އޭޝިއަން ކަޕް ކޮލިފައިންގައި މިއަދު ދިވެހިރާއްޖޭގެ ޒުވާން ޤައުމީ ފުޓްބޯޅަ ޓީމް އަވައްޓެރި ސްރީލަންކާ އާ ދެކޮޅަށް ނިކުންނާނެއެވެ.
މިއަންމާގެ ޔަންގޮން ސިޓީގައި މިމެޗް ފަށާނީ ރާއްޖެ ގަޑިން ހަވީރު 17:30 ގައެވެ. މިއަދުގެ މެޗަށް ނިކުންނައިރު ރާއްޖޭގެ ޓީމް އޮތީ ވަރަށް ރަނގަޅު ފޯމެއްގައެވެ. ކޮލިފިކޭޝަންގައި އެންމެފަހުން ރާއްޖެ ކުޅުނީ ބްރޫނާއީ އާ ދެކޮޅަށެވެ. އެ މެޗުން ދިވެހިން މޮޅުވީ 2-0 ގެ ނަތީޖާއިންނެވެ. އެމެޗްގައި ދިވެހިންނަށް ލަނޑުތައް ޖަހައިދިނީ އީތަން އަދި އިލާނެވެ.
އެހެންކަމުން އެ މެޗްގައި ޒުވާންޓީމަށް ލިބުނު މޮޅަކީ ލަންކާ އާ ދެކޮޅަށް ނިކުންނަ މެޗަށް ލިބިގެންދާނެ ވަރަށް ބޮޑު ހިތްހަމަ ޖެހުމެއްކަމަށް ކޯޗް ވަނީ ފާހަގަކޮށްފައެވެ. ފުޓްބޯޅާގައި ރާއްޖެ އާއި ލަންކާ އަކީ ވަރަށް ވާދަވެރި ދެ ޤައުމެވެ. މީގެ ކުރިން މިއަހަރު ކުޅުނު ސާފް 20 އަހަރުން ދަށުގެ މުބާރާތުގައި ރާއްޖެއާ ލަންކާ ބައްދަލުކުރުިމެޗް 3-2 ގެ ނަތީޖާއަކުން ކާމިޔާބުކުރީ ލަންކާއެވެ.
އެހެންކަމުން މިއަދުގެ މެޗަކީ އެމެޗުން ބަލިވި ބަލިވުމުގެ ހަނދާން ނައްތާލަން ލިބޭނޭ ވަރަށް ރަނަގޅު ފުރުސަތެއްކަމަށް ގިނަބަޔަކު ދެކެއެވެ.
Advertisement
This content is created and paid for by advertisers and does not involve Voice Journalists