ރ.ފައިނު... ފޮޓޯ: ވޮއިސް
ހަބަރު
05 Sep 2026 | 16:54
ރ.ފައިނުން ދަނޑުވެރިކަމަށް ބިން ދޫކުރަނީ

ރ.އަތޮޅު ފައިނުން ދަނޑުވެރިކަމަށް ބިން ދޫކުރުމަށް އެރަށު ކައުންސިލުން އާއްމުކޮށް ހުޅުވާލައިފިއެވެ.

ފައިނު ކައުންސިލުން ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ، އެ ރަށުގެ ލޭންޑްޔޫސް ޕްލޭންގައި ދަނޑުވެރިކަން ކުރުމަށް ކަނޑައަޅާފައިވާ ސަރަހައްދުން ދަނޑުވެރިކަން ކުރުމަށް ޝައުގުވެރިވާ ފަރާތްތަކަށް ދަނޑުބިން ކުއްޔަށް ނެގުމުގެ ފުރުސަތު ބީލަން އުސޫލުން ހުޅުވާލާފައިވާކަމަށެވެ. 

މި އިއުލާނުގައި ވާގޮތުން ދޫކުރުމަށް ހަމަޖެހިފައިވަނީ 10،000 އަކަފޫޓުގެ 9 ދަނޑު ބިމެވެ. ފައިނުން ދަނޑުވެރިކަމަށް ބިން ނެގުމަށް ބޭނުންވާ ފަރާތްތަކަށް މިމަހުގެ 13 ވަނަ ދުވަހާ ހަމަޔަށް ބީލަން ރަޖިސްޓްރީކުރުމަށް ހުޅުވާލާފައިވާއިރު، މިމަހުގެ 17 ވަނަ ދުވަހުގެ ނިޔަލަށް ބިޑް ހުށަހަޅަން ޖެހެއެވެ.

ފައިނަކީ މިހާރުވެސް ދަނޑުވެރިކަން ކުރަމުން އަންނަ ރަށެކެވެ. އެރަށުގެ މީހުން ހައްދާ ކާބޯތަކެތީގެ ބާވަތްތަކުގެ ތެރޭގައި ކަރާ، މިރުސް ހިމެނެއެވެ. ފައިނަކީ ގުދުރަތީގޮތުން ވަރަށް ރީތި ސިފަތަކެއް ލިބިފައިވާ ރަށެކެވެ. ފައިނުގެ އެންމެ ފާހަގަކޮށްލެވެނީ އެރަށުގެ ވައު ހިމެނޭ ސަރަހައްދެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
07 Sep 2026
ބަލިނުވެ އެލީޓް ސެމީއަށް، އޭއީސީއަށް ތިންވަނަ މޮޅު
އދ. މަހިބަދޫގައި މިހާރު ކުރިއަށްދާ ސްޓެލްކޯ މަހިބަދޫ އިންޓަ އޮފީސް ވޮލީބޯޅަ މުބާރާތުގައި، ކުޅުނު އެއްވެސް މެޗަކުން ބަލިނުވެ ހޮސްޕިޓަލްގެ އެލީޓް ޓީމު ސެމީ ފައިނަލުގެ ޖާގައެއް ކަށަވަރުކޮށްފިއެވެ. އަދި އދ. އޭއީސީ ޓީމުން ވަނީ ތިންވަނަ މޮޅު ހޯދައި މުބާރާތުގައި މުހިންމު މޮޅެއް ހޯދާފައެވެ.
07 Sep 2026
ޗައިނާގެ ބިލްބޯޑުތަކުން އެގައުމުގެ ސައިންސްވެރިންނަށް ޚާއްސަ ޖާގައެއް
ޗައިނާގެ ބޮޑެތި ސިޓީތަކުގައި ހުންނަ ބޮޑެތި ސްކްރީންތަކާއި ބިލްބޯޑުތަކުގައި މީގެކުރިން ދައްކަމުން ދިޔަ ފެޝަން އަދި މޯބައިލް ފޯނުތަކުގެ ވިޔަފާރި އިޝްތިހާރުތައް ނަގައި، ގައުމު ތަރައްގީކުރުމުގައި މުހިންމު ދައުރެއް އަދާކުރި ސައިންސްވެރިންގެ ފޮޓޯތަކާއި މައުލޫމާތު ދައްކަން ފަށައިފިއެވެ.
07 Sep 2026
އަލިފާނުގެ ހާދިސާއާ ގުޅޭގޮތުން ޔާމީން ދެއްކެވި ވާހަކަތައް ބެލުމަށް އަންގައިފި
ސަރުކާރުގެ ތިން ވުޒާރާއެއް ހިންގަމުން ދިޔަ އިމާރާތުގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅޭގޮތުން ކުރީގެ ރައީސް ޢަބްދުالله ޔާމީން ޢަބްދުލްޤައްޔޫމް ދެއްކެވި ވާހަކަފުޅުތަކާ ގުޅިގެން، އެމަނިކުފާނަށް އެނގިވަޑައިގަންނަވާ މަޢުލޫމާތު ސާފުކުރުމަށާއި އިތުރަށް ބަލަންޖެހޭ ކަންކަން ބެލުމަށް ދިވެހި ފުލުހުންގެ ޚިދުމަތަށް އަންގަވާފައިވާ ކަމަށް ދާޚިލީ ސަލާމަތާއި ބެހޭ ވަޒީރު ޢަލީ އިޙްސާން ވިދާޅުވެއްޖެއެވެ.
07 Sep 2026
ބައިނަލްއަޤްވާމީ ބީޗް ވޮލީ މެޗެއްގައި އިންސާފުކުރި ފުރަތަމަ ދިވެހި އަންހެން ރެފްރީ އައިދާ
ދިވެހިރާއްޖޭގެ ވޮލީބޯޅައިގެ ތާރީޚުގައި ފަޚުރުވެރި އައު ބާބެއް ލިޔެ، ބައިނަލްއަޤްވާމީ ބީޗް ވޮލީބޯޅަ މުބާރާތެއްގައި ރެފްރީކަން ކުރި ފުރަތަމަ ދިވެހި އަންހެން ރެފްރީގެ ޝަރަފު އައިދާ ޢަބްދުލްޙަކީމް ހޯދައިފިއެވެ.
06 Sep 2026
ފަހަތުން އަރައި ޗެލްސީ ބަލިކޮށް އާސެނަލް ފެންވަރު ދައްކާލައިފި
ޗެލްސީ އަތުން ލިބުނު މޮޅާއެކު އާސެނަލް މިހާރު އުޅެނީ މެންޗެސްޓަރ ސިޓީއާއެކު ތާވަލްގެ އެންމެ ކުރީގައެވެ. އާސެނަލް އަދި ސިޓީ، މިއިން ކޮންމެ ޓީމަކުން 3 މެޗް ކުލެފައިވާއިރު، ދެޓީމަށްވެސް ލިބިފައިވަނީ 9 ޕޮއިންޓެވެ.
06 Sep 2026
ރާއްޖެއާއި އައިޓީއެފްސީ ދެމެދު 1.5 ބިލިއަން ޑޮލަރުގެ ޓްރޭޑް ފައިނޭންސިންގ އެއްބަސްވުމެއްގައި ސޮއިކޮށްފި
މީގެ މައިގަނޑު ބޭނުމަކީ ރާއްޖެއަށް ބޭނުންވާ ކާބޯތަކެއްޗާއި ޒަރޫރީ އެހެނިހެން މުދާ އިމްޕޯޓުކުރުމަށާއި، ރާއްޖެއިން ބޭރުކުރާ އުފެއްދުންތަކުގެ ވިޔަފާރި އިތުރަށް ފުޅާކުރުމަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުން ކަމަށް މާލީ ވުޒާރާއިން ބުންޏެވެ
06 Sep 2026
ދަރިވަރުން މުދައްރިސުންނަށް އިހްތިރާމްކުރުން އޮތީ ބެލެނިވެރިން ދޭ ތަރުބިއްޔަތަކުން
ސްކޫލެއް ކާމިޔާބު ކުރުމަށްޓަކައި އެންމެ ބޮޑު މަސައްކަތެއް ކުރަންޖެހޭ އެއް ބަޔަކީވެސް ބެލެނިވެރިން ކަމަށް ވިދާޅުވިއެވެ. ނަމަވެސް، މަދުން ނަމަވެސް ބެލެނިވެރިންނާއި ސްކޫލާ ދެމެދު އޮންނަންޖެހޭ ގުޅުން ކުޑަވަމުންދާ މަންޒަރު ފެންނަމުންދާކަމީ ކަންބޮޑުވާންޖެހޭ ކަމެއް ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
06 Sep 2026
ވަށަފަރާއި މުރައިދޫ ބައްދަލުކުރިމެޗް ވަށަފަރަށް
މުބާރާތުގައި ދެން މުރައިދޫ ނިކުންނާނީ އަންގާރަ ދުވަހު ކެލައާ ދެކޮޅަށެވެ. އަދި ވަށަފަރު ނިކުންނާނީ ހަމަ އެދުވަހު ފިނޭއާ ދެކޮޅަށެވެ