މަހިބަދޫގެ ޚިދުމަތްތެރި އެދުރުންގެ އަގު ވަޒަން ކުރުން- ފޮޓޯ/ ވޮއިސް
ހަބަރު
29 Aug 2026 | 07:00
މަންފާ ޤުރުއާން ކޭމްޕް: މަހިބަދޫގައި ޤުރުއާން އުގަންނައިދިނުމުގައި ދިގު މުއްދަތަކަށް ޚިދުމަތްކުރެއްވި އެދުރުންގެ އަގު ވަޒަންކޮށްފި

ކީރިތި ޤުރުއާން ކިޔަވައިދިނުމާއި އުނގަންނައިދިނުމުގެ ދާއިރާއިން އދ. މަހިބަދޫގައި ދިގު މުއްދަތަކަށް އަގުހުރި ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ އެދުރުންގެ ޚިދުމަތުގެ އަގު ވަޒަންކޮށް، އެ ފަރާތްތަކަށް ހަނދާނީ ފިލާ އަރުވައިފިއެވެ.

މި ފަރާތްތަކުގެ އަގުވަޒަންކޮށްފައިވަނީ "މަންފާ ޖަމްޢިއްޔާ" އިން މަހިބަދޫގައި ކުރިއަށްގެންދިޔަ އެ ޖަމްޢިއްޔާގެ ފުރަތަމަ ޤުރުއާން ކޭމްޕް ނިންމުމުގެ ގޮތުން ރޭ ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައެވެ.

މި ރަސްމިއްޔާތުގައި މަހިބަދޫގެ ތިން އެދުރަކަށް ހަނދާނީ ފިލާ އަރުވާފައިވާއިރު، އެ ފަރާތްތަކަށް ފިލާ ހަވާލުކޮށްދެއްވީ މަންފާ އެކަޑަމީގެ ނައިބު ރައީސް އަލްޤާރީ މުޙައްމަދު ތައުފީޤެވެ.

މި ރަސްމިއްޔާތުގައި ހަނދާނީ ފިލާ އެރުވުނު ޚިދުމަތްތެރި އެދުރުންނަކީ:

- ޙައްވާ އަބްދުالله، ފިނިވާގެ/ އދ. މަހިބަދޫ

- އިބްރާހީމް ޤާސިމް، ނަފާ/ އދ. މަހިބަދޫ

- ޚަދީޖާ މުޙައްމަދު، ބިޖިލީގެ/ އދ. މަހިބަދޫ

މި ތިން ބޭފުޅުންނަކީވެސް އެއްވެސް އުޖޫރައަކާ ނުލައި، ހިލޭސާބަހަށް އެތައް އަހަރެއް ވަންދެން ރަށުގެ ދަރިންނަށް ޤުރުއާނުގެ ޢިލްމު އުނގަންނައިދިނުމުގައި ދެމިތިއްބެވި ޚިދުމަތްތެރިންކަން ފާހަގަކޮށްލެވެއެވެ.

"މަންފާ ޤުރުއާން ކޭމްޕް" އަކީ ކޮންމެ އަހަރަކުވެސް ރާއްޖޭގެ ކޮންމެވެސް އެއް ރަށެއްގައި ސިލްސިލާކޮށް ކުރިއަށް ގެންދިއުމަށް އެ ޖަމްޢިއްޔާއިން ރާވާފައިވާ ޕްރޮގްރާމެކެވެ.

މި ސިލްސިލާގެ ފުރަތަމަ ކޭމްޕް އދ. މަހިބަދޫގައި ކުރިއަށް ގެންގޮސްފައިވަނީ މި ހިނގާ އޮގަސްޓް މަހުގެ 26 އިން 28 ގެ ނިޔަލަށެވެ.

ތިން ދުވަހުގެ މުއްދަތަށް ކުރިއަށްދިޔަ މި ކޭމްޕުގައި ޤުރުއާން މުބާރާތްތަކާއި، ޤުރުއާން އުނގަންނައިދިނުމުގެ ތަފާތު ސެޝަންތަކާއި، ޚާއްޞަ ވޯކްޝޮޕްތަކުގެ އިތުރުން ދީނީ ދަރުސް ދިނުންވެސް ވަނީ ކުރިއަށް ގެންގޮސްފައެވެ.

އަދި މި ކޭމްޕުގެ އެކި ހަރަކާތްތައް ހިންގުމުގައި ރާއްޖޭގެ ފުންނާބުއުސް 10 ޤާރީއަކު ޢަމަލީ ގޮތުން ބައިވެރިވެވަޑައިގެންފައިވެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
12 Oct 2026
ފޯބްސްގެ އެންމެ ކާމިޔާބު ބޭންކުތަކުގެ ލިސްޓުން ބޭންކް އޮފް މޯލްޑިވްސް
ފޯބްސްއިން ހާމަކޮށްފައިވާ ގޮތުގައި، މި ރޭންކިންގއަކީ ބޭންކުތަކުގެ ހަމައެކަނި ބޮޑުމިނަށް ބަލައިގެން އެކުލަވައިލި ލިސްޓެއް ނޫނެވެ. އޭގެ ބަދަލުގައި، މިއީ އެ ބޭންކެއްގެ މާލީ ހާލަތު ހުރިގޮތާއި، ދިމާވާ މާލީ ގޮންޖެހުންތަކުން އަރައިގަތުމުގެ ގާބިލުކަން ހުރި މިންވަރު ވަޒަންކުރުމަށްފަހު އެކުލަވައިލި ލިސްޓެކެވެ. ބީއެމްއެލް މި ލިސްޓުގައި ހިމެނުމަކީ އެ ބޭންކުގެ މާލީ ދުޅަހެޔޮކަން ބައިނަލްއަގުވާމީ މިންގަނޑުތަކުން ބަލައިގަނެފައިވާ ކަމުގެ ހެއްކެކެވެ
12 Oct 2026
އިންޑިއާ މީހަކު ގަވާއިދާ ހިލާފަށް ރާއްޖޭން ބޭރުކުރަން އުޅުނު ނުވަ ލައްކަ ރުފިޔާ އަތުލައިގެންފި
މި ފައިސާ އަތުލައިގެންފައި ވަނީ މި މަހުގެ ހަތްވަނަ ދުވަހު ރާއްޖެއިން ބޭރަށް ފުރަންދިޔަ އިންޑިއާ މީހެއްގެ އަތުންނެވެ.
12 Oct 2026
އިމާރާތްކުރުމުގެ ލައިސަންސް ނެތި ޖަލުތައް އަޅަން ޕޮލްކޯއަށް 45.5 މިލިއަން ރުފިޔާ، ލިބުނީ ގެއްލުން
ޕޮލްކޯއަކީ މީގެ ކުރިންވެސް ފުލުހުންގެ ފްލެޓްތައް އެޅުމުގެ މައްސަލާގައި އުސޫލުން ބޭރުން ބޮޑެތި މުއާމަލާތްތަކެއް ހިންގާފައިވާ މުއައްސަސާއެއްކަން އޮޑިޓް އޮފީހުން ނެރުނު ބްލޫސް ހައުސިން ޕްރޮޖެކްޓާ ގުޅޭ ހާއްސަ އޮޑިޓްގައި ވަނީ ބަޔާންކޮށްފައެވެ. އެގޮތުން އެންމެ ފާހަގަކޮށްލެވެނީ ފުލުހުންގެ ޓަވަރުތައް އެޅުމަށް އެޑްވާންސް ފައިސާގެ ގޮތުގައި ދޭންޖެހޭ 58.9 މިލިއަން ރުފިޔާގެ ބަދަލުގައި އެކި ނަންނަމުގައި 124 މިލިއަނަށްވުރެ ގިނަ ރުފިޔާ އައިލެންޑް އެކްސްޕާޓް ކިޔާ ކުންފުންޏަކަށް ދިން މުއާމަލާތާ ގުޅޭ މައްސަލައެވެ.
12 Oct 2026
ރަސްމާލެ މަޝްރޫޢުގެ ކަންބޮޑުވުންތަކާއެކު ޢިލްމުވެރިންގެ ގުޅުމާއި އަދާލަތު ޕާޓީން އެކުގައި މަސައްކަތް ކުރަން އެއްބަސްވެއްޖެ
މި ކަންކަމަށް ޙައްލެއް ހޯދުމުގެ ގޮތުން، އިތުރު ދީނީ ޢިލްމުވެރިންނާއި ޖަމްޢިއްޔާތައް ބައިވެރިކޮށްގެން ކުރެވެހެން ހުރި މަސައްކަތްތައް، ގުޅިގެން ކުރުމަށް ދެ ފަރާތުން ވަނީ އެއްބަސްވެފަ އެވެ.
12 Oct 2026
އިމާރާތްކުރުމުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކަށް އަމަލުކުރުމަށް އެޗްޑީސީގެ އިލްތިމާސެއް
މުއްދަތު ހަމަވުމަށްފަހު، ހުޅުމާލޭގެ އެއްވެސް ކޮންސްޓްރަކްޝަން ސައިޓެއްގައި މަސައްކަތް ކުރިއަށްގެންދެވޭނީ، ގަވާއިދާ އެއްގޮތަށް ރައްކާތެރިކަމުގެ ހުރިހާ ފިޔަވަޅުތައް އަޅައި، ސޭފްޓީ މިންގަނޑުތައް ފުރިހަމަކުރުމަށްފަހު
12 Oct 2026
ޚައިބަރު ޕްރޮވިންސްގައި ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާންކޮށް، ޢިމްރާން ޚާންގެ ޕާޓީގެ ވެރިކަން ނިމުމަކަށް
މި ނިންމުމާއެކު އެ ޕްރޮވިންސްގައި ޢިމްރާން ޚާންގެ ޕާޓީން ވެރިކަންކުރަމުންދިޔަ ސަރަޙައްދީ ސަރުކާރުގެ ބާރުތައް ކަނޑުވާލައި، އެ ސަރަޙައްދަށް ޕާކިސްތާނުގެ އަސްކަރީ ސިފައިން މިހާރު ވަނީ ފޮނުވާފައެވެ
12 Oct 2026
ދެއްވަދޫ ހޭންޑްބޯޅަ ކޯޓުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފި
ގއ. ދެއްވަދޫގައި ހޭންޑްބޯޅަ ކޯޓެއް ތަރައްޤީކުރުމުގެ 1.81 މިލިއަން ރުފިޔާގެ މަޝްރޫޢު އެމްޓީސީސީއާ ހަވާލުކޮށް، 120 ދުވަހުން ނިންމުމަށް ވަނީ ކަނޑައަޅައިފައެވެ.
12 Oct 2026
ވެލާނާ އެއާޕޯޓް ދެ ކެޓަގަރީއަކުން ވާދަކުރަނީ
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ވޯލްޑް ޓްރެވަލް އެވޯޑްސް 2026 ގެ ލީޑިންގ އެއާޕޯޓް އަދި ކަސްޓަމަރ އެކްސްޕީރިއަންސް ކެޓަގަރީއަށް ނޮމިނޭޓްވެ، ދުނިޔޭގެ ބޮޑެތި އެއާޕޯޓްތަކާ ވާދަކުރާނެއެވެ.