ލަނޑުޖެހުމަށްފަހު ސާވިއޯ
ކުޅިވަރު
27 Aug 2026 | 08:18
ސާވިއޯގެ ފުރަތަަމަ ގޯލާއެކު ޗާލްޓަން އަތުން ސްޕާސްއަށް މޮޅެއް

ކަރަބާއޯކަޕް ދެވަނަ ބުރުގައި ސްޕާސް އާއި ޗާލްޓަން ބައްދަލުކުރިމެޗް ސްޕާސް ކާމިޔާބުކޮށްފިއެވެ.

މިމެޗް ޗާލްޓަންގެ މައްޗަށް އެޓީމުން ކުރި ހޯދީ 5-1 ގެ ނަތީޖާއަކުންނެވެ. މިމެޗްގައި މެންޗެސްޓާ ސިޓީން 75 މިލިއަން ޕައުންޑަށް ގެނައި ބްރެޒިލްގެ ވިންގާ ސާވިއޯ ވަނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނިކުމެ ލަނޑު ޖަހާފައެވެ. 

މެޗްގައި ސްޕާސްއަށް ގޯލް ހުޅުވާލަދިނީ 41 ވަނަ މިނެޓް ތެރޭގައި މައިކީ މޫ ބޮކްސް އެވެ. ފުރަތަަމަ ހާފް ނިމުމުގެ ކުރިން ސޮލަންކޭ ވަނީ އިތުރު ލަނޑެއް ޖަހައި ލީޑް ފުޅާކޮށްދީފައެވެ. މެޗްގެ ފުރަތަމަ ހާފް ނިމުނީ 2-0 ކުން ސްޕާސް ކުރީގައި އޮވެގެންނެވެ. 

މެޗްގައި ފެނިގެންދިޔަ ސްޕާސްގެ ތިންވަނަ ލަނޑު ޖަހައިދިނީ 82 ވަނަ މިނެޓް ތެރޭގައި ޑެންސޯއެވެ. ހަތަރުވަނަ ލަނޑު ސާވިއޯ ކާމިޔާބުކޮށްދިން އިރު ފަހު ލަނޑު ޖަހައިދިނީ ޑޭވީސްއެވެ. މިމެޗްގައި ޗާލްޓަންއަށް ސުންކަނޑުވާލަދިނީ ޖޯންސްއެވެ.

