ތައިލޭންޑުގެ ވިސާ ސިޔާސަތަށް ގެނައި އިޞްލާޙާ އެކު ސެޕްޓެމްބަރު 15 އިން ފެށިގެން ދިވެހި ފަތުރުވެރިންނަށް ވިސާ އާ ނުލައި އެ ޤައުމުގައި 30 ދުވަހު ތިބެވޭ ގޮތަށް ނިންމައިފިއެވެ.
ތައިލެންޑު ސަރުކާރުން ގެނައި މި ބަދަލުތައް ހުސްވި އޮގަސްޓްމަހުގެ 31 ވަނަ ދުވަހު ރަސްމީކޮށް ގެޒެޓްކޮށްފައިވާ އިރު، ކުރިން ދިވެހިރާއްޖެ ހިމެނިފައި އޮތީ ވިސާ އާ ނުލައި 15 ދުވަހު ތިބެވޭ ޤައުމުތަކުގެ ލިސްޓުގައެވެ.
ތައިލެންޑް ސަރުކާރުން ދިވެހިންނަށް ވިސާގައި ލުއިތަކެއް ދީފައިމިވަނީ، ޚާރިޖީ ވަޒީރު އިރުތިޝާމް އާދަމް މި އަހަރުގެ ޖޫން 29 ގައި ތައިލޭންޑުގެ ޑެޕިއުޓީ ޕްރައިމް މިނިސްޓަރު އަދި ޚާރިޖީ ވަޒީރު ސީހާސަކް ފޫވަންގްގެޓްގޭއޯ އާ ފޯނުން ގުޅުއްވައި މި މައްސަލައާ ގުޅޭ ގޮތުން މަޝްވަރާ ކުރައްވާފައި ވަނިކޮށެވެ.
އެ މަޝްވަރާތަކަށް ފަހު ޖުލައި 14 ގައި ތައިލޭންޑުން ވިސާ ސިޔާސަތު އަލުން މުރާޖަޢާކޮށް ދިވެހިންނަށް ވިސާ ނެތި ތިބެވޭ މުއްދަތު 15 ދުވަހުން 30 ދުވަހަށް އިތުރުކޮށްދީފައިވެއެވެ.
ދިވެހި ހާރިޖިއްޔާއިން މިއަދު ވަނީ ތައިލެންޑް ސަރުކާރުން ދިވެހިންނަށް ވިސާގައި ލުއިތަކެއް ދީފައިވާކަން ފާހަގަކޮށްފައެވެ.
ތައިލޭންޑް ސަރުކާރުގެ ކެބިނެޓުން މި އަހަރުގެ މެއި މަހު ފާސްކުރި ވިސާ އިޞްލާޙުގެ ދަށުން 93 ޤައުމެއްގެ ފަތުރުވެރިންނަށް ވިސާ އާ ނުލައި ތިބެވޭ މުއްދަތު 60 ދުވަހަށް ވުރެ ކުޑަކުރުމަށް ނިންމާފައިވާ އިރު މި ބަދަލުތަކަށް ރަސްމީކޮށް ޢަމަލުކުރަން ފެށޭނީ ސެޕްޓެމްބަރު 15 އިން ފެށިގެންނެވެ.
Advertisement
This content is created and paid for by advertisers and does not involve Voice Journalists