ފަހިދިރިއުޅުން ޓަވަރެއް.. ފޮޓޯ: ވޮއިސް
ހަބަރު
02 Sep 2026 | 22:04
ފަހިދިރިއުޅުން ޓަވަރުތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް އެފްޑީސީން ހާއްސަ ފިޔަވަޅުތަކެއް އަޅަނީ

ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން ހުޅުމާލޭގައި ތަރައްޤީކުރަމުން އަންނަ "އަމާން އުދަރެސް" އަދި "އަމާން ދޯދި" ޓަވަރުތަކުގައި ދިރިއުޅޭ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމުގެ ގޮތުން ހާއްސަ ފިޔަވަޅުތަކެއް އެޅުމަށް އެ ކޯޕަރޭޝަނުން ނިންމައިފިއެވެ.

އެފްޑީސީގެ މެނޭޖިންގ ޑިރެކްޓަރ ހަމްދާން ޝަކީލް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މި ފިޔަވަޅުތައް އެޅުމަށް ނިންމާފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ހާއްސަ އިރުޝާދުގެ ދަށުން ކަމަށެވެ. އެގޮތުން، އެ ޓަވަރުތަކުގައި ދިރިއުޅޭ ފަރާތްތަކުގެ ތެރެއިން ކުޑަކުދިންނާއި ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތައް ދިރިއުޅޭ ޔުނިޓުތައް ދެނެގަނެ ފާހަގަކުރުމުގެ މަސައްކަތް މިހާރު ކުރެވެމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން، ޓަވަރުތަކުގައި ދިރިއުޅޭ އެންމެހައި ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތަކާ ގުޅޭގޮތުން އެފްޑީސީން މިހާރު މަޝްވަރާތަކެއް ކުރަމުންދާކަމަށް ވިދާޅުވިއެވެ.

ހަމްދާން އިތުރަށް ފާހަގަކުރެއްވި ގޮތުގައި، ހުރިހާ އެޕާޓްމަންޓްތަކެއްގައި ވެސް ސަލާމަތީ އިތުރު ފިޔަވަޅުތައް އެޅުމަށް ވަނީ ނިންމާފައެވެ. ނަމަވެސް، މި މަސައްކަތުގައި އެންމެ ބޮޑަށް ރައްކާތެރިކަން ބޭނުންވާ އަދި އިސްކަންދޭންޖެހޭ ޔުނިޓުތައް ފާހަގަކޮށް، އެ ތަންތަނަށް އިސްކަންދީގެން އެ ޚިދުމަތްތައް އަވަހަށް ފޯރުކޮށްދިނުމުގެ އިންތިޒާމުތައް ހަމަޖެއްސުމަށް ހާއްސަ ސަމާލުކަމެއް ދެމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Sep 2026
ވިސާނެތި ދިވެހިންނަށް ތައިލެންޑްގައި 30 ދުވަހު ތިބެވޭގޮތް ހަދައިފި
ތައިލެންޑު ސަރުކާރުން ގެނައި މި ބަދަލުތައް ހުސްވި އޮގަސްޓްމަހުގެ 31 ވަނަ ދުވަހު ރަސްމީކޮށް ގެޒެޓްކޮށްފައިވާ އިރު، ކުރިން ދިވެހިރާއްޖެ ހިމެނިފައި އޮތީ ވިސާ އާ ނުލައި 15 ދުވަހު ތިބެވޭ ޤައުމުތަކުގެ ލިސްޓުގައެވެ.
03 Sep 2026
ހުޅުމާލޭގައި އެކްސިޑެންޓްތައް ހިނގަނީ ގަވާއިދުތަކަށް ނުބަލައި ބާރަށް ދުއްވުމުން: ފުލުހުން
ހުޅުމާލޭގެ މަގުތަކުގައި ދުއްވާއިރު އަބަދުވެސް ރައްކާތެރިކަމަށް އިސްކަންދީ، އަނެކުންގެ ސަލާމަތަށް ވިސްނައިގެން ޒިންމާދާރުކަމާއެކު އުޅަނދު ދުއްވުމަށް ހަނީފް އިލްތިމާސްކުރައްވާފައި
02 Sep 2026
ފަހިދިރިއުޅުން ޓަވަރުތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް އެފްޑީސީން ހާއްސަ ފިޔަވަޅުތަކެއް އަޅަނީ
މި މަސައްކަތުގައި އެންމެ ބޮޑަށް ރައްކާތެރިކަން ބޭނުންވާ އަދި އިސްކަންދޭންޖެހޭ ޔުނިޓުތައް ފާހަގަކޮށް، އެ ތަންތަނަށް އިސްކަންދީގެން އެ ޚިދުމަތްތައް އަވަހަށް ފޯރުކޮށްދިނުމުގެ އިންތިޒާމުތައް ހަމަޖެއްސުމަށް ހާއްސަ ސަމާލުކަމެއް ދެމުންދާ ކަމަށް ހަމްދާން ވިދާޅުވިއެވެ
02 Sep 2026
މިއަދު ހިނގި އެކްސިޑެންޓްގައި އަނިޔާވީ އުމުރުން ދުވަސްވީ އަންހެނަކާއި ފިރިހެނަކަށް
ސައިކަލް ފަހަތުގައި 72 އަހަރުގެ ދިވެހި އަންހެނަކު އިން އިރު ދެމީހުނަށްވެސް އަނިޔާވެފައިވާކަމަށް ފުލުހުން ބުންޏެވެ
02 Sep 2026
ހުޅުމާލެ ފޭސް ދޭއްގައި މިރޭވެސް އެކްސިޑެންޓެއް
މި އެކްސިޑެންޓްގައި ސައިކަލްގައި ތިބި މީހުންނަށް ލިބުނު ގެއްލުމެއް އަދި ސާފެއް ނުވެއެވެ. މިކަމާ ގުޅޭގޮތުން ފުލުހުންވެސް އަދި ވަކި އެއްޗެކޭ ނުބުނެއެވެ.
02 Sep 2026
ސްޓެލްކޯ ކޭ-38 އަދި އެލްޖީއޭ އދ. އަތޮޅު ގޮފި މޮޅުވެއްޖެ
އދ. މަހިބަދޫގައި ކުރިއަށްދާ ސްޓެލްކޯ މަހިބަދޫ އިންޓަ އޮފީސް ވޮލީބޯޅަ މުބާރާތުގެ 13 ވަނަ އަދި 14 ވަނަ މެޗުން ސްޓެލްކޯ ކޭ-38 އާއި އެލްޖީއޭ އދ. އަތޮޅު ގޮފި މޮޅުވެއްޖެއެވެ.
02 Sep 2026
"ޑްރޮޕް އޯފް" ޒޯން ބޭނުން ނުކޮށް، މަގުގައި ބާއްވައިގެން މުދާ ބޭލުން އާއްމުކަމަކަށް ވެފައި
ސާފުކޮށް ފެންނަން އޮންނަ ޑްރޮޕް އޯފް ޒޯންތައް ދޫކޮށްލުމަށްފަހު، ކަންފަސޭހަކޮށްލައި މަގުމައްޗަށް އުޅަނދުތައް ހުއްޓުމަކީ މަގުމަތީގެ ރައްކާތެރިކަމަށް އެޅިގެންދާ ވަރަށްބޮޑު ހުރަހެކެވެ.
02 Sep 2026
އިންޑޮނޭޝިއާގައި އެޅި ބްރިޖެއް ހުޅުވުމުގެ ރަސްމިޔާތު ނިމުނު ވަގުތު ވެއްޓިއްޖެ
އިންޑޮނޭޝިއާގައި އަލަށް އެޅި ސަސްޕެންޝަން ބްރިޖެއް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތު ނިމުނު ވަގުތު މުޅި ބްރިޖު ކުއްލިއަކަށް ވެއްޓި ނުރައްކާތެރި ހާދިސާއެއް ހިނގައިފިއެވެ.