ސިވިލްކޯޓް ހުންނަ އިމާރާތް... ފޮޓޯ: ވޮއިސް
ހަބަރު
03 Sep 2026 | 17:35
އަސްކޮއި ގްރޫޕުން ލަނޑުދިން ބަޔަކަށް ފައިސާ ދައްކަން ކޯޓުގެ ހުކުމެއް

އުމްރާއަށް ގެންދިއުމަށް ފައިސާ ނަގައި އަސްކޮއި ގްރޫޕުން ލަނޑުދިން ބަޔަކަށް ފައިސާ ދެއްކުމަށް ސިވިލްކޯޓުން ހުކުމްކޮށްފިއެވެ.

ސިވިލްކޯޓުން މި ހުކުން ކޮށްފައިވަނީ އުމްރާގެ އަޅުކަން އަދާކުރުމަށް ފައިސާ ދެއްކިނަމަވެސް އުމްރާއަށް ގެންގޮސްފައި ނުވާ މައްސަލާގައި އެ ގްރޫޕާ ދެކޮޅަށް ސިވިލްކޯޓަށް ހުށަހެޅި މައްސަލާގައެވެ. މި މައްސަލާގައި އަސްކޮއި ގްރޫޕާ ދެކޮޅަށް ހަ މީހަކު ހިމެނޭހެން ދައުވާ ކުރިއެވެ. 

އުމްރާގެ އަޅުކަން އަދާކުރުމަށް އެ ހަ މީހުން އަސްކޮއި ގްރޫޕަށް ފައިސާ ދައްކާފައިވަނީ މިދިޔަ އަހަރުގެ ފެބުރުއަރީމަހުގެ 19 ވަނަ ދުވަހުއެވެ. އެ ހަ މީހުންގެ މަތިން 155،700 ރުފިޔާ ދައްކާފައިވާއިރު، އަސްކޮއި ގްރޫޕުން ވަނީ ދައުވާއަށް އެއްބަސްވެފައެވެ. 

މި ދައުވާ އާ ގުޅިގެން ސިވިލްކޯޓުގެ ހުކުމްގައި ބުނެފައިވަނީ އިއްޔެއިން ފެށިގެން 7 ދުވަހުގެ ތެރޭގައި ކޯޓަށް ދައްކައި ހަލާސްކުރަންޖެހޭ ކަމަށެވެ. މި ދައުވާގައި ޝަރީއަތުގެ ހަރަދުގެ ގޮތުގައި ހޯދަން ދައުވާކުރި 42،000 ރުފިޔާ ނަގައިދިނުމަށް އެދިފައެއް ނުވެއެވެ. އެއީ އެ ހަރަދު ކުރިކަން އެނގެން ނެތުމުންނެވެ.

އުމްރާއަށް މީހުންގެންދިއުމަށް ފައިސާ ނެގުމަށްފަހު އެތައް ބަޔަކަށް ލަނޑުދިން މައްސަލާގައި އިސްލާމިކް މިނިސްޓްރީން ވަނީ މިދިޔަ އަހަރުގެ ޖުލައިމަހު އަސްކޮއި ގްރޫޕަށް ދީފައިވާ ހުއްދަވެސް އަތުލާފައެވެ. 

އެޅި އިތުރު ފިޔަވަޅުތައް:

- އަސްކޮއި ޓްރެވަލް ކުންފުންޏާއި އަދި އެކުންފުނީގެ އެއްވެސް ހިއްސާދާރެއް ހިމެނޭ އެހެން ކުންފުންޏަކަށް އުމްރާއަށް މީހުން ގެންދިއުމުގެ ހުއްދަ ނުދިނުން

- މިއަހަރުގެ ޖުލައި އުމްރާ ދަތުރަށް ކުރިން ފައިސާ ދެއްކި މީހުންގެ ފައިސާ ހަވާލުކުރުމަށް އެންގުން

- މައްސަލާގައި އަސްކޮއިގެ މައްޗަށް ޤާނޫނީ ފިޔަވަޅު އެޅުމަށް ފުލުހުންނަށް ހުށަހެޅުން 

މި މައްސަލާގައި އިސްލާމިކް މިނިސްޓްރީން ވަނީ އަސްކޮއި ގްރޫޕް 130،000 ރުފިޔާއިން ޖޫރިމަނާވެސް ކޮށްފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Sep 2026
ޑްރަގް ނެޓްވޯކެއްގެ އިސް ދެ މީހަކު 17.7 ކިލޯގެ ޑްރަގާއެކު ހައްޔަރުކޮށްފި
މި އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ ގއ. މާމެންދޫ / ފިޔާތޮށިވިލާ، އަޒުހަދު ނަސީމް (29އ) އާއި ގއ. މާމެންދޫ / ރޯޝަނީގެ، ރިޝްފާން ރާމިޒު (29އ) އެވެ.
04 Sep 2026
ތޭރަ އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކޮށް ޖިސްމާނީ އަދި ނަފްސާނީ އަނިޔާދިން މައްސަލައެއް
03 Sep 2026
ސްރީލަންކާ ބަލިކޮށް ރާއްޖޭގެ ޒުވާން ޓީމް، އޭޝިއަންކަޕް ކޮލިފައިން ފޭސްގެ ޖާގައެއް ހޯދައިފި
މިހާތަނަށް ކުޅުނު ދެ މެޗުންވެސް މޮޅުވެފައިވާއިރު، އެއްވެސް މެޗެއްގައި ރާއްޖޭގެ ބައިކޮޅަށް ލަނޑެއް ވަދެފައި ނުވާކަން ފާހަގަކޮށްލެވެއެވެ
03 Sep 2026
މަސްތުވާތަކެއްޗާއި އެކު މާލެއިން ތިން ޒުވާނަކު ހައްޔަރުކޮށްފި
03 Sep 2026
އަސްކޮއި ގްރޫޕުން ލަނޑުދިން ބަޔަކަށް ފައިސާ ދައްކަން ކޯޓުގެ ހުކުމެއް
ސިވިލްކޯޓުގެ ހުކުމްގައި ބުނެފައިވަނީ އިއްޔެއިން ފެށިގެން 7 ދުވަހުގެ ތެރޭގައި ކޯޓަށް ދައްކައި ހަލާސްކުރަންޖެހޭ ކަމަށެވެ. މި ދައުވާގައި ޝަރީއަތުގެ ހަރަދުގެ ގޮތުގައި ހޯދަން ދައުވާކުރި 42،000 ރުފިޔާ ނަގައިދިނުމަށް އެދިފައެއް ނުވެއެވެ
03 Sep 2026
ސިނަމާލެ ބްރިޖް ހައިވޭ އެންމެ ބާރުބޮޑު ގަޑީގައި އެކްސިޑެންޓެއް
ވީޑިއޯއިން ފެންނަ ގޮތުގައި ސައިކަލެއް އެކްސިޑެންޓްވެފައިވާއިރު، މަގުގައި އިށި އިނދެލައިގެން އަންހެނަކު ބޮލުގައި ހިފަހައްޓާލައިގެން އިނެވެ
03 Sep 2026
5 މިލިއަން ގަސް ޕްރޮގްރާމަށް ކެރެލާއިން ހާހަކަށްވުރެ ގިނަ ގަސް ހަދިޔާކޮށްފި
މި އެހީގެ ދަށުން ހަދިޔާކުރުމަށް ނިންމާފައިވާ ގަސްތަކުގެ ތެރޭގައި 500 އަނބު ގަހާއި 500 ޓީކް ގަސް ހިމެނެއެވެ.
03 Sep 2026
މަގުމަތީގެ ރައްކާތެރިކަމަށް ރައްޔިތުން އަހުލުވެރިކުރުވަން ފުލުހުންގެ ހަރަކާތްތަކެއް
މިއަދު ވަނީ ސްކޫލްތައް ކައިރީގައި މައުލޫމާތު ދިނުމުގެ ހާއްސަ ޕްރޮގްރާމްތަކެއް ކުރިއަށް ގެންގޮސްފައެވެ.