މުލަޑިޗް ކޯޓުގައި... ފޮޓޯ: ގެޓީ އިމޭޖް
ދުނިޔެ
27 Aug 2026 | 21:47
ބޮސްނިއާގެ މުސްލިމުން ޤަތުލުކުރި މޭސްތިރި "ރަޓްކޯ މްލަޑިޗް" ޖަލުގައި ނިކަމެތިހާލުގައި އޮވެ މަރުވެއްޖެ

ބޮސްނިޔާ ހަނގުރާމައިގައި މުސްލިމުންނާ ދެކޮޅަށް ނަސްލު ނައްތައިލުމުގެ ޖަރީމާތައް ހިންގި ކަމުގެ ކުށް ސާބިތުވެ އުމުރު ދުވަހުގެ ޖަލު ހުކުމެއް ތަންފީޒުކުރަމުން ދިޔަ ރަޓްކޯ މްލަޑިޗް މަރުވެއްޖެއެވެ.

މުޅި ދުނިޔޭގެ އެތައް ބައެއްގެ ނަފްރަތު ލިބިފައިވާ އަދި ފަހުން އެކަނިވެރި ހަޔާތެއް ޖަލުގައި ހޭދަކުރި މުލަޑިޗް މަރުވީ އުމުރުން 84 އަހަރުގައި ނެދަލެންޑްސްގެ ދަ ހޭގްގައި ކުށްވެރިން ބަލަހައްޓާ ޖަލުގައެވެ. "ބޮސްނިޔާގެ ގަތުލުވެރިޔާ" ގެ ނަމުން މަޝްހޫރުވި މްލަޑިޗް ހުރީ 1990 ގެ އަހަރުތަކުގައި ކުރި ބޮސްނިޔާ ހަނގުރާމައިގައި ބޮސްނިޔަން ސާބް ލަޝްކަރުގެ އިސް ކޮމާންޑަރެއްގެ މަޤާމުގައެވެ. އޭނާގެ ބެލުމުގެ ދަށުން 1995 ވަނަ އަހަރު ސްރެބްރެނިކާގައި ކުށެއް ނެތް 7000 އަށް ވުރެ ގިނަ މުސްލިމު ފިރިހެނުންނާއި ކުޑަކުދިން ރަޙުމެއް ނެތި ޝަހީދުކޮށްލެވުނެވެ. ހަމައެހެންމެ ސަރަޖޭވޯ ވަށައިލައިގެން އެތައް އަހަރެއް ވާންދެން ދެވުނު ހަމަލާތަކުގައި 10000 އަށް ވުރެ ގިނަ ޢާންމު ރައްޔިތުން މަރައިލެވުނެވެ. މިއީ މުސްލިމުންގެ ނަސްލު ނައްތާލުމަށް ހިންގި ވަރުގަދަ ޖަރީމާއެއްކަމަށް ބައިނަލްއަޤްވާމީ އެކި ފަރާތްތަކުން ބުނެއެވެ.

މި ޖަރީމާތަކަށް ފަހު ގާތްގަނޑަކަށް 16 އަހަރު ފިލައިގެން އުޅުމަށް ފަހު 2011 ވަނަ އަހަރު ސާބިއާއިން މްލަޑިޗް ހައްޔަރުކުރެވުނެވެ. ދަ ހޭގްގެ ބައިނަލްއަޤުވާމީ ކޯޓުގައި ޝަރީޢަތް ހިންގައި ނަސްލު ނައްތައިލުމާއި ހަނގުރާމައިގެ ޖަރީމާތަކާއި އިންސާނިއްޔަތާ ޚިލާފު ޢަމަލުތައް ސާބިތުވެ 2017 ވަނަ އަހަރު ޢުމުރު ދުވަހުގެ ޖަލު ހުކުމް އިއްވުނެވެ.

ސިއްޙީ ހާލު ދެރަވެ ޖަލުން މިނިވަންކޮށްދިނުމަށް އެދި އޭނާގެ ޤާނޫނީ ވަކީލުން ތަކުރާރުކޮށް ކޯޓަށް ހުށަހެޅި ނަމަވެސް ކޯޓުން ވަނީ އެ ހުރިހާ ހުށަހެޅުމެއް ބޭރުކޮށްލާފައެވެ.

ސްރެބްރެނިކާ ގަތުލުޢާންމަކީ ދެވަނަ ބޮޑު ހަނގުރާމައަށް ފަހު ޔޫރަޕުގައި ހިންގުނު އެންމެ ބޮޑު ނަސްލު ނައްތައިލުމުގެ ޖަރީމާގެ ގޮތުގައި ބައިނަލްއަޤުވާމީ ކޯޓުތަކުން ކަނޑައަޅާފައިވާ ހާދިސާއެކެވެ. އަދި މިއީ ދުނިޔެދުށް އެންމެ ބޮޑެތި ޖަރީމާތަކުގެ ތެރޭގައި ހިމެނޭ އެއް ޖަރީމާއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
27 Aug 2026
ބޮސްނިއާގެ މުސްލިމުން ޤަތުލުކުރި މޭސްތިރި "ރަޓްކޯ މްލަޑިޗް" ޖަލުގައި އޮވެ މަރުވެއްޖެ
އޭނާގެ ބެލުމުގެ ދަށުން 1995 ވަނަ އަހަރު ސްރެބްރެނިކާގައި ކުށެއް ނެތް 7000 އަށް ވުރެ ގިނަ މުސްލިމު ފިރިހެނުންނާއި ކުޑަކުދިން ރަޙުމެއް ނެތި ޝަހީދުކޮށްލެވުނެވެ. ހަމައެހެންމެ ސަރަޖޭވޯ ވަށައިލައިގެން އެތައް އަހަރެއް ވާންދެން ދެވުނު ހަމަލާތަކުގައި 10000 އަށް ވުރެ ގިނަ ޢާންމު ރައްޔިތުން މަރައިލެވުނެވެ
27 Aug 2026
ނޭޕާލްގައި ހިނގި ފްލޭޝް ފްލަޑް ކާރިސާގައި ދިވެއްސަކަށް ގެއްލުމެއް ނުވޭ، 10 ގައުމެއްގެ 500 މީހަކު ގެއްލުނު
ފޮރިން މިނިސްޓްރީން މިރޭ ބުނީ އެ މިނިސްޓަރީން ގެންދަނީ އެކަން މޮނިޓަރ ކުރަމުން ކަމަށެވެ. އަދި ކާރިސާ ދިމާވި ސަރަހައްދުގައި އެއްވެސް ދިވެހި ރައްޔިތަކު ހުރިކަމަކަށް މިނިސްޓްރިއަށް އެއްވެސް ރިޕޯޓެއް ލިބިފައެއް ނުވާ ކަމަށެވެ
27 Aug 2026
ރައީސާ ބައްދަލުވުމުގެ ފުރުސަތު؛ އިތުރު 8 ދާއިރާއެއްގެ ރައްޔިތުންނަށް ހުޅުވާލައިފި
ހުޅުވައިލީ ހެންވޭރު އުތުރު ދާއިރާ އާއި މިލަންދޫ ދާއިރާ އާއި ވެލިދޫ ދާއިރާ އާއި ތުޅާދޫ ދާއިރާ އާއި ފެލިދޫ ދާއިރާ އާއި މުލަކު ދާއިރާ އާއި ނިލަންދޫ ދާއިރާގެ އިތުރަށް ގުރައިދޫ ދާއިރާގެ ރައްޔިތުންނަށެވެ
27 Aug 2026
ހަނދުގައި ފެން ހުރިތޯ ބަލަން ފޮނުވާ މިޝަން ޗައިނާއިން ފަސްކޮށްފި
27 Aug 2026
ތިނަދޫގެ އާބާދީ އޮޅުވައިލި މައްސަލަ: ޕީޖީއަށް ބަލައިގަނެ ދިރާސާކުރަނީ
ޕީޖީން ބުނީ ދަޢުވާކުރުމާމެދު ގޮތެއް ނިންމުމަށްޓަކައި މައްސަލަ ދިރާސާކުރަމުންދާ ކަމަށެވެ. މައްސަލާގައި އަޅާ ފިޔަވަޅުތައް ހާމަކުރަމުންދާނެ ކަމަަށް ވެސް ބުންޏެވެ
27 Aug 2026
މިދިޔަ އަހަރު ނިމުނުއިރު ޓޫރިޒަމް ޓްރަސްޓް ފަންޑުގައި 149.2 މިލިއަން ރުފިޔާ
އޮޑިޓް ރިޕޯޓުން ދައްކާގޮތުގައި މޯލްޑިވްސް ޓޫރިޒަމް ޓްރަސްޓް ފަންޑުން ހޭދަކޮށްފައިވަނީ އޮންނަ އުސޫލުގެ މަތިންނެވެ. އެގޮތުން ހަރަދު ކުރުމުގައި މައްސަލައެއް ނެތްކަން އޮޑިޓަރުގެ ރިޕޯޓުން ފާހަގަވެއެވެ
27 Aug 2026
ޕާކިސްތާނުގައި އަނެއްކާވެސް ހަމަލާދީ ބަޔަކު މަރާލައިފި، ހަމަލާތައް އިތުރުވަނީ
މި ހަމަލާ ދިން މީހުން ހޯދުމަށް ސަލާމަތީ ބާރުތަކުން މިހާރު ވަނީ ޚާއްޞަ އޮޕަރޭޝަނެއް ފަށާފައެވެ.
27 Aug 2026
ތިނަދޫ އާބާދީ އޮޅުވާލި ކަމުގެ ތުހުމަތުގައި ދައުވާކުރުމަށް ޕީޖީއަށް ފޮނުވައިފި
ރައްޔިތުންގެ މަޖިލީހުގެ ތިނަދޫ އުތުރު ދާއިރާގެ މެންބަރު ސައުދުالله ހިލްމީ 2024 ވަނަ އަހަރު މި މައްސަލަ މަޖިލީހަށާއި ލޯކަލް ގަވާމެންޓް އޮތޯރިޓީ (އެލްޖީއޭ) އަށް ވަނީ ހުށަހަޅުއްވާފައެވެ. އޭނާ ވިދާޅުވެފައިވާގޮތުން ތިނަދޫގެ އާބާދީގައި 10150 މީހުން ހަމަވާ ކަމަށް ބުނެފައިވަނީ އޮޅުވާލައިގެންނެވެ.