ކ. ކާށިދޫގައި ބޭއްވުމަށް ހަމަޖެހިފައިވާ "ކާށިދޫ ޔޫތް ޓްރޮފީ 2026 ވިމެންސް ހޭންޑްބޯލް ޓޯނަމަންޓް" ގެ ރަސްމީ މީޑިއާ ޕާޓްނަރަކަށް "ވޮއިސް ސްޕޯޓްސް" ހަމަޖައްސައިފިއެވެ.
ކާށިދޫގެ 15 ކްލަބެއް އެކުލެވޭ ގޮތަށް އުފައްދާފައިވާ "ކާށިދޫ ޔޫތް ޓްރޮފީ" އިން އިންތިޒާމުކުރާ މި މުބާރާތަކީ އެ ޖަމްޢިއްޔާއިން ބާއްވާ ފުރަތަމަ ހޭންޑްބޯލް މުބާރާތެވެ. މީގެ ކުރިން ކާށިދޫ ޔޫތް ޓްރޮފީގެ ނަމުގައި ވަނީ ކާމިޔާބު ދެ ފުޓްބޯޅަ މުބާރާތެއް ވެސް ބާއްވާފައެވެ. އަދި 2013 ވަނަ އަހަރު ވެސް އެ ރަށުގެ ޒުވާނުން އިސްނަގައިގެން މިފަދަ ހޭންޑްބޯލް މުބާރާތެއް ކާމިޔާބުކަމާއެކު ވަނީ ކުރިއަށް ގެންގޮސްފައެވެ.
އެންޖީ ސްޓާރިން
އެންޖީ ޖޫނިއާސް
އީއެން ހޭންޑްބޯލް ޓީމް
އެމްޖީ ސްޕޯޓްސް ކްލަބް
ޓީމް ނައިން އެކްސް
މި މުބާރާތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ލީގު އުސޫލުން ކުޅުމަށްފަހު، ސެމީ ފައިނަލް މެޗުތައް ކުޅެ، ފައިނަލް މެޗު ކުޅޭ ގޮތަށެވެ. މުބާރާތް ފެށުމަށް ތާވަލްކޮށްފައިވަނީ މިމަހުގެ 12 ވަނަ ދުވަހުއެވެ.
ކާށިދޫއަކީ އާންމުކޮށް ދަނޑުވެރިކަމަށް މަޝްހޫރު ރަށެއް ނަމަވެސް، އެ ރަށަކީ ކުޅިވަރުގެ މައިދާނުގައި ވެސް ފާހަގަކޮށްލެވޭ ފަދަ ހުނަރުވެރި އެތުލީޓުންތަކެއް ތިބި ރަށެއްކަން ފާހަގަކޮށްލެވެއެވެ.
Advertisement
This content is created and paid for by advertisers and does not involve Voice Journalists