މަންފާ ގުރުއާން މުބާރާތުން އެއްވަނަ ދިޔަ ދަރިވަރު- ފޮޓޯ/ ވޮއިސް
ހަބަރު
28 Aug 2026 | 23:02
މަންފާ ޤުރުއާން މުބާރާތުން އެއްވަނަ ޔޫޢާން އަށް

މަންފާއިން އިންތިޒާމުކޮށްގެން ކޮންމެ އަހަރަކު ރާއްޖޭގެ ރަށެއްގައި ސިލްސިލާކޮށް ކުރިއަށް ގެންދިއުމަށް ނިންމާފައިވާ "މަންފާ ޤުރުއާން ކޭމްޕް" ގެ ފުރަތަމަ ކޭމްޕްގައި ކުރިއަށް ގެންދިޔަ ޤުރުއާން މުބާރާތުގެ ފަޚުރުވެރި އެއްވަނަ، އދ. ދިގުރަށު ޔޫޢާން ހޯދައިފިއެވެ.

މި އޮގަސްޓް މަހުގެ 26 އިން 28 ގެ ނިޔަލަށް ކުރިއަށް ގެންދިޔަ މި ކޭމްޕުގައި އެކި އުމުރުފުރާތަކަށް ބަހާލައިގެން ޤުރުއާން މުބާރާތް ކުރިއަށް ގެންގޮސްފައިވާއިރު، މުބާރާތުގައި އދ އަތޮޅުގެ ރަށްތަކުން ވަނީ ބައިވެރިވެފައެވެ. 

ކޭމްޕް ނިންމުމުގެ ގޮތުން މިރޭ ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި އެކި އުމުރުފުރާތަކުންނާއި މުޅި މުބާރާތުން ވަނަވަނައަށް އައި ކުދިންނަށް ވަނީ ޓްރޮފީއާއި ފައިސާގެ އިނާމް ހަވާލު ކޮށްފައެވެ.

އެގޮތުން މުޅި މުބާރާތުން އެއްވަނަ ދަރިވަރަށް 25،000 ރުފިޔާގެ ފައިސާގެ އިނާމް، ދެވަނަ ދަރިވަރަށް 15،000 ރުފިޔާގެ ފައިސާގެ އިނާމް އަދި ތިންވަނަ ދަރިވަރަށް 10،000 ރުފިޔާގެ ފައިސާގެ އިނާމް ދީފައިވެއެވެ. 

މުޅި މުބާރާތުން ވަނަވަނައަށް އައި ދަރިވަރުން

1) އެއްވަނަ މުޙައްމަދު ޔޫޢާން އިބްރާހީމް، ޕެރިސް/ އދ. ދިގުރަށް

2) ދެވަނަ މުޙައްމަދު ތަސްނީމް ރަޝީދު، ތިޔަރަމާގެ/ އދ. މަހިބަދޫ

3) ތިންވަނަ ރުދައިނާ މުޙައްމަދު ފަޒީލް، ގުލޭނޫރަންމާގެ/ އދ. މަހިބަދޫ

މި ޤުރުއާން ކޭމްޕުގައި ގުރުއާން ކިޔެވުމުގެ މުބާރާތްތަކުގެ އިތުރުން، ގުރުއާން އުނގަންނައިދިނުމާއި، އެކި ތަމްރީންތަކާއި ސެޝަންތައްވެސް ވަނީ ކުރިއަށް ގެންގޮސްފައެވެ. އަދި ކޭމްޕުގެ ބައިވެރިންގެ މެދުގައި ގުރުއަތު ލައިގެން ހޮވުނު ފަރާތަށް އުމްރާ ދަތުރެއް ވެސް ދީފައެވެ.

މީގެ އިތުރުން މިރޭގެ ރަސްމިއްޔާތުގައި ވަނީ މަހިބަދޫގައި ގުރުއާނުގެ އިލްމު އުނގަންނައި ދިނުމަށް ދިގު މިއްދަތަކަށް ޚިދުމަތްކުރައްވާފައިވާ އެދުރުންގެ އަގު ވަޒަންކޮށް ހަދާނީ ފިލާ އަރުވާފައެވެ. 

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މަންފާ ޖަމިއްޔާގެ ރައީސް އަލީ ރަމީޒް ވަނީ، މިއީ ޖަމިއްޔާއިން މުޅި ރާއްޖޭގައި ކުރިއަށްގެންދިއުމަށް ފެށި ސިލްސިލާ ހަރަކާތެއްކަން ފާހަގަކުރައްވައި، އަންނަ އަހަރު އިތުރު އަތޮޅެއްގައި މަންފާ ކޭމްޕް ކުރިއަށްގެންދާނެކަން އިއުލާން ކުރައްވާފައެވެ.

މިފަހަރުގެ ކޭމްޕުގައި ޖުމުލަ 10 ގާރީންގެ އިތުރުން ދީނީ ޢިލްމުވެރިން ވަނީ ބައިވެރިވެވަޑައިގެންފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
12 Oct 2026
ފޯބްސްގެ އެންމެ ކާމިޔާބު ބޭންކުތަކުގެ ލިސްޓުން ބޭންކް އޮފް މޯލްޑިވްސް
ފޯބްސްއިން ހާމަކޮށްފައިވާ ގޮތުގައި، މި ރޭންކިންގއަކީ ބޭންކުތަކުގެ ހަމައެކަނި ބޮޑުމިނަށް ބަލައިގެން އެކުލަވައިލި ލިސްޓެއް ނޫނެވެ. އޭގެ ބަދަލުގައި، މިއީ އެ ބޭންކެއްގެ މާލީ ހާލަތު ހުރިގޮތާއި، ދިމާވާ މާލީ ގޮންޖެހުންތަކުން އަރައިގަތުމުގެ ގާބިލުކަން ހުރި މިންވަރު ވަޒަންކުރުމަށްފަހު އެކުލަވައިލި ލިސްޓެކެވެ. ބީއެމްއެލް މި ލިސްޓުގައި ހިމެނުމަކީ އެ ބޭންކުގެ މާލީ ދުޅަހެޔޮކަން ބައިނަލްއަގުވާމީ މިންގަނޑުތަކުން ބަލައިގަނެފައިވާ ކަމުގެ ހެއްކެކެވެ
12 Oct 2026
އިންޑިއާ މީހަކު ގަވާއިދާ ހިލާފަށް ރާއްޖޭން ބޭރުކުރަން އުޅުނު ނުވަ ލައްކަ ރުފިޔާ އަތުލައިގެންފި
މި ފައިސާ އަތުލައިގެންފައި ވަނީ މި މަހުގެ ހަތްވަނަ ދުވަހު ރާއްޖެއިން ބޭރަށް ފުރަންދިޔަ އިންޑިއާ މީހެއްގެ އަތުންނެވެ.
12 Oct 2026
އިމާރާތްކުރުމުގެ ލައިސަންސް ނެތި ޖަލުތައް އަޅަން ޕޮލްކޯއަށް 45.5 މިލިއަން ރުފިޔާ، ލިބުނީ ގެއްލުން
ޕޮލްކޯއަކީ މީގެ ކުރިންވެސް ފުލުހުންގެ ފްލެޓްތައް އެޅުމުގެ މައްސަލާގައި އުސޫލުން ބޭރުން ބޮޑެތި މުއާމަލާތްތަކެއް ހިންގާފައިވާ މުއައްސަސާއެއްކަން އޮޑިޓް އޮފީހުން ނެރުނު ބްލޫސް ހައުސިން ޕްރޮޖެކްޓާ ގުޅޭ ހާއްސަ އޮޑިޓްގައި ވަނީ ބަޔާންކޮށްފައެވެ. އެގޮތުން އެންމެ ފާހަގަކޮށްލެވެނީ ފުލުހުންގެ ޓަވަރުތައް އެޅުމަށް އެޑްވާންސް ފައިސާގެ ގޮތުގައި ދޭންޖެހޭ 58.9 މިލިއަން ރުފިޔާގެ ބަދަލުގައި އެކި ނަންނަމުގައި 124 މިލިއަނަށްވުރެ ގިނަ ރުފިޔާ އައިލެންޑް އެކްސްޕާޓް ކިޔާ ކުންފުންޏަކަށް ދިން މުއާމަލާތާ ގުޅޭ މައްސަލައެވެ.
12 Oct 2026
ރަސްމާލެ މަޝްރޫޢުގެ ކަންބޮޑުވުންތަކާއެކު ޢިލްމުވެރިންގެ ގުޅުމާއި އަދާލަތު ޕާޓީން އެކުގައި މަސައްކަތް ކުރަން އެއްބަސްވެއްޖެ
މި ކަންކަމަށް ޙައްލެއް ހޯދުމުގެ ގޮތުން، އިތުރު ދީނީ ޢިލްމުވެރިންނާއި ޖަމްޢިއްޔާތައް ބައިވެރިކޮށްގެން ކުރެވެހެން ހުރި މަސައްކަތްތައް، ގުޅިގެން ކުރުމަށް ދެ ފަރާތުން ވަނީ އެއްބަސްވެފަ އެވެ.
12 Oct 2026
އިމާރާތްކުރުމުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކަށް އަމަލުކުރުމަށް އެޗްޑީސީގެ އިލްތިމާސެއް
މުއްދަތު ހަމަވުމަށްފަހު، ހުޅުމާލޭގެ އެއްވެސް ކޮންސްޓްރަކްޝަން ސައިޓެއްގައި މަސައްކަތް ކުރިއަށްގެންދެވޭނީ، ގަވާއިދާ އެއްގޮތަށް ރައްކާތެރިކަމުގެ ހުރިހާ ފިޔަވަޅުތައް އަޅައި، ސޭފްޓީ މިންގަނޑުތައް ފުރިހަމަކުރުމަށްފަހު
12 Oct 2026
ޚައިބަރު ޕްރޮވިންސްގައި ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާންކޮށް، ޢިމްރާން ޚާންގެ ޕާޓީގެ ވެރިކަން ނިމުމަކަށް
މި ނިންމުމާއެކު އެ ޕްރޮވިންސްގައި ޢިމްރާން ޚާންގެ ޕާޓީން ވެރިކަންކުރަމުންދިޔަ ސަރަޙައްދީ ސަރުކާރުގެ ބާރުތައް ކަނޑުވާލައި، އެ ސަރަޙައްދަށް ޕާކިސްތާނުގެ އަސްކަރީ ސިފައިން މިހާރު ވަނީ ފޮނުވާފައެވެ
12 Oct 2026
ދެއްވަދޫ ހޭންޑްބޯޅަ ކޯޓުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފި
ގއ. ދެއްވަދޫގައި ހޭންޑްބޯޅަ ކޯޓެއް ތަރައްޤީކުރުމުގެ 1.81 މިލިއަން ރުފިޔާގެ މަޝްރޫޢު އެމްޓީސީސީއާ ހަވާލުކޮށް، 120 ދުވަހުން ނިންމުމަށް ވަނީ ކަނޑައަޅައިފައެވެ.
12 Oct 2026
ވެލާނާ އެއާޕޯޓް ދެ ކެޓަގަރީއަކުން ވާދަކުރަނީ
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ވޯލްޑް ޓްރެވަލް އެވޯޑްސް 2026 ގެ ލީޑިންގ އެއާޕޯޓް އަދި ކަސްޓަމަރ އެކްސްޕީރިއަންސް ކެޓަގަރީއަށް ނޮމިނޭޓްވެ، ދުނިޔޭގެ ބޮޑެތި އެއާޕޯޓްތަކާ ވާދަކުރާނެއެވެ.