ކަރަބާއޯ ކަޕްގެ މި މެޗަށްފަހު މިފަހަރުގެ ސީޒަނަށް 300 މިލިއަން ޕައުންޑަށް ވުރެ ބޮޑު ހޭދައެއް ކޮށްފައިވާ ޓޮޓެންހަމް ދެން ކުޅޭނީ އަންނަ ހޮނިހިރު ދުވަހު ނިއުކާސަލް ޔުނައިޓެޑާ ދެކޮޅަށެވެ. އެ މެޗުގެ ކުރިން މެންޗެސްޓާ ސިޓީގެ ފޯވާޑް ޢުމަރު މަރުމޫޝް ލޯނު އެއްބަސްވުމެއްގެ ދަށުން ގެނައުމުގެ މަސައްކަތް ނިންމައިލެވޭނެ ކަމަށް އުއްމީދުކުރާކަމަށް ސްޕާސްއިން ވަނީ ބުނެފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
27 Aug 2026
ބްރެޒިލުން ޗެޓް ޕްލެޓްފޯމް ޑިސްކޯޑާ ދެކޮޅަށް ދައުވާ އުފުލައިފި
ކުޑަކުދިން ރައްކާތެރިކުރުމުގައި އިހުމާލުވި ކަމަށް ބުނެ ބްރެޒިލް ސަރުކާރުން ޑިސްކޯޑާ ދެކޮޅަށް 97 މިލިއަން ޑޮލަރުގެ ބަދަލު ހޯދުމަށް ދައުވާ ހުށަހަޅައިފިއެވެ.
27 Aug 2026
ސަލާމަތްވާން ދުވެދުވެ ތިއްބާ އައި ކިސަޑުފެންގަނޑާއެކު މީހުންތައް ޣަރަގު
އާންމުވެފައިވާ ވީޑިއޯ ފުޓޭޖުން ފެންނަނީ، ކުއްލިއަކަށް އައި ބާރުގަދަ ކިސަޑު ފެންގަނޑުން ސަލާމަތްވުމަށް މީހުން ހަޅޭއްލަވަމުން ދުވާ މަންޒަރާއި، ކާރުތަކަށް އަރައިގެން އެ ސަރަހައްދު ދޫކޮށް ދާން މަސައްކަތް ކުރަމުންދިޔަ މަންޒަރެވެ.
27 Aug 2026
މެޓާއާ ދެކޮޅަށް ކުރި ދައުވާތައް ނިންމުމަށް 18 ބިލިއަން ޑޮލަރު ދައްކަނީ
އެމެރިކާގެ ސްޓޭޓްތަކުން މެޓާއާ ދެކޮޅަށް ކުޑަކުދިންނަށް ގެއްލުންވާ ކަމަށް ބުނެ ކުރި ދައުވާ 18 ބިލިއަން ޑޮލަރު ދައްކައިގެން ޙައްލުކޮށް، ޕްލެޓްފޯމްތަކަށް ރައްކާތެރިކަމުގެ ބަދަލުތައް ގެންނަން އެއްބަސްވެއްޖެއެވެ.
27 Aug 2026
ސާވިއޯގެ ފުރަތަަމަ ގޯލާއެކު ޗާލްޓަން އަތުން ސްޕާސްއަށް މޮޅެއް
ކަރަބާއޯ ކަޕްގެ މި މެޗަށްފަހު މިފަހަރުގެ ސީޒަނަށް 300 މިލިއަން ޕައުންޑަށް ވުރެ ބޮޑު ހޭދައެއް ކޮށްފައިވާ ޓޮޓެންހަމް ދެން ކުޅޭނީ އަންނަ ހޮނިހިރު ދުވަހު ނިއުކާސަލް ޔުނައިޓެޑާ ދެކޮޅަށެވެ
26 Aug 2026
ދައުލަތުން ގެއްލުނު މުދަލާއި ފައިސާ ހޯދަން މީގެ ކުރިން މަސައްކަތްކުރި ނިޔަތް ރަނގަޅެއްނޫން: ރައީސް
ރައީސް މުޢިއްޒު ވިދާޅުވީ، މި ސަރުކާރުން މަސައްކަތް ކުރަމުންދަނީ ނިޒާމީ ގޮތެއްގައި މިކަން ހަރުދަނާކުރުމަށް ކަމަށެވެ
26 Aug 2026
އިގްތިސާދު ފުޅާކުރަން މިހާތަނަށް އެންމެ ކާމިޔާބު މަސައްކަތްތަކެއް ކުރީ މި ސަރުކާރުން
ރައީސް ތަކުރާރު ކުރައްވާ ވިދާޅުވީ މި ސަރުކާރަކީ އިގްތިސާދު ކުރިއެރުވުމަށް ވަރަށް އިސްކަންދޭ އެކަމުގައި “ޕްރޯ” ސަރުކާރެއް ކަމަށެވެ
26 Aug 2026
ބޭރުފައިސާގެ މައްސަލާގައި އަޅަމުންދާ ފިޔަވަޅުތަކުގެ ނަތީޖާ ރަނގަޅުވާނެ: ރައީސް
ރައީސް ވިދާޅުވީ ސަރުކާރުގެ އިޤްތިޞާދީ އިޞްލާޙީ މަސައްކަތްތަކާ ގުޅޭގޮތުން ސިޔާސީ ގޮތުން އެކި ފަރާތްތަކުން އެކި ވާހަކަތައް ދެއްކި ނަމަވެސް، މި ފިޔަވަޅުތަކަކީ ޤައުމުގެ ޙާލަތު ރަނގަޅުކުރުމަށް ކޮންމެހެން އަޅަންޖެހޭ ފިޔަވަޅުތަކެއްކަން ޢާންމު ރައްޔިތުން ޤަބޫލުކުރާ ކަމަށެވެ
26 Aug 2026
ލަންކާގެ ހައިކޮމިޝަނަރު އެމް. ރިޒްވީ، ފުވައްމުލަކު އަޙްމަދު ޢަލީ ދީދީ ކްރިކެޓް ދަނޑަށް
ދަނޑަށް ކުރެއްވި ޒިޔާރަތުގައި ވާހަކަފުޅު ދައްކަވަމުން ހައިކޮމިޝަނަރު އެމް. ރިޒްވީ ވަނީ ފުވައްމުލަކުގައި ކްރިކެޓް ކުޅިވަރަށް އޮތް ބޮޑު ޝައުޤުވެރިކަން ފާހަގަކުރައްވާފައެވެ.