މީޑިއާ ޕާޓްނަރ އެއްބަސްވުމުގައި ސޮއިކުރުމަށްފަހު...
ކުޅިވަރު
29 Aug 2026 | 20:16
މަންތާ އެއާ މުރައިދޫ ވެޓަރަންސް އިންވިޓޭޝަނަލް ވޮލީ މުބާރާތުގެ މީޑިއާ ޕާޓްނަރަކަށް ވޮއިސް ސްޕޯޓްސް

ހއ. މުރައިދޫގައި ބޭއްވުމަށް ހަމަޖެހިފައިވާ "މަންތާ އެއާ މުރައިދޫ ވެޓަރަންސް އިންވިޓޭޝަނަލް ވޮލީބޯޅަ މުބާރާތް 2026" ގެ މީޑިއާ ޕާޓްނަރަކަށް ވޮއިސް ސްޕޯޓްސް ހަމަޖައްސައި، އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.

މުރައިދޫ ނިޔާ އެކަޑަމީގެ ފަރާތުން ކުރިއަށްގެންދާ މި އަހަރުގެ މުބާރާތް ފެށުމަށް ތާވަލްކޮށްފައިވަނީ އަންނަ ސެޕްޓެމްބަރު މަހުގެ 4 އިން 18 ވަނަ ދުވަހުގެ ނިޔަލަށެވެ. މި މުބާރާތަކީ އަތޮޅުގެ ރަށްތަކަށް ދައުވަތު ދީގެން ބާއްވާ ފޯރިގަދަ މުބާރާތެކެވެ.

މުބާރާތް އިންތިޒާމްކުރާ ނިޔާ އެކަޑަމީން ބުނީ، މިއަހަރުގެ މުބާރާތް މި ބާއްވަނީ މިދިޔަ އަހަރު މި މުބާރާތަށް ލިބުނު ބޮޑު ކާމިޔާބީއަށް ފަހުގައި ކަމަށެވެ. މިއީ މުޅި ރަށަށް އަންނަ އީދެއް ފަދަ އުފާވެރި މުނާސަބަތެއްކަން ފާހަގަކުރަމުން ނިޔާ އެކަޑަމީން ބުނީ މުބާރާތް ކާމިޔާބުކަމާއެކު ކުރިއަށް ގެންދިއުމަށް މުރައިދޫގެ ހުރިހާ މުއައްސަސާތަކުގެ އިތުރުން މުބާރާތުގައި ބައިވެރިވާ އެހެން ރަށްރަށުގެ ޓީމުތަކުން ވެސް ފުރިހަމަ އެއްބާރުލުމެއް ލިބެމުންދާ ކަމަށެވެ.

މިފަހަރުގެ މުބާރާތުގައި ޖުމްލަ 10 ރަށަކުން ވާދަކުރެއެވެ. އެ ރަށްތަކަކީ މުރައިދޫގެ އިތުރުން ކެލާ، ހަނިމާދޫ، ވަށަފަރު، ފިނޭ، ފިއްލަދޫ، ދިއްދޫ، ކުޅުދުއްފުށި، ނޮޅިވަރަމް އަދި ބާރަށެވެ.

މުބާރާތުގެ މެޗުތައް ކުރިއަށްދާނީ ގްރޫޕް ސްޓޭޖުގައި ރައުންޑް އުސޫލުން ކުޅުމަށްފަހު، އެންމެ މޮޅު 8 ޓީމު ކުއާޓާ ފައިނަލަށް ދަތުރުކުރާ ގޮތަށެވެ. މި މުބާރާތުގެ މެޗުތައް ކުޅުމަށް ހަމަޖެހިފައިވަނީ ކޮންމެ ދުވަހަކުވެސް ހަވީރާއި ރޭގަނޑުގެ ވަގުތުތަކުގައެވެ.

މުބާރާތުގެ ފުރަތަމަ މެޗް ސެޕްޓެމްބަރު 4 ވާ ބުދަ ދުވަހުގެ ހަވީރު 16:15 ގައިކުޅުމަށް ތާވަލްކޮށްފައިވާއިރު، މި މެޗްގައި ބައްދަލުކުރާނީ ކެލާ އަދި ހަނިމާދޫއެވެ.

މި މުބާރާތަކީ އިންތިޒާމުކޮށް ތިލަދުންމަތީގެ ރަށްތަކުގެ މެދުގައި އެކުވެރިކަމާއި އެއްބައިވަންތަކަން އާލާކުރުމުގެ އިތުރުން ކުރީގެ ހުނަރުވެރި ވޮލީބޯޅަ ކުޅުންތެރިންނަށް، ވާދަވެރި އަދި އެކުވެރި މާހައުލެއްގައި އެކުޅުންތެރިންގެ ހުނަރު ދައްކާލުމުގެ ފުރުސަތު ތަނަވަސް ކޮށްދިނުމުގެ އިތުރުން ދުޅަހެޔޮ މުޖުތަމައެއް ބިނާކުރުމުގެ މަގުސަދުގައި އެ އެކަޑަމީގެ ފަރާތުން 35 އަހަރުން މަތީގެ މީހުނަށް ޚާއްސަކޮށްގެން ބާއްވާ މުބާރާތެކެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
29 Aug 2026
ކާރަކުން ސައިކަލެއްގައި ޖައްސައި އެކްސިޑެންޓްކޮށްލުން: ދެ މީހަކަށް އަނިޔާ، ޑްރައިވަރު ހުރީ މަސްތުވެގެން
29 Aug 2026
މިރޭ ހިނގި އެކްސިޑެންޓް: އަނިޔާވީ ނުވަ އަހަރުގެ ކުއްޖަކަށް، ހާލު ސީރިއަސް
ހުޅުމާލެ ވިނަރެސް ޓަވަރުތައް ހުންނަ ސަރަހައްދުގައި މިރޭ ހިނގި އެކްސިޑެންޓްގައި އަނިޔާވީ ނުވަ އަހަރުގެ އަންހެން ކުއްޖަކަށެވެ.
29 Aug 2026
ވިނަރެސް ކައިރީ ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި ކުއްޖަކަށް ސީރިއަސް އަނިޔާތަކެއް
ކުއްޖާ ވެއްޓިފައި އޮތްއިރު އެ ކުއްޖާގެ ހަރަކާތެއް ނެތްކަމަށެވެ.
29 Aug 2026
މަންތާ އެއާ މުރައިދޫ ވެޓަރަންސް ވޮލީ މުބާރާތުގެ މީޑިއާ ޕާޓްނަރަކަށް ވޮއިސް ސްޕޯޓްސް
މިފަހަރުގެ މުބާރާތުގައި ޖުމްލަ 10 ރަށަކުން ވާދަކުރެއެވެ. އެ ރަށްތަކަކީ މުރައިދޫގެ އިތުރުން ކެލާ، ހަނިމާދޫ، ވަށަފަރު، ފިނޭ، ފިއްލަދޫ، ދިއްދޫ، ކުޅުދުއްފުށި، ނޮޅިވަރަމް އަދި ބާރަށެވެ.
29 Aug 2026
ފުލުހެއްގެ ގައިގައި ސައިކަލުން ޖައްސާ ފިލި މީހާގެ ވަނަވަރު އާންމުކޮށްފި
ފުލުހުން ބުނީ އެ މައްސަލައިގެ ތުހުމަތަށް ގދ. ފަރެސްމާތޮޑާ، ހަތި އުމުރުން 23 އަހަރުގެ ސާއީން އަބްދުލްގައްޔޫމް ހައްޔަރުކޮށްފައިވާ ކަމަށެވެ
29 Aug 2026
ހުޅުމާލެ ހޮސްޕިޓަލުގައި ގެސްޓްރޯ ނިއުރޯ އަދި ޔޫރޮލޮޖީގެ ޚިދުމަތް ފަށައިފި
އައިޖީއެމްއެޗަށް ކުރިމަތިވެފައިވާ ބާރުބޮޑުކަން ލުއިކުރުމަށް ހުޅުމާލެ ހޮސްޕިޓަލުގައި ގެސްޓްރޯ، ނިއުރޯ އަދި ޔޫރޮލޮޖީގެ ޚިދުމަތް ވަޒީރު ޤީލާ މިއަދު ރަސްމީކޮށް ފައްޓަވައިދެއްވައިފިއެވެ.
29 Aug 2026
އަލްޙާފިޡު އަނަސް ބުން މުޢާޛަށް ހޫނު މަރުޙަބާއެއް
ދ. ކުޑަހުވަދޫގައި ހުރެގެން ކީރިތި ޤުރްއާން އެއްކޮށް ޙިފްޡުކޮށް ކީރިތި ޤުރްއާނާ ބެހޭ ޤައުމީ މަރުކަޒުގެ ޙިފްޡު ކޮމެޓީއަށް ކިޔައިދީ އެއްވަނަ ދަރަޖައިގައި ފާސްވެ ސަނަދު ޙާޞިލުކުރި ފުރަތަމަ ދަރިވަރު އަލްޙާފިޡު އަނަސް ބުން މުޢާޛަށް އެ ރަށުގެ ރައްޔިތުން މިއަދު ވަރަށް ހޫނު މަރުޙަބާއެއް ކިޔައިފިއެވެ.
29 Aug 2026
ވެނެޒުއޭލާގެ 65 ބިލިއަން ފީފާ ތެލުގެ ކޮންޓްރޯލް އެމެރިކާއަށް ލިބޭ އެއްބަސްވުމެއް
ދައުލަތުގެ ބާރުގެ ދަށުގައި އޮންނަންވާނެ ކަމަށް ބުނާ ވެނެޒުއޭލާގެ ޤާނޫނީ އަދި ދުސްތޫރީ ގޮންޖެހުންތައް މި އެއްބަސްވުމަށް ކުރިމަތިވެދާނެ ކަމަށް ވަނީ ބެލެވިފައެވެ