އެމްޑީޕީގެ ގައުމީ މަޖިލިސް ބައްދަލުވުމުގެ ތެރެއިން- ފޮޓޯ/ އެމްޑީޕީ
ހަބަރު
01 Sep 2026 | 12:45
މާލީ ސިޔާސަތު ބަދަލުނުކުރާނަމަ، ރައީސް މުޢިއްޒު އިސްތިއުފާ ދެއްވަންދެން ސީދާ ހަރަކާތް ހިންގަން އެމްޑީޕީގެ ގަރާރެއް

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ތަންފީޒު ކުރަމުންދާ 'ދޯހަޅި' އިޤްތިޞާދީ އަދި މާލީ ސިޔާސަތުތައް ބަދަލުނުކޮށްފިނަމަ، ރައީސް އިސްތިއުފާ ދެއްވަންދެން ސީދާ ހަރަކާތްތަކަށް ނުކުތުމަށް އިދިކޮޅު މައި ޕާޓީ، މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ޤައުމީ މަޖިލީހުން ރޭ ގަރާރެއް ފާސްކޮށްފިއެވެ.

ރިޔާސަތުން ހުށަހެޅި މި ޤަރާރު ފާސްކޮށްފައިވަނީ ރޭ ބޭއްވި އެމްޑީޕީގެ ޤައުމީ މަޖިލީހުގެ 4 ވަނަ ދައުރުގެ 137 ވަނަ ބައްދަލުވުމަށް ހާޒިރުވި މެންބަރުންގެ އަޣުލަބިއްޔަތުންނެވެ.

މި ޤަރާރުގައި ފާހަގަކޮށްފައިވާ ގޮތުގައި، ރިސޯޓުތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ ދިވެހި ރުފިޔާއަށް މާރުކުރަން ލާޒިމުކުރުމަކީ އޭގެ ސަބަބުން ނޭދެވޭ އެތައް ނަތީޖާއެއް ނުކުންނާނެ ކަމެކެވެ. ރިސޯޓުތަކުގެ އާމްދަނީގެ ގާތްގަނޑަކަށް 60 އިންސައްތަ މިހާރުވެސް ޓެކުހާއި އެކި ފީތަކުގެ ގޮތުގައި ސަރުކާރަށް ދައްކަމުންދާކަން ޤަރާރުގައި ބަޔާންކޮށްފައިވެއެވެ. އޭގެ ތެރޭގައި ޖީއެސްޓީގެ ގޮތުގައި ނަގާ 17 އިންސައްތައާއި، ސާވިސް ޗާޖުގެ 10 އިންސައްތައިގެ އިތުރުން ގްރީން ޓެކުހަށް ނަގާ 12 އިންސައްތަ ހިމެނެއެވެ.

މީގެއިތުރުން، ރިސޯޓުތައް ތަރައްގީކުރުމަށް ނަގާފައިވާ ލޯނުތައް ދެއްކުމަށާއި، ބޭރުގެ މުވައްޒަފުންގެ މުސާރަ ދިނުމަށް ބޭރު ފައިސާ ބޭނުންވާ ހިނދު، ވިޔަފާރިތަކަށް ނުއުފުލޭވަރުގެ ބުރައެއް ޖެއްސުމުން ރާއްޖެއަށް ވަންނަ ޑޮލަރުގެ މިންވަރު އިތުރުނުވާނެ ކަމަށްވެސް އެމްޑީޕީގެ ޤަރާރުގައިވެއެވެ. އަދި ޑޮލަރުގެ އަގު ކޮންޓްރޯލް ކުރަންވާނީ އެމްއެމްއޭއިން ވަކި އަގެއް ކަނޑައަޅައިގެން ނޫން ކަމަށާއި، އެކަން ކުރަންވާނީ މާކެޓު އުސޫލުން ސަރުކާރުގެ ރިޒާވުން ޑޮލަރު ވިއްކައިގެން ކަމަށްވެސް ބުނެފައިވެއެވެ.

ޑޮލަރުގެ އަގާއި ތަކެތީގެ އަގު ތިރިކުރުމަށްޓަކައި ދައުލަތުގެ ބޭރު ދަރަނި ރީސްޓްރަކްޗަރ ކުރުމަށާއި، ސަރުކާރުގެ ޚަރަދުތައް ކުޑަކުރުމަށް އެމްޑީޕީން ވަނީ ގޮވާލާފައެވެ. އަދި ސަރުކާރުގެ ނިންމުންތަކުގެ ސަބަބުން އިންވެސްޓަރުންގެ އިތުބާރު ގެއްލި، ރާއްޖެ ބަނގުރޫޓުވުމުގެ މަގަށް ދަތުރުކުރަމުންދާ ކަމަށް އެ ޕާޓީން ބުނެފައިވެއެވެ.

އެހެންކަމުން، މިފަދަ ޒިންމާދާރުކަން ކުޑަ ފިޔަވަޅުތައް އެޅުން ހުއްޓާލައި، އިޤްތިޞާދީ މައްސަލަތައް ހައްލުކުރުމަށް އެމްޑީޕީއާއެކު މަޝްވަރާގެ މޭޒަށް ވަޑައިގަތުމަށް ރައީސް މުޢިއްޒަށް ވަނީ ގޮވާލާފައެވެ. އަދި އެކަން އެގޮތަށް ނުކުރައްވާނަމަ، ރައީސް އިސްތިއުފާ ދެއްވަންދެން ސީދާ ހަރަކާތްތައް ހިންގުމަށް ނިންމައި، އެ ހަރަކާތްތަކަށް މާލީ އަދި އެހެނިހެން ގޮތްގޮތުން އެހީތެރިވެދިނުމަށް ވިޔަފާރިވެރިންނަށް އެމްޑީޕީގެ ޤަރާރުގައި ވަނީ އިލްތިމާސްކޮށްފައެވެ.

ކޮމެންޓް
ޢަހު
ކިތަންމެ ވަރަކަށް ތެޅުނަސް ހަމަ ދާނީ ހުނޅުބު ވެރިކަމެއްނުލިބޭނެ
01 Sep 2026
މޫސާރަޝީދު
.72. ބިލިއަން
01 Sep 2026
ގުޅޭ ލިޔުންތައް
09 Oct 2026
އެފްއޭއެމް އެވޯޑްސް؛ މޮޅު ފުޓްބޯޅަ ކުޅުންތެރިންނަށް އައިހަމް އަދި ސާލިޔާ
އެންމެ މޮޅު އަންހެން ކުޅުންތެރިޔާގެ އެވޯޑް ޝާލިޔާ ހޯދިއިރު، އޭނާ އާ އެންމެ ވާދަކޮށްފައިވަނީ، މާޒިއާގެ އާއިމިނަތު ލީޒާ އާއި، ނިއުރެޑިއަންޓްގެ މައީޝާ، އަދި ހަމަ އެޓީމްގެ މަރިޔަމް ނޫރާ އާއި މާޒިޔާގެ ޝައްފައެވެ.
08 Oct 2026
ރެއާ ދުވާލު މި އުޅެނީ، އޮންލައިންކޮށް ވިޔަފާރިކުރުމުގައި ހުރި ދަތިތައް ހައްލުކޮށްދޭން: ރައީސް
"ރެއާ ދުވާލު މިއުޅޭނީ އެކަމާ. އެކަން ހައްލުކޮށްދޭނަން އިރާދަކުރެއްވިއްޔާ،" ރައީސް މިރޭ ވިދާޅުވި އެވެ.
08 Oct 2026
އެފްއޭއެމް ޕްރެސިޑެންޓްސް އެވޯޑް ބަކާ، ސާންތީ އަދި އިފްރާއަށް
މި ތިން ޝަހުއްސިއްޔަތުންނަކީވެސް 2008 ވަނަ އަހަރު ދިވެހި ޤައުމީ ފުޓްބޯޅަ ޓީމް ސާފް ޗެމްޕިއަން ތަށި އުފުލާލިއިރު ޓީމްގައި ހިއްސާވި ފަރާތްތަކެވެ.
08 Oct 2026
ގްރޭޓްއޯޝަންސްޑައިލޮގްގައި ފައްޔާޒް: ރާއްޖެއަށް އޮތް ގޮންޖެހުންތަކާއި ދިވެހީންގެ ކަންބޮޑުވުންތައް ހިއްސާކުރެއްވި
ވިދާޅުވީ ޑިމޮކްރެސީ ދެމެހެއްޓުމަށް މަސައްކަތް ކުރާ ފަދައިން ދިވެހީންނަކީ ދިރިހުރުމަށްޓަކައި ވެސް ހަނގުރާމަ ކުރަން ޖެހިފައިވާ ބައެއް ކަމަށެވެ.
08 Oct 2026
ރުގުޔާ ކުުރުމުގެ ނަމުގައި މަހާނަ ކޮންނަ ހިސާބަށް؛ ހުއްދައެއް ނޫން، ހަރާމްވާނެ
ރުޤްޔާ ކުރުމުގެ ނަމުގައި ޤަބުރުސްތާނަށް ވަދެ މަހާނަ ނަގައި ނުވަތަ ކޮނެ ސިހުރު ހޯދުމުގެ ނަމުގައި ހިންގާ ޢަމަލުތަކަކީ ޙަރާމް ވެގެންވާ ޢަމަލުތަކެއް ކަމަށްވެސް ވަޒީރު ވިދާޅުވި އެވެ.
08 Oct 2026
ޒިޕެލް ކުންފުނި ޗައިނާގެ ކޮސްކޯއަށް ވިއްކާލުން ޖަރުމަނުން ހުއްޓުވައިފި
ޖަރުމަނުވިލާތުގެ އިކޮނޮމިކް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މި ކުންފުނި ގަތުމުގެ ސަބަބުން އެހެން ފަރާތްތަކަށް ބަރޯސާވާ މިންވަރު އިތުރުވެ، ޖަރުމަނާއި އީޔޫގެ ސަޕްލައި ޗޭންތަކުގެ ރައްކާތެރިކަމަށް ނުރައްކާވާނެ ކަމަށެވެ.
08 Oct 2026
ސައިކަލެއް ކަހާލައިގެން ވެއްޓި ހައިވޭގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި
މި އެކްސިޑެންޓްގައި 3 މީހަކަށް އަނިޔާ ލިބުމާ ގުޅިގެން ޓްރީޓޮޕް ހޮސްޕިޓަލަށް ގެންގޮސް ދަނީ ފަރުވާ ދެމުން ކަމަށް ވެސް ބުންޏެވެ.
08 Oct 2026
ޗައިނާ އަތުން ރާއްޖޭގެ ކުރިކެޓް ޓީމަށް މޮޅެއް
މުބާރާތުގައި ރާއްޖެ ދެން ބައްދަލުކުރާނީ ސިންގަޕޫރާއެވެ. މި މެޗު އޮންނާނީ މާދަމާ، ރާއްޖެ ގަޑިން ހެނދުނު 11:00 ގައި ސެލަންގޯރ ޓާފް ކްލަބްގައެވެ.