ބްރިޖް ސަރަހައްދު
ހަބަރު
05 Sep 2026 | 11:18
އަންދާޒާކުރި އަދަދަށްވުރެ ގިނައިން ޖޫރިމަނާގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވެއްޖެ

މިއަހަރުގެ ދެވަނަ ކުއާޓަރުގައި ޖޫރިމަނާގެ ފައިސާގެ ގޮތުގައި ލިބޭނޭކަމަށް އަންދާޒާކުރި އާމްދަނީއަށް ވުރެ ބޮޑު އަދަދެއް ދައުލަތުގެ ބައިތުލްމާލަށް ލިބިއްޖެއެވެ.

ދައުލަތުގެ ޓެކްސް އިދާރާ، މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީން ނެރެފައިވާ މިއަހަރުގެ ދެވަނަ ކުއާޓަރުގެ އާމްދަނީ ރިޕޯޓަށް ބަލާއިރު، މި ކުއާޓަރުގެ ނިޔަލަށް ޖޫރިމަނާ ފައިސާގެ ގޮތުގައި ވަނީ 66.2 މިލިއަން ރުފިޔާ ލިބިފައެވެ. ކުރިން އަންދާޒާ ކޮށްފައިވަނީ ޖޫރިމަނާގެ ގޮތުގައި 20.8 މިލިއަން ރުފިޔާ ލިބޭނެ ކަމަށެވެ. އެހެންކަމުން މިއީ އަންދާޒާ ކުރި އަދަދަށްވުރެ 45.4 މިލިއަން ރުފިޔާގެ އިތުރުވުމެކެވެ.

އާއްމުގޮތެއްގައި ޖޫރިމަނާގެ ގޮތުގައި ދައުލަތަށް އާމްދަނީ ލިބެނީ ދައްކަންޖެހޭ ޓެކްސް ނުދެއްކުމުންނާއި، އެކިއެކި މައްސަލަތަކުގައި ކުރެވޭ ޖޫރިމަނާއިންނެވެ. މީގެ ކުރިން ޓްރެފިކް ގަވާއިދުތަކާ ހިލާފްވެގެން ކުރެވޭ ޖޫރިމަނާ މީރާއަށް ބަލައިގަންނަމުން އައިނަމަވެސް، 2023 ވަނަ އަހަރުން ފެށިގެން އެ ފައިސާ ބަލައި ގަންނަމުން އަންނަނީ ސަވާރީ ޕޭ މެދުވެރިކޮށެވެ.

ދައުލަތުގެ ބަޖެޓަށް އާމްދަނީ ލިބޭނޭ ދާއިރާތައް ކަނޑައަޅާއިރު ޖޫރިމަނާ ފައިސާ ލިބޭނޭކަމަށް ޖަހާފައި އޮވެއެވެ.  ޖޫރިމަނާ އަކީ ކުށްތައް މަދުކުރުމަށް އަޅާ ފިޔަވަޅަކަށް ވާއިރު، ބަޖެޓު ފޫބެއްދުމަށް ޖޫރިމަނާއިން ބޮޑު އާމްދަނީއެއް ހޯދަން އަމާޒު ހިފުމަކީ ސިޔާސީ އަދި އިޤްތިޞާދީ ގޮތުން ގިނަ ފާޑުކިޔުންތަކެއް އަމާޒުވާ ކަމެއްކަން ފާހަގަކޮށްލެވެއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Sep 2026
އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގައި ބިދޭސީއަކު ހައްޔަރުކޮށްފި
މި މައްސަލައާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން ސެޕްޓެމްބަރު 4 ވަނަ ދުވަހު އުމުރުން 42 އަހަރުގެ ބިދޭސީ ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށް ވެސް ފުލުހުން މަޢުލޫމާތު ދެއްވައެވެ
05 Sep 2026
އަންދާޒާކުރި އަދަދަށްވުރެ ގިނައިން ޖޫރިމަނާގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވެއްޖެ
މި ކުއާޓަރުގައި ކުރިން އަންދާޒާ ކޮށްފައިވަނީ ޖޫރިމަނާގެ ގޮތުގައި 20.8 މިލިއަން ރުފިޔާ ލިބޭނެ ކަމަށެވެ
05 Sep 2026
މުރައިދޫ އާއި ފިނޭ ބައްދަލުކުރިމެޗް ފިނޭއަށް
މުބާރާތުގެ މެޗްތައް މިއަދު ހަވީރާއި މިރޭވެސް ކުރިއަށްދާނެއެވެ. ހަވީރު 16:15 ގައި ކުޅޭ މެޗްގައި ބައްދަލުކުރާނީ ކުޅުދުއްފުއްޓާއި ނޮޅިވަރަމެވެ. ދެވަނަ މެޗްގައި 20:30 ގައި ކުޅޭ މެޗްގައި ބައްދަލުކުރާނީ ބާރަށާއި ދިއްދޫއެވެ
05 Sep 2026
ހަނިމާދޫއިން ފަސޭހަކަމާއެކު ކެލާ ބަލިކޮށްފި
މިމެޗްގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދާފައިވަނީ ހަނިމާދޫ ޓީމްގެ ޖާޒީ ނަމްބަރު 2 ޝުއައިބް އަބްދުލް ލަތީފެވެ. މިމެޗުން ހަނިމާދޫ މޮޅުވިއިރު މިދިޔަ އަހަރުގެ މުބާރާތުގައި ހަނިމާދޫ ކަޓުވާލި ޓީމަކީ ކެލައެވެ
05 Sep 2026
ފޭސް ދޭއްގެ އެންމެގިނަ އެކްސިޑެންޓްތައް ހިނގަމުން އަންނަ މަގުގައި ފުލުހުންގެ ޓީމެއް
ހީވާ ގޮތުން އެ މަގު އެނަލިސިސްގެ މަސައްކަތްތަކެއް ފުލުހުން ކުރަމުންދާއިރު، އެ މަސައްކަތް ކުރިއަށްދަނީ މަގުގެ އެންމެގިނައިން އެކްސިޑެންޓްތައް ހިނގަމުން އަންނަ ފަޅި ބަންދުކޮށްގެންނެވެ
04 Sep 2026
އެފްރިކާގެ އަސްލު ބޮޑުމިން ދައްކައިދޭ ގޮތަށް ދުނިޔޭގެ ޗާޓަށް ބަދަލުގެންނަނީ
މި ޤަރާރު އދ. އަށް ހުށަހެޅުމުގައި އިސްކޮށް އުޅޭ ޓޯގޯގެ ޚާރިޖީ ވަޒީރު ރޮބަރޓް ޑޫސީ ވިދާޅުވީ، ސައިންޓިފިކް ހެކިތައް ފެންނަން ހުރުމުން ޙަޤީޤަތް ބަލައިގަތުމަކީ ކޮންމެ ބައެއްގެ ވެސް ޒިންމާއެއް ކަމަށެވެ. އދ. ގެ މިފަދަ ޤަރާރުތަކަކީ ޤާނޫނީ ގޮތުން ތަންފީޒުކުރުން ލާޒިމު އެއްޗަކަށް ނުވި ނަމަވެސް، މި ޤަރާރު ފާސްވެއްޖެނަމަ ދުނިޔޭގެ ސްކޫލް މަންހަޖުތަކަށާއި ޓެކްނޮލޮޖީގެ ދާއިރާގައި ޗާޓުތައް ބޭނުންކުރާ ގޮތަށް އިންގިލާބީ ބޮޑެތި ބަދަލުތަކެއް އައުން އެކަށީގެންވެއެވެ.
04 Sep 2026
ނޭޕާލްގެ ރައްޔިތުންނަށް ދިވެހީންގެ ފަރާތުން އެއް މިލިއަން ރުފިޔާގެ އެހީއެއް ދެނީ
އެ ނިންމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ އިއުލާނު ކުރައްވާފަ އެވެ. ދިވެހީންގެ ފަރާތުން އެއް މިލިއަން ރުފިޔާ، އެހީގެ ގޮތުގަައި ދިނުމަށް ވަނީ ނިންމާފަ އެވެ.
04 Sep 2026
ފްރާންސްގެ މުސްލިމު ނޫން އަންހެނުން މުސްލިމުންގެ ހައްގުގައި ތެދުވެއްޖެ
ފްރާންސްގެ ކަނާތުފިޔައިގެ ހަރުކަށި ސިޔާސީ ލީޑަރު މެރިން ލޫ ޕެން، އާންމު ތަންތަނުގައި މުސްލިމް އަންހެނުން ހިޖާބު އެޅުން މަނާކުރުމަށް އަލުން ހުށަހެޅުމާ ގުޅިގެން، ފްރާންސްގެ ގިނަ އަދަދެއްގެ އަންހެނުން މުސްލިމް އަންހެނުންނަށް ތާއީދުކޮށް އަޑުއުފުލަން ފަށައިފިއެވެ.