ޕާކިސްތާން ފްލަޑް-
ދުނިޔެ
27 Aug 2026 | 08:58
ނޭޕާލް ފްލަޑުން ބިރުވެރި މަންޒަރެއް؛ ސަލާމަތްވާން ދުވެދުވެ ތިއްބާ އައި ކިސަޑުފެންގަނޑާއެކު މީހުންތައް ޣަރަގު

ނޭޕާލާއި ޓިބެޓް ގުޅޭ ބޯޑަރު ސަރަހައްދަށް އައި ކުއްލި ފެންބޮޑުވުމަކާއި ބޮޑު މަޑްސްލައިޑެއްގެ ސަބަބުން ނޭޕާލްގެ ނުވަކޮޓްގައި ހުރި ބްރިޖެއް އެއްކޮށް ފުނޑުފުނޑުވެ، މީހުންތަކެއް ޣަރަގުވެގެން ދިޔަ ބިރުވެރި މަންޒަރު ފެންނަ ވީޑިއޯއެއް އާންމުވެއްޖެއެވެ. މި ހާދިސާގައި މިހާތަނަށް 160 އަށް ވުރެ ގިނަ މީހުން މަރުވެ، އެތައް ސަތޭކަ ބަޔަކު ވަނީ ގެއްލިފައެވެ.

އާންމުވެފައިވާ ވީޑިއޯ ފުޓޭޖުން ފެންނަނީ، ކުއްލިއަކަށް އައި ބާރުގަދަ ކިސަޑު ފެންގަނޑުން ސަލާމަތްވުމަށް މީހުން ހަޅޭއްލަވަމުން ދުވާ މަންޒަރާއި، ކާރުތަކަށް އަރައިގެން އެ ސަރަހައްދު ދޫކޮށް ދާން މަސައްކަތް ކުރަމުންދިޔަ މަންޒަރެވެ.

ނަމަވެސް، ހިނދުކޮޅެއްގެ ތެރޭގައި ބިޔަ ފެންގަނޑު އަރައިގަނެ، ބްރިޖުމަތިން ދުއްވަމުން ދިޔަ ބަސްތަކާއި އެހެނިހެން އުޅަނދުތައް ވެއްޓި، މީހުންތަކާއެކު ފެނުގެ އަޑިއަށް ދިޔަ މަންޒަރު ފެނިގެންދެއެވެ. އޭގެ ފަހުން މުޅި ސަރަހައްދު ކިސަޑު ފެންގަނޑުގެ ތެރެއަށް ޣަރަގުވެ، އެއްވެސް މަންޒަރެއް ސާފުނުވާ މިންވަރަށް ފެންގަނޑު ބޯވެގެންދިޔައެވެ.

ނޭޕާލްގެ ފުލުހުން ބުދަ ދުވަހުގެ ރޭ ހާމަކުރި ގޮތުގައި މިހާތަނަށް 157 މީހެއްގެ ހަށިގަނޑު ވަނީ ފެނިފައެވެ. އަދި ޓިބެޓް ފަޅިން 3 މީހަކު މަރުވެފައިވާއިރު، 265 މީހުން ވަނީ ގެއްލިފައެވެ. ގެއްލުނު މީހުންގެ ތެރޭގައި އެކި ޤައުމުތަކަށް ނިސްބަތްވާ 341 ބޭރުގެ ފަތުރުވެރިންނާއި، ނޭޕާލްގެ 28 ފުލުހުންނާއި، ހައިޑްރޯޕަވާ ޕްރޮޖެކްޓެއްގައި މަސައްކަތްކުރަމުންދިޔަ ދެކުނު ކޮރެއާގެ 8 މީހަކު ވެސް ހިމެނެއެވެ.

މި ކާރިސާއާ ގުޅިގެން ނޭޕާލްގެ ބޮޑުވަޒީރު ބަލެންދްރަ ޝާހު ވަނީ މި ދަނޑިވަޅުގައި މުޅި ޤައުމު އެކަތިގަނޑަކަށް ވެ، ކެތްތެރިކަން އިސްކުރުމަށް ގޮވާލައްވާފައެވެ. އަދި ހާލުގައި ޖެހިފައިވާ މީހުން ސަލާމަތްކުރުމާއި، ކާބޯތަކެއްޗާއި ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ ފުރިހަމަ ޒިންމާ ސަރުކާރުން ނަގާނެ ކަމަށް ވިދާޅުވިއެވެ. މީގެ އިތުރުން ސަލާމަތީ މަސައްކަތްތަކުގައި އެހީތެރިވުމަށް އިންޑިއާ އަދި ޗައިނާގެ ކިބައިން ވެސް ވަނީ އެދިފައެވެ.

މި ހާދިސާގައި އެތައް އަވަށެއް އެއްކޮށް ސުންނާފަތިވެ، ސްކޫލްތަކާއި މަގުތަކާއި ހައިޑްރޯޕަވާ ޕްލާންޓްތަކަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވެއެވެ. ތިމާވެށީގެ މާހިރުން ލަފާކުރާ ގޮތުގައި މި ކުއްލި ފެންބޮޑުވުން މެދުވެރިވީ ގްލޭޝިއާއެއް ކަނޑައިގެން ގޮސް، ކޯރު ބަންދުވުމަށްފަހު އެއްފަހަރާ ފެންގަނޑު ދޫވުމުގެ ސަބަބުންނެވެ. ޗައިނާގެ ރައީސް ޝީ ޖިންޕިންގް ވެސް ވަނީ ގެއްލިފައިވާ މީހުން ހޯދުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރުމަށް އަންގަވާފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
09 Oct 2026
އެފްއޭއެމް އެވޯޑްސް؛ މޮޅު ފުޓްބޯޅަ ކުޅުންތެރިންނަށް އައިހަމް އަދި ސާލިޔާ
އެންމެ މޮޅު އަންހެން ކުޅުންތެރިޔާގެ އެވޯޑް ޝާލިޔާ ހޯދިއިރު، އޭނާ އާ އެންމެ ވާދަކޮށްފައިވަނީ، މާޒިއާގެ އާއިމިނަތު ލީޒާ އާއި، ނިއުރެޑިއަންޓްގެ މައީޝާ، އަދި ހަމަ އެޓީމްގެ މަރިޔަމް ނޫރާ އާއި މާޒިޔާގެ ޝައްފައެވެ.
08 Oct 2026
ރެއާ ދުވާލު މި އުޅެނީ، އޮންލައިންކޮށް ވިޔަފާރިކުރުމުގައި ހުރި ދަތިތައް ހައްލުކޮށްދޭން: ރައީސް
"ރެއާ ދުވާލު މިއުޅޭނީ އެކަމާ. އެކަން ހައްލުކޮށްދޭނަން އިރާދަކުރެއްވިއްޔާ،" ރައީސް މިރޭ ވިދާޅުވި އެވެ.
08 Oct 2026
އެފްއޭއެމް ޕްރެސިޑެންޓްސް އެވޯޑް ބަކާ، ސާންތީ އަދި އިފްރާއަށް
މި ތިން ޝަހުއްސިއްޔަތުންނަކީވެސް 2008 ވަނަ އަހަރު ދިވެހި ޤައުމީ ފުޓްބޯޅަ ޓީމް ސާފް ޗެމްޕިއަން ތަށި އުފުލާލިއިރު ޓީމްގައި ހިއްސާވި ފަރާތްތަކެވެ.
08 Oct 2026
ގްރޭޓްއޯޝަންސްޑައިލޮގްގައި ފައްޔާޒް: ރާއްޖެއަށް އޮތް ގޮންޖެހުންތަކާއި ދިވެހީންގެ ކަންބޮޑުވުންތައް ހިއްސާކުރެއްވި
ވިދާޅުވީ ޑިމޮކްރެސީ ދެމެހެއްޓުމަށް މަސައްކަތް ކުރާ ފަދައިން ދިވެހީންނަކީ ދިރިހުރުމަށްޓަކައި ވެސް ހަނގުރާމަ ކުރަން ޖެހިފައިވާ ބައެއް ކަމަށެވެ.
08 Oct 2026
ރުގުޔާ ކުުރުމުގެ ނަމުގައި މަހާނަ ކޮންނަ ހިސާބަށް؛ ހުއްދައެއް ނޫން، ހަރާމްވާނެ
ރުޤްޔާ ކުރުމުގެ ނަމުގައި ޤަބުރުސްތާނަށް ވަދެ މަހާނަ ނަގައި ނުވަތަ ކޮނެ ސިހުރު ހޯދުމުގެ ނަމުގައި ހިންގާ ޢަމަލުތަކަކީ ޙަރާމް ވެގެންވާ ޢަމަލުތަކެއް ކަމަށްވެސް ވަޒީރު ވިދާޅުވި އެވެ.
08 Oct 2026
ޒިޕެލް ކުންފުނި ޗައިނާގެ ކޮސްކޯއަށް ވިއްކާލުން ޖަރުމަނުން ހުއްޓުވައިފި
ޖަރުމަނުވިލާތުގެ އިކޮނޮމިކް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މި ކުންފުނި ގަތުމުގެ ސަބަބުން އެހެން ފަރާތްތަކަށް ބަރޯސާވާ މިންވަރު އިތުރުވެ، ޖަރުމަނާއި އީޔޫގެ ސަޕްލައި ޗޭންތަކުގެ ރައްކާތެރިކަމަށް ނުރައްކާވާނެ ކަމަށެވެ.
08 Oct 2026
ސައިކަލެއް ކަހާލައިގެން ވެއްޓި ހައިވޭގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި
މި އެކްސިޑެންޓްގައި 3 މީހަކަށް އަނިޔާ ލިބުމާ ގުޅިގެން ޓްރީޓޮޕް ހޮސްޕިޓަލަށް ގެންގޮސް ދަނީ ފަރުވާ ދެމުން ކަމަށް ވެސް ބުންޏެވެ.
08 Oct 2026
ޗައިނާ އަތުން ރާއްޖޭގެ ކުރިކެޓް ޓީމަށް މޮޅެއް
މުބާރާތުގައި ރާއްޖެ ދެން ބައްދަލުކުރާނީ ސިންގަޕޫރާއެވެ. މި މެޗު އޮންނާނީ މާދަމާ، ރާއްޖެ ގަޑިން ހެނދުނު 11:00 ގައި ސެލަންގޯރ ޓާފް ކްލަބްގައެވެ.