ރާއްޖޭގެ ކަންކަން އިސްލާހްކުރުމަށް ފަށާފައިވާ "ބޮޑުބަދަލު" ގްރޫއްޕް އޮތީ ބަދަހިކޮށް ކުރިއެކޭ އެއްގޮތަށްކަމަށް އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލް ވިދާޅުވެއްޖެއެވެ.
ބޮޑުބަދަލުގެ ހަރަކާތަށް ނުތަނަސްކަން އައިސްފައިވާކަން ފާހަގަކޮށް ބައެއް މީޑިއާތަކުން ދައްކަމުންދާ ވާހަކަތަކާ ގުޅިގެން ފައްޔާޒް އެކްސްގައި މިއަދު ވަނީ އެކަން ސާފުކޮށްދެއްވާފައެވެ. ފައްޔާޒް ވިދާޅުވީ, ބޮޑުބަދަލު ވަޓްސްއަޕް ގްރޫއްޕް ކަމަށް ބުނާ އެ ގްރޫއްޕަކީ ރަސްމީ ގްރޫއްޕެއް ނޫންކަމަށާއި، އެ ގްރޫއްޕުން މީގެ ތިން ހަފްތާއެއްހާ ދުވަސްކުރިން ނިކުމެފައިވާކަމަށެވެ.
ބޮޑުބަދަލު ގްރޫޕް އޮތީ ބަދަހިކޮށްކަން ފާހަގަކުރައްވަމުން ފައްޔާޒް ވިދާޅުވީ ހުންނެވީ ރައީސް މުހައްމަދު ނަޝީދާއެކު ބޮޑުބަދަލު މެނިފެސްޓޯގައި ހިމެނޭ ކަންކަން ރާއްޖެއަށް ގެނައުމުގެ އަޒުމުގައިކަމަށެވެ. އެގޮތުން މަސައްކަތް ނިންމާލާނީ ބަދަލުތައް ގެނައުމަށްފަހުކަމަށް ފައްޔާޒް ވިދާޅުވިއެވެ.
ކުރިއަށް އޮތް 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓަކަށް އެ ޕާޓީގެ ކުރީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލް ހަމަޖައްސަވާ ރައީސުލްޖުމްހޫރިއްޔާގެ މަގާމަށް ފައްޔަ ގެނައުމަށް ތާއީދު ކުރައްވާ ކަމަށް ރައީސް ނަޝީދު ވަނީ މީގެ ކުރިން ވިދާޅުވެފައެވެ. އެކަން އިއުލާނުކުރެއްވުމަށް މިއަހަރުގެ އޭޕްރިލްމަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ދެ ބޭފުޅުން ވަނީ ރާއްޖެއަށް އިސްލާހީ ބަދަލުތަކެއް ގެނަންޖެހޭކަން ފާަހގަކުރައްވައި އޭގެ ތެރެއިން މުހިންމު ބައެއް ކަންކަން ހުށަހަޅާފައެވެ.
މީގެ ތެރޭގައި ވެރިކަން ހިންގެވުމަށް ޤާނޫނު އަސާސީއަށް ގެނައުމަށް ހުށަހެޅުނު ބައެއް ކަންކަމުގެ އިތުރުން އިގްތިސާދީ ގޮތުން ގެނައުމަށް ވިސްނަމުންދާ ބައެއް ކަންތައްތައް ފާހަގަކޮށްލެވެއެވެ.
އެމްޑީޕީގެ ޗެއާޕާސަންކަމަށް ރައީސް ނަޝީދު މިދިޔަ ޖޫންމަހު އިންތިހާބުވެފައިވާއިރު، ބޮޑުބަދަލު ގްރޫޕްގައި މައްސަލަތަކެއް އުޅޭކަން ބައެއް މީޑިއާތަކުން ފާހަގަކޮށްފައިވަނީ، ރައީސް ނަޝީދު ރިޔާސީ ރޭހަށް ނިކުންނެވުމަށް ބައެއް މެމްބަރުން ގޮވާލަމުން ދިއުމާ ގުޅިގެން ބޮޑުބަދަލުގެ ވަޓްސްއަޕް ގްރޫއްޕަކުން ފައްޔާޒު ނިކުންނެވުމުންނެވެ.
Advertisement
This content is created and paid for by advertisers and does not involve Voice Journalists