ރައީސް އޮފީސް
ހަބަރު
30 Aug 2026 | 15:57
މިއަހަރުގެ މިހާތަނަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ހަރަދުތައް ދަށަށް

މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު، މިއަހަރުގެ މިހާތަނަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ކޮށްފައިވާ ހަރަދުތައް ނިސްބަތުން ދަށަށް ގޮސްފައިވާ ކަމަށް ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

މިނިސްޓްރީ އޮފް ފިނޭންސްއިން އާންމުކޮށްފައިވާ އެންމެ ފަހުގެ "ވީކްލީ ފިޒްކަލް ރިޕޯޓް" ގައިވާ ގޮތުން، މިއަހަރުގެ އޮގަސްޓް މަހުގެ 20 ވަނަ ދުވަހުގެ ނިޔަލަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ހަރަދުތައް ހުރީ 123 މިލިއަން ރުފިޔާގައެވެ. ނަމަވެސް ވޭތުވެދިޔަ 2023 ވަނަ އަހަރުގެ މި މުއްދަތުގެ ތެރޭގައި ރައީސް އޮފީހުން ވަނީ 126.3 މިލިއަން ރުފިޔާ ހަރަދުކޮށްފައެވެ. އެހެންކަމުން މިއީ މިދިޔަ އަހަރާ އަޅާބަލާއިރު ބޮޑުތަނުން ދަށް އަދަދެކެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އިތުރުން، މިނިސްޓްރީ އޮފް ފޮރިން އެފެއާޒް (ހާރިޖިއްޔާ) ގެ ހަރަދުތައްވެސް މިއަހަރު ވަނީ ފާހަގަކޮށްލެވޭ މިންވަރަކަށް ކުޑަކުރެވިފައެވެ. ފިނޭންސްގެ ރިޕޯޓުން ދައްކާގޮތުގައި މިއަހަރުގެ މިހާތަނަށް ހާރިޖިއްޔާއިން ހަރަދުކޮށްފައިވަނީ 193.3 މިލިއަން ރުފިޔާއެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ހާރިޖިއްޔާގެ ހަރަދުތައް ހުރީ 248.5 މިލިއަން ރުފިޔާގައެވެ.

ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ދައުލަތުގެ ހަރަދުތައް ކުޑަކުރުމަށާއި، އިސްރާފު މަދުކުރުމަށް ހާއްސަ ފިޔަވަޅުތަކެއް އަޅަމުންދާ މި ދަނޑިވަޅުގައި، ދައުލަތުގެ މުހިންމު އިދާރާތަކުގެ ހަރަދުތައް ކުޑަކުރެވިފައި މިވަނީ ހަރަދު ކުޑަކުރުމުގެ ސިޔާސަތުތަކުގެ ދަށުންނެވެ. ސަރުކާރުގެ އޮފީސްތަކުގެ ހިންގުމުގެ ހަރަދުތައް ކުޑަކުރުމަށް ގިނަ ފިޔަވަޅުތަކެއް އަންނަނީ ތަންފީޒު ކުރަމުންނެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
30 Aug 2026
އަހަރުގެ މިހާތަނަށް ރައީސް އޮފީހުން ކުރި ހަރަދުތައް ދަށަށް
ރައީސް އޮފީހުގެ އިތުރުން ހާރިޖިއްޔާގެ ހޭދަތައްވެސް ވަނީ މިއަހަރު ދަށަށް ގޮސްފައި
30 Aug 2026
ދައުލަތުގެ އާމްދަނީ 27.61 ބިލިއަނަށް އަރައިފި
ފަތުރުވެރިކަމުގެ ދާއިރާގެ މުދަލާއި ޚިދުމަތުގެ ޓެކްސް (ޓީޖީއެސްޓީ) އާއި ވިޔަފާރީގެ ޓެކުހުން ލިބުނު ފައިސާ އިތުރުވުމުގެ ނަތީޖާއެއްގެ ގޮތުން 20 އޮގަސްޓްގެ ނިޔަލަށް ދައުލަތަށް އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި 27.61 ބިލިއަން ރުފިޔާ ލިބި ކުރީ އަހަރާ އަޅައިބަލާއިރު 10.4 އިންސައްތައިގެ ކުރިއެރުމެއް ހޯދައިފިއެވެ.
30 Aug 2026
އިންޑިއާއިން ރަޝިޔާއަށް އެއް މިލިއަން ފީފާގެ ޕެޓްރޯލް ފޯރުކޮށްދީފި: ރިޕޯޓް
ޔޫކްރެއިނުގެ ޑްރޯން ހަމަލާތަކުގައި ރަޝިޔާގެ ރިފައިނަރީތައް ހުއްޓުމަކަށް އައިސް އެ ޤައުމުގެ ޕެޓްރޯލް އުފެއްދުން ބޮޑުތަނުން ދަށްވުމާ ގުޅިގެން ވޭތުވެދިޔަ ދެ މަހު އިންޑިއާއިން ގާތްގަނޑަކަށް އެއް މިލިއަން ފީފާ ޕެޓްރޯލް ރަޝިޔާއަށް ބޭރުކޮށްފިއެވެ.
30 Aug 2026
ހައި އެޗީވާސް ސްކޮލަރޝިޕާއި ލޯނު ދިނުމުގައި އިންޖިނޭރިންގ ދާއިރާއަށް އިސްކަންދޭނަން
އިންޖިނޭރުންގެ ދުވަހާ ގުޅިގެން އެމްއެންޔޫ ދަރިވަރުންނާ ބައްދަލުކުރައްވައި، އިންޖިނޭރިންގ ދާއިރާ ދިވެހިންނަށް ޚާއްޞަކޮށް ވަޒީފާގެ ފުރުސަތު ތަނަވަސްކޮށްދެއްވާނެ ކަމަށް ރައީސް ވިދާޅުވެއްޖެއެވެ.
30 Aug 2026
ޑޮލަރު މާރުކުރަން ކެރިވަޑައިގެންނެވީ ރައީސް މުޢިއްޒަށް: ނައިބުރައީސް
ބޭރު ފައިސާއިން އާމްދަނީ ހޯދާ ވިޔަފާރިތަކުގެ އާމްދަނީގެ ބައެއް ބޭންކުތައް މެދުވެރިކޮށް މާރުކުރުން ލާޒިމުކުރެއްވުމުގެ ހިތްވަރު ހުރި ހަމައެކަނި ވެރިއަކީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ކަމަށް ނައިބުރައީސް ހުސައިން މުހައްމަދު ލަތީފު ވިދާޅުވެއްޖެއެވެ.
30 Aug 2026
އިންޖިނިއަރިންގެ ދާއިރާތަކުން ދިރާސާކުރެވޭ ޒަމާނީ ލެބޯޓަރީއެއް ރާއްޖޭގައި
‏އިންޖިނިއަރިންގގެ އެކިއެކި ދާއިރާތަކުން ރިސަރޗްތައް ކުރެވޭ، ސްޓޭޓް އޮފް ދި އަރޓް ލެބޯޓްރީ ފެސިލިޓީއެއް ހިމެނޭގޮތަށް، ޢިމާރާތެއް ބިނާކުރުމަށް ސަރުކާރުން ނިންމާފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
30 Aug 2026
އިޖުތިމާޢީ ރައްކާތެރިކަމުގެ އެހީ ލިބޭ ފަރާތްތަކުން އަލުން ރަޖިސްޓަރީވާން އެދިއްޖެ
ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ (އެންސްޕާ) އިން ދެމުންގެންދާ އިޖުތިމާޢީ ރައްކާތެރިކަމުގެ އެހީ ލިބެމުންދާ ފަރާތްތަކުގެ ތެރެއިން އެހީ ކުރިއަށް ގެންދިއުމަށް ބޭނުންވާ ފަރާތްތަކުން އަލުން ފޯމު ހުށަހެޅުމަށް (ރީ-ރަޖިސްޓަރީ ވުމަށް) އެ އެޖެންސީން ހުޅުވާލައިފިއެވެ.
30 Aug 2026
އެމްއޭސީއެލުން އެއާޕޯޓުގެ ފަންނީ ދާއިރާތައް ކުދިންނަށް ދައްކާލައިފި
އިންޖިނިއަރުންގެ ދުވަހާ ގުޅުވައިގެން ހުޅުމާލެ ސެންޓްރަލް ޕާކުގައި ބޭއްވި ކުޑަކުދިންގެ ހަވީރުގައި އެމްއޭސީއެލުން ހަތް ދާއިރާއެއްގެ ފަންނީ މަސައްކަތް ދައްކާލައި، އިންޖިނިއަރިންއަށް ކުދިންގެ ޝައުޤު އުފެއްދުމަށް މަސައްކަތްކޮށްފައިވެއެވެ.