ދައުލަތުގެ ޓެކްސް އިދާރާ ހުންނަ އިމާރާތް
ހަބަރު
03 Sep 2026 | 12:15
ދެވަނަ ކުއާޓަރުގައި މީރާއަށް ޓެކުހުން އެކަނި 6.05 ބިލިއަން ރުފިޔާ

މި އަހަރުގެ ދެވަނަ ކުއާޓަރުގައި ދައުލަތުގެ ޓެކްސް އިދާރާ، މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް ޓެކުހުގެ ގޮތުގައި އެކަނިވެސް 6.05 ބިލިއަން ރުފިޔާ ލިބިއްޖެއެވެ.

މީރާއިން އާންމުކޮށްފައިވާ ދެވަނަ ކުއާޓަރުގެ މާލީ ހިސާބުތަކަށް ބަލާއިރު، ޓެކުހުން 6.05 ބިލިއަން ރުފިޔާ ލިބުނުއިރު، ޓެކްސް ނޫން އާމްދަނީގެ ގޮތުގައި ވަނީ 1.55 ބިލިއަން ރުފިޔާ ދައުލަތަށް ލިބިފައެވެ.

މި މުއްދަތުގައި ޓެކްސްގެ ގޮތުގައި އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ ޓޫރިޒަމް ދާއިރާގެ ޖީއެސްޓީ (ޓީޖީއެސްޓީ)، އާންމު ޖީއެސްޓީ، އާމްދަނީން ނަގާ ޓެކްސް (އިންކަމް ޓެކްސް)، ގްރީން ޓެކްސް އަދި ޑިޕާޗާ ޓެކުހުންނެވެ. އަދި ޓެކްސް ނޫން ދާއިރާތަކުން އެންމެ ގިނައިން އާމްދަނީ ލިބިފައިވަނީ ރިސޯޓް ކުލި، އެއާޕޯޓް ޑިވެލޮޕްމަންޓް ފީ، ވަރކް ޕާމިޓް ފީ، ކޯޓާ ފީގެ އިތުރުން ރިސޯޓް ކުލީގެ މުއްދަތު އިތުރުކޮށްދީގެން ލިބުނު ފައިސާއިންނެވެ.

މިދިޔަ ކުއާޓަރުގައި މީރާއަށް ޑޮލަރުން ލިބުނު އާމްދަނީ ވަނީ 328.23 މިލިއަން ޑޮލަރަށް އަރާފައެވެ. މިއީ ވޭތުވެދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 6.1 އިންސައްތައިގެ ދަށްވުމެކެވެ.

ޑޮލަރުން ލިބުނު އާމްދަނީ ދަށްވި މައިގަނޑު ސަބަބަކީ މިދިޔަ އަހަރުގެ ދެވަނަ ކުއާޓަރާ އަޅާބަލާއިރު ރާއްޖެއަށް ފަތުރުވެރިން ޒިޔާރަތްކުރި މިންވަރު 16 އިންސައްތަ ދަށްވުމާ ގުޅިގެން ޓީޖީއެސްޓީގެ ގޮތުގައި ލިބުނު އަދަދު މަދުވުމެވެ. އެގޮތުން މި މުއްދަތުގައި ޓީޖީއެސްޓީގެ ގޮތުގައި ލިބުނު އާމްދަނީ ވަނީ 8.3 އިންސައްތަ ދަށަށް ގޮސްފައެވެ. މީގެ އިތުރުން، ޓެކްސް ނެގޭ ބެޑްނައިޓްސް 14.4 އިންސައްތަ ދަށްވުމުގެ ސަބަބުން، ގްރީން ޓެކުހުގެ ގޮތުގައި ޑޮލަރުން ލިބުނު އާމްދަނީ ވެސް ވަނީ 19.2 އިންސައްތަ ދަށަށް ގޮސްފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Sep 2026
މަގުމަތީގެ ރައްކާތެރިކަމަށް ރައްޔިތުން އަހުލުވެރިކުރުވަން ފުލުހުންގެ ހަރަކާތްތަކެއް
މިއަދު ވަނީ ސްކޫލްތައް ކައިރީގައި މައުލޫމާތު ދިނުމުގެ ހާއްސަ ޕްރޮގްރާމްތަކެއް ކުރިއަށް ގެންގޮސްފައެވެ.
03 Sep 2026
ދެވަނަ ކުއާޓަރުގައި މީރާއަށް ޓެކުހުން އެކަނި 6.05 ބިލިއަން ރުފިޔާ
މިދިޔަ ކުއާޓަރުގައި މީރާއަށް ޑޮލަރުން ލިބުނު އާމްދަނީ ވަނީ 328.23 މިލިއަން ޑޮލަރަށް އަރާފައެވެ. މިއީ ވޭތުވެދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 6.1 އިންސައްތައިގެ ދަށްވުމެކެވެ
03 Sep 2026
އޭޝިއަން ކަޕް ކޮލިފައިންގައި ރާއްޖެ މިއަދު ނިކުންނާނީ ލަންކާ އާ ދެކޮޅަށް
މިއަންމާގެ ޔަންގޮން ސިޓީގައި މިމެޗް ފަށާނީ ރާއްޖެ ގަޑިން ހަވީރު 17:30 ގައެވެ.
03 Sep 2026
ވިސާނެތި ދިވެހިންނަށް ތައިލެންޑްގައި 30 ދުވަހު ތިބެވޭގޮތް ހަދައިފި
ތައިލެންޑު ސަރުކާރުން ގެނައި މި ބަދަލުތައް ހުސްވި އޮގަސްޓްމަހުގެ 31 ވަނަ ދުވަހު ރަސްމީކޮށް ގެޒެޓްކޮށްފައިވާ އިރު، ކުރިން ދިވެހިރާއްޖެ ހިމެނިފައި އޮތީ ވިސާ އާ ނުލައި 15 ދުވަހު ތިބެވޭ ޤައުމުތަކުގެ ލިސްޓުގައެވެ.
03 Sep 2026
ހުޅުމާލޭގައި އެކްސިޑެންޓްތައް ހިނގަނީ ގަވާއިދުތަކަށް ނުބަލައި ބާރަށް ދުއްވުމުން: ފުލުހުން
ހުޅުމާލޭގެ މަގުތަކުގައި ދުއްވާއިރު އަބަދުވެސް ރައްކާތެރިކަމަށް އިސްކަންދީ، އަނެކުންގެ ސަލާމަތަށް ވިސްނައިގެން ޒިންމާދާރުކަމާއެކު އުޅަނދު ދުއްވުމަށް ހަނީފް އިލްތިމާސްކުރައްވާފައި
02 Sep 2026
ފަހިދިރިއުޅުން ޓަވަރުތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް އެފްޑީސީން ހާއްސަ ފިޔަވަޅުތަކެއް އަޅަނީ
މި މަސައްކަތުގައި އެންމެ ބޮޑަށް ރައްކާތެރިކަން ބޭނުންވާ އަދި އިސްކަންދޭންޖެހޭ ޔުނިޓުތައް ފާހަގަކޮށް، އެ ތަންތަނަށް އިސްކަންދީގެން އެ ޚިދުމަތްތައް އަވަހަށް ފޯރުކޮށްދިނުމުގެ އިންތިޒާމުތައް ހަމަޖެއްސުމަށް ހާއްސަ ސަމާލުކަމެއް ދެމުންދާ ކަމަށް ހަމްދާން ވިދާޅުވިއެވެ
02 Sep 2026
މިއަދު ހިނގި އެކްސިޑެންޓްގައި އަނިޔާވީ އުމުރުން ދުވަސްވީ އަންހެނަކާއި ފިރިހެނަކަށް
ސައިކަލް ފަހަތުގައި 72 އަހަރުގެ ދިވެހި އަންހެނަކު އިން އިރު ދެމީހުނަށްވެސް އަނިޔާވެފައިވާކަމަށް ފުލުހުން ބުންޏެވެ
02 Sep 2026
ހުޅުމާލެ ފޭސް ދޭއްގައި މިރޭވެސް އެކްސިޑެންޓެއް
މި އެކްސިޑެންޓްގައި ސައިކަލްގައި ތިބި މީހުންނަށް ލިބުނު ގެއްލުމެއް އަދި ސާފެއް ނުވެއެވެ. މިކަމާ ގުޅޭގޮތުން ފުލުހުންވެސް އަދި ވަކި އެއްޗެކޭ ނުބުނެއެވެ.