ޑިސްކޯޑް
ދުނިޔެ
27 Aug 2026 | 10:21
ކުޑަކުދިން ހިމާޔަތްނުކުރި ކަމަށް ބުނެ ބްރެޒިލުން ޗެޓް ޕްލެޓްފޯމް ޑިސްކޯޑާ ދެކޮޅަށް ދައުވާ އުފުލައިފި

ކުޑަކުދިންނާއި ފުރާވަރު ޢުމުރުގެ ކުދިން ރައްކާތެރިކުރުމުގައި އިހުމާލުވެފައިވާ ކަމަށް ބުނެ ބްރެޒިލް ސަރުކާރުން ޗެޓް ޕްލެޓްފޯމް ޑިސްކޯޑު އަތުން 97 މިލިއަން ޑޮލަރުގެ ބަދަލު ހޯދުމަށް ދައުވާ ހުށަހަޅައިފިއެވެ.

ބުދަ ދުވަހު ހުށަހެޅި މި ދައުވާގައި ބްރެޒިލް ސަރުކާރުން ބުނީ ޑިސްކޯޑާ އެކު ކުރި މަޝްވަރާތައް ނާކާމިޔާބުވެފައިވާ ކަމަށެވެ.

ނަމަވެސް ޑިސްކޯޑުން ބުނީ މި ދައުވާއަކީ މާ ހަރުކަށި ފިޔަވަޅެއް ކަމަށާއި ބްރެޒިލްގެ ޤާނޫނުތަކާ އެ ކުންފުނިން ޢަމަލުކުރާ ގޮތް ދައުވާގައި ސީދާކޮށް ސިފަކޮށްފައި ނުވާ ކަމަށެވެ.

ޖުލައި މަހު ބްރެޒިލްގެ ހުޅަނގުގައި އޮންނަ މާޓޮ ގްރޮސޯ ޑޮ ސޫލް ސްޓޭޓުގައި ހިނގި ޙާދިސާއަކާ ގުޅިގެން ޑިސްކޯޑަށް ބޮޑެތި ފާޑުކިޔުންތައް އަމާޒުވިއެވެ. ބްރެޒިލްގެ ޖަސްޓިސް ވުޒާރާއިން ހާމަކުރި ގޮތުގައި ފުރާވަރުގެ ކުދިންތަކެއް އެ ކުދިންގެ އެކުވެރިއެއް މެރުމަށް ބާރު އެޅީއެވެ. އެކަން ނުވުމުން އެ ކުއްޖާ އަމިއްލައަށް ފުރާނަ ދުއްވައިލުމަށް ހިތްވަރު ދިނީއެވެ. މި މައްސަލައާ ގުޅިގެން ހަތަރު ފުރާވަރުގެ ކުއްޖަކާއި 18 އަހަރު ފުރިފައިވާ މީހެއް ހައްޔަރުކޮށްފައިވެއެވެ.

މި ޙާދިސާއާ ގުޅިގެން ބްރެޒިލްގެ ޑޭޓާ ޕްރޮޓެކްޝަން އެޖެންސީ (އޭއެންޕީޑީ) އިން އޮގަސްޓް 12 ގައި ޑިސްކޯޑުގެ ލައިވްސްޓްރީމް ޚިދުމަތް މެދުކަނޑައިލުމަށް އެންގިއެވެ. ބްރެޒިލްގެ ފަސްޓް ލޭޑީ ރޮސެންޖެލާ ލޫލާ ޑާ ސިލްވާ ވެސް އެ ސައިޓު އެއްކޮށް ބަންދުކުރުމަށް ގޮވައިލެއްވިއެވެ.

ދުވާލަކު ގާތްގަނޑަކަށް 90 މިލިއަން މީހުން ބޭނުންކުރާ ޑިސްކޯޑުން ބުނީ ސްޓްރީމިން ޚިދުމަތް ހުއްޓައިލައި "ފުރާވަރު ކުދިންނަށް ޑިސްކޯޑު ރައްކާތެރި ތަނަކަށް ހެދުމަށް" ފިޔަވަޅު އަޅާނެ ކަމަށެވެ. އެހެނަސް ބްރެޒިލް ސަރުކާރުން ބުނީ "ޢުމުރު ކަށަވަރުކުރުމާއި ބޭނުންކުރާ ފަރާތްތައް ރައްކާތެރިކުރުމުގެ ނިޒާމުގައި ކުންފުނީގެ އުނިކަންތައް ދެމިއެބަހުރި" ކަމަށެވެ.

ޑިސްކޯޑުގެ ދައުވާގެ އެއް ދުވަސް ކުރިން އޭއެންޕީޑީ އިން ވަނީ ކުޑަކުދިންގެ ޒާތީ މަޢުލޫމާތު ހިމާޔަތްނުކުރި ކަމަށް ބުނެ ޓިކްޓޮކް 30 މިލިއަން ޑޮލަރުން ޖޫރިމަނާކޮށްފައެވެ. މި ފިޔަވަޅުތަކުން ދައްކައިދެނީ ސޯޝަލް މީޑިއާ ކުންފުނިތަކާ މެދު ބްރެޒިލުން ގެންގުޅޭ ހަރުކަށި ސިޔާސަތު ކަމަށް އަލް ޖަޒީރާއިން ރިޕޯޓުކޮށްފައިވެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
އިނގުރައިދޫގެ އެންމެ ދުވަސްވީ ޚިދުމަތްތެރި އެއް މުދައްރިސް
މުހައިމިން ވިދާޅުވި ގޮތުގައި މީގެ 37 އަހަރު ކުރިން އަތޮޅު މަދަރުސާއިން ޚިދުމަތް ފެއްޓެވިއިރު، ތައުލީމީ ދާއިރާ އޮތީ ހާސްބައި ތަފާތުކޮށެވެ. ފުރަތަމަ ކަމަކަށް ސްކޫލަށް ކުދިން ގެނައުމަށްޓަކައި ގެތަކަށް ހިނގައި ބެލެނިވެރިންނާ ވާހަކަދައްކަން ޖެހުނެވެ. ރަށްރަށުގެ ސްކޫލްތަކުގައި ވަސީލަތްތައް އިންތިހާއަށް މަދެވެ
05 Oct 2026
އެގްރޯނެޓްގެ ޗެއާމަނަކަށް މިފްކޯގެ ސީއީއޯ، އެމްޑީއަކަށް ޝިނާން ހަމަޖައްސައިފި
އެ ކުންފުނީގެ އިސް މަގާމުތަކަށް ބޭފުޅުން އައްޔަނުމިކުރީ މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) ގެ ދަށަށް އެ ކުންފުނި މިދިޔަ މަހު ބަދަލުކޮށްފައި ވަނިކޮށެވެ.
05 Oct 2026
ކުއްޖަކަށް އޭނާގެ ބޭބެ ޖިންސީ ގޯނާކުރި މައްސަލައެއް؛ ތަހުގީގު ފަށައިފި
ފުލުހުން މިރޭ ބުނީ ނޯތު ޕޮލިސްގައި ހިމެނޭ ރަށެއްގައި 18 އަހަރުން ދަށުގެ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ދަނީ ތަހުގީގުކުރަމުން ކަމަށެވެ.
05 Oct 2026
އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ
އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ އެވެ.
05 Oct 2026
ރަޝިއާގެ ލެބޯޓްރީއެއްގައި ހިނގި ހާދިސާއަކާ ގުޅިގެން "ޕްލޭގް" ބަލި ފެތުރިދާނެކަމުގެ ބިރު ހީވެއްޖެ
މި ހާދިސާއާ ގުޅިގެން ބައިނަލްއަގުވާމީ ސަމާލުކަން ވެސް ވަނީ މިކަމަށް ހުއްޓިފައެވެ. އެމެރިކާގެ ވައިޓް ހައުސް އާއި ސިއްހީ އިދާރާތަކުން ދަނީ މި ހާލަތު ވަރަށް ގާތުން މޮނިޓަރ ކުރަމުންނެވެ. އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ވަނީ މިކަމުގެ ސައްހަ މައުލޫމާތު ވީހާވެސް އަވަހަކަށް އަދި ދެފުށް ފެންނަ ގޮތެއްގައި ހާމަކުރުމަށް ރަޝިއާ ސަރުކާރަށް ގޮވާލާފައެވެ.
05 Oct 2026
ދިވެހި ދަރިވަރު ނިޔާވި އެކްސިޑެންޓް: ޑްރައިވަރު އިނީ މަސްތުވެގެން، ޑްރަގަށް ޕޮޒިޓިވް
މެލޭޝިޔާގައި ރޭ ހިނގި ނުރައްކާތެރި ކާރު އެކްސިޑެންޓެއްގައި ނިޔާވި ދަރިވަރު އިން ކާރު ދުއްވަން އިން ޑްރައިވަރު އިނީ މަސްތުގެ ހާލަތުގައި ކަމަށް އެ ގައުމުގެ ފުލުހުން ބުނެފި އެވެ.
05 Oct 2026
ތިނަދޫ މޭޔަރުގެ ޝަރީއަތް ފަށައިފި، ވަކީލަކު ހަމަޖައްސަން 10 ދުވަސް
އެއީ ރަސްމީ އިދާރާތަކަށް ދޮގު މައުލޫމާތު ދިނުމުގެ ދައުވާ އާއި ތަހުގީގަށް ހުރަސްއެޅުމުގެ ދައުވާ އެވެ. އެ ދެ ދައުވާގެ ޝަރީއަތް މިއަދު ކްރިމިނަލް ކޯޓްގައި ވަނީ ފަށާފަ އެވެ.
05 Oct 2026
އެމްފައިސާ މެދުވެރިކޮށް ޕޭޕަލް ބޭނުންކުރާ ކަސްޓަމަރުންގެ ޢަދަދު 5000 ފަހަނައަޅައިފި
އުރީދޫއިން ބުނީ ޖޫން 2026 ގައި ފެށި މި ޚިދުމަތުގެ ދަށުން ކަސްޓަމަރުންނަށް އެ މީހުންގެ ޕޭޕަލް އެކައުންޓް އެމްފައިސާއާ ގުޅާލައި ޕޭޕަލް މެދުވެރިކޮށް ލިބޭ ޑޮލަރު ސީދާ އެމްފައިސާ ޔޫއެސްޑީ ޕޮކެޓަށް ޖަމާކުރެވޭ ކަމަށެވެ. ހަމައެހެންމެ ޖަމާކޮށްފައި ހުންނަ ފައިސާ އަނބުރާ ޕޭޕަލް އެކައުންޓަށް ފޮނުވުމުގެ ފުރުޞަތު ވެސް ލިބެއެވެ. މި ޓްރާންސެކްޝަންތަކަށް އުރީދޫން މިވަގުތު އެއްވެސް ފީއެއް ނުނަގައެވެ.