މެސީ.. ފޮޓޯ: ދަ ޑެއިލީ ސްޓާ
ކުޅިވަރު
31 Aug 2026 | 22:10
އާޖެންޓީނާގެ ފުޓްބޯޅަ ލެޖެންޑް ލިއޮނަލް މެސީ ބައިނަލްއަޤްވާމީ ފުޓްބޯޅައިން ރިޓަޔަރކޮށްފި

އާޖެންޓީނާގެ ލިއޮނަލް މެސީ، ބައިނަލްއަޤްވާމީ ފުޓްބޯޅައިން ރިޓަޔަރ ކުރިކަން ރަސްމީކޮށް އިޢުލާންކޮށްފިއެވެ.

އުމުރުން 39 އަހަރުގެ މެސީ ޤައުމީ ޓީމަށް ކުޅުން ހުއްޓާލިކަން ހާމަކުރަމުން ބުނެފައިވަނީ، މިއީ އޭނާގެ ހިތަށް ވަރަށް ބޮޑު އަސަރެއްކުރި ނިންމުމެއް ނަމަވެސް، ޤައުމީ ޓީމާ ވަކިވާން މިއީ އެންމެ ރަނގަޅު ވަގުތު ކަމަށް ޤަބޫލުކުރާ ކަމަށެވެ.

2022 ވަނަ އަހަރުގެ ވޯލްޑް ކަޕް އާޖެންޓީނާއަށް ކާމިޔާބުކޮށްދިނުމުގައި ކެޕްޓަނެއްގެ ގޮތުން އިސްދައުރެއް އަދާކުރި މެސީއަކީ އެ ޤައުމުގެ ފުޓްބޯޅަ ތާރީޚުގައި އެންމެ ފާހަގަކޮށްލެވޭ ކުޅުންތެރިޔާއެވެ. އޭނާ ވަނީ ޤައުމީ ޓީމަށް ކުޅުނު 207 މެޗުގައި 125 ލަނޑު ޖަހައިދީ، އާޖެންޓީނާއަށް އެންމެ ގިނަ ލަނޑު ޖަހައިދިން އަދި އެންމެ ގިނަ މެޗު ކުޅެދިން ކުޅުންތެރިޔާގެ ރެކޯޑު ހޯދާފައެވެ.

މެސީ ނެރުނު ބަޔާނުގައި ބުނެފައިވަނީ، ޤައުމީ ޓީމަށްޓަކައި ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކޮށްފި ކަމަށާއި، މިހާރު ޓީމަށް އިތުރަށް ދޭނެ އެއްޗެއް ނެތް ކަމަށެވެ. އަދި އޭނާގެ ފަހަތުން ހުނަރުވެރި ޒުވާން ކުޅުންތެރިންތަކެއް އަންނަމުންދާއިރު، އެ ކުޅުންތެރިންނަށް ފުރުޞަތު ދިނުމަކީ މުހިންމު ކަމެއްގެ ގޮތުގައި އޭނާ ފާހަގަކުރިއެވެ.

މި ނިންމުން ނިންމުމުގައި އޭނާގެ ބައްޕަ، ޖޯޖް މެސީގެ ވަކިވުމުގެ އަސަރު ވަރަށް ބޮޑަށް އެކުލެވިގެންވާ ކަމަށް މެސީ ހާމަކުރިއެވެ. އޭނާ ބުނި ގޮތުގައި، ރިޓަޔަރ ކުރުމުގެ ބަޔާން ލިޔެ ނިންމާފައިވަނީ މިދިޔަ ޖުލައި މަހުގެ 21 ވަނަ ދުވަހު، ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިން އަތުން ބަލިވިތާ ދެ ދުވަސް ފަހުންނެވެ.

ބައިނަލްއަޤްވާމީ ފުޓްބޯޅައަށް އަލްވަދާޢު ކިޔީ ނަމަވެސް، މެސީ އޭނާގެ ކްލަބް ކެރިއަރު އެމެރިކާގެ އިންޓަރ މިއާމީގައި ކުރިއަށްގެންދާނެއެވެ.

މެސީގެ ބައިނަލްއަޤްވާމީ ކެރިއަރުގެ ކާމިޔާބީތަކަށް ބަލާއިރު، އޭނާ ވަނީ އާޖެންޓީނާއާއެކު ވޯލްޑް ކަޕެއްގެ އިތުރުން ދެ ކޮޕާ އެމެރިކާ ތަށި ކާމިޔާބުކޮށްފައެވެ. އޭނާއަކީ ވޯލްޑް ކަޕް ތާރީޚުގައި ދެވަނައަށް އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ އިތުރުން، ދުނިޔޭގެ ނިސްބަތުން ބައިނަލްއަޤްވާމީ މެޗުތަކުގައި ދެވަނައަށް އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާވެސް މެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
31 Aug 2026
މެސީ ބައިނަލްއަޤްވާމީ ފުޓްބޯޅައިން ރިޓަޔަރކޮށްފި
މެސީ ޤައުމީ ޓީމަށް ކުޅުން ހުއްޓާލިކަން ހާމަކުރަމުން ބުނެފައިވަނީ، މިއީ އޭނާގެ ހިތަށް ވަރަށް ބޮޑު އަސަރެއްކުރި ނިންމުމެއް ނަމަވެސް، ޤައުމީ ޓީމާ ވަކިވާން މިއީ އެންމެ ރަނގަޅު ވަގުތު ކަމަށް ޤަބޫލުކުރާ ކަމަށެވެ
31 Aug 2026
ގަވާއިދާ ހިލާފަށް ބޭރު ފައިސާ ގަނެ ވިއްކާ ނެޓްވޯކެއް؛ 54 މިލިއަން ރުފިޔާއާ އެއް މިލިއަން ޑޮލަރު އެކައުންޓަށް
މި ނެޓްވޯކް އަތުލައިގަތީ ފުލުހުންނާއި އިމިގްރޭޝަން ގުޅިގެން ހިންގި ހާއްސަ އޮޕަރޭޝަނެއްގަ އެވެ.
31 Aug 2026
ސްޓެލްކޯ މަހިބަދޫ އިންޓަ-އޮފީސް ވޮލީ މުބާރާތް: ޑީވާސް އަދި އޭއީސީ މޮޅުވެއްޖެ
އދ. މަހިބަދޫގައި މިހާރު ކުރިއަށްދާ ސްޓެލްކޯ އިންޓަ-އޮފީސް ވޮލީބޯޅަ މުބާރާތުގެ އަންހެން ޑިވިޝަނުގައި ކުޅުނު ފޯރިގަދަ މެޗުތަކުން ހޮސްޕިޓަލް ޑީވާސް އަދި އދ.އަތޮޅު ތަޢުލީމީ މަރުކަޒު (އޭއީސީ)ގެ ޓީމު ކާމިޔާބު ކޮށްފިއެވެ.
31 Aug 2026
އޭޝިއަން ކަޕް ކޮލިފައިންގައި ބުރޫނާއީ އަތުން ރާއްޖޭގެ ޒުވާން ޓީމަށް މޮޅެއް
ކޮލިފައިންގައި ރާއްޖެ ދެން އެންމެ އަވަހަށް ނިކުންނަން ޖެހޭނީ އަވަށްޓެހި ސްރީލަންކާއާ ދެކޮޅަށެވެ
31 Aug 2026
ހުރާގެ ގެސްޓްބީޗް ސަރަހައްދު ތަރައްޤީކުރަން އަލުން ހުޅުވާލައިފި
މި މަޝްރޫޢުގެ ދަށުން ބީޗް ސަރަހައްދުގައި ޚާއްޞަ ހަޓެއްގެ އިތުރުން، އެ ސަރަހައްދަށް ޒިޔާރަތްކުރާ ފަތުރުވެރިންނަށް ފަސޭހަވާނޭހެން 4 ފާޚާނާއާއި، ފެންވަރާނެ އިންތިޒާމުތައް ވެސް ޤާއިމުކުރަން ޖެހެއެވެ.
31 Aug 2026
ރާއްޖޭގެ ކަނޑުން ތެލާއި ގޭހާއި މަޢުދަން ހޯދައި ނެގުމަށް ޤާނޫނީ އޮނިގަނޑެއް އެކުލަވާލުމަށް ވަޒީރުންގެ މަޖިލީހުން ނިންމަވައިފި
ވަޒީރުންގެ މަޖިލީހުން މިފަދައިން ނިންމެވީ އާދީއްތަ ދުވަހު ކުރިއަށްގެންދެވި އެ މަޖިލީހުގެ ޖަލްސާގައި، މިނިސްޓަރ އޮފް ފިޝަރީޒް، އެގްރިކަލްޗަރ އެންޑް އޯޝަން ރިސޯސަސް، އަޙްމަދު ޝިޔާމް ހުށަހެޅުއްވި ހުށަހެޅުއްވުމާ ގުޅިގެންނެވެ
31 Aug 2026
މުއާމަލާތްތައް ރުފިޔާއަށް ބަދަލުކޮށް ނިންމަން 10 ވަރަކަށް އަހަރު ހޭދަވާނެކަމަށް ބެލެވޭ
ރައީސް ޑރ.މުއިއްޒު ވިދާޅުވީ ދިވެހި ރުފިޔާއިން ހުރިހާ މުއާމަލާތެއް ކުރެވޭ ދިމާލަށް ދިޔުމަކީ ސަރުކާރުގެ ވިސްނުމުގައި އަބަދުވެސް އޮތް ކަމެއް ކަމަށާއި، ކަމާބެހޭ ހުރިހާ މުއައްސަސާތައް ގުޅިގެން އެ އަމާޒަށް ވާސިލުވުމަށް ގިނަ މަސައްކަތްތަކެއް ކުރެވެމުންދާ ކަމަށެވެ
31 Aug 2026
ބޭރުފައިސާއާ ބެހޭ ހަރުދަނާ އުސޫލުތަކެއް ހެދުން މުހިންމު ވަނީ ކީއްވެ؟
ބޭރުފައިސާގެ އުސޫލުތައް ހަރުދަނާކުރުމުގެ މައިގަނޑު މަޤްޞަދަކީ ރާއްޖޭގެ ފަތުރުވެރިކަމުންނާއި އެހެނިހެން ދާއިރާތަކުން ރާއްޖެއަށް ވަންނަންޖެހޭ ބޭރުފައިސާ ރާއްޖޭގެ ބޭންކިންގ ނިޒާމުގެ ތެރެއަށް ވައްދައި، އިޤްތިޞާދުގައި ޑޮލަރު ދައުރުވާ މިންވަރު އިތުރުކުރުމެވެ