ރައީސުލްޖުމްހޫރިއްޔާ ޑރ.މުއިއްޒު... ފޮޓޯ: ރައީސް އޮފީސް
ހަބަރު
31 Aug 2026 | 17:42
މުއާމަލާތްތައް ރުފިޔާއަށް ބަދަލުކޮށް ނިންމަން 10 ވަރަކަށް އަހަރު ހޭދަވާނެކަމަށް ބެލެވޭ: ރައީސް ޑރ.މުއިއްޒު

ރާއްޖޭގައި ކުރެވޭ ހުރިހާ މުއާމަލާތްތަކެއް ދިވެހި ރުފިޔާއިން ކުރެވޭ ގޮތަށް ނިޒާމު ބަދަލުކުރުމަކީ ސަރުކާރުގެ މައިގަނޑު އަމާޒު ކަމަށާއި، މި ބަދަލު އެއްކޮށް ގެނައުމަށް 10 ވަރަކަށް އަހަރު ދުވަސް ހޭދަވާނެ ކަމަށް ބެލެވޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

މުހިންމު ބިލްތަކެއް ތަސްދީގުކުރުމަށް މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ރައީސް ޑރ.މުއިއްޒު ވިދާޅުވީ ދިވެހި ރުފިޔާއިން ހުރިހާ މުއާމަލާތެއް ކުރެވޭ ދިމާލަށް ދިޔުމަކީ ސަރުކާރުގެ ވިސްނުމުގައި އަބަދުވެސް އޮތް ކަމެއް ކަމަށާއި، ކަމާބެހޭ ހުރިހާ މުއައްސަސާތައް ގުޅިގެން އެ އަމާޒަށް ވާސިލުވުމަށް ގިނަ މަސައްކަތްތަކެއް ކުރެވެމުންދާ ކަމަށެވެ. ނަމަވެސް، މިއީ އެއްދުވަހުން ނުވަތަ ދެދުވަހުން ނިންމާލެވޭނެ ކަމެއް ނޫން ކަމަށާއި، ރާއްޖޭގެ އިންވެސްޓްމަންޓްތަކާއި ނަގާފައިވާ ލޯނުތަކާއި އެހެނިހެން މާލީ ކަންކަމަށް ވަރަށް ބޮޑަށް ބަލަންޖެހޭ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

 އިރާދުކުރެއްވިއްޔާ ކަމާބެހޭ ހުރިހާ މުއައްސަސާތައް ގުޅިގެން އެ އަމާޒަށް ދިޔުމުގެ މަސައްކަތް ކުރެވޭނެ

ރައީސް ޑރ.މުއިއްޒު

ރައީސްގެ ވާހަކަފުޅުގައި، މި އަމާޒަށް އެއްކޮށް ވާސިލުވުމަށް ދިހަވަރަކަށް އަހަރު ދުވަހުގެ ރާސްތާއެއް ބޭނުންވާނެ ކަމަށް ގަބޫލުކުރައްވާ ކަމަށް ވިދާޅުވިއެވެ. އެއީ ގާތްގަނޑަކަށް 2035 ވަނަ އަހަރާ ހިސާބަށް ދާއިރު މުޅި ރާއްޖޭގެ މާލީ ނިޒާމު އެއްކޮށް ދިވެހި ރުފިޔާއަށް ބަދަލުކޮށްލެވޭނެ ކަމަށް އަންދާޒާ ކުރެވޭތީކަމަށްވެސް ރައީސް ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން ރައީސް ވިދާޅުވީ، ރާއްޖޭގައި މިހާރު އޮތް ހާލަތަށް ބަލާއިރު ބޭރު ފައިސާ، ހާއްސަކޮށް ޑޮލަރުގެ މުއާމަލާތްތައް ވަރަށް ބޮޑަށް ކުރެވެމުންދާ ކަމަށެވެ. އެހެންކަމުން، މި ހަގީގަތްތަކަށް ރިއާޔަތްކޮށް، ފިޔަވަޅަކަށް ފަހު ފިޔަވަޅެއް ވަރަށް ބޮޑަށް ބަލައިގެން، ވަރަށް ތަފްސީލީ ގޮތެއްގައި އުސޫލުތައް އެކަށައަޅައިގެން މަސައްކަތް ކުރަމުންދާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
31 Aug 2026
މެސީ ބައިނަލްއަޤްވާމީ ފުޓްބޯޅައިން ރިޓަޔަރކޮށްފި
މެސީ ޤައުމީ ޓީމަށް ކުޅުން ހުއްޓާލިކަން ހާމަކުރަމުން ބުނެފައިވަނީ، މިއީ އޭނާގެ ހިތަށް ވަރަށް ބޮޑު އަސަރެއްކުރި ނިންމުމެއް ނަމަވެސް، ޤައުމީ ޓީމާ ވަކިވާން މިއީ އެންމެ ރަނގަޅު ވަގުތު ކަމަށް ޤަބޫލުކުރާ ކަމަށެވެ
31 Aug 2026
ގަވާއިދާ ހިލާފަށް ބޭރު ފައިސާ ގަނެ ވިއްކާ ނެޓްވޯކެއް؛ 54 މިލިއަން ރުފިޔާއާ އެއް މިލިއަން ޑޮލަރު އެކައުންޓަށް
މި ނެޓްވޯކް އަތުލައިގަތީ ފުލުހުންނާއި އިމިގްރޭޝަން ގުޅިގެން ހިންގި ހާއްސަ އޮޕަރޭޝަނެއްގަ އެވެ.
31 Aug 2026
ސްޓެލްކޯ މަހިބަދޫ އިންޓަ-އޮފީސް ވޮލީ މުބާރާތް: ޑީވާސް އަދި އޭއީސީ މޮޅުވެއްޖެ
އދ. މަހިބަދޫގައި މިހާރު ކުރިއަށްދާ ސްޓެލްކޯ އިންޓަ-އޮފީސް ވޮލީބޯޅަ މުބާރާތުގެ އަންހެން ޑިވިޝަނުގައި ކުޅުނު ފޯރިގަދަ މެޗުތަކުން ހޮސްޕިޓަލް ޑީވާސް އަދި އދ.އަތޮޅު ތަޢުލީމީ މަރުކަޒު (އޭއީސީ)ގެ ޓީމު ކާމިޔާބު ކޮށްފިއެވެ.
31 Aug 2026
އޭޝިއަން ކަޕް ކޮލިފައިންގައި ބުރޫނާއީ އަތުން ރާއްޖޭގެ ޒުވާން ޓީމަށް މޮޅެއް
ކޮލިފައިންގައި ރާއްޖެ ދެން އެންމެ އަވަހަށް ނިކުންނަން ޖެހޭނީ އަވަށްޓެހި ސްރީލަންކާއާ ދެކޮޅަށެވެ
31 Aug 2026
ހުރާގެ ގެސްޓްބީޗް ސަރަހައްދު ތަރައްޤީކުރަން އަލުން ހުޅުވާލައިފި
މި މަޝްރޫޢުގެ ދަށުން ބީޗް ސަރަހައްދުގައި ޚާއްޞަ ހަޓެއްގެ އިތުރުން، އެ ސަރަހައްދަށް ޒިޔާރަތްކުރާ ފަތުރުވެރިންނަށް ފަސޭހަވާނޭހެން 4 ފާޚާނާއާއި، ފެންވަރާނެ އިންތިޒާމުތައް ވެސް ޤާއިމުކުރަން ޖެހެއެވެ.
31 Aug 2026
ރާއްޖޭގެ ކަނޑުން ތެލާއި ގޭހާއި މަޢުދަން ހޯދައި ނެގުމަށް ޤާނޫނީ އޮނިގަނޑެއް އެކުލަވާލުމަށް ވަޒީރުންގެ މަޖިލީހުން ނިންމަވައިފި
ވަޒީރުންގެ މަޖިލީހުން މިފަދައިން ނިންމެވީ އާދީއްތަ ދުވަހު ކުރިއަށްގެންދެވި އެ މަޖިލީހުގެ ޖަލްސާގައި، މިނިސްޓަރ އޮފް ފިޝަރީޒް، އެގްރިކަލްޗަރ އެންޑް އޯޝަން ރިސޯސަސް، އަޙްމަދު ޝިޔާމް ހުށަހެޅުއްވި ހުށަހެޅުއްވުމާ ގުޅިގެންނެވެ
31 Aug 2026
މުއާމަލާތްތައް ރުފިޔާއަށް ބަދަލުކޮށް ނިންމަން 10 ވަރަކަށް އަހަރު ހޭދަވާނެކަމަށް ބެލެވޭ
ރައީސް ޑރ.މުއިއްޒު ވިދާޅުވީ ދިވެހި ރުފިޔާއިން ހުރިހާ މުއާމަލާތެއް ކުރެވޭ ދިމާލަށް ދިޔުމަކީ ސަރުކާރުގެ ވިސްނުމުގައި އަބަދުވެސް އޮތް ކަމެއް ކަމަށާއި، ކަމާބެހޭ ހުރިހާ މުއައްސަސާތައް ގުޅިގެން އެ އަމާޒަށް ވާސިލުވުމަށް ގިނަ މަސައްކަތްތަކެއް ކުރެވެމުންދާ ކަމަށެވެ
31 Aug 2026
ބޭރުފައިސާއާ ބެހޭ ހަރުދަނާ އުސޫލުތަކެއް ހެދުން މުހިންމު ވަނީ ކީއްވެ؟
ބޭރުފައިސާގެ އުސޫލުތައް ހަރުދަނާކުރުމުގެ މައިގަނޑު މަޤްޞަދަކީ ރާއްޖޭގެ ފަތުރުވެރިކަމުންނާއި އެހެނިހެން ދާއިރާތަކުން ރާއްޖެއަށް ވަންނަންޖެހޭ ބޭރުފައިސާ ރާއްޖޭގެ ބޭންކިންގ ނިޒާމުގެ ތެރެއަށް ވައްދައި، އިޤްތިޞާދުގައި ޑޮލަރު ދައުރުވާ މިންވަރު އިތުރުކުރުމެވެ