-
ދުނިޔެ
27 Aug 2026 | 11:24
ދަރިން ހޯދުމަށް ހިތްވަރުދިނުމަށް، ކޮންމެ ކުއްޖަކަށް 55،000 ޑޮލަރުގެ އެހީ ދިނުމަށް ސިންގަޕޫރުން ނިންމައިފި

ސިންގަޕޫރުގެ އާބާދީ އިތުރުވާ ނިސްބަތް ރެކޯޑު މިންވަރަކަށް ދަށަށް ގޮސްފައިވާތީ، ދަރިން ހޯދުމަށް ހިތްވަރު ދިނުމުގެ ގޮތުން ކޮންމެ ކުއްޖަކަށް ގާތްގަނޑަކަށް 55،000 އެމެރިކާ ޑޮލަރު (70،000 ސިންގަޕޫރު ޑޮލަރު) ގެ މާލީ އެހީ ދިނުމަށް އެ ގައުމުގެ ސަރުކާރުން ނިންމައިފިއެވެ.

މިކަން ރަސްމީކޮށް އިއުލާނުކުރެއްވީ އެ ގައުމުގެ ބޮޑުވަޒީރު ލޯރެންސް ވޮންގް، ސިންގަޕޫރުގެ ގައުމީ ދުވަހުގެ ޖަލްސާގައެވެ. މި އެހީއަކީ ކުއްޖާ އުފަންވާ ދުވަހުން ފެށިގެން އުމުރުން 17 އަހަރު ވަންދެން އެކި މަރުހަލާތަކަށް ބަހާލައިގެން ދިނުމަށް ހަމަޖެހިފައިވާ އެހީއެކެވެ. މީގެ ތެރޭގައި ފައިސާގެ އިނާޔަތްތަކާއި، ސިއްހީ އަދި ތައުލީމީ ޚަރަދުތަކަށް ދޭ އެހީތައް ހިމެނެއެވެ.

އާ އޮނިގަނޑުގެ ދަށުން ތައާރަފުކުރާ "އެސްޖީ ޗައިލްޑް ސަޕޯޓް ޕެކޭޖް" އަށް އަމަލުކުރަން ފަށާނީ 1 އޭޕްރީލް 2027 ގައެވެ. މި ޕެކޭޖުގެ ދަށުން އަލަށް އުފަންވާ ކޮންމެ ކުއްޖެއްގެ ފުރަތަމަ އަހަރު 10،000 ސިންގަޕޫރު ޑޮލަރުގެ ނަގުދު ފައިސާ ދެ އިންސްޓޯލްމަންޓަކަށް ބަހާލައިގެން ދޭނެއެވެ. މީގެ އިތުރުން ކުއްޖާގެ ޗައިލްޑް ޑިވެލޮޕްމަންޓް އެކައުންޓަށް 5،000 ޑޮލަރު ޖަމާކޮށްދިނުމާއި، ބެލެނިވެރިން ޖަމާކުރާ އަދަދާ އެއްވަރުގެ 5،000 ޑޮލަރުގެ މެޗިންގ ގްރާންޓެއް ދިނުމާއި، ކުއްޖާގެ އުމުރުން 16 އަހަރު ވަންދެން ކޮންމެ އަހަރަކު 2،000 ޑޮލަރު އަދި އުމުރުން 17 އަހަރު ފުރުމުން މަތީ ތައުލީމަށް 10،000 ޑޮލަރު ސަރުކާރުން ހަމަޖައްސައިދޭނެއެވެ.

ސިންގަޕޫރު ސަރުކާރުން މިފަދަ ބޮޑު ނިންމުމެއް ނިންމީ އެ ގައުމުގައި ދަރިން ވިހާ މިންވަރު އިންތިހާއަށް ދަށަށް ދިއުމާ ގުޅިގެންނެވެ. ތަފާސްހިސާބުތައް ދައްކާ ގޮތުން 2024 ވަނަ އަހަރު ފާޓިލިޓީ ރޭޓް 0.97 ގައި ހުރިއިރު، 2025 ވަނަ އަހަރު އެ އަދަދު ވަނީ 0.87 އަށް ވެއްޓިފައެވެ. އަދި 2025 ވަނަ އަހަރު ވިހޭ ކުދިންގެ އަދަދު އޭގެ ކުރީ އަހަރާ އަޅާބަލާއިރު %11.4 ވަނީ ދަށްވެފައެވެ.

އާބާދީ ދަށަށް ދިއުމަކީ ކުރިއަށް އޮތް ތަނުގައި މަސައްކަތްކުރާ އުމުރުގެ މީހުން މަދުވެ، އިގުތިސާދަށާއި ސިއްހީ ޚިދުމަތްތަކަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވާނެ ކަމެކެވެ. އެހެންކަމުން ސިންގަޕޫރު ސަރުކާރުން މި މައްސަލަ ދެކެނީ ގައުމީ ފެންވަރުގެ ބޮޑު ނުރައްކަލެއްގެ ގޮތުގައެވެ.

ބޮޑުވަޒީރު ވޮންގް ފާހަގަކުރެއްވި ގޮތުގައި، ހަމައެކަނި ފައިސާ ދީގެން ދަރިން ހޯދުމަށް މަޖުބޫރު ނުކުރެވޭނެ ކަމަށާއި، މި އެހީގެ މައިގަނޑު މަގުސަދަކީ ދަރިން ހޯދަން ބޭނުންވާ ފަރާތްތަކަށް އޮތް މާލީ އަދި އިޖުތިމާއީ ބުރަ ލުއިކޮށްދިނުމެވެ. މިގޮތުން މާލީ އެހީގެ އިތުރުން ވަޒީފާ އަދާކުރާ ބެލެނިވެރިންނަށް ލިބޭ ޗުއްޓީ އިތުރުކުރުމާއި، ކުދިން ބެލެހެއްޓުމުގެ ނިޒާމު ހަރުދަނާ ކުރުމަށް ވެސް ސަރުކާރުން ވަނީ ނިންމާފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
09 Oct 2026
އެފްއޭއެމް އެވޯޑްސް؛ މޮޅު ފުޓްބޯޅަ ކުޅުންތެރިންނަށް އައިހަމް އަދި ސާލިޔާ
އެންމެ މޮޅު އަންހެން ކުޅުންތެރިޔާގެ އެވޯޑް ޝާލިޔާ ހޯދިއިރު، އޭނާ އާ އެންމެ ވާދަކޮށްފައިވަނީ، މާޒިއާގެ އާއިމިނަތު ލީޒާ އާއި، ނިއުރެޑިއަންޓްގެ މައީޝާ، އަދި ހަމަ އެޓީމްގެ މަރިޔަމް ނޫރާ އާއި މާޒިޔާގެ ޝައްފައެވެ.
08 Oct 2026
ރެއާ ދުވާލު މި އުޅެނީ، އޮންލައިންކޮށް ވިޔަފާރިކުރުމުގައި ހުރި ދަތިތައް ހައްލުކޮށްދޭން: ރައީސް
"ރެއާ ދުވާލު މިއުޅޭނީ އެކަމާ. އެކަން ހައްލުކޮށްދޭނަން އިރާދަކުރެއްވިއްޔާ،" ރައީސް މިރޭ ވިދާޅުވި އެވެ.
08 Oct 2026
އެފްއޭއެމް ޕްރެސިޑެންޓްސް އެވޯޑް ބަކާ، ސާންތީ އަދި އިފްރާއަށް
މި ތިން ޝަހުއްސިއްޔަތުންނަކީވެސް 2008 ވަނަ އަހަރު ދިވެހި ޤައުމީ ފުޓްބޯޅަ ޓީމް ސާފް ޗެމްޕިއަން ތަށި އުފުލާލިއިރު ޓީމްގައި ހިއްސާވި ފަރާތްތަކެވެ.
08 Oct 2026
ގްރޭޓްއޯޝަންސްޑައިލޮގްގައި ފައްޔާޒް: ރާއްޖެއަށް އޮތް ގޮންޖެހުންތަކާއި ދިވެހީންގެ ކަންބޮޑުވުންތައް ހިއްސާކުރެއްވި
ވިދާޅުވީ ޑިމޮކްރެސީ ދެމެހެއްޓުމަށް މަސައްކަތް ކުރާ ފަދައިން ދިވެހީންނަކީ ދިރިހުރުމަށްޓަކައި ވެސް ހަނގުރާމަ ކުރަން ޖެހިފައިވާ ބައެއް ކަމަށެވެ.
08 Oct 2026
ރުގުޔާ ކުުރުމުގެ ނަމުގައި މަހާނަ ކޮންނަ ހިސާބަށް؛ ހުއްދައެއް ނޫން، ހަރާމްވާނެ
ރުޤްޔާ ކުރުމުގެ ނަމުގައި ޤަބުރުސްތާނަށް ވަދެ މަހާނަ ނަގައި ނުވަތަ ކޮނެ ސިހުރު ހޯދުމުގެ ނަމުގައި ހިންގާ ޢަމަލުތަކަކީ ޙަރާމް ވެގެންވާ ޢަމަލުތަކެއް ކަމަށްވެސް ވަޒީރު ވިދާޅުވި އެވެ.
08 Oct 2026
ޒިޕެލް ކުންފުނި ޗައިނާގެ ކޮސްކޯއަށް ވިއްކާލުން ޖަރުމަނުން ހުއްޓުވައިފި
ޖަރުމަނުވިލާތުގެ އިކޮނޮމިކް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މި ކުންފުނި ގަތުމުގެ ސަބަބުން އެހެން ފަރާތްތަކަށް ބަރޯސާވާ މިންވަރު އިތުރުވެ، ޖަރުމަނާއި އީޔޫގެ ސަޕްލައި ޗޭންތަކުގެ ރައްކާތެރިކަމަށް ނުރައްކާވާނެ ކަމަށެވެ.
08 Oct 2026
ސައިކަލެއް ކަހާލައިގެން ވެއްޓި ހައިވޭގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި
މި އެކްސިޑެންޓްގައި 3 މީހަކަށް އަނިޔާ ލިބުމާ ގުޅިގެން ޓްރީޓޮޕް ހޮސްޕިޓަލަށް ގެންގޮސް ދަނީ ފަރުވާ ދެމުން ކަމަށް ވެސް ބުންޏެވެ.
08 Oct 2026
ޗައިނާ އަތުން ރާއްޖޭގެ ކުރިކެޓް ޓީމަށް މޮޅެއް
މުބާރާތުގައި ރާއްޖެ ދެން ބައްދަލުކުރާނީ ސިންގަޕޫރާއެވެ. މި މެޗު އޮންނާނީ މާދަމާ، ރާއްޖެ ގަޑިން ހެނދުނު 11:00 ގައި ސެލަންގޯރ ޓާފް ކްލަބްގައެވެ.