މެންޗެސްޓަރ ސިޓީގެ ރަޔާން ޗެރްކީ.. ފޮޓޯ: މެންސިޓީ
ކުޅިވަރު
29 Aug 2026 | 09:23
ކްރިސްޓަލް ޕެލަސް އަތުން މެންޗެސްޓަރ ސިޓީއަށް ފަސޭހަ މޮޅެއް

އިނގިރޭސި ޕްރިމިއާ ލީގްގައި ރޭ މެންޗެސްޓަރ ސިޓީ އާއި ކްރިސްޓަލް ޕެލަސް ބައްދަލުކުރިމެޗް ފަސޭހަކަމާއެކު ސިޓީ ކާމިޔާބުކޮށްފިއެވެ. 

ކްރިސްޓަލް ޕެލަސްގެ ދަނޑުގައި ކުޅުނު މިމެޗް ސިޓީ ކާމިޔާބުކުރީ، 4-1 ގެ ނަތީޖާއިންނެވެ. ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މިމެޗްގައި ތަރިއަކަށްވީ ރަޔާން ޝެރްކީއެވެ. އޭނާ ވަނީ މިމެޗްގައި މޮޅު ކުޅުމެއް ދައްކައި ސިޓީއަށް ދެ ލަނޑު ޖަހައިދީފައެވެ.

މެޗްގައި ސިޓީއަށް ގޯލް ހުޅުވާލަދިނީ ފުރަތަމަ ހާފްގެ 17 ވަނަ މިނެޓް ތެރޭގައި ސެމެންޔޯ ތަނަވަސްކޮށްދިން ފުރުސަތެއްގައި ހާލާންޑެވެ. މި ލަނޑާއެކު ފުރަތަމަ ހާފް ނިމިގެންދިޔައިރު، ސިޓީން ވަނީ ދެވަނަ ހާފްގައި މޮޅަށް ކުޅެ ގިނަ ހަމަލާތައް އުފައްދާފައެވެ. ނަތީޖާއަކަށް ވެގެންދިޔައީ 54 ވަނަ މިނެޓް ތެރޭގައި ޝެރްކީ ގޯލެއް ޖެހުމެވެ. މި ލަނޑަށްފަހު ދެން ފެނިގެންދިޔަ ކްރިސްޓަލް ޕެލަސްގެ ލަނޑަކީ ފޮނުވާލި ހިލޭ ޖެހުމަކުން ދަނޑީގައި ޖެހިފައި ނިކުތްވަގުތު ކީޕަރު ޖިއާންލުއިޖީ ޑޮނަރުއްމާގެ ގައިގައި ޖެހިފައި ބައިކޮޅަށްވަތް ގޯލެކެވެ.

މެޗްގައި ފެނިގެންދިޔަ ސިޓީގެ ތިންވަނަ ލަނޑު 59 ވަނަ މިނެޓް ތެރޭގައި ޝެރްކީ ކާމިޔާބުކޮށްދިންއިރު ފަހު ލަނޑު ހާލާންޑް ކާމިޔާބުކޮށްދީފައިވަނީ، 84 ވަނަ މިނެޓް ތެރޭގައެވެ.

މެޗުގެ ތެރޭގައި ޕެލެސްއަށް ގިނަ ފުރުސަތުތަކެއް ލިބުނުއިރު، އެންމެ ރަނގަޅު ފުރުސަތެއް ލިބުނީ ޓައިރިކް މިޝެލް އަށެވެ. ނަމަވެސް ގާތުގައި ހުރެ އޭނާ ފޮނުވާލި ބޮލުގެ ހަމަލާ ގޯލާ އަމާޒެއް ނުވިއެވެ. މަރެސްކާގެ ސިޓީން ލީގުގެ ފުރަތަމަ ދެ މެޗުންވެސް މޮޅުވެފައިވާއިރު، މި ނަތީޖާއަކީ ކުރީގެ ކޯޗު ޕެޕް ގާޑިއޯލާގެ ދުވަސްވަރު ސިޓީން ފެންނަ ފަދަ ވަރުގަދަ މޮޅެކެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
29 Aug 2026
މާލެ އަތޮޅު ކައުންސިލުން ދޫކުރި ލޯނުތަކުގެ މައުލޫމާތު ހިމެނޭ ފައިލް ގެއްލުނު މައްސަލައެއް
ވޮއިސްއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އޮޑިޓް އޮފީހުން ވަނީ އެތައް ފަހަރެއްގެ މަތިން އެ ލޯނުތަކުގެ މައުލޫމާތު ހޯދުމަށް މާލެ އަތޮޅު ކައުންސިލަށް އެކިފަހަރުމަތިން އެދިފައެވެ. ނަމަވެސް މިހާރު އެކަމަުގެ މައުލޫމާތުވެސް އެނގޭމީހަކު ކައުންސިލްގައި ހުރިކަމަށް ނުވާކަމަށް މައުލޫމާތު ލިބެއެވެ
29 Aug 2026
މޯލްޑިވިއަނުން ރާއްޖޭގެ 8 ސަރަހައްދަކަށް އެކްސްޕްރެސް ކާގޯ ހިދުމަތް ދިނުމަށް އެޖެންޓުން ހޯދަނީ
މި ސަރަހައްދުތަކުގައި އެކްސްޕްރެސް ކާގޯގެ ހިދުމަތް ދިނުމަށް ޝައުގުވެރިވާ ފަރާތްތަކަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު މިހާރު ވަނީ ރަސްމީކޮށް ހުޅުވާލާފައެވެ.
29 Aug 2026
ކްރިސްޓަލް ޕެލަސް އަތުން މެންޗެސްޓަރ ސިޓީއަށް ފަސޭހަ މޮޅެއް
ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މިމެޗްގައި ތަރިއަކަށްވީ ދެ ލަނޑު ކާމިޔާބުކޮށްދިން ފްރާންސްގެ ރަޔާން ޝެރްކީއެވެ
29 Aug 2026
މަންފާ ޤުރުއާން ކޭމްޕް: މަހިބަދޫގެ ޤުރުއާން އެދުރުންގެ އަގުވަޒަންކޮށްފި
ކީރިތި ޤުރުއާން ކިޔަވައިދިނުމާއި އުނގަންނައިދިނުމުގެ ދާއިރާއިން އދ. މަހިބަދޫގައި ދިގު މުއްދަތަކަށް އަގުހުރި ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ އެދުރުންގެ ޚިދުމަތުގެ އަގު ވަޒަންކޮށް، އެ ފަރާތްތަކަށް ހަނދާނީ ފިލާ އަރުވައިފިއެވެ.
28 Aug 2026
މަންފާ ޤުރުއާން މުބާރާތުން އެއްވަނަ ޔޫޢާން އަށް
މަންފާއިން އިންތިޒާމުކޮށްގެން ކޮންމެ އަހަރަކު ރާއްޖޭގެ ރަށެއްގައި ސިލްސިލާކޮށް ކުރިއަށް ގެންދިއުމަށް ނިންމާފައިވާ "މަންފާ ޤުރުއާން ކޭމްޕް" ގެ ފުރަތަމަ ކޭމްޕްގައި ކުރިއަށް ގެންދިޔަ ޤުރުއާން މުބާރާތުގެ ފަޚުރުވެރި އެއްވަނަ، އދ. ދިގުރަށު ޔޫއާން ހޯދައިފިއެވެ.
28 Aug 2026
ހޯރަފުށީ ދަރިވަރުންނަށް ކަރަންޓުގެ ރައްކާތެރިކަން ދަސްކޮށްދީފި
ހއ. ހޯރަފުށީ ސްކޫލުގެ ގްރޭޑް 9 އިން 11 ގެ ދަރިވަރުންނަށް ގޭތެރޭގައި ކަރަންޓު ރައްކާތެރިކަމާ އެކު ބޭނުންކުރާނެ ގޮތް ދަސްކޮށްދިނުމުގެ ސެޝަންތަކެއް ފެނަކައާ ގުޅިގެން ކުރިއަށް ގެންގޮސްފިއެވެ.
28 Aug 2026
އެމްޑަބްލިޔުއެސްސީގެ އައު އޮޑިޓޯރިއަމް ހުޅުވައިފި؛ އެމްޑީގެ ޝުކުރު މުވައްޒަފުންނަށް
އެމްޑަބްލިޔުއެސްސީން ބުނީ، މި އައު އޮޑިޓޯރިއަމަކީ އެއްފަހަރާ 425 މީހުންނަށް އިށީނދެވޭނެ ޖާގައިގެ ތަނެއް ކަމަށެވެ. އަދި މިތަނުގައި ޚާއްޞަ ބޯޑްރޫމަކާއި، ކޭޓަރިންގ ފެސިލިޓީސްގެ އިތުރުން އެންމެ ޒަމާނީ ވަޞީލަތްތައް ޤާއިމުކޮށްފައިވާނެ ކަމަށް އެ ކުންފުނިން މަޢުލޫމާތުދެއެވެ.
28 Aug 2026
މައިންބަފައިންނަށް އިހްސާންތެރިވުމަކީ ޢުމުރުގައި ބަރަކާތް ލެއްވޭ ކަމެއް
މިއަދުގެ ހުކުރު ޚުތުބާގައި އަލިއަޅުވާލާފައިވަނީ، މައިންބަފައިންނަށް ހެޔޮކޮށް ހިތުމާއި މިސްކިތުގެ ޙުރުމަތް ހިފެހެއްޓުމާއި ވިޔަފާރީގައި ތެދުވެރިވުމާއި ނިކަމެތިންނަށް އެހީތެރިވުން ފަދަ ކަންކަމަށް ބާރު އަޅައި މުޖުތަމަޢު އިޞްލާޙުކުރުމުގެ ޒިންމާ އަދާކުރުމުގެ މައްޗަށެވެ.