށަކަށް ހަދާ ބިލު މަޖިލީހުން ފާސްކޮށްފި
އެމްއެމްއޭގެ ރޭޓަށްވުރެ މަތިން ބޭރު ފައިސާ ވިއްކުމާއި އިސްތިހާރުކުރުން ޖިނާއީ ކުށަކަށް ހަދާ ބިލު 47 މެންބަރުންގެ ވޯޓާއެކު މަޖިލީހުން ފާސްކޮށްފިއެވެ.
26 Aug 2026
ކައުންސިލްތަކުގެ އިހްތިސާސްގައި ހުންނަ ބިންތައް ސަރުކާރަށް ނެގޭ އިސްލާހް ފާސްކޮށްފި
މަޖިލީހުގައި ނެގުނު ވޯޓުގައި 47 މެމްބަރަކު ވަނީ ބިލް ފާސްކުރަން ވޯޓުދީފައެވެ. މި ބިލަށް ވޯޓު ނުދެނީ އެމްޑީޕީއަށް ނިސްބަތްވާ 11 މެމްބަރުންނެވެ